ރާއްޖެއިން ފާއިތުވެދިޔަ ދުވަސްތަކުގައި ކޮވިޑް-19 އަށް ފައްސިވި ބައެއް މީހުން، މި ބަލިމަޑުކަމާއި ގުޅިގެން ޤާއިމްކޮށްފައިވާ ފެސިލިޓީތަކަށް ނުގެންދެވި ލަސްވެފައި ވަނީ މޫސުން ގޯސްވުމުން ކަމަށް ހެލްތު އިމަރޖެންސީ އޮޕަރޭޝަން ސެންޓަރ (އެޗްއީއޯސީ) އިން ވިދާޅުވެއްޖެ އެވެ.

ރޭގެ ނޫސްވެރިންގެ ބައްދަލުވުމުގައި މިކަމާއި ގުޅޭގޮތުން ވާހަކަ ދައްކަވަމުން އެޗްއީއޯސީގެ ތަރުޖަމާން ޑރ. ނަޒްލާ ރަފީގް ވިދާޅުވީ، ކޮވިޑް-19 އަށް ފައްސިވި ބައެއް މީހުން ފެސިލިޓީތަކަށް ނުގެންދެވި ލަސްވާކަން ފާހަގަކުރެވިފައި ވާކަމަށާއި، އެކަމާއި ގުޅިގެން ޝަކުވާތައް އަންނަމުންދާ ކަމަށެވެ.

ނަމަވެސް މިގޮތަށް ފާއިތުވެދިޔަ ދުވަސްތަކުގައި މީހުން ފެސިލިޓީތަކަށް ގެންދިއުމުގައި ލަސްތަކެއް އުޅެނީ މޫސުން ގޯސްވުމާއި ގުޅިގެން އެ މަސައްކަތަށް ހުރަސް އެޅިފައިވާތީ ކަމަށް ޑރ. ނަޒްލާ ވިދާޅުވިއެވެ. ޑރ. ނަޒްލާ ވިދާޅުވީ މިމަހުގެ 28 އިން ފެށިގެން ފެސިލިޓީތަކަށް ގެންދަން ޖެހޭ ބައެއް މީހުން ނުގެންދެވިވާ ކަމަށެވެ.

"މީގެތެރެއިން ބައެއް ފަރާތްތައް ފެސިލިޓީތަކަށް ނުގެންދެވިފައިވަނީ މިދޭތެރެއިން މޫސުން ގޯސްވުމާއި އެއްކޮށް. ޚާއްސަކޮށް އެރިޔަދޫ އަށް އަދި ގެންދަން ހުރި ފަރާތްތައް އެބަތިބި ނުގެންދެވިފައި. ނަމަވެސް މިއަދުވެސް އަދި މާދަމާ ވެސް އެ މޫވްމެންޓްތައް ކުރިޔަށްދާނެ" ޑރ. ނަޒްލާ ވިދާޅުވިއެވެ.

މޫސުން ގޯސްވުމާއި ގުޅިގެން ފެސިލިޓީތަކަށް ނުގެންދެވިވާ މީހުން އެތަންތަނަށް ގެންދިއުމުގެ މަސައްކަތަށް ލަސްކަމެއް އައިސް ގިނަ ބައެއްގެ ނުރުހުންވުން އިދާރާތަކަށް އަމާޒުވަމުން އަންނައިރު، ހޮނިހިރު ދުވަހުވެސް 91 މީހަކު ފެސިލިޓީތަކަށް ގެންދެވިފައިވާކަން ރޭގެ ނޫސްވެރިންގެ ބައްދަލުވުމުގައި ޑރ. ނަޒްލާ ވަނީ ފާހަގަކުރައްވާފައެވެ.

ރާއްޖެއަށް މި ދުވަސްވަރު ކުރަމުންދާ ހުޅަނގު މޫސުމުގެ ވިއްސާރަ އާއި ގުޅިގެން ބައެއް ހިސާބުތަކަށް ފާއިތުވެދިޔަ ދުވަސްތަކުގައި މޫސުން ވަރަށް ބޮޑަށް ގޯސްވެފައި ވެއެވެ. މޫސުން ގޯސްވެ ކަނޑުގަދަވުމުން، ދަތުރުފަތުރު ކުރާ ފަރާތްތަކުން މޫސުމަށް ސަމާލުވުމަށް އިދާރާތަކުން އިލްތިމާސްވެސް ކޮށްފައި ވެއެވެ.

ކިޔުންތެރިންގެ ހިޔާލު

11 ކޮމެންޓް

 1. ފަނީ

  ހާދަހާ މޫސިން ގޯހޭދޯ!

  6
  1
 2. ބޭނޭ

  ދޮގުން ގޮސް ފުރިފަ އޭ މިތިބެނީ...

  15
  2
 3. ބީރުމީހާ

  މޫސުމޭމީ ހާދަ ދޮގު މަކަރު ހެދޭނޭ
  ފާފަތައްދެން އިތުރުކުރުމަށްއާއެކީ

 4. އަލިމަނިކު

  މޫސުމަށް ދޮގުވެރިކަމުގެ ކޮޅިގަނޑެއް ލައިގަނެ ވަރަށް ގޯސްވެފައިވާކަން އެންމެންނަށްވެސް އެނގޭ. މާލޭގައި ތިބޭ މީހުންގެ ސާމްޕަލް ނުނެގެނީވެސް މުސުން ގޯސްވެގެން. އެއް ގެއަކުން އެތައްފަހަރަކު މިގޭ އެންމެންވެސް މިތިބީ މިހާލަތުގައޭ. ތިމަންނަގެ މިޢަލާމާތްތައް އެބަހުއްޓޭ. ހައި ރިސްކު މީހުންވެސް މިގޭ އެބަތިއްބޭ ބުނެ މައުލޫމާތު ދިނީމާ އެ ގެއިން ރެންޑަމްކޮށް 3 މިހެއްގެ ސާމްޕަލް ނަގާފައި އަލާމަތްތައް ފެންނަ މީހުންގެ ނުނަގާ ދޫކޮށްލަނީވެސް މޫސުމީ މައްސަލައެއްގެ ސަބަބުން. އެ އީ ހިންގަން ނޭގުމުގެ މޫސުން ލައިގަނެފައި އޮތީމ ވާގޮތް.

 5. Anonymous

  ކޮބާ! ހެލިކޮޕްޓަރ!! އެއީ ބަލިމީހެއް ހުން ވެސް އުފުލާ އެއްޗެއް!! ދޮގުހެދިޔަސް ތީ ފުކެއް ބޮޑުވަރު! ތި ވަރަކަށް މޫސުން ގޯހެއް ވެސް ނޫން. މީހުންގެ ބަސްތަކުން އެނގެނީ އެޗްޕީއޭން މިކަމުގައި ހެސް ކިޔާފަ ފަރުވާކުޑަކުރާކަން!!

  5
  1
 6. މެކުނު

  އެކްސްގިއުޒްމީ،،،،،، ތީ ފޭކް އިގޭ....

 7. އޮޅުވާލި ވޯޓު

  ކޮމްމެކަމަކައް ދޮގުހަދަނީ މޫސުން ގޯސްވެގެން އުޅެނީ ފަހަރުގަ އިންޑިއާޔައްކަމަ ވެދާނެ

 8. ބޯގޯސް

  ވައް ކަން ކޮއްލިވަރުން ދައުލަތުގެ ހަޒާނާ ހުސްވެގެން ހަދާނެ ގޮތެއްނެތިފައޭ މިތިބީ ބުނެބަލަ އިބިލިސްތައް ވައް ކަން ކޮއްގެން ވެރި ކަމައް އައީމަ ޖެހޭނެ މުސީބާތް ކަލޭމެނައް ޖެހިފަ ތިއޮތީ

 9. އޮޅުވާލި ވޯޓު

  ކަލޭމެން ކަމެވާއިރައް ރިސޯޓު ތަކުގައުޅޭ މަދުދިވެހިން ކޮޅަބާރުތިކުރަނީ މީދެންކިހާ އެއްތޯ 15 ދުވަސްމިލިބެނީ 14 ދުވަސް ކަރަންޓީނުގަ ދެންކިހިނެއްތޯ އަހަރުމެން އުޅޭނީ ކޮވިޑު އުފަންވީދުވަހުން ފެށިގެން މިތިބެނީ ރިށޯޓުގަ ތާށިވެފަ މިދެން ކިހާބޮޑު ނޮހޮރޮއްޕާނެ މިނާގާބިލުސަރުކާރަކާހުރެ އަހަރުމެން ވޮޓުދިނީ ރައްޔަތުންނައް މިކަހަލަ ގޯނާކުރާކަށެނޫންަ ދެން ނުލިބޭނެ އެމްޑީޕީއަކައް އަހަރއންގެ ބާރުފޯރާވޯޓެވެސް ހަރާންވާނެ

 10. ޢަލިއާ

  މީގަ ކުރީގަ މާބޮޑަށް ވިއްސާރަ ދުވަސްތަކެއްދިޔަ ތިކަހަލަ ވާހަކައެއް އަޑެއްނީވޭ.. އަނެއްކާތިބުނާ ފެސިލިޓީތަށް ހުރީ މިރާއްޖެގަތަ. ދޮގުވެސް ހަދަން ނުދަނޭ

 11. މޫސުން

  ހުސްދޮގު އެކަކު އެކަނިވެސް މީގެކުރިން އެއަރ ޓެކްސީގެ ގެންގޮސް އެބަހުރި މިއައްވުރެމާ މޫސުންވެސް ގޯސް ؟