ޏ. ފުވައްމުލަކު ސިޓީގައި ގޭގައި ކަރަންޓީން ވެގެން ހުރި މީހަކު ކޮވިޑް-19 އަށް ފައްސިވެއްޖެއެވެ.

އެ ސިޓީން މީހަކު ކޮވިޑް-19 އަށް ފައްސިވެފައިވާކަން ހެލްތް އިމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެޗްއީއޯސީ)ން ވަނީ "ވަގުތު"އަށް ކަށަވަރުކޮށްދެއްވާފައެވެ.

އެޗްއީއޯސީގެ އޮފިޝަލަކު "ވަގުތު" އަށް ވިދާޅުވީ، އެ ސިޓީން މީހަކު ކޮވިޑް-19 އަށް ފައްސިވިކަން އެނގުނީ މީގެ އިރުކޮޅެއް ކުރިން ކަމަށެވެ. އަދި އެ މީހާ އަކީ ހޯމް ކަރަންޓީނުން ދޫކޮށްލަން ވެގެން މިއަދު ޓެސްޓު ހެދި މީހެއްކަމަށްވެސް އޮފިޝަލް ވިދާޅުވިއެވެ.

ފަހަކަށް އައިސް މާލެ އިން ރަށްރަށަށް ގޮސް ގޭގައި ކަރަންޓީންވާ މީހުން ކޮވިޑް-19 އަށް ފައްސިވާ އަދަދުތައް ދަނީ އިތުރުވަމުންނެވެ. އެކަމާއި ގުޅިގެން މިހާރު ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)އިން ވަނީ މާލެ އިން ރަށްރަށަށް ގޮސް ކަރަންޓީން ވެވޭނީ ސިއްހީ ކަމެއްގައި މާލެ އައިސް ރަށަށް ދާން މީހުންނަށާއި، ޒަރޫރީ ބޭނުމެއްގައި މާލެ އައިސް ރަށަށް ދާން ޖެހޭ މީހުންނަށް އެކަނިކަން ކަމަށް ކަނޑައަޅާފައެވެ.

ރާއްޖެ އިން މިހާތަނަށް 4,446 މީހަކު ކޮވިޑް-19 އަށް ފައްސިވެފައިވާ އިރު، އޭގެ ތެރޭގައި ހިމެނެނީ 2,293 ދިވެހިންނާއި 2،153 ބިދޭސީންނެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

 1. އޮމަދު

  މިރަށުންވެސް ފެނިފަވަނީ

  19
  2
  • ށަހާ

   ކޮން ރަށެއް؟

 2. ހައްވާ ފެންފުށި

  ކީއްވެބާ އޮމަދޫން ފެނުނުވާހަކަ ހަބަރުގަ ނެތީ؟އަހަރުން މިތިމީ އެކަމުގެ ތަފުސީލު އެގެން ބޭނުން ވެފަ.

 3. އޮޅުވާލި ވޯޓު

  ތިޔައީ ގަސްދުގަ މުޅިގައުމައް ބަލިފަޓުރާލުމުގެ ފޮޔަވަހީގެދަށުން ތިހިސާބައްދިއައީ މީގެ ކުރީގަ ރަށައްަފޮނުވަނީ ކަރަންޓީނުނިމްމާފަ މިހާރު އެމީހަކާއެމީހަކު ދޫކޮއްލީ ކެނެރީގެ މީހާ ހުރިހާމީހުނާވެސް ބަލިޖެހޭނޭބުނެފައޮތީމާ އެބުނި ބުނުން ސީދާކުރުމައްޓަކާ ކުރާކަމެއްގެ ގޮތުގާބެލެވެނީ

  13
  1