ގަން އިންޓަނޭޝަނަލް އެއާޕޯޓުން ބަންގްލަދޭޝްގެ ވެރިރަށް ޑާކާ އަށް 135 ބިދޭސީންނާ އެކު މޯލްޑިވިއަންގެ ފްލައިޓެއް ފުރައިފިއެވެ.

މިއީ ރާއްޖޭގައި ގަވައިދާއި ހިލާފަށް އުޅެމުންދާ ބިދޭސީން ގައުމަށް ފޮނުވާލުމަށް މޯލްޑިވިއަނާއި ދިވެހި ސަރުކާރާއި ދެމެދު ވެފައިވާ އެއްބަސްވުމުގެ ދަށުން ގަމުން މިގޮތަށް ބިދޭސީން ގޮވައިގެން ފުރި ފުރަތަމަ ފްލައިޓެވެ.

މީގެ ކުރިން ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން 21 ފްލައިޓެއްގައި ބިދޭސީން ވަނީ ބަންގްލަދޭޝް އަށް ފޮނުވާލައިފައެވެ.

އެގޮތުން މިހާތަނަށް އައިއިރު، ރާއްޖޭގައި އުޅުނު 4،000 އަށް ވުރެ ގިނަ ބިދޭސީން އެނބުރި ގައުމަށް ފޮނުވާލާފައިވެއެވެ. އޭގެ ތެރޭގައި އެކިއެކި ބޭނުންތަކަށް ގައުމުތަކަށް ދާން ބޭނުންވެފައި ތިބި މީހުން ވެސް ހިމެނެއެވެ.

ސަރުކާރުން ވަނީ މި އަހަރު ނިމުމުގެ ކުރިން ގަވައިދާ ހިލާފަށް އުޅޭ 20،000 ބިދޭސީން ގައުމަށް ފޮނުވާލުމަށް އަމާޒު ހިފައިފައެވެ.

އިކޮނޮމިކް މިނިސްޓަރ ފައްޔާޒް އިސްމާއީލް ދާދި ފަހުން ވިދާޅުވީ ގަވާއިދާ ޚިލާފަށް އުޅޭ ބިދޭސީންގެ މައްސަލައަކީ އެތައް ދުވަހެއް ވަންދެން ހައްލު ނުކުރެވި އޮތް ސީރިއަސް މައްސަލައެއް ކަމަށާއި ބިދޭސީންނާއި މެދު ކަންތައް ވެފައިވާ ގޮތުން ދިވެއްސެއްގެ ހައިސިއްޔަތުން ލަދު ގަންނަކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު