ރޭ އިންޑިއާގެ ފްލައިޓެއް ރަންވޭ މަތިން ކަހާލައިގެން ހިނގި ހިނގި ހިތާމަވެރި ހާދިސާ އާއި ގުޅިގެން ރައީސުލްޖުމްހޫރިއްޔާ، އިބްރާހީމް މުހައްމަދު ސޯލިހު ތައުޒިޔާ ފޮނުއްވައިފިއެވެ.

ރައީސް ސޯލިހު މިއަދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ، ރޭ ހިނގި މި ހާދިސާގެ ޚަބަރު އެއްސެވީ ފުން ހިތާމައާއެކު ކަމަށެވެ. އަދި މި ހާދިސާގައި މަރުވި މީހުންގެ އާއިލާއަށް ތަޢުޒިޔާ އަރިސްކުރާ ކަމަށްވެސް ރައީސް ވިދާޅުވިއެވެ.

https://twitter.com/ibusolih/status/1291888052411875329

ރޭ އިންޑިއާ ގަޑިން 7:41 ހާއިރު ހިނގި މި ހާދިސާގައި، ދުބާއީން ދަތުރުކުރި އެއާ އިންޑިއާގެ ފްލައިޓް، ކެރެލާގެ ކޮޒިކޯޑް (ކެލިކަޓް) އެއާޕޯޓަށް ޖެއްސިފަހުން ރަންވޭއިން ކަހާލައިގެން ހިނގި ނުރައްކާތެރި އެކްސިޑެންޓުގައި މިހާތަނަށް 17 މީހަކު މަރުވެ، 123 މީހަކު ޒަޚަމްވެފައިވާ ކަމަށް އިންޑިއާގެ ނޫސްތަކުން ބުނެއެވެ.

އަދި 13 މީހަކަށް ފަރުވަދެނީ ސީރިއަސް ހާލުގައި ކަމަށާއި، އޭގެރެރޭގައި ކުޑަކުއްޖަކާއި އޭނާގެ މަންމަ ހިމެނޭ ކަމަށް ނޫސްތައް ބުނެއެވެ.

ހާދިސާގައި އެކްސިޑެންޓުވި ފްލައިޓް ވަނީ ފަސެންޖަރުން ތިބޭ ސިޓުތަކާއި ދިމާލުން ދެބުރިވެފައެވެ. މި ހާދިސާގައި ބޮޑަށް އަނިޔާވެފައި ވަނީ ފްލައިޓުގެ ކުރީ ސީޓުތަކުގައި ތިބި މީހުންނަށް ކަމަށް އޮފިޝަލުން ބުނެއެވެ.

ފްލައިޓް ވެއްޓެން މެދުވެރިވި ސަބަބު ދެނެގަތުމަށް އިންޑިއާގެ ކަމާބެހޭ އިދާރާތަކުން މިހާރު ދަނީ ތަހުޤީޤެއް ހިންގަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު

7 ކޮމެންޓް

  1. ޓ

    ބޭރޫތު ގައި އެއޮތް ބޮޑު ކަންތައްހިގީމާ
    ޢަނެއް ދުވަހު ހަވީރު ތައުޒިޔާ ކިޔާ ލެވުނީ
    ޢިންޑިޔާ ވީމާ ދަންވަރު ހޭލާ އިނދެގެން ޓުވިޓް ކުރެވޭ
    މިހާ ވަރަށް ޚާރިޖީ ސިޔާސަތު ހަމަ ހަމަ ކުރެވޭނީ

    37
  2. އޮޅުވާލި ވޯޓު

    އިންޑިއާގެ އެއްވެސް ކަމެއްގަ ނަމް ނަމް ދިވެހިރައްޔަ ތުންނޭނުކިޔާތި އިބުރާހޭމާ ކަލުޠާ މޯދީ އަދިއަންނި ދެކެ އަހަރުމެން ނަފުރަތުކުރަން

    30
  3. ސާބިތު

    ހާދަ ނުބާ ބައެކޭދޯ ބޭރޫތުގައި އެއޮއްބޮޑު ހާދިސާއެއްހިގާދިޔައިރު ކުޑަމިނުން ފޮރިންމިނިސްޓްރީންވެސް ކުޑަމިނުން ބަޔށނެއް ނުނެރޭ އެކަމު ގެރި މޯދީ ސަރުކާރުން ފުލެއިޓެއްވެއްޓުމީއޭ ކިޔާފަ ނުޖެހޭ މީނަ ތައުޒިޔާއެއް ކިޔާކަން

  4. މަދިހާ

    މީނައަށް ނުފެންނަނީބާ ގެރި މޯދީ ބާބްރީ މިސްކިއްހުރިތާ މުޅި އިންޑިޔާގެ ހިންދީންތަށް އެއްކޮންގެން އޅުނުތަށް އެހެއްވީމަ މި ކިޔަންޖެހެނީ މީ ލާދީނީ ސަރުކާރެކޭ

  5. ކާފަ

    މުސްލިމުން މަރަމުންދާއިރު ވެސް މި މީހާގަނޑު ހަމަ އެކައްޗެކޭވެސް ނުބުނޭ....

  6. ދަރަނި ދަންތުރަ

    ކަލޭނޭ އިންޑިޔާގެ އަޅެކޭ އިބޫއެއީ މިކަންނޭންގެނީތަ އަދިވެސް ، އިންޑިޔާއިން ގެރިއެއް މަރުވިޔަސް އިބޫ ތައުޒިޔާ ފޮނުވާނެ ދަންވަރަކަސް ފަތިހަކަސް އިންޑިޔާ ދަށުވެ ނޭވާނުލެވިފައި އެސޮރު އެހުއްނަނީ

  7. Anonymous

    ކޮބާ ރޯކުއްޖާ ރުއިތަ؟ ދެލޮލުގެ ކޮއި ކަމުގައިވާ އަލްފާޟިލް މޯދީ އަށް ލިބުނު ހިތާމައަކީ ހަމަ ރޯކުއްޖާއަށް ލިބުނު ހިތާމައެއްނު.