ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައި ގާއިމްކުރި ހިޔާ ފްލެޓްތައް 5600ރ. އަށް ދިނަސް ކުރިއަށް އޮތް 20 އަހަރު ހައުސިން ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ) އަށް ފައިދާވާނެ ކަމަށް ކުރީގެ ހައުސިން މިނިސްޓަރު ޑރ.މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެއެވެ.

ރައްޔިތުންގެ މަޖިލިހުގެ ގައުމީ ތަރައްގީ އާއި ތަރިކައިގެ ކޮމިޓީގައި މުއިއްޒު ވިދާޅުވީ ހިޔާ ފްލެޓުތަކުގެ އަގު މިދިޔަ ސަރުކާރުން އޮޅުވާލާފައިވާ ކަމަށް މި ސަރުކާރުން ބުނި ނަމަވެސް އެއީ ހަގީގަތެއް ނޫން ކަމަށެވެ.

އެކަމަކު، ފްލެޓު އަޅަން ހަވާލު ކުރަން ވާނީ 52،000 ޑޮލަރަށް ވުރެ ބޮޑު ނޫން އަދަދަކަށް ކަމަށް ސަރުކާރުން ފުރަތަމަ ނިންމާފައިވާ އިރު، 62،000 ޑޮލަރަށް ހިޔާ ފްލެޓުތައް އަޅަން ހަވާލު ކުރީ ކީއްވެގެންތޯ މެމްބަރުން ވަނީ ސުވާލު ކުރައްވައިފައެވެ.

ޖަވާބުގައި މުއިއްޒު ވިދާޅުވީ އެކަން އެގޮތަށް ކޮށްފައި ވަނީ ހިޔާ ފްލެޓް ޓަވަރުތަކުގެ ޑިޒައިނިން އާއި އެހެނިިހެން ކަންކަން ހުރި ގޮތުން 62000 ޑޮލަރަށް ފްލެޓް ހަދަން ހަވާލުކުރުމަކީ ގަބޫލުކުރެވޭ އަދަދެއް ކަމަށް ކަނޑައެޅުމަށް ފަހުގައި ކަމަށެވެ.

ކޮމިޓީގައި ހޯރަފުށީ ދާއިރާގެ މެމްބަރު އަހުމަދު ސަލީމް ވަނީ ހިޔާ މަޝްރޫއުގެ ދަށުން 7000 ވަރަކަށް ހައުސިން ޔުނިޓްގެ ބޮޑު ބިނަކީ 570 އަކަފޫޓު ކަމަށް ވާއިރު، ޔުނިޓެއްގެ އަގަށް ބަލާ ނަމަ މިއީ އެންމެ ބޮޑު ހޭދައެއްކޮށްގެން އެޅި ފްލެޓްތައް ކަމަށް ވިދާޅުވެފައެވެ.

ހިޔާ މަޝްރޫއަށް ދައުލަތުން 8.7 ބިލިއަން ރުފިޔާގެ ލޯނެއް ނަގާފައި ވާއިރު، އެ ފްލެޓްތައް އެ އަގުގައި އެޅުމަކީ އެއީ ރައްޔިތުންނަށް އިންސާފުވެރި ގޮތެއް ކަމަށް ގަބޫލުކުރައްވަންތޯ ސަލީމް ވަނީ މުއިއްޒުއާ ސުވާލު ކުރައްވައިފައެވެ.

ޖަވާބުގައި މުއިއްޒު ވިދާޅުވީ މިދިޔަ ސަރުކާރުން ހިޔާ މަޝްރޫއު ރާވާފައި ވާނީ ރަނގަޅު ފެންވަރުގެ ހައުސިން ޔުނިޓްތަކެއް ރައްޔިތުންނަށް ލިބޭނެ ފަދަ ގޮތަކަށް ކަމަށެވެ.

"13 އަހަރުގެ ރީޕޭމެންޓް ޕީރިއަޑް ވެސް ލާފައޭ އަގު ހަދާފައި އޮތީ. އެ އަގުގައި ފިނިޝިން ކޮސްޓްވެސް. ހުރިހާ ފިނިޝިންއަކާއެކީގައޭ އަގު ހަދާފައި އޮތީ. ދެން މި ސަރުކާރުން އައިސް ރައޔްިތުންނަށް އެއީ އެއް ނޫނޭ ހައްގު މިންވަރަކީ ކިޔާފަ ބޭރު ދޮރު އެކަނި ލާފަ ދޭން ނިންމީމަ އެއީކީ ކުރީ ސަރުކާރުން ޒިންމާ ނަގަން ޖެހޭ ކަމެއް ނޫން. މިހާރު ފޭސް 1 ގައި 3 ކޮޓަރީގައި ފްލެޓްގައި އުޅޭ 804 ފްލެޓޭ މިކިޔާ ފްލެޓް ވެސް ހުންނާނީ މި ސައިޒްގައި. އޭގެ ކުރީގަ ދިން 1000 ފްލެޓް އެތަނުގެ ސައިޒް ކުޑަ ވާނެ. އެހެންވީމަ މިއީ އެންމެ ކުޑަ ފްލެޓޭ ވިދާޅުވެފަ އޮތީމަ ނޫން. މިއީ މިއީ އެންމެ އަގުބޮޑު ފްލެޓެއްވެސް ނޫން." މުއިއްޒު ވިދާޅުވިއެވެ.

ހިޔާ މަޝްރޫއުގެ ދަށުން އަޅާ ފްލެޓްތައް ފިނިޝިން އާއި ނުލާ ވެސް 11،000ރ. އަށް ހިޔާ ފްލެޓުތައް އަރާ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސާލިހު ވިދާޅުވަނީ މީގެ ކުރިން ވިދާޅުވެފައެވެ.

ނަމަވެސް ހައުސިން މިނިސްޓްރީ އިން ވިދާޅުވީ ހިޔާ މަޝްރޫއުގެ އަގު ސަރުކާރުން ވައުދުވެފައިވާ ގޮތަށް ހިފަހައްޓަވާނެ ކަމަށެވެ. ރައީސް ވިދާޅުވި އަދަދަކީ ފްލެޓުތައް ލިބޭ މީހުން ދައްކަން ޖެހޭ އަގު ކަމަށް ގަބޫލު ނުކުރައްވާ ކަމަށް ވެސް އަސްލަމް ވިދާޅުވިއެވެ.

ހިޔާ ފްލެޓްތަކަށް ވަދެވޭނީ އަށް މަސް ދުވަސް ފަހުން ކަމަށާއި ނުނިމި ހުރި މަސައްކަތްތައް ނިންމަން އަށް މަސް ދުވަސް ބޭނުންވާކަމަށް ހައުސިން މިނިސްޓްރީން ވިދާޅުވިއެވެ.

ރައީސް ޔާމީންގެ ސަރުކާރުގެ ފަހުކޮޅު ފެށި ހިޔާ ފްލެޓްތައް ނުނިމި ލަސްވާތީ އާއްމުން ދަނީ ސަރުކާރަށް ފާޑުކިޔަމުންނެވެ.

ހުޅުމާލޭގެ ދެ ވަނަ ފިޔަވަހީގައި، ޗައިނާ ސްޓޭޓް އިންޖިނިއަރިން އެންޑް ކޮންސްޓްރަކްޝަން ކޮމްޕެނީ (ސީއެސްއީސީ)އާ ހަވާލުކޮށްގެން، ކުރިއަށް ގެންދިޔަ މަޝްރޫއަކީ ރާއްޖޭގައި މިހާތަނަށް ކުރިއަށް ގެންދިޔަ ބޯހިޔާވަހިކަމުގެ އެންމެ ބޮޑު މަޝްރޫއެވެ.

އެއީ 25 ބުރީގެ ހައުސިން ޔުނިޓުތަކެކެވެ. އަދި އެއީ ހުޅުމާލޭގައި މިވަގުތު ހުރި އެންމެ އުސް އިމާރާތްތަކެވެ. މާލޭގައި ހުރި އިމާރާތްތަކުގެ ތެރެއިން 25 ބުރީގެ ހަމައެކަނި އިމާރާތުގެ ގޮތުގައި މިވަގުތު ހުރީ ދަރުމަވަންތަ ހޮސްޕިޓަލް އެކަންޏެވެ. ހައުސިން ޔުނިޓަކީ ގާތްގަނޑަކަށް 30،000 މީހުންގެ އާބާދީއަކަށް ދިރިއުޅެވޭނެ ގޮތަށް ހެދި ތަންތަނެވެ. އެއީ، 7،000 ފްލެޓް ހިމެނޭ ގޮތަށް 16 ޓަވަރެވެ.

ކިޔުންތެރިންގެ ހިޔާލު

17 ކޮމެންޓް

  1. ތަމެންދޯ

    މަމެން ޕިންކީންގެ ވެރިކަމުގައި އެމްޑީޕީގެ ހައުސިންގް މިނިސްޓަރު މަޖްލީހުގެ ކޮމެޓީ އަށް ދަމައިގެން އަޑު އެހުމުން ވައްކަން ކޮށްގެން ކްރެޑިޓް ކާލެވޭތޯ މަމެން ނުބަލަމޭ ތަމެން އަޅާފައިވާ ފަޑުއްކަ ޓާޓާ ފްލެޓްސް ތަކުގެ ވާހަކަ ދައްކަން މަމެން އެފްލެޓްސް ތައް ވެސް ނިންމީއޭ ތަމެން ކަމަކީ ފްލެޓްސް ތައް މާލެ ސަރަހައްދުގައި ބިނާ ކޮށް ފްލެޓްްސް ތައް ދިނުމުގެ ބަދަލުގައި ކަމެއް ނުކޮށް އަލިފުލައިލާ ވާހަކަ ކިޔަން މަޖްލީހުގެ ކޮމެޓީ އަކީ ހޮޅު އަށި ކަމަށް ބަދަލު ކޮށްގެން ދައްކަނީ އަންހެންދުޅައިގެ ވާހަކަ ތަކޭ މުޅިން ވެސް...

    15
  2. ގަމާރީއޭ

    ފްލެޓްސް ތަކުގެ ކޮންސްޓްރަކްޝަން ކޮސްޓް މަތިވިނަމަވެސް މައްސަލަ އެއް ނެތޭ ޓައިމް އެންމެ މުހިއްމީ ޗައިނާ ކޮންޓްރެކްޓަރުން އަގު ބޮޑަސް އޮން ޓައިމަށް ނިންމާ އިންޑިއާ ކޮންޓްރެކްޓަރ އެއް ނަމަ ތިޔާއީ 20 އަހަރުން އެމެންނަށް ނިންމޭނެ ފްލެޓްސް ތަކޭ ތަމެންނަށް ހަމަ ނޭގެނީއޭ އަދި ކޮންސްޓްރަކްޝަން އިންޑަސްޓްރީ މަސައްކަތް ކުރާ ގޮތްވެސް ދެން ކީއްކުރާނީ ހާދައޭ ތަމެން ގަމާރީދޯ ވަރަށް ގަމާރު ދޯ...

    18
  3. ނުވާނެއޭ

    ކޮންމެ ސަރުކާރުން މާލެ ސަރަހައްދުގައި ކުރާ ޕްލޭންސް ތަކަށް އަލަށް އަންނަ ސަރުކާރުން ބޮޑެތި ބަދަލު ތަކެއް ގެންނަނީ އެއީ އަލަށް އަންނަ ސަރުކާރަށް ދެން މާ މޮޅަށް ކަން ކުރެވޭ ކަން ދައްކަންއޭ އެގޮތުން ބަލާއިރު އެމްޑީޕީ މީ ކުރާ ޕްލޭންސް ތަަކަށް އެއްވެސް އިހްތިރާމެއް ކުރާ ބަޔެއް ނޫނޭ އޭގެ ސަބަބުން އެކަމުގެ ދެރަ މިލިބެނީ ރައްޔިތުންނަށޭ ރާއްޖެތެރޭ ކަންކަމަށް ބަދަލުގެނައި ނަމަވެސް މާލެ ސަރަހައްދުގެ ތަރައްގީގެ ޕްލޭންސް ތައް އެމްޑީޕީން ބަދަލު ކޮށްގެން ނުވާނެއޭ

    13
  4. ދަގަމާރާ

    މި ސަރުކާރުގެ އެއް މުވައްސަސާ އާއި އަނެއް މުވައްސަސާ ގައި އެއްވެސް ގުޅުމެއް ނެތް ކަން މިދަނީ ވަރަށް ރަނގަޅަށް ދޭހަ ވަމުންނޭ އޭގެ ނަތީޖާ އަކީ އެމެން ކުރީ ސަރުކާރުން ކޮށްފައިވާ ޕްލޭނަށް ބަދަލު ގެނައި އިރު އޭގެ ސަބަބުން ރައްޔިތުންނަށް ދީފައިވާ 2500 ފްލެޓްސް ތައް މަދުވާނެ ކަން ތަމެންނަށް ނޭގުން އެއީ ތަމެންގެ ގަމާރު ކަން ހަމަބޮޑުވެފައި ތަމެންގެ ތަޖްރިބާގެ ކަންފުޅެއް ވެސް ނެތީއޭ މަމެން ބުނަން ނެތީމޭ ނެތީމޭ ނެތީމޭ

    15
  5. ތިބޭތި

    ޕްލޭނާ އެއްގޮތަށް ފްލެޓްތައް ނިންމި ނަމަ އެއީ ހައްގު މިންވަރު ކަމަށް ޑރ. މުއިއްޒު ވިދާޅުވާއިރު މިސަރުކާރުން ކުރީ ސަރުކާރުން އިމާރާތް ކުރަން ރާވާފައިވާ ފްލެޓްސް ތަކުގެ ޕްލޭނަށް ބަދަލު ގެނައީ ކީއްވެގެންތޭ އެ ފްލެޓްސް ތަކުގެ އަހްލު ވެރިން ގާތު މަޝްވަރާ ނުކޮށް ކިއެއްވެތޭ އެކަން ކުރީ މިހާރު ފްލެޓްސް ތައް ލިބޭނެ ކަން ގެޒެޓް ކުރެވިފައިވާ އެކަކު ވެސް ރައީސް އިބޫގެ ސަރުކާރުން އައްޔަން ކުރާ ފްލެޓް ކަމިޝަނަކުން ބާތިލް އަދި އުނިއިތުރުވެސް ނުކުރެވޭނެއޭ ކޮށްފިނަމަ ފުލު ފުލުގައި ކޯޓް އަމުރު ތައް ނެރެން ފަށާނަމޭ އެއިރުން ތަމެންނަށް ހުންނާނެ ރަނގަޅަށް އަލާފިލާފައި އަދި ސީދާ ރައީސް އޮފީސް ދޮރުމަތީ 24 ގަޑިއިރު މުޒާހަރާ އޭ ކުރާނީ އެއިރުން...

    15
  6. ޝާން

    62،000 ޑޮލަރ އަކީ 956،040 ދިވެހި ރުފިޔާ. ދެން ކީއްވެބާ މަހަކު 7000 ރުފިޔާ ދައްކަން މިޖެހެނީ. މަހަކު 7000 ރުފިޔާ 20 އަހަރަށް ދެއްކިއަސް އެއީ 1،680،000 ރުފިޔާ. އަދި ޑައުންޕޭމަންޓް ގެ ގޮތުގައި ދައްކާ ފައިސާ ލުމުން އެޕާޓްމެންޓް ގެ އަގުގެ ދެގުނަ ދައްކަން އެބަޖެހޭ. މިއީ ވިޔަފާރި އުސޫލުން ބޮޑު ފައިދާ ލިބޭ ގޮތަށް ކުރާ ކަމެއްބާ ނުވަތަ ގެދޮރުނެތި ދަތިހާލުގަ އުޅޭ ރައްޔަތުންނަށް ބޯހިޔާވަހިކަން ހޯދަ ދިނުމަށް ކުރާކަމެއްބާ؟

    10
    1
  7. އަލީ ނާޒިމް

    މިސަރުކާރުގެ ހައުސިން ޕޮލިސީއާއި ޕޮލިސީގެ ފީޒިބިލިޓީއާއި އެކަން އެޑްމިނިސްޓަރ ކުރަން ވެސް ހަމަ ކުރީގެ ސަރުކާރުގެ މިނިސްޓަރު ! ދެން ލިސްޓުތަށް ނެރެ، ނުގުޅުނު މީހުން އާންމުކުރުމަށްފަހު ފޯމުތަށް ގެއްލުނުކަމަށް އަދި ކޮންކުރީޓުން އަޅާފަ ހުރި ފުލެޓުތަކެއް ގެއްލުނު ބަަޔަކަށް ހަމަ އެހެން ވެދާނެ!

    14
  8. ހަސަނު

    ކޮންމެ ސަރު ކާރެއް ކުރިޔަސް މީ ފައިދާ ނަގަންވެގެން ކުރިރި ކަމެއްތާ، ކޮންމެހެން ރައްޔިތުންނައް ބޯހިޔާވަހި ކަމެއް ހޯދައި ދިނިމުގެ ނިޔަތަގައި ކުރި ކަމެއްނޫން

    1
    1
  9. ސާ

    ޢަސްލަށް ލިޔަން ކިޔަންވެސް ނޭގެނީތަ.

  10. ބީރުމީހާ

    އަހްމަސަލީމު ހާދަ ވާހަކަ ހޯދަން އުޅޭ ކަލޯ ބަބުކެޔޮގަސް އިންދަން ރަށަށްދޭބަލަ ތިޔާ މަޖިލީހަށް މިހާރު ކިޔަންވެއްޖެ ތަހުގީގު ކުރާ މަޖިލިސް

  11. ނާނަ

    މިސަރުކާރުން އެބުނަނީ ފިނިސިން ނު ލައޭ އަގުހަދާފަ އިނީ. ލޯނެއް ދެން ނުނަގާނަމޭ ހުރިގޮތަށޭ ދޭނީއޭ.ދެން އެހެން އެކަން އޮތްއިރު ދެން ކީއްވެބާ ބޮޑު ކުއްޔެއް ނަގަން ތިޔައުޅެނީ.މީގެން އެއްވެސް ކަމެއް ނުކުރެވޭ އެކަމު ކު ލި 11000ހާސް ރުފިޔާ .
    މިސަރުކާރައް ދެއަހަރު ވާއިރު ފިނިޝިން ނިންމާނު ލެވުން..

  12. ފަވާޒް

    ސޯސަލް ހައުޒިން މަޝްރޫތަކުން ފައިދާ ހޯދަން މަސައްކަތް ކުރާތީއޭ ސަރުކާރު ފެއިލްވަނީ. ދުނިޔޭގެ އެހެން ގައުމުތަކުގައިވެސް ހަދާ ގޮތައް ސޯޝަލް ހައުޒިން މަޝްރޫތައް 75 ޕަސަންޓު ސަބްސިޑައިޒް ކޮއްބަލަ. ކިވާ ވަރުގަދަ ކަމެއް ދެންމީ..

  13. ޢަލީ

    ކޮންމެ ފްލެޓެއް 10000 ޑޮލަރު އަގުބޮޑުކޮށް ހެދީ. އެހެންވީމާ 70 މިލައަން ޑޮލަރު ދިރުވާލީ

    1
    4
  14. އެމީހާ

    މާތްކަލާކޮށްޓަކާ ފިލެޓުވާހަކަ މިސަރުކާރުން ނުދައްކާ ދެއްކިދެއްކި ބޭލެނީ ސޯޓު ވަނީއޮރިޔާން. މީވަރަށްވާހަކަ.

  15. ހިތުން

    ހިތުން ޑރ.މުއިއްޒު ބަދުނާމުކޮށްލަން މަޖިލީހަށް ގެނަޔަސް ތިކަމުން ރައްޔިތުންގެ މެދުގައި މުއިއްޒުއަށް ތާއީދު އިތުރުވޫން ނޫން ކަމެއް ނުވާނެ. ހަމަ އަމިއްލަ ސަރުކާރު ބޭޒާރު ވެގެން ދަނީ. މިހާ ގަޅި ކަންކަންވެސް މިސަރުކާރުގެ ގަމާރު ކަމުން ކުރެވެމުން އެދަނީ.
    "މުއިއްޒުވުން" ރައްޔިތުން މިހާރު ބަލައިގެންފި. ދެން ލަލަލާ
    - ބަލާ ބެލުމަށް ފެންނަނީ މިދާގޮތުން ރާއްޖެގެ މިނިސްޓްރަކަށް ދެން 'އަސްލަމް' ނާންނާނެހެން. މިއީ އެނާގެ ފަހު ފަހަރު. ރަނގަޅު ޓެސްޓެއް. ވެށިފެހި މާލެ ފުލެޓްތަކުގެ ފޯމް ގެއްލިއްޖެ ކަމަށް ބުނި ހިސާބުން ލަފަކުރެވެނީ މިނާ ޓެސްޓުން ފެއިލް ވެއްޖެހެން.

  16. ހޫދު

    ސަރުކާރުގެ ރަސްމީ ލިއުންއޮއްވާ ފުލެޓުތަނުދީ އަލުންބަހާ ހިތުހުރިހާ ގޮތަކަންތަ ކުރަންޔާ ކޯޓަވެސް ދާންޖެހޭނެ..

  17. ޙަސަނާ

    ޕާޓިކުދިންނާގުޅުންހުރި ކުންފުނިތަކައް މމޕރސ އިންގެއްލުނު ފައިސާ އައްވުރެގިނަފައިސާ ބަދާލުގެގޮތުގައޜކިއާފަދީފި ރައްޔިތުންނައްޓަކާ ތީގެން 150 މިލިއަންޑޮލަރު ސަރުކާރުން ދައްކަދީފަ ބާކީ ހުރިއަދަދު ބަހާލީމަ ފުލެޓުތަކުގެ އަގުކުޑަކުރެވޭނެ ނޫންތޯ މިހާރުތިއުޅެނީ ބޮޑުވިޔަފާރިއެއްހިންގަންވެގެން ނުވާތާކައް މާލޭގަ ގެދޮރުވިޔަފާރިކުރާ ޕާޓި ކުދިންނައްގެއްލުންވާތީ އޭތިމީތިކިޔައިގެން ލަސްކުރަނީ .... ޔާމިނު އުޅުނީ ގިނަ ފުލެޓުތަކެއް އަޅައިގެން ކުލިކުދަކުރުވަން އެކަމާ ހަޖަމުނުވެގެން ގެދޮރުވިޔަފާރިވެރިން ތެޅިފޮޅިގަތީ ވަގޭވަގޭ ގޮވަމުން އެކަމަކު ހަގީގީ ވަގުންނަކި ކޮބައިކަން މިހާރު އެގިހްޖެ