23:21
އައްޑޫ ސިޓީ ފޭދޫން ކޮވިޑް-19 އަށް ފައްސިވެފައިވާ ފުލުހާއި ގާތުން ބައްދަލު (ކްލޯސް ކޮންޓެކްޓްސް) ވެފައިވާ ހަފުލުހަކު ފާހަގަ ވެއްޖެ.
BREAKING NEWS: Covid-19: Addu In Fassivi Fuluhaai Gaathun Bahdhalvi 6 Meehaku Faahaga Vejje https://t.co/L4jnHCKdgt
— Vaguthu Online (@VaguthuOnline) August 8, 2020
23:00
ކޮވިޑް-19 އަށް ފައްސިވި 240 މީހަކު އަދިވެސް ފެސިލިޓީތަކަށް ނުގެންދެވި އެބަތިބި ކަމަށް އެޗްއީއޯސީން ވިދާޅުވެއްޖެ.
BREAKING NEWS: Fassivi 240 Meehaku Adhives Facility Thakah Nugendhevi Ebathibi https://t.co/JXcYHf0F13
— Vaguthu Online (@VaguthuOnline) August 8, 2020
22:49
އެޗްއީއޯސީގެ ނޫސްވެރިންގެ ބައްދަލުވުން ނިންމާލައިފި.
22:41
ޑރ. ނަޒްލާ ރަފީގް: އަޅުގަނޑުމެން މަސައްކަތް ކުރަން، ޕިއޮރިޓީ ހުރި ފަރާތްތައް އަވަހަށް ފެސިލިޓީތަކަށް ގެންދިއުމަށް.
22:41
ޑރ. ނަޒްލާ ރަފީގް: މިހާރު ނުގެންދެވި ތިބީ 240 މީހަކު، ފެސިލިޓީތަކަށް. މީގެ ތެރޭގައި އެބަތިބި އެކި ކަހަލަ ކަންކަމާ ހުރެ ނުގެންދެވި ހުރި ފަރާތްތައް. މިސާލަކަށް ކުއްޖާގެ މަންމަ ޕޮޒިޓިވް ވިޔަސް، ކުއްޖާގެ ނަތީޖާ ނުލިބޭތީ ފެސިލިޓީއަށް ދާން ބޭނުން ނުވާ މީހުން އެބަތިބި. ހަމަ މިގޮތަށް ކުއްޖާ ޕޮޒިޓިވްވެފައި މަންމަގެ ނަތީޖާ ނުލިބޭތީ ދާން ބޭނުން ނުވާ މީހުން އެބަތިބި.
22:39
އައްޑޫ ސިޓީ ފޭދޫން މީހަކު ކޮވިޑް-19 އަށް ފައްސިވެއްޖެ.
BREAKING NEWS: Covid-19: Addu City In Meehaku Fassivejje https://t.co/yyFOTTLdlY
— Vaguthu Online (@VaguthuOnline) August 8, 2020
22:39
ޑރ. ނަޒްލާ ރަފީގް: އުމުރުން ދުވަސްވީ މީހުން ޕޮޒިޓިވްވެފައި އެބަހުރި، އެއްވެސް ކޮންޓެކްޓަކާ ގުޅުން ނެތް. ސީރިއަސް މީހުން ވެސް އެބަތިބި. މިއީ ވަރަށް ވިސްނަން ޖެހޭ ކަމެއް. އިލްތިމާސް ކުރަން ގޭގައި ތިބޭ އުމުރުން ދުވަސްވީ މީހުން ހާލު ދެރަވާ ނަމަ، މީގައި ބައެއް މީހުންނަކީ ބޮޑެތި ބަލިތައް ހުންނަ މީހުން. ވަރު ދެރަވެ، ނުކެވި، ހުން އައިސް، ކުރީގެ ބަލި ބޮޑުވާ ނަމަ، ސިއްހީ ހިދުމަތް ކުރީ ބައިގައި ހޯދުމަކީ މުހިންމު ކަމެއް.
22:32
ޑރ. ނަޒްލާ ރަފީގް: މާސްކް އެޅުން މަޖުބޫރު ވަނީ އެއްވެސް ކޭސްއެއް ފެނިފައިވާ ރަށެއްގައި. ބަލި ނެތް ރަށްރަށުގައި، އެއް ރަށުން އަނެއް ރަށަށް ދަތުރު ކުރާ އިރު، މާސްކް އަޅަން ޖެހޭނެ. ޓެކްސީއެއްގައި އެއް ރަށުން އަނެއް ރަށަށް ދާއިރު، ލޯންޗު، ކަނޑުމަތިން ދާ އިރު، މާސްކް އަޅަން ޖެހޭނެ. އެހެން ރަށްރަށުގައި ރިކަމެންޑް ކުރަނީ މާސްކް އެޅުމަށް. ހާއްސަކޮށް ފިހާރަތައް ފަދަ ބަންދު ތަންތަނަށް ވަޑައިގަންނަވާއިރު.
22:25
ޑރ. ނަޒްލާ ރަފީގް: ޓެސްޓް ނުހެދިގެން ފަތުރުވެރިންތަކަކަށް ނުފުރިފައި އޮތް ކަމުގެ މައުލޫމާތެއް އަދި އަޅުގަނޑަކަށް ނުލިބޭ. އެކަން ސާފުކޮށްލާނަން.
22:24
ޑރ. އަފްޒަލް: އަޅުގަނޑުމެންގެ ތެރޭގައި ބަލި ފެތުރޭ މިންވަރު ވަނީ އިތުރުވެފައި. ރައްކާތެރިކަމުގެ ގޮތުން އަޅަން ޖެހޭ ފިޔަވަޅުތައް އާންމުންގެ ތެރޭގައި އެޅިފައި ނުވާކަން އެބަ އެނގޭ.
22:21
ޑރ. އަފްޒަލް: ރާއްޖެ އިން ގިނަ އިން ފައްސިވެފައި ވަނީ އުމުރުން 18 އަހަރާއި 40 އަހަރާ ދެމެދުގެ މީހުން. މި އުމުރުފުރާގެ މީހުން ވަރަށް ބޮޑަށް ސަމާލުކަން ދޭން އެބަޖެހޭ.
22:20
ރާއްޖެ އިން ކޮވިޑް-19 ޖެހުނު މީހުންގެ ތެރެއިން މިވަގުތު އައިސީޔޫގައި ނުވަ މީހަކަށް ފަރުވާ ދެމުންދާ ކަމަށް އެޗްއީއޯސީން ވިދާޅުވެއްޖެ.
BREAKING NEWS: Covid-19: ICU Gai Faruvaa Dhemundhaa Meehunge Adhadhu 9 Ah Araifi https://t.co/s2j5rBIy8Z
— Vaguthu Online (@VaguthuOnline) August 8, 2020
22:20
ޑރ. ނަޒްލާ ރަފީގް: މިހާތަނަށް 1،546 ތަނެއް ވަނީ އިންސްޕެކްޓްކޮށްފައި. 246 ތަނެއް މިންގަނޑުތަކާ ހިލާފުވެގެން ބަންދު ކުރަން ޖެހުނު.
22:19
ޑރ. ނަޒްލާ ރަފީގް: މާލެ ސަރަހައްދުގެ 136 ތަން އިންސްޕެކްޓް ކުރި. އެއީ ކާބޯތަކެތީގެ ހިދުމަތްދޭ 37 ތަނަކާއި 11 ސެލޫނަކާއި 88 ފިހާރަ. އޭގެ ތެރެއިން ނުވަ ތަނެއް ބަންދު ކުރި. އެއީ ކާބޯތަކެތީގެ ހިދުމަތްދޭ އެއް ތަނާއި ތިން ސެލޫނާއި ފަސް ފިހާރަ. 16 ތަނެއް ވަނީ ހުޅުވިފައި.
22:18
ޑރ. ނަޒްލާ ރަފީގް: މަގުމަތީގައި މާސްކް އެޅުން މަޖުބޫރުވުމާ އެކު، ފުލުހުން މިހާރު ދަނީ އެކަންކަން ބަލަމުން. އިއްޔެގެ ހަޔަކުން މިއަދު ހަވީރު ފަހަކާ ހަމައަށް 100 އަށް ވުރެ ގިނަ މީހުންނަށް ނަސޭހަތްދީ، 62 މީހުން ޖޫރިމަނާ ކުރި. މަނާ ވަގުތުގައި ބޭރުގައި އުޅެގެން 157 މީހަކަށް ނަސޭހަތްދީ 79 ޖޫރިމަނާ ކުރި.
22:14
ޑރ. ނަޒްލާ ރަފީގް: މަސައްކަތް މި ކުރަނީ ޕޯޓަލްގައި އެދޭތާ 72 ގަޑިއިރު ތެރޭގައި ވަކި ގޮތެއް އެނގިވަޑައިގަންނަވާނެ. ވަރަށް ބޮޑަށް އެދެން ހުއްދަ ލިބުމުގެ ކުރިން ޓިކެޓު ނުނެގުމަށް. ހުއްދަ ލިބުމުން ނޫނީ ޓިކެޓު ނެގުމަށް އެދެން.
22:13
ޑރ. ނަޒްލާ ރަފީގް: ހާލު ބެލުން ޕޯޓަލްގައި ރަޖިސްޓްރީވެފައި، ހޯމް ކަރަންޓީންވުމަށް އެދޭ ބައި ފުރިހަމަ ކުރަން ޖެހޭނެ. އަދި ސްލިކެޓް ކުރަން ޖެހޭނީ ކޮން ކަމަކަށް ކަން ރަށަށް ދަނީ. މިކަމާ ގުޅޭ ލިޔެކިޔުންތައް ހުށަހަޅަން ވާނެ ކައުންސިލަށް ވެސް.
22:11
ޑރ. ނަޒްލާ ރަފީގް: ރާއްޖެ އިން ބަލި ޖެހުނު 37 މީހަކު ވަނީ ރަނގަޅުވެފައި.
22:10
ރާއްޖެ އިން ކޮވިޑް-19 ޖެހުނު މީހުންގެ ތެރެއިން އިތުރު 37 މީހަކު މިއަދު ބަލިން ރަނގަޅުވެއްޖެ.
BREAKING NEWS: Covid-19: Ithuru 37 Meehaku Balin Rangalhu Vejje https://t.co/LyeJJ8eTwQ
— Vaguthu Online (@VaguthuOnline) August 8, 2020
22:09
ޑރ. ނަޒްލާ ރަފީގް: އާސަންދައިގެ ދަށުން އިންޑިއާ އަށް ދިޔަ އަށް މީހަކު މިހާތަނަށް ވަނީ ފައްސިވެފައި.
22:09
ޑރ. ނަޒްލާ ރަފީގް: ރާއްޖެ އިން އިތުރު 129 މީހަކު ކޮވިޑް-19 އަށް ވަނީ ފައްސިވެފައި. އޭގެ ތެރެއިން 93 މީހުންނަކީ ދިވެހިން. ން ފައްސިވީ ބަންގްލަދޭޝްގެ 26 މީހަކާއި އިންޑިއާގެ ނުވަ މީހަކާއި ނޭޕާލް މީހެއް. ހޮސްޕިޓަލްތަކުގައި އެޑްމިޓްކޮށްފައި ތިބި މީހުންގެ އަދަދު ވަނީ 144 އަށް އަރާފައި.
22:08
ރާއްޖެ އިން ކޮވިޑް-19 ޖެހުނު މީހުންގެ ތެރެއިން ހޮސްޕިޓަލްގައި އެޑްމިޓް ކޮށްގެން ފަރުވާ ދެމުން ގެންދާ މީހުންގެ އަދަދު 144 އަށް އަރައިފި.
BREAKING NEWS: Covid-19: Hospital Gai Admit Kohfai Thibi Meehunge Adhadhu 144 Ah Araifi https://t.co/Yh4k6NNbS7
— Vaguthu Online (@VaguthuOnline) August 8, 2020
22:07
އެޗްއީއޯސީގެ ނޫސްވެރިންގެ ބައްދަލުވުން ފަށައިފި.
22:05
ރާއްޖެ އިން އިތުރު 129 މީހަކު ކޮވިޑް-19 އަށް ފައްސިވެއްޖެ.
BREAKING NEWS: Covid-19: Ithuru 129 Meehaku Fassivejje https://t.co/Ht59aYR4nm
— Vaguthu Online (@VaguthuOnline) August 8, 2020
21:53
ކޮވިޑް-19 އާއި ގުޅޭ ގޮތުން ސައްހަ ނޫން މައުލޫމާތު ނުފެތުރުމަށް އދ.އިން އިލްތިމާސް ކުރައްވައިފި.
Misinformation during a crisis like #COVID19 can result in people being left uninformed, unprotected & vulnerable.
❌ Don't share rumours
✔️ Choose content verified by reliable sources🎨: Ruth Borrows pic.twitter.com/XU86jAEQgE
— United Nations (@UN) August 8, 2020
20:45
ކޮވިޑް-19 އާ ގުޅިގެން، ހެލްތް މިނިސްޓްރީން ޢާންމު ޞިއްޙަތުގެ ކަންތައްތައް ހިންގަމުން ގެންގޮސްފައިވާ ގޮތާއި، މިހާރު ކަންކަން ކުރިއަށް ގެންދާ ގޮތާއި، ކުރިއަށް އޮތް ދުވަސްތަކުގައި ކަންކަން ކުރިއަށް ގެންދިއުމަށް ރާވާފައިވާ ގޮތްތަކާމެދު ހިޔާލު ހޯދުމަށް ފުރުސަތު ރައްޔިތުންގެ މަޖިލީހުގެ އިދާރާއިން ހުޅުވާލައިފި.
Covid-19: Kuriah Oi Dhuvasthakugai Kankan Kuriah Gendhaane Goithakaai Medhu Hiyaalu Hoadhaneehttps://t.co/aEYJFJgExN
— Vaguthu Online (@VaguthuOnline) August 8, 2020
17:39
އަންގާރަ ދުވަހުގެ ރޭ ލުބުނާނުގެ ވެރިރަށް ބެއިރޫތުގައި ހިނގާދިޔަ ހާދިސާއާއި ގުޅިގެން އެގައުމުން ކޮވިޑް-19 ޖެހޭ މީހުންގެ އަދަދު އިތުރުވެ ހާލަތު ގޯސްވެގެން ހިނގައިދާނެ ކަމަށް ދުނިޔޭގެ ސިއްހަތު ޖަމްއިއްޔާއިން ވިދާޅުވެއްޖެ.
Beirut Gai Covid-19 Warah Bodah Fethuri, Haalathu Goas Vedhaane- WHOhttps://t.co/fpl25urlzy
— Vaguthu Online (@VaguthuOnline) August 8, 2020
16:22
އިންޑިއާގެ ސްޓޭޓް ފޯ އެގްރިކަލްޗަރގެ ޔުނިއަން މިނިސްޓަރ ކައިލާޝް ޗައުދަރީ ކޮވިޑް-19 އަށް ފައްސިވެއްޖެ . އޭނާ ކޮވިޑް-19 އަށް ފައްސިވެފައިވާކަން ހާމަކޮށްފައި ވަނީ މިއަދު ކުރި ޓްވީޓެއްގައި.
BREAKING: India Ge Ithuru Minister Eh Covid-19 Ah Fassi Vehjjehttps://t.co/mknXzIWqKl
— Vaguthu Online (@VaguthuOnline) August 8, 2020
15:30
ކޮވިޑް-19ގެ ވޭދަނަތައް (ކޭސްތައް) ފެނިފައިވާ ހއ. އިހަވަންދޫ ކަރަންޓީނުން ނަގައި އާންމު ހާލަތައް ގެނެސްފި.
Ihavandhoo Anmu Haalathah Genesfi, Gein Beyrah Dhaairu Mask Elhun Majubooru!https://t.co/dqkGdypo9m
— Vaguthu Online (@VaguthuOnline) August 8, 2020
15:13
ކޮވިޑް-19 ޖެހިގެން ފަރުވާ ހޯދަމުންދިޔަ އަބީޝޭކް ބަޗަން ބަލިން ރަނގަޅުވެއްޖެ ކަމަށް މީޑިއާ ރިޕޯޓްތައް ބުނަން ފަށައިފި.
Abhishek Covid-19 Ah Nassi: Aharen Eiruves Buneemennu Balin Salaamai Vaanameyhttps://t.co/d1SVFDIm0U
— Vaguthu Online (@VaguthuOnline) August 8, 2020
14:16
އިންޑިއާގެ ކެރެލާގައި ރޭ ހިނގި ނުރައްކާތެރި ފްލައިޓް އެކްސިޑެންޓާއި ގުޅިގެން މީހުން ސަލާމަތް ކުރަން ނުކުތް އެންމެން ކޮވިޑް-19 އަށް ޓެސްޓު ކުރަން ނިންމައިފި.
India Flight Accident: Rescue Operation Gai Baiverivi Enmmen Covid-19 Ah Test Kuraanehttps://t.co/EUow7IPErh
— Vaguthu Online (@VaguthuOnline) August 8, 2020
13:36
މެކްސިކޯ އިން އިތުރު 794 މީހަކު މަރުވެ، މަރުވި މީހުންގެ އަދަދު 51،311 އަށް އަރައިފި. އަދި އިތުރު 6،717 މީހަކު ފައްސިވެ ބަލި ޖެހުނު މީހުންގެ އަދަދު ވަނީ 469،407 އަށް އަރާފައި.
13:35
ޕާކިސްތާންގައި އިތުރު 16 މީހަކު މަރުވެ، މަރުވި މީހުންގެ އަދަދު 6،068 އަށް އަރައިފި. އަދި އިތުރު 842 މީހަކު ފައްސިވެ ބަލި ޖެހުނު މީހުންގެ އަދަދު ވަނީ 283،487 އަށް އަރާފައި.
13:34
ކަޒަކިސްތާންގައި އިތުރު 907 މީހަކު ފައްސިވެ، ބަލި ޖެހުނު މީހުންގެ އަދަދު 97،829 އަށް އަރައިފި. މިހާތަނަށް މަރުވީ 1،058 މީހުން.
13:33
ބޮލީވިއާ އިން އިތުރު 59 މީހަކު މަރުވެ، މަރުވި މީހުންގެ އަދަދު 3،524 އަށް އަރައިފި. އަދި އިތުރު 1،468 މީހަކު ފައްސިވެ ބަލި ޖެހުނު މީހުންގެ އަދަދު ވަނީ 87،891 އަށް އަރާފައި.
13:33
ޗައިނާ އިން އިތުރު 31 މީހަކު ފައްސިވެ ބަލި ޖެހުނު މީހުންގެ އަދަދު 84،596 އަށް އަރައިފި. މިހާތަނަށް މަރުވީ 4،634 މީހުން.
13:32
ޔޫކްރެއިންގައި އިތުރު 27 މީހަކު މަރުވެ، މަރުވި މީހުންގެ އަދަދު 1،879 އަށް އަރައިފި. އަދި އިތުރު 1،489 މީހަކު ފައްސިވެ ބަލި ޖެހުނު މީހުންގެ އަދަދު ވަނީ 79،750 އަށް އަރާފައި.
13:31
ބެލްޖިއަމުން އިތުރު ފަސް މީހަކު މަރުވެ، މަރުވި މީހުންގެ އަދަދު 9،866 އަށް އަރައިފި. އަދި އިތުރު 768 މީހަކު ފައްސިވެ ބަލި ޖެހުނު މީހުންގެ އަދަދު ވަނީ 72،784 އަށް އަރައިފި.
13:30
ސިންގަޕޫރުގައި އިތުރު 132 މީހަކު ފައްސިވެ، ބަލި ޖެހުނު މީހުންގެ އަދަދު 54،929 އަށް އަރައިފި. މިހާތަނަށް މަރުވީ 27 މީހުން.
13:30
ހޮންޑޫރާސް އިން އިތުރު 19 މީހަކު މަރުވެ، މަރުވި މީހުންގެ އަދަދު 1،465 އަށް އަރައިފި. އަދި އިތުރު 610 މީހަކު ފައްސިވެ ބަލި ޖެހުނު މީހުންގެ އަދަދު ވަނީ 46،365 އަށް އަރާފައި.
13:29
ކިރިގިސްތާންގައި އިތުރު އަށް މީހަކު މަރުވެ، މަރުވި މީހުންގެ އަދަދު 1،459 އަށް އަރައިފި. އަދި އިތުރު 409 މީހަކު ފައްސިވެ ބަލި ޖެހުނު މީހުންގެ އަދަދު ވަނީ 39،571 އަށް އަރާފައި.
13:28
އުޒްބަކިސްތާންގައި އިތުރު ހަތަރު މީހަކު މަރުވެ، މަރުވި މީހުންގެ އަދަދު 185 އަށް އަރައިފި. އަދި އިތުރު 402 މީހަކު ފައްސިވެ ބަލި ޖެހުނު މީހުންގެ އަދަދު ވަނީ 29،459 އަށް އަރާފައި.
13:28
އޮސްޓްރޭލިއާ އިން އިތުރު 12 މީހަކު މަރުވެ، މަރުވި މީހުންގެ އަދަދު 278 އަށް އަރައިފި. އަދި އިތުރު 425 މީހަކު ފައްސިވެ ބަލި ޖެހުނު މީހުންގެ އަދަދު ވަނީ 20،697 އަށް އަރާފައި.
13:27
އެލް ސަލްވާޑޯ އިން އިތުރު 16 މީހަކު މަރުވެ، މަރުވި މީހުންގެ އަދަދު 536 އަށް އަރައިފި. މިހާތަނަށް ފައްސިވީ 19،544 މީހުން.
13:26
ދެކުނު ކޮރެއާ އިން އިތުރު އެކަކު މަރުވެ، މަރުވި މީހުންގެ އަދަދު 304 އަށް އަރައިފި. އަދި އިތުރު 43 މީހަކު ފައްސިވެ ބަލި ޖެހުނު މީހުންގެ އަދަދު ވަނީ 14،562 އަށް އަރާފައި.
13:26
ހެއިޓީން އިތުރު ހަ މީހަކު މަރުވެ، މަރުވި މީހުންގެ އަދަދު 177 އަށް އަރައިފި. އަދި އިތުރު 17 މީހަކު ފައްސިވެ ބަލި ޖެހުނު މީހުންގެ އަދަދު ވަނީ 7،599 އަށް އަރާފައި.
13:25
ހަންގޭރީން އިތުރު 32 މީހަކު ފައްސިވެ ބަލި ޖެހުނު މީހުންގެ އަދަދު 4،653 އަށް އަރައިފި. މިހާތަނަށް މަރުވީ 602 މީހުން.
13:24
ތައިލެންޑުން އިތުރު ތިން މީހަކު ފައްސިވެ ބަލި ޖެހުނު މީހުންގެ އަދަދު 3،348 އަށް އަރައިފި. މިހާތަނަށް މަރުވީ 58 މީހުން.
13:24
ލެޓްވިއާ އިން އިތުރު ހަތް މީހަކު ފައްސިވެ ބަލި ޖެހުނު މީހުންގެ އަދަދު 1،288 އަށް އަރައިފި. މިހާތަނަށް މަރުވީ 32 މީހުން.
13:23
ޖަމައިކާ އިން އިތުރު އެކަކު މަރުވެ، މަރުވި މީހުންގެ އަދަދު 13 އަށް އަރައިފި. އަދި އިތުރު 29 މީހަކު ފައްސިވެ ބަލި ޖެހުނު މީހުންގެ އަދަދު ވަނީ 987 އަށް އަރާފައި.
13:22
ޓައިވާނުން އިތުރު ދެ މީހަކު ފައްސިވެ ބަލި ޖެހުނު މީހުންގެ އަދަދު 479 އަށް އަރައިފި. މިހާތަނަށް ހަތް މީހުން މަރުވި.
13:22
ކެމްބޯޑިއާ އިން އިތުރު ތިން މީހަކު ފައްސިވެ، ބަލި ޖެހުނު މީހުންގެ އަދަދު 26 އަށް އަރައިފި. މިހާތަނަށް މީހަކު މަރުވެފައެއް ނުވޭ.
12:35
ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)ގެ އުސޫލުތަކާ ހިލާފުވި އިތުރު 15 ތަނެއް ބަންދުކޮށްފި.
111 Thaneh Balaa Faas Koh 15 Thaneh Bandhu Koffi https://t.co/qS2d9bp3Ek
— Vaguthu Online (@VaguthuOnline) August 8, 2020
08:40
ކޮވިޑް-19 ޖެހިގެން އެމެރިކާ އިން އިތުރު 1290 މީހަކު އިއްޔެ މަރުވެއްޖެ.
BREAKING NEWS: Covid-19: America In Ithuru 1290 Meehaku Maruvejje https://t.co/xV1lMexoBC
— Vaguthu Online (@VaguthuOnline) August 8, 2020
06:17
BREAKING | Covid-19: Brazil In Ithuru 1058 Meehaku Maruvehjehttps://t.co/eCdafQuYud
— Vaguthu Online (@VaguthuOnline) August 8, 2020
05:47
Covid-19: Raajje In Bali Fenunuthaa 153 Dhuvas, Faruvaa Dhey Meehun Ge Adhadhu 1996 Ahhttps://t.co/jRFCBlfcb4
— Vaguthu Online (@VaguthuOnline) August 8, 2020
04:59
Covid-19: Haalathu Goasve, Mexico In Maruvi Meehun Ge Adhadhu Bai Lakka Ah Araifihttps://t.co/kZhWYSNlQc
— Vaguthu Online (@VaguthuOnline) August 7, 2020
04:56
އެމެރިކާއިން އިތުރު 61824 މީހަކު ކޮވިޑް-19 އަށް ފައްސިވެ، މި ބަލީގައި އިތުރު 1248 މީހަކު މަރުވެއްޖެ. އެޤައުމުން މިހާތަނަށް ޖުމްލަ 5094102 މީހަކަށް ކޮވިޑް-19 ޖެހިފައިވާއިރު، އޭގެތެރެއިން 164052 މީހަކު ވަނީ މަރުވެފައި.
04:56
އިންޑިއާ އިން އިތުރު 51455 މީހަކު ކޮވިޑް-19 އަށް ފައްސިވެ، މި ބަލީގައި އިތުރު 940 މީހަކު މަރުވެއްޖެ. އެޤައުމުން މިހާތަނަށް ޖުމްލަ 2086864 މީހަކަށް ކޮވިޑް-19 ޖެހިފައިވާއިރު، އޭގެތެރެއިން 42578 މީހަކު ވަނީ މަރުވެފައި.
04:55
ބްރެޒިލް އިން އިތުރު 49502 މީހަކު ކޮވިޑް-19 އަށް ފައްސިވެ، މި ބަލީގައި އިތުރު 1058 މީހަކު މަރުވެއްޖެ. އެޤައުމުން މިހާތަނަށް ޖުމްލަ 2967064 މީހަކަށް ކޮވިޑް-19 ޖެހިފައިވާއިރު، އޭގެތެރެއިން 99702 މީހަކު ވަނީ މަރުވެފައި.
04:55
ކޮލަމްބިއާ އިން އިތުރު 9486 މީހަކު ކޮވިޑް-19 އަށް ފައްސިވެ، މި ބަލީގައި އިތުރު 311 މީހަކު މަރުވެއްޖެ. އެޤައުމުން މިހާތަނަށް ޖުމްލަ 367196 މީހަކަށް ކޮވިޑް-19 ޖެހިފައިވާއިރު، އޭގެތެރެއިން 12250 މީހަކު ވަނީ މަރުވެފައި.
04:55
އާޖެންޓީނާ އިން އިތުރު 7482 މީހަކު ކޮވިޑް-19 އަށް ފައްސިވެ، މި ބަލީގައި އިތުރު 160 މީހަކު މަރުވެއްޖެ. އެޤައުމުން މިހާތަނަށް ޖުމްލަ 235677 މީހަކަށް ކޮވިޑް-19 ޖެހިފައިވާއިރު، އޭގެތެރެއިން 4411 މީހަކު ވަނީ މަރުވެފައި.
04:55
ދެކުނު އެފްރިކާ އިން އިތުރު 7292 މީހަކު ކޮވިޑް-19 އަށް ފައްސިވެ، މި ބަލީގައި އިތުރު 305 މީހަކު މަރުވެއްޖެ. އެޤައުމުން މިހާތަނަށް ޖުމްލަ 545476 މީހަކަށް ކޮވިޑް-19 ޖެހިފައިވާއިރު، އޭގެތެރެއިން 9909 މީހަކު ވަނީ މަރުވެފައި.
04:55
މެކްސިކޯ އިން އިތުރު 6590 މީހަކު ކޮވިޑް-19 އަށް ފައްސިވެ، މި ބަލީގައި އިތުރު 819 މީހަކު މަރުވެއްޖެ. އެޤައުމުން މިހާތަނަށް ޖުމްލަ 462690 މީހަކަށް ކޮވިޑް-19 ޖެހިފައިވާއިރު، އޭގެތެރެއިން 50517 މީހަކު ވަނީ މަރުވެފައި.
04:54
ރަޝިޔާ އިން އިތުރު 5241 މީހަކު ކޮވިޑް-19 އަށް ފައްސިވެ، މި ބަލީގައި އިތުރު 119 މީހަކު މަރުވެއްޖެ. އެޤައުމުން މިހާތަނަށް ޖުމްލަ 877135 މީހަކަށް ކޮވިޑް-19 ޖެހިފައިވާއިރު، އޭގެތެރެއިން 14725 މީހަކު ވަނީ މަރުވެފައި.
04:54
ސްޕެއިން އިން އިތުރު 4507 މީހަކު ކޮވިޑް-19 އަށް ފައްސިވެ، މި ބަލީގައި އިތުރު 3 މީހަކު މަރުވެއްޖެ. އެޤައުމުން މިހާތަނަށް ޖުމްލަ 361442 މީހަކަށް ކޮވިޑް-19 ޖެހިފައިވާއިރު، އޭގެތެރެއިން 28503 މީހަކު ވަނީ މަރުވެފައި.
04:54
އިރާގުން އިތުރު 3461 މީހަކު ކޮވިޑް-19 އަށް ފައްސިވެ، މި ބަލީގައި އިތުރު 75 މީހަކު މަރުވެއްޖެ. އެޤައުމުން މިހާތަނަށް ޖުމްލަ 144064 މީހަކަށް ކޮވިޑް-19 ޖެހިފައިވާއިރު، އޭގެތެރެއިން 5236 މީހަކު ވަނީ މަރުވެފައި.
04:54
ފިލިޕީންސުން އިތުރު 3379 މީހަކު ކޮވިޑް-19 އަށް ފައްސިވެ، މި ބަލީގައި އިތުރު 24 މީހަކު މަރުވެއްޖެ. އެޤައުމުން މިހާތަނަށް ޖުމްލަ 122754 މީހަކަށް ކޮވިޑް-19 ޖެހިފައިވާއިރު، އޭގެތެރެއިން 2168 މީހަކު ވަނީ މަރުވެފައި.
04:54
ބަންގްލަދޭޝް އިން އިތުރު 2851 މީހަކު ކޮވިޑް-19 އަށް ފައްސިވެ، މި ބަލީގައި އިތުރު 27 މީހަކު މަރުވެއްޖެ. އެޤައުމުން މިހާތަނަށް ޖުމްލަ 252502 މީހަކަށް ކޮވިޑް-19 ޖެހިފައިވާއިރު، އޭގެތެރެއިން 3333 މީހަކު ވަނީ މަރުވެފައި.
04:53
އިންޑޮނީޝިއާ އިން އިތުރު 2473 މީހަކު ކޮވިޑް-19 އަށް ފައްސިވެ، މި ބަލީގައި އިތުރު 72 މީހަކު މަރުވެއްޖެ. އެޤައުމުން މިހާތަނަށް ޖުމްލަ 121226 މީހަކަށް ކޮވިޑް-19 ޖެހިފައިވާއިރު، އޭގެތެރެއިން 5593 މީހަކު ވަނީ މަރުވެފައި.
04:53
އީރާނުން އިތުރު 2450 މީހަކު ކޮވިޑް-19 އަށް ފައްސިވެ، މި ބަލީގައި އިތުރު 156 މީހަކު މަރުވެއްޖެ. އެޤައުމުން މިހާތަނަށް ޖުމްލަ 322567 މީހަކަށް ކޮވިޑް-19 ޖެހިފައިވާއިރު، އޭގެތެރެއިން 18132 މީހަކު ވަނީ މަރުވެފައި.
04:53
ފްރާންސުން އިތުރު 2288 މީހަކު ކޮވިޑް-19 އަށް ފައްސިވެ، މި ބަލީގައި އިތުރު 12 މީހަކު މަރުވެއްޖެ. އެޤައުމުން މިހާތަނަށް ޖުމްލަ 197921 މީހަކަށް ކޮވިޑް-19 ޖެހިފައިވާއިރު، އޭގެތެރެއިން 30324 މީހަކު ވަނީ މަރުވެފައި.
04:53
ޗިލީން އިތުރު 2154 މީހަކު ކޮވިޑް-19 އަށް ފައްސިވެ، މި ބަލީގައި އިތުރު 69 މީހަކު މަރުވެއްޖެ. އެޤައުމުން މިހާތަނަށް ޖުމްލަ 368825 މީހަކަށް ކޮވިޑް-19 ޖެހިފައިވާއިރު، އޭގެތެރެއިން 9958 މީހަކު ވަނީ މަރުވެފައި.
04:53
ސައުދީ އަރަބިއްޔާ އިން އިތުރު 1567 މީހަކު ކޮވިޑް-19 އަށް ފައްސިވެ، މި ބަލީގައި އިތުރު 38 މީހަކު މަރުވެއްޖެ. އެޤައުމުން މިހާތަނަށް ޖުމްލަ 285793 މީހަކަށް ކޮވިޑް-19 ޖެހިފައިވާއިރު، އޭގެތެރެއިން 3093 މީހަކު ވަނީ މަރުވެފައި.
04:52
ޖަޕާނުން އިތުރު 1552 މީހަކު ކޮވިޑް-19 އަށް ފައްސިވެ، މި ބަލީގައި އިތުރު 7 މީހަކު މަރުވެއްޖެ. އެޤައުމުން މިހާތަނަށް ޖުމްލަ 43815 މީހަކަށް ކޮވިޑް-19 ޖެހިފައިވާއިރު، އޭގެތެރެއިން 1033 މީހަކު ވަނީ މަރުވެފައި.
04:52
ޔޫކްރޭނުން އިތުރު 1453 މީހަކު ކޮވިޑް-19 އަށް ފައްސިވެ، މި ބަލީގައި އިތުރު 33 މީހަކު މަރުވެއްޖެ. އެޤައުމުން މިހާތަނަށް ޖުމްލަ 78251 މީހަކަށް ކޮވިޑް-19 ޖެހިފައިވާއިރު، އޭގެތެރެއިން 1852 މީހަކު ވަނީ މަރުވެފައި.
04:52
އެކުއެޑޯ އިން އިތުރު 1432 މީހަކު ކޮވިޑް-19 އަށް ފައްސިވެ، މި ބަލީގައި އިތުރު 20 މީހަކު މަރުވެއްޖެ. އެޤައުމުން މިހާތަނަށް ޖުމްލަ 91969 މީހަކަށް ކޮވިޑް-19 ޖެހިފައިވާއިރު، އޭގެތެރެއިން 5897 މީހަކު ވަނީ މަރުވެފައި.
03:30
BREAKING | Covid-19: India In Ithuru 60,000 Meehun Fassive, Ithuru 940 Maruhttps://t.co/2rdSVlVr0J
— Vaguthu Online (@VaguthuOnline) August 7, 2020
02:54
Anna Hafthaa Gai Covid-19 Ge Furathama Vaccine Russia Gai Register Kuraneehttps://t.co/n7o3j234s2
— Vaguthu Online (@VaguthuOnline) August 7, 2020
ރާއްޖެ އިން ކޮވިޑް-19 ޖެހުނު މީހުންގެ ޖުމްލަ އަދަދު މިހާރު ވަނީ 4769 އަށް އަރާފައެވެ. އޭގެ ތެރެއިން 2754 މީހަކު މިހާރު ވަނީ ބަލިން ރަނގަޅު ވެފައެވެ. ނަމަވެސް ބަލިން ރަނގަޅުވާ މީހުންނަށް ވުރެ އަލަށް ބަލި ޖެހޭ މީހުންގެ އަދަދު އިތުރު ވަމުން ދާތީ މިހާރު ރާއްޖޭގައި ކޮވިޑް-19 ޖެހިފައި 1996 މީހުން އެބަތިއްބެވެ. މިއީ ރާއްޖެއަށް ވުރެ އާބާދީ މާބޮޑެތި އެހެން ގައުމުތަކުގެ ހާލަތައް ބަލާއިރު ވެސް މާނުރައްކާތެރި ހާލަތެކެވެ.
21 މިލިއަން މީހުންގެ އާބާދީއެއް އޮތް ސްރީލަންކާ އާއި 69 މިލިއަން މީހުންގެ އާބާދީއެއް އޮތް ތައިލެންޑްގައި ވެސް ކޮވިޑް-19 އެކްޓިވް ކޭސްތަކުގެ އަދަދު ރާއްޖޭގެ އެކްޓިވް ކޭސްތަކުގެ އަދަދާއި ގާތް ވެސް ނުކުރެއެވެ. ސްރީލަންކާގައި އެކްޓިވް ކޭސްތަކުގެ އަދަދު އެންމެ މައްޗަށް އެރިއިރު އެއަދަދު އެރީ 947 އަށެވެ. ތައިލެންޑްގައި އެކްޓިވް ކޭސްތަކުގެ އަދަދު އެންމެ މައްޗަށް އެރިއިރު އެއަދަދު އެރީ 1451 އަށެވެ.
ރާއްޖޭގެ ހާލަތު ރަނގަޅު ނުވާތީ މިރޭ ވަނީ ސިއްހީ ކުއްލި ނުރައްކަލުގެ މުއްދަތު އިތުރު ކޮށްފައެވެ.
BREAKING NEWS: Covid-19: Resort Thakun 6 Fathuverinnaai 9 Muvvazafun Fassivejje https://t.co/IZ56T8bh4H
— Vaguthu Online (@VaguthuOnline) August 7, 2020
BREAKING NEWS: Sih'hee Kulli Nurahkaluge Muhdhath Ithurukoffi https://t.co/WNar3LFWSq
— Vaguthu Online (@VaguthuOnline) August 7, 2020
BREAKING NEWS: Covid-19: India Ah Dhiya Ithuru 2 Dhivehin Fassi Vejje https://t.co/SgrNU9kw67
— Vaguthu Online (@VaguthuOnline) August 7, 2020
BREAKING NEWS: Covid-19: Admit Kohfai Thibi Meehunge Adhadhu 129 Ah Araifi https://t.co/AgXU8vdd04
— Vaguthu Online (@VaguthuOnline) August 7, 2020
BREAKING NEWS: Covid-19: Ithuru 89 Meehaku Fassivejje https://t.co/3aqjdvov6l
— Vaguthu Online (@VaguthuOnline) August 7, 2020
ކޮވިޑް-19 އާއި ގުޅޭ އިތުރު ޚަބަރުތައް "ވަގުތު" ބްލޮގް އިން ފެންނާނެއެވެ.
COVID-19 Special Coverage - Vaguthu Online https://t.co/MGjQzV7nPy
— Vaguthu Online (@VaguthuOnline) March 11, 2020
ތިޔަ ކަމުގައި ކަންބޮޑުވާންޖެހޭ ކަމެއް ނެތްކަމަށް އެޗް. ޕީ އޭއިން އަބަދުވެސް ބުނަމުންދާ އަޑު އިވެނީ ޓީވީތައް ހުޅުވާލީމާ.....
ކަލޯ ކޮން ނުރައްކަލެއްހޭ އޮތީ %99 ޕަސަންޓް ފައްސި ވާކަމަށް ބުނާ މީހުން ތިބީ އެއްވެސް އަލާމާތެއް ނެތިޔޭ.. ދެން ކޮން ނުރައްކަލަކޭބާ ތިޔަކިޔަނީ.. އިންޝާﷲ މިމަހު 18 ވަނަ ދުވަހުން ފެށިގެން ތީގެ އިދިކޮޅު ބަރިބަރިއަށް މީހުން ބަލިން ރަނގަޅުވެއްޖެޔޭ ބުނާތީ އަޑު އިވޭނެ. އިގްތިސޯދު ފުނޑުނީމަ އެހީ ހޯދަން މިވަގުތު އޮތީ ތިގޮތްކަން އެބަ އިނގޭ.
ނުރައްކާ ކުޑަކުރަން އަވަހައް މުޒާހިރާ ކުރިޔައް
މިކަމާ ގުޅޭ ލިޔެކިޔުންތައް ހުށަހަޅަން ވާނެ ކައުންސިލަށް ވެސް. ދެން އެޗްޕީއޭއިން ކައުބްސިލަށް ފޮނުބާބަލަ