ކޮވިޑް-19 ގެ ސަބަބުން ރާއްޖޭގެ ބޯޑަރު ބަންދު ކޮށްފައި އޮތުމަށްފަހު މިދިޔަ މަހުގެ 15ވަނަ ދުވަހު އަލުން ހުޅުވާލި ފަހުން ޓްރާންސިޓް ހޮޓެލްގެ ގޮތުގައި ފަތުރުވެރިންނަށް ހިދުމަތް ދިނުމަށް 10 ތަނަކަށް ހުއްދަ ދީފައިވާ ކަމަށް ޓޫރިޒަމް މިނިސްޓްރީން ބުނެފިއެވެ.

އެގޮތުން މާލެއިން ފަސް ތަނަކަށް ހުއްދަ ދީފައިވާއިރު ހުޅުމާލެއިން ދެ ތަނަކަށް ވަނީ ހުއްދަ ދީފައެވެ. މާލެއިން ހުއްދަ ދީފައިވަނީ އުނިމާ ގްރޭންޑް ހޮޓެލް، މާގިރި ހޮޓެލް، އެޗް ސެވެންޓީ އެއިޓް، ކްރިސްޓަލް ބީޗް އިން، އަދި ބީހައިވް ހޮޓެލް އަށެވެ. ހުޅުމާލެއިން ހުއްދަ ދީފައިވަނީ ސީޒަން ހޮލިޑޭސް އަދި ނޫމޫ އަށެވެ. ހުޅުލޭ އައިލެންޑު ހޮޓެލް އަދި ގއ. އަތޮޅުގައި ހިންގާ މާކުއާ މޯލްޑިވްސް ކޫއްޑޫއަށް ވެސް ހުއްދަ ދީފައިވާ ކަމަށް ޓޫރިޒަމް މިނިސްޓްރީން ބުންޏެވެ.

މި ތަންތަނަށް ހުއްދަ ދެނީ "ގައިޑްލައިން ފޯ ރީ- ސްޓާޓިން ޓޫރިޒަމް އިން މޯލްޑިވްސް" ގެ ސެކްޝަން ޑީ2 ގައި ބަޔާންކޮށްފައިވާ ގޮތަށެވެ. ހުއްދަ ދިން ނަމަވެސް އެ ހޮޓާތައް ހުޅުވަން ވާނީ ގައިޑްލައިންގައި ބަޔާންކުރާ ކަންތައްތައް ފުރިހަމަ ކުރުމަށްފަހު ކަމަށްވެސް ޓޫރިޒަމް އިން ބުންޏެވެ.

މި މަހުގެ އެއްވަނަ ދުވަހު ޓޫރިޒަމް އިން ބުނެފައިވަނީ ރާއްޖޭގައި މިިދިޔަ މަހާއި ހަމައަށް 150 އަށް ވުރެ ގިނަ ރިސޯޓު ހިންގާ ކަމަށެވެ. ނަމަވެސް އޭގެތެރެއިން ބޯޑަރު ހުޅުވާލި ފަހުން އޮޕަރޭޝަން ފަށާ ފަތުރުވެރިންނަށް ހިދުމަތް ދެމުން އަންނަނީ 61 ރިސޯޓުން ކަމަށް ޓޫރިޒަމް މިނިސްޓްރީން ބުނެއެވެ.

މީގެއިތުރުން ފަތުރުވެރިންނަށް ހިދުމަތް ދިނުމަށް 22 ސަފާރީއަކަށް ވެސް ވަނީ ހުއްދަ ދީފައެވެ.

ކޮވިޑް-19 ފެތުރެމުން ދާތީ ރާއްޖޭގެ ބޯޑަރުތައް ބަންދުކޮށްފައި ވަނީ މިދިޔަ މާޗް 27 ގައެވެ. އެކަމުގެ ސަބަބުން ރާއްޖެ އަށް ފަތުރުވެރިން އައުން ހުއްޓި އާމްދަނީ ވަރަށް ބޮޑަށް ދަށަށް ދިޔައެވެ. އަދި އިގްތިސާދަށް ވަރަށް ބޮޑެތި އަސަރުތަކެއް ކުރިއެވެ.

ރާއްޖެއަށް ޒިޔާރަތްކުރާ ފަތުރުވެރިންގެ ތެރެއިން ކޮވިޑް-19 އަށް ޓެސްޓުކުރާނީ ހަމައެކަނި އަލާމާތްތައް ހުންނަ ފަތުރުވެރިން އެކަންޏެވެ.

މި ވައިރަހާއި ގުޅިގެން ކަނޑައެޅިފައިވާ އުސޫލުތަކުގެ މަތިން ކޮންމެ ފަތުރުވެރިއަކުވެސް ރާއްޖެ އައުމުގެ ކުރިން ކޮވިޑް-19 އަށް ޓެސްޓުކޮށް ނައްސިވެފައިވާ ނަތީޖާ އިމިގްރޭޝަނަށް ދައްކަން ޖެހެއެވެ. އިމިގްރޭޝަން އިން މިއަދު ބުނީ ލައި 31 ވަނަ ދުވަހާއި ހަމައަށް ރާއްޖެ އަށް އައިސްފައި ވަނީ 1769 ފަތުރުވެރިން ކަމަށެވެ.

އިމިގްރޭޝަނުން މިއަދު އާއްމު ކުރި ތަފާސްހިސާބުތަކަށް ބަލާއިރު، ޖުލައި މަހު ރާއްޖެއަށް އެންމެ ގިނައިން ފަތުރުވެރިން އައިސްފައި ވަނީ އިނގިރޭސިވިލާތުންނެވެ. އެ ގައުމުން 258 ފަތުރުވެރިން ރާއްޖެ އައިސްފައި ވެއެވެ. މީގެ އިތުރުން މި ލިސްޓުގެ ދެވަނާގައި އެމެރިކާ އޮތްއިރު އެ ގައުމުން 189 ފަތުރުވެރިއަކު ވަނީ އައިސްފައެވެ. ލިސްޓުގެ ތިންވަނާގައި އޮތް ޔޫއޭއީން ރާއްޖެ އައިސްފައި ވަނީ 143 ފަތުރުވެރިއެކެވެ.

ރާއްޖޭގެ ބޯޑަރު ހުޅުވާލި ފަހުން އެންމެ ގިނަ ފަތުރުވެރިން އައިސްފައި ވަނީ ޖުލައި 30 ވަނަ ދުވަހުއެވެ. އެ ދުވަހު ރާއްޖެއަށް އައިސްފައި ވަނީ 218 ފަތުރުވެރިއެކެވެ.

ކިޔުންތެރިންގެ ހިޔާލު

5 ކޮމެންޓް

  1. ޚާރު

    މި ދަ އުރު ނިމެންދެން މަގޭ ހޮޓާ ބަންދު ކުރަން ވީ ތަ؟

    11
    1
  2. ބޯހަލާކުވޭ ދިވެހިންގެ ބޮޑާކަމާހެދި

    "ކުދިންނަށް ބަލިޖެހުނަސް އޯކޭ. މުހިންމީ ބަނޑުހައި ވިޔަ ނުދިނުން. މިބައްޔާހެދި ލޮކްޑައުން ކޮށްފިއްޔާ ބަނޑުހައިހޫނުކަމެއް އައިސްދާނެ. މުހިންމީ ލާރި. ލޮކްޑައުން ކޮށްގެން ނުވާނެ. މާސްކްވެސް ނޭޅުމުގެ ހައްގު އޮންނަންވާނެ. ގައިދުރުކުރުމަކީވެސް އަމިއްލަ މިނިވަންކަން. އަމިއްލަ ނަފްސު ނޫން އެންމެންނަކީ ބޭކާރު ނަފްސުތަކެއް.."
    މިއީ މިހާރު ގިނަ ދިވެހީންގެ ހިޔާލު. ހިޔާލު މިހެން ހުއްޓަކަސް ރާއްޖެއިން މިބަލި ދެން ކޮންޓްރޯލް ކުރެވޭނީ ދެވަނަ ލޮކްޑައުނަކަށް ގޮސްގެން. ލޮކްޑައުން ކުރިއަކަސް އޮފީސްތަކަށް އަސަރު ކޮށްގެން ނުވާނެ. ކޮމްޕިޔުޓަރ ބޭނުން ކުރާ އޮފީސްތަކުން ސާވާ ބޭނުންކޮށްގެން އޮންލައިންކޮށް މަސައްކަތް ނުކުރެވެންވީ ސަބަބެއް ނެތް. އެހެނިހެން މަސައްކަތްތަކަށް ހާއްސަ ހުއްދައަކާ ލައިގެން ނުކުމެ މަސައްކަތް ކުރެވިދޭނެ. ނުކުންނަ މީހުން މާސްކާއި އަންގިޔާއި ޕްލާސްޓިކް ފޭސް ކަވަރުތައް އަޅައިގެން މަސައްކަތް ކުރެވިދާނެ. ސްކޫލްތައް ބަންދު ކުރަންވީ. އިލްމަށް ވުރެ ސިއްހަތު މުހިންމު. އޮންލައިންކޮށް ކިޔަވައިދޭންވީ. ފިހާރަތަކަށް ނުގޮސް އަލުން ޑެލިވަރީ ފަށަންވީ. ފަތުރުވެރިން ގެންނަންވީ ކޮވިޑް ނުފެތުރޭ ގައުމުތަކުން. މިސަރުކާރުން އިންޑިޔާއިންނާއި ޔޫރަޕުންނާއި ޔޫކޭއިންނާއި އެމެރިކާއިންނާއި ބްރެޒީލުން ފަތުރުވެރިން ގެންނަނީ ހަމަ ކޮވިޑް ފަތުރަންތޯ؟ ރިސޯޓްތަކުގެ މުވައްޒަފުންނަކީ އިންސާނުންނަށްވުރެ ދަށުދަރަޖައިގެ ބައެއްތޯ؟ މާލޭގައި އުޅޭ ގެދޮރުނެތް ބިދޭސީންވީ ސަރުކާރު ހަރަދުގައި އެމީހުންގެ ގައުމަށް ފޮނުވާލަން. ބިދޭސީންނަށް ޓެސްޓުކޮށް ފަރުވާދެންޏާ ހަރަދު އެއަށްވުރެ ބޮޑުވާނެ. މިސަރުކާރު ހިންގަން އިލްމުވެރި ބޭކަލަކު ހުރިނަމަ މިކަންތައް ކޮށް މިހާރު ރާއްޖެއަކީ ކޮވިޑް ފްރީގައުމަކަށް ވުމީ ޝައްކެތް ނެތްކަމެއް. އާން ބައެއް ރައްޔިތުންނަކީ ބޮޑާކަމުން މަތީގައި އުޅޭ ބައެއް. އެކަމަކު އެމީހުން ބިރުގަންނަ ވަރު ކޮށްލިއްޔާ އެމީހުންވެސް އަޑުއަހާނެ.

    1
    1
  3. ޑީޑީ ޖޖޖޖ

    ފައް ކާ ހަރާމްޖާދާ ސަރު ކާރެއްމީ....ހުރިހާ ކަމެއް ޕާޓިމީހުނަށް.

    2
    1
  4. ގައިދުރު

    ފަތުރުވެރިން ފަތުރުކަމުގައި ރާއްޖެއަށް ޒިޔާރަތްކުރި އަދަދު މިނޫހުންވެސް އިނގޭ، ދެން ކިތައް ބޯޓު މި ވަގުތު މި އަންނަނީ، ޓްރާންސިޓް ފަތުރުވެރިން ގޮވައިގެން؟!

  5. ފައިސާބް

    ޓުއަރިސްޓުންނެެއް ރާއްޖެއަކައް ނާންނާނެ.. އެމީހުން އުޅެނީ ކޮވިޑު ޖެހޭހިތަކުންނެއްނޫން.