ކޮރަޕްޝަންގެ މައްސަލަތައް ބެލުމަށް އުފައްދާފައިވާ ޕްރެޒިޑެންޝަލް ކޮމިޝަން އޮން ކޮރަޕްޝަން އެންޑް އެސެޓް ރިކަވަރީގެ ރިޕޯޓް ލިބިއްޖެ ކަމަށާއި، ރިޕޯޓާއި ގުޅިގެން ކުރަން ޖެހޭ ކަންކަން ކުރަމުން އަންނަ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހު ވިދާޅުވެއްޖެއެވެ.

މި ކޮމިޝަނަކީ ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ރާއްޖޭގެ ވެރިކަމާއި ހަވާލުވެވަޑައިގަތުމަށްފަހު އެންމެ ފުރަތަމަވެސް އުފެއްދެވި ރިޔާސީ ކޮމިޝަންތަކުގެ ތެރެއިން އެއް ކޮމިޝަނެވެ.

އެ ކޮމިޝަން އުފެއްދީ ކުރީގެ ސަރުކާރުން ހިންގާފައިވާ ހިޔާނާތުގެ މައްސަލަތައް ބެލުމަށެވެ.

ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހު މިއަދު ވިދާޅުވީ، ކޮރަޕްޝަނާއި ވައްކަމުގެ ބޮޑެތި މައްސަލަތައް ބެލުމަށް ގާއިމް ކުރި ރިޔާސީ ކޮމިޝަނުން ތައްޔާރު ކުރި ރިޕޯޓް އެމަނިކުފާނާއި ހަވާލުކޮށްފައިވާ ކަމަށެވެ.

"ރިޕޯޓާއި ގުޅިގެން ކުރަން ޖެހޭ ކަންކަން އަޅުގަނޑު ކުރަން ފަށައިފިން". ރައީސް ސާލިހު ވިދާޅުވިއެެވެ.

އެ ކޮމިޝަނުން މިއަދު ނޫސްވެރިންގެ ބައްދަލުވުމެއްވެސް ބޭއްވުމަށް ދަނީ ތައްޔާރުވަމުންނެވެ. އެ ނޫސްވެރިންގެ ބައްދަލުވުން އޮންނާނީ މިއަދު ހަވީރު 16:00 އަށެވެ.

އެސެޓް ރިކަވަރީ ކޮމިޝަނުން ބަލަން ފަށާފައި ވަނީ 2012ވަނަ އަހަރުގެ ޖެނުއަރީ މަހުގެ އެއްވަނަ ދުވަހުން ފެށިގެން 2017ވަނަ އަހަރުގެ ނޮވެމްބަރު މަހުގެ 17ވަނަ ދުވަހަށް ހިންގާފައިވާ ހިޔާނާތުގެ މައްސަލަތަކެވެ. އަދި ދައުލަތުގެ ފައިސާ ނަހަމަ ގޮތުގައި ބޭނުން ކުރުމުގެ މައްސަލަތަކުގެ ތެރެއިންވެސް އެކަށީގެންވާ މިންވަރަށް މިހާތަނަށް ތަހުގީގު ނުކުރެވި ހުރި މައްސަލަތައްވެސް ހިމެނެއެވެ.

އެ މައްސަލަތަކުގެ ތެރޭގައި އެ ކޮމިޝަނުގެ އަމިއްލަ އިސްނެގުމުގެ މަތިން ބަލާ މައްސަލަތަކާއި އާއްމުން ހުށަހަޅާ މައްސަލަތައް ވެސް ހިމެނޭނެއެވެ.

ކިޔުންތެރިންގެ ހިޔާލު

12 ކޮމެންޓް

 1. އައްޑޫ މީހާ

  މިސަރުކާރުން ކުރި ވައްކަންތައްވެސް ތިޔަ ކޮމިޝަނުން ބަލަން ފެނޭ

  39
 2. ޢަންސާރު

  ކަލޭ ބޭނުން މީހަކަށް ދައުވާކުރާތަން ބަލަން ރައްޔިތުން ނުތިބޭނެ..މާ އަވަހަށް ސައިޒު ތިއޮޅެނީ...

  37
  1
 3. އަބްދޫ

  ތިޔަ މައްސަލަތަކުގެތެރޭ ދަވްލަތަށް ގެއްލުންވާގޮތަށް ކުރެވުނު އެގްރީމެންޓެްގެ ދަށުން ވައިގެ ބަނދަރު ޖިއެމްއާރަށް ދިން މައްސަލަވެސް ބަލަންޖެހޭނެ. އެމްސިއޭއެލްގެ އެމްޑީ އެ އެގްރީމެންޓްގާ ސޮއިކުރަން ހެޔޮ ނުވާނެކަމަށް ވިދާޅުވުމުން އޭނާ މަގާމުންވަކިކޮށް އެހެން ބޯޑެއް އެކުލަވާލާ ސޮއި ކުރުވި މައްސަލަ އާއި އޭރު ރައްޔިތުންގެ މަޖިލީހުން ގާނޫނުއަސަސީގެ 250 ވަނަ މާއްދާގަ ބުނާ ބައިތައް މާލިއްޔަތުގެ ގާނޫނުގާ ހިމެނާމަޖިލީހުން ފާސްކޮށް ތަސްދީގު ކުރަން ފޮނުވާފަ އޮއްވާ އެ ގާނޫނު ތަސްދިގު ނުކޮށް ދަވްލަތުގެ އެސެޓެއް ބޭރުބަޔަކަށް ނުއަގުގަ ވިއްކާލި މައްސަލަ ތަހުގީގު ކުރެވެން ވާނެ. މި އެގްރީމަންޓްގެ ސަބަބުން ދަވްލަތަށް ލިބުނު ގެއްލުމުގެ ޒިންމާ ނަގަންޖެހޭފަރާތަކަ ދެކޮޅަށް ދައުވާކުރެވެން ވާނެ.

  33
 4. ވަތަން އެދޭ

  ކިހާ ވަރަކުން ދާނެ ބާ

  27
 5. ނ

  ޖަމަލު ފޮޑިއަށް ވާނީ...
  ކީއްވެތޯ....އެފް ޕީ އައި ޑީ މައްސަލަ ބަލަން ނުކެރުނީ
  ޢއަދީ. ޢަންނި އަދި މައުމޫން އިރުގެ މައްސަލަ ތައް ބަލަން ނުކެރުނީ....
  ޖީ އެމް އާރު ކަރަޕްޝަން
  ސާހިދު މެން ބެދޭނެތީ ދަޯ

  31
 6. ޢަފްލާ

  އއހެންމީހުންނޭކޭ އެއްގޮތައް މަނިކުފާނުވެސް ކުރަނީ ވައްކަން ކުރަނީ ފުރައްސާރަ

  34
 7. ޙގގ

  ޢިސްތިއުފާ

  14
 8. މާމީ

  ޔާމީނު އަދީބު ގެ މައްސަލަ ބެލިއިރު ކޮބާ އަލީއާޒިމް ގެ 1 މިލިއަން ޑޮލަރު މަނިކުފާނު ހޯދި ފައިސާ ހުސް ވަގުން ......

 9. ސުލައިމާނު

  ހުސްފޭކު ވާހަކަ. ތިޔަރިޕޯޓް ބަލާފައި ކީރިތި ކުރައްވާފައި ނިދާލާ ރައީސް މީހާ.
  ތިޔަ ރިޕޯޓް އޮންނާނީ ސިޔާސީ ގޮތުން ދަމާލެވޭ ރަބަރު ގަނޑެއްގޮތަށް، ސަރުކާރުން ބޭނުންވާގޮތަކަށް ކަމެއްކުރަންވީމައި ނުވަތަ ސަރުކާރަށް ގޯހެއް ހެދޭވަގުތުގައި، ނުވަތަ ސަރުކާރުގެ އިސްވެރިޔަކަށް ކުށެއް ކުރެވޭ ވަގުތުގައި ތިޔަރިޕޯޓު ނަގައި މީޑީއާއަށް ތިލަކޮށްލައި ރައްޔިތުންގެ ފޯކަސް އެދިމާލަަކަށް އެނބުރޭ ވަގުތުބަލައި ފޮށިބަނދެލާނީ.
  ވަގުންގެ ފޮށި ބާރަށް ބަންނާނެކަމަށް އިހުގެ މުސްކުޅިވެރިންވެސް ބުނެ އުޅެއެއްނު.

 10. އަލީ

  ރައީސް އައް ލިބުވަރު ވިދާޅުވެވި ދާނެތޯ؟

 11. ޙހހހ

  ފިޔަވަޅޭތޯ ، ކާރުކޮޅުގައިނއުޅުއްވާއިރުވެސް

 12. ހަޔަސިންތް

  ބޭކާރުއަނގަތަޅާ ސަރުކަރެއް ފަތައްބުރަކުރަން