މި ވަގުތު ހއ. އިހަވަންދޫ ކަރަންޓިންގެ ހާލަތުގައި އޮތުމުން އެރަށު ސްކޫލް މި ފެށޭ އާދީއްތަ ދުވަހު ނުހުޅުވާނެ ކަމަށް އެޑިއުކޭޝަން މިނިސްޓްރީން ވިދާޅުވެއްޖެއެވެ.

އެރަށުން ބަޔަކު ވަނީ ކޮވިޑް-19 އަށް ފައްސިވެފައެވެ.

އެރަށުން މިއަދާއި ހަމަށް ފަސް މީހަކު ވަނީ ކޮވިޑް-19 އަށް ފައްސިވެފައެވެ.

އަންނަ އާދީއްތަ ދުވަހު ދެވަނަ ޓާމްގެ ކިޔެވުން ފެށޭއިިރު، މާލެ ސިޓީގެ ސްކޫލްތައް ފިޔަވާ އެހެން ހުރިހާ ސްކޫލެއް ހުޅުވާ ގޮތަށް މީގެ ކުރިން ވަނީ ނިންމާފައެވެ.

އެހެންވެ ކޮވިޑް-19 އާ ގުޅިގެން މިހާރު ކަރަންޓީން ކޮށްފައިވާ ބައެއް ރަށްތަކުގެ ސްކޫލްތައް ހުޅުވައިގެން ކިޔަވާ ދޭން ފަށާފާނެތީ ގިނަބަޔަކު ދަނީ އެކަމާއި ކަންބޮޑުވުން ފާޅު ކުރައްވަމުންނެވެ.

މިކަމާއި ގުޅޭގޮތުން އިހަވަންދޫ ނޫހަކަށް މައުލޫމާތުދެއްވަމުން އެޑިއުކޭޝަން މިނިސްޓަރ ޑރ. ޢާއިޝަތު ޢަލީ ވިދާޅުވީ، އެޑިއުކޭޝަން މިނިސްޓްރީން އެކަށައަޅާފައިވާ އެސްއޯޕީގައި ބަޔާންކޮށްފައިވާ ގޮތުގެ މަތިން، އެއްވެސް ރަށެއް މޮނިޓަރިންގައި ނުވަތަ ކަރަންޓީންގެ ހާލަތުގައި ވާނަމަ އެ ރަށެއްގެ ސްކޫލް ނުހުޅުވާނެ ކަމަށެވެ.

އަދި މޮނިޓަރިންގ ނުވަތަ ކަރަންޓިންގެ ހާލަތު އުވާލިކަމުގައި ވިޔަސް، އެ ރަށެއްގެ ސްކޫލް ހުޅުވުމާމެދު ގޮތެއް ނިންމަވަން ހަމަޖެހިފައި ވަބނީ އެ ރަށެއްގެ ވަކިވަކީ ގޭބިސީތައް ކަރަންޓީންގެ ހާލަތުގައި ހުރި މިންވަރަށް ބަލާފައި ކަމަށެވެ.

ރާއްޖޭގައި މިހާތަނަށް 4680 މީހަކު ވަނީ ކޮވިޑް-19 އަށް ފައްސިވެފައެވެ. މީގެ ތެރެއިން 128 މީހަކަށް ފަރުވާދެމުން ދަނީ ހޮސްޕިޓަލްފައެވެ.

މި ބަލި ޖެހިގެން ރަނގަޅުވި މީހުންގެ އަދަދު މިހާރު ވަނީ 2725 އަށް އަރާފައެވެ.

ކިޔުންތެރިންގެ ހިޔާލު

9 ކޮމެންޓް

  1. ދޮންކެޔޮ

    މުހަންމާ ކަލޯ ގެ ރައްދޯ ، ހަމަ މީހުން އުޅޭރަށެއް ނޫން ތީ ، ހަމަ އިނގޭތީ ބުނެލީ

    1
    17
    • އަހަރެން

      އޭ މަގޭ ރަށާ ނުބެހޭތި. ރަނގަޅަށް ވިއްޔާ މީ ބޯގޯސް ރަށަކަށް އުފަން ބޯގޯސް މީހެއް..

    • ޟަ

      ކަލޭ އަށް ކިހިނެއް އިނގެނި؟ ހަމަ ނޫން މީހުން ފެންނަނީއެއްނުން މިއޮއް..ހަމަނޫން ސަ ރުކާ ރު

      • ހަމަދު

        ހަމައެއް ނުވާނެ ދުވަހަކުވެސް ތިޔާ ރަށު މީހުން
        މައިމޫނާވެސް ހަމައެއްނޫނެއްނު

      • ބީރުމީހާ

        އައިޝަތު ޢަލީވެސް ހަމައެއްނޫން ދޯ
        ޝިފާއު ހަމަ ކޮއްކޮ ހަމައެއްނޫން

    • ޝަރަ

      Hajamq nuvaa

  2. ނީޝޫ

    އެއްވެސް ސްކޫލެއް ހުޅުވުން ބުއްދިވެރިއެއްނޫން.

  3. މަ

    މމމމމއަހަރެން މީ ހަތަރު ފައިކަށި އިހަވަންދޫ މީހެއް. އެކަމު ސުކޫލް ހުޅުވާން އުޅެނީ. މަގަބޫލުކުރަންވީ ކާކުގެ ބަހެއް. ނޫސްވެރިން ޑރ.ނަޒްލާއާ މިސުވާލު ކޮށްބަލަ

  4. އަހަރެން

    އިހަވަންދޫ ކުދިން އާއްމު ހާލަތައް އަަންނަންދެން އޮންލައިންކޮށް ކިޔަވާލާ.