ކޮވިޑް-19 އަށް ފައްސިވި މީހުންގެ ތެރެއިން 200 މީހަކު ފެސިލިޓީތަކަށް ނުގެންދެވި އެބަތިބި ކަމަށް ހެލްތު އެމަޖެންސީ އޮޕަރޭޝަން ސެންޓަރުން ވިދާޅުވެއްޖެއެވެ.

މިރޭ އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި ޑރ.ނަޒްލާ ރަފީގް ވިދާޅުވީ، ހޯމަ ދުވަހުގެ ހަވީރު ހައެއް ޖެހުމާއި ހަމައަށް ފެސިލިޓީސްތަކަށް ނުގެންދެވި 200 އަށްވުރެ ގިނަ މީހުން އެބަތިބި ކަމަށެވެ. ނަމަވެސް އެމީހުން ފެސިލިޓީތަކަށް ނުގެންދެވި ތިބީ ކީއްވެ ކަމެއް ޑރ.ނަޒްލާ މިރޭ ވިދާޅެއް ނުވެއެވެ.

ރޭ ޑރ.ނަޒްލާ ވިދާޅުވީ ކޮވިޑް-19 އަށް ފައްސިވި ބައެއް މީހުން ފެސިލިޓީތަކަށް ނުގެންދެވި ތިބީ މޫސުން ގޯސްވުމުން ކަމަށެވެ.

ޑރ.ނަޒްލާ މިރޭ ވިދާޅުވީ ދުނިޔޭގެ ބައެއް ގައުމުތަކުގައި ކޮވިޑް-19 އަށް ފައްސިވާ މީހުން ގޭގައި އެކަހެރި ކުރި ނަމަވެސް ރާއްޖޭގައި އެގޮތައް އަމަލު ކުރަން އަދި ނިންމާފައި ނެތް ކަމަށެވެ. އެއީ ފައްސިވާ މީހުންގެ ތެރޭގައި ހައި ރިސްކް މީހުން ވެސް ހިމެނޭތީ ކަމަށް ޑރ.ނަޒްލާ ވިދާޅުވިއެވެ.

ކޮވިޑް-19 އަށް ފައްސިވާ މީހުން އައިސޮލޭޝަން ފެސިލިޓީތަކަށް ގެންދިއުން ލަސްވަމުން ދާތީ ގިނަ ބަޔަކު ގެންދަނީ މީސް މީޑިއާގައި ކަންބޮޑުވުން ފާޅުކުރަމުންނެވެ.

ރާއްޖެ އިން ކޮވިޑް-19 ޖެހުނު މީހުންގެ އަދަދު މިހާރު ވަނީ 4293 އަށް އަރާފައެވެ. އޭގެ ތެރެއިން 2670 މީހަކު ވަނީ މިހާރު ބަލިން ރަނގަޅު ވެފައެވެ. މިހާރު ރާއްޖޭގައި ކޮވިޑް-19 ޖެހިފައި 1490 މީހުން އެބަތިއްބެވެ.

މިވަގުތު އައިސޮލޭޝަންގައި 1013 މީހުން އެބަތިބިކަމަށް އެޗްޕީއޭއިން މިރޭ އާއްމު ކުރި ތަފާސް ހިސާބުތަކުން ވެސް ދައްކައެވެ.

ކިޔުންތެރިންގެ ހިޔާލު

9 ކޮމެންޓް

  1. ގޭދޮށު ގަރުދިޔަ ފެކްޓަރީ

    އެކަމު ސްޓްކާ ނުޖެހި ނެތޭ އެންމެ ދުވަހެއްވެސް.. ޖަޒީރާ ސްޓިކާ ރާއްޖެ ތަފާތުވާނެ

    7
    1
  2. އެޖެންޑާ ކަންނެލި

    އެކަމު މޫސުން ގޯސްވިޔަސް ޖޫރިމަނާ ކުރެވޭ

    10
    2
  3. ޑެޑާ

    ކަލޭމެން ނަށް ފަރުވާ ނުދެވޭކަމަށްވާނަމަ ގައުމު ލޮކްޑައުން ކުރަންވީނޫންތޯ ގައުމުގެ ތިބި ރައިޔަތުން ބަލިޖެހި މަރުވެ ހުސްވަންދެން ބަލަންތިބެނީ ތައް އަނެއްކާ ޕޮޒިޓިއުވެ ތަން ތަނަށް ކަރަންޓީނަށް ޕޮނުވާމީހުންނައް އެކަށީގެން ކާއެއްޗެއް ދެނީކީއެއްނޫން އެހެންވީމާ ސިއްހީގޮތުން ބޮޖައް ބަލިވާނީނޫންތޯއޭ ކާންދެނީ ފަލަހަނޑުލު ބައިތްކޮޅަކާއި ގަރުދިޔަކޮޅެއް އާދޭސް ކުރިޔަސް ފުރުޓުކޮޅެއް ތަރުކާރީއެއް ނުދޭ ދެން އިތުރަށް ބަލިބޮޑުވާނީނޫންތޯ

    10
  4. ސޯލް

    7000 ހަ މަ ކުރާނެ

  5. ނަައީމް

    މިހާރު މިކިޔަނީ އެޖެންދާ 19އަށް ފައްސިވާމީހުނަށް ފަރުވާވެސް ނުދެވި މިވަނީ މޫސުމާހެދި ކަމަށް ކީއްކުރާނީ ހުސްބަހަނާ ނަމަވެސް ކޮންމެގޮތަކުންވެސް އެތަކެއް ހުރަސްތަކެއް ތަހައްމަލް ކުރަން ޖެހިފާ އެމްޑީޕީ އައްނިގެ ބައިވެރިންނޭ ރުފިޔާކެޔަސް ބުޔަސް ގައުމާދޭތެރޭގަ ވިސްނާލާފާ ތިކަލޭގެއާއި ދުރައްޖެހިލާށެވެ އައްނިއަކީ މި ދިވެހި ގައުމުގެ ހަލާކެވެ

  6. އޮޅުވާލި ވޯޓު

    ރައްޔަގުނަގެ ޓެކުސްފައިސާއިން ބޮޑެތިމުސާރަނަގާގެން ތިބެދެން ކީތިކުރަނީ އެހެންވީމާމިކިޔަނީ ތީފޭކުޖައްސަނީއޭ އޮޅުވާލަނީ

  7. ތަރާނާ

    އެކަމު އަމީންނު ޓީވީއަށް އަރާ އަގަފުޅާކޮންގޮވީ މި ސަރުލކާރުން މި އޮތީ ކޮވިޑްގެ އެއްމެ ނުރައްކާވާ ހާލަތަށްވެސް ތައްޔާރަށޯ ހުސް މަކަރާއި އޮޅުވާލުން ލާދީނީ ސަރުކާރު

  8. މޯދީ

    މަގޭ ހިތަން އަރަނީ މި ނަޒުގެ ލަދެއް ހަޔާތެއްވެސް ނެތޭ މުޅިން ތީވީއަށްއަރާ ހުސްދޮގުހެދުން މީނަގެ ކަމަކީ މުޅިންވެސް ރައްޔަތުންނަން އޮޅުވާލުނާ މަކަރު ހެދުމުގައި

  9. އިބުރާހީމް

    ޑރ ނަޒުލާ ދައްކާ އެއްވެސް ވާކައެއް މަ ޤަބޫލެއް ނުކުރަން