އަޟްހާ އީދު ބަންދަށްފަހު ރައްޔިތުން މަޖިލީހުގެ ޖަލްސާތައް މާދަމާ ފަށާނެއެވެ.

މަޖިލިސް އިދާރާއިން މިހާރު ވަނީ މަޖިލީހުގެ މާދަމާގެ ޖަލްސާގެ އެޖެންޑާ މަޖިލިސް އިދާރާގެ ވެބްސައިޓުގައި އާއްމުކޮށްފައެވެ.

އެޖެންޑާގައި އޮތް ގޮތުން މާދަމާ ޓެކްސް އެޕީލް ޓްރައިބިއުނަލްގެ ހުސްވެފައިވާ މަގާމަށް މެންބަރަކު އައްޔަންކުރެއްވުމަށްޓަކައި، ރައީސުލްޖުމްހޫރިއްޔާ ފޮނުއްވާފައިވާ ނަންފުޅުތައް ދިރާސާކޮށް ގޮތެއް ނިންމުމަށް އެ މައްސަލައާ ގުޅޭ ދާއިމީ ކޮމިޓީއަށް ފޮނުވަން ވަނީ އެޖެންޑާ ކޮށްފައެވެ.

މާދަމާ މަޖިލީހުގެ ޖަލްސާތައް އީދު ބަންދަށްފަހު އަލުން ފަށާއިރު މަޖިލީހުގެ ޖަލްސާތައް އޮންލައިންކޮށް ގެންދިއުމަށް ރައްޔިތުން މަޖިލީހުގެ މަޑުއްވަރީ ދާއިރާގެ މެންބަރު އާދަމް ޝަރީފު ވަނީ މިއަދު ގޮވާލައްވާފައެވެ. އާދަމް ޝަރީފު ކުރެއްވި ޓްވީޓެއްގައި މިއަދު ވިދާޅުވީ ކޮވިޑް-19 ކޮންޓްރޯލް ނުކުރެވި މުޅި ރާއްޖޭގައި ފެތުރެމުންދާއިރު މިދުވަސްވަރު މަޖިލީހުގެ ޖަލްސާތައް އޮންލައިންކޮށް ބޭއްވުމަށް ގޮވާލާ ކަމަށެވެ.

ރާއްޖެއިން ކޮވިޑް-19އިން ފެނިގެން މިދިޔަ މާރިޗް މަހުގެ 30 ވަނަ ދުވަހުން ފެށިގެން ރައްޔިތުންގެ މަޖިލީހުގެ ޖަލްސާތައް ކުރިއަށް ގެންގޮސްފައި ވަނީ އޮންލައިންކޮށެވެ.

ޖަލްސާތައް އޮންލައިންކޮށް ކުރިއަށް ގެންދާތާ ދެ މަސް ވާން ކައިރިވެފައިވަނިކޮށް، ރައްޔިތުންގެ މަޖިލީހުގެ އިދާރާއިން ވަނީ ރައްޔިތުންގެ މަޖިލިސް ކުރާ ގޭގައި ޖަލްސާތައް ބާއްވަން ނިންމައި، އެ ޖަލްސާތަކުގެ އެތެރޭގެ އިންތިޒާމްތައް ހަމަޖެހިފައިވާ ގޮތް އާންމުކޮށްފައެވެ. އަދި މަޖިލީހުގެ ޖަލްސާތައް އަޟްހާ އީދުގެ ބަންދާއި ޖެހެންދެން މެދުކަނޑާލިއިރު ވެސް ޖަލްސާތައް ކުރިޔަށް ގެންދިޔައީ އެ އުސޫލުގެ ތެރެއިންނެވެ.

އެގޮތުން މަޖިލީހުގެ މާލަމުގައި އެއްވަގުތެއްގައި އެންމެ ގިނަވެގެން ތިއްބަވާނީ 42 މެންބަރުންނެވެ. އަދި އެ މެންބަރުން އިށީނދެވަޑައިގެން ތިއްބަވާނީ، ހެލްތް ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ)އިން އަންގަވާފައިވާ ދުރުމިނުގައެވެ. އަދި އެއްވަގުތެއްގައި އެއްމޭޒެއްގައި ދެ މެންބަރުން ނުތިއްބަވާގޮތަށްވެސް ވަނީ ހަމަޖައްސާފައެވެ. އިށީނދެވަޑައިގެން ތިއްބަވާއިރު މެންބަރުން ތިއްބަވަނީ މާސްކު އަޅުއްވައިގެންނެވެ. ކައިރީގެން އެހެން މެންބަރަކު އިންނެވި ނަމަ ވާހަކަދައްކަވާއިރު މަޖިލީހުގެ ރިޔާސަތުން ޖެހިގެން އިންނަވާ މެންބަރު ދުރަށް ވަޑައިގަތުމަށް އަންގަވައެވެ.

 

ކިޔުންތެރިންގެ ހިޔާލު

8 ކޮމެންޓް

 1. Anonymous

  ކަލޭމެން ޖަލްސާބޭއްވިޔަށް ނުބޭއްވިޔަސް އަހަރުމެންނާ ކޮންކަމެއް! ތީ މިޤައުމުގެ ގިނަ ރައްޔިތުން އެންމެ ރުޅިއަންނަ އެއް މުވައްސަސާހެން ހީވަނީ!

  10
  1
  • Anonymous

   ދެން މުޒާހަރާ ކުރަން ދާންވީނުން ކޮވިޑް19 ފަތުރަން

   1
   5
 2. ޏ

  ދެން ކީ އްކުރަން ގޭގަ ޖަލްސާ ބާ އްވަނީކީ..
  ބޮޑުވަޒީރު ބިރުގަތީތޯ؟ ފަ އއްސި ވާވަރު ގިނަކަމިން.
  މިމީހުން ތިބެންވީ ގޭގަ ބިރުން.. އެކަމުު ސްކޫލް ކުދިން އަދިވެސް ނެރޭ.. ކެފޭތަ އް ބަންދު ނުކުރަ އްޗެ.
  ބޮޑުވަޒީރު ތިހޯދީ ސަލާމަތް ވާނެ މަގެ އްދޯ

 3. ޏ

  ރަ އްތަކަށް ކަރަންޓީނަށް މީހުން ފޮނުވަ އިގެން ދެން ކޮންކަމެ އް.
  ސާބަސް ހަމަ.. ރާ އްޖެތެރޭ މީހުން ހަނާވާނީ ބިކަވާނީ
  އެތަންތާ ތިބޭނީ ރަށަަަަކު އެންމެ ޑޮޮކްޓަރެ އް. އެވަރު ވިސްނާފަވެސް ކޮންމެސް ގޮތެ އް ނިންމަން ވީނު

 4. މާމީ

  ތިތަނަކީ ރައްޔިތުންގެ މަޖިލިހެކޭ ކިއާވަރުގެ ތަނެއްނޫން އަދި 85000ރުފިޔާ މުސާރަދީފަ އަދިކާންދީފަ ބައިތިއްބާ އިރު ރައްޔިތުންނައް ޓަކާ އެއްވެސް ކަމެއްކުރާ ބައެއްނޫން މުޅިގައުމު ހަލާކު ކޮއްލި ބައެއް...

 5. އެލެކުސް މައިކާލޯ

  އެދުރުކަލޭފާނު އެބައުޅޭ ފަތަންގޮސް ގައިދޮންނަން ގޮވައިގެން

 6. ބޭޗާރާ

  ސުރުޚީ ރަނގަޅުކޮށްލާ! ގައުމީ ނުހޮރުއްޕާން އީދަށް ފަހު ފެށެނީ.

 7. ބޭބެ

  އާނ.ތިޔަތަން އީދައްވެސް ބަންދުވާތީ މަ ހައިރާންވޭ.އަވަހަށް ހުޅުވާ އެހެން ނޫނީ ގައުމު ހުއްޓިދާނެ