ކޮވިޑް-19 އާއި ގުޅިގެން ކުރަން ޖެހޭ ބައެއް މަސައްކަތް ސިވިލް ސާވިސް މުވައްޒަފުން ވޮލެންޓިއަރުންގެ ގޮތުގައި ކުރަން މަޖުބޫރުކޮށްފިއެވެ.

"ވަގުތު" އަށް އެނގިފައިވާ ގޮތުން ބައެއް މިނިސްޓްރީތަކާއި އެމްއެންޑީއެފްގެ ސިވިލް މުވައްޒަފުންނަށް މިހާރު ވަނީ ވޮލެންޓިއަރުންގެ ގޮތުގައި މަސައްކަތްތައް ނިކުންނަން އަންގާފައެވެ.

މިނިސްޓްރީތަކުގެ މުވައްޒަފުންނަށް އަންގާފައި ވަނީ ދަރުބާރުގޭގެ މަސައްކަތައް ނުނިކުމެއްޖެނަމަ ޑޮކްޓަރުގެ ސެޓްފިކެޓެއް ހުށަހެޅުމަށެވެ. ސެޓްފިކެޓް ހުށަހަ ނާޅައިފިނަމަ އެއީ ވަޒީފާ އަށް ނުނިކުންނަ ދުވަހެއްގެ ގޮތުގައި ކަމަށް ހައުސިން މިނިސްޓްރީގެ ޑިޕާޓްމަންޓްތަކުގެ ވެރިންނަށް ފޮނުވި އީމެއިލްއެއްގައި ބުނެފައި ވެއެވެ.

އެނގިފައިވާ ގޮތުގައި ސިވިލް ސާވިސް މުވައްޒަފުން ކޮވިޑް-19 އާއި ގުޅޭ މަސައްކަތައް ނެރެނީ ކޮވިޑް-19 އެލަވަންސް ވެސް ނުލިބޭ ގޮތަށެވެ.

"ވަގުތު" އީމެއިލްގެ ކޮޕީއެއް ލިބިފައި ވެއެވެ. އެމެއިލްގައި ބުނެފައި ވަނީ ހައުސިން މިނިސްޓްރީގެ ކޮންމެ ޑިޕާޓްމަންޓަކުން ހަމުވައްޒަފަކު ދަރުބާރުގޭގައި ކުރާ މަސައްކަތައް ހާއްސަ ކުރަން ޖެހޭނެ ކަމަށާއި އޭގެ ތެރެއިން ތިން މުވައްޒަފުން ދަރުބާރުގެއަށް ހާޒިރުވެ މަސައްކަތް ކުރަން ޖެހޭނެ ކަމަށެވެ. އަދި ތިން މުވައްޒަފުން މަސައްކަތް ކުރާނީ ވާޗުއަލްކޮށް ކަމަށެވެ.

އީމެއިލްގައި ބުނެފައި ވަނީ ކޮންމެ ޑިޕާޓްމަންޓަކުން ހަމުވައްޒަފެއްގެ ނަން ފޮނުވަން ބުނުމުން ބައެއް ޑިޕާޓްމަންޓްތަކުން އެގޮތައް އަމަލު ކޮށްފައި ނުވާ ކަމަށެވެ. އެހެންކަމުން ޕީއެސް އެކުލަވާލި ލިސްޓް މިހާރު ޑިޕާޓްމަންޓްތަކަށް ފޮނުވާފައި ވާނެ ކަމަށާއި ގޭގައި މަސައްކަތް ކުރަން ޖެހޭ ތިން މުވައްޒަފުން ލައްވައި ދަރުބާރުގޭގެ މަސައްކަތުގެ އިތުރުން އޮފީހުގެ މަސައްކަތް ވެސް ކުރެވިދާނެ ކަމަށް އީމެއިލްގައި ބުނެފައި ވެއެވެ.

"ކޮންމެ ޑިޕާޓްމަންޓަކުން ހަމުވައްޒަފުން ފޮނުވުމުން ދަތިވާނަމަ އިތުރު ޑިޕާޓްމަންޓްތަކުން އެޑިޕާޓްމަންޓްތަކަށް މުވައްޒަފުން ގެންދެވިދާނެ. ނަމަވެސް ކޮންމެ ޑިޕާޓްމަންޓަކުން ހަމުވައްޒަފުން ފޮނުވަން ޖެހޭނެ. ދަތިވާނަމަ ޑިޕާޓްމަންޓްތަކުގެ މަސައްކަތް މަޑުޖައްސާލެވިދާނެ. މިވަގުތު އެންމެ އިސްކަން ދޭނީ ބަލިމަޑުކަމުގެ މަސައްކަތައް." އީމެއިލްގައި ބުނެފައި ވެއެވެ.

ހައުސިން މިނިސްޓްރީގައި މިއަދު ހެނދުނު އޮރިއަންޓޭޝަނެއް ބާއްވަން ވަނީ ނިންމާފައެވެ. ލިސްޓްގައި ނަން އޮތް ހުރިހާ މުވައްޒަފުން އޮރިއަންޓޭޝަނަށް ދިއުން މަޖުބޫރެވެ. އޮރިއަންޓޭޝަނަށް ނުގޮސްފިނަމަ މެޑިކަލް ސެޓްފިކެޓް ގެންދަން ޖެހޭނެކަން ވަނީ އަންގާފައެވެ.

"ވަގުތު" އާއި ވާހަކަދެއްކި ބައެއް މުވައްޒަފުން ބުނީ ދަރުބާރުގޭގައި އެމީހުން ކުރަން ޖެހެނީ ދުވަހަކު ވެސް އޮފީހުގައި ކޮށްފައި ނުވާ މަސައްކަތް ކަމަށެވެ.

"ވަގުތު" އަށް އެނގިފައިވާ ގޮތުން ދަރުބާރުގޭގައި މަސައްކަތް ކުރަން ޖެހޭ މުވައްޒަފުން ކުރަން ޖެހެނީ ލިޔެކިޔުމުގެ މަސައްކަތްތަކާއި ބަލި މީހުންނާއި ގާތުން ބައްދަލުވެފައިވާ މީހުންނަށް އެޗްޕީއޭގެ ފަރާތުން ފޯނު ކުރުން ފަދަ މަސައްކަތްތަކެވެ.

"އަޅުގަނޑުމެން އެންބިއުލަންސަށް އަރައިގެން ވެސް ހިނގައިދާނަން. އެކަމަކު ލިޔެކިޔުމުގެ މަސައްކަތާއި ފޯނުން މީހުންނަށް ގުޅައިގެން ކުރަން ޖެހޭ ކަންކަން ކުރުން އެއީ ދުވަހަކު އަޅުގަނޑުމެން ކުރި ކަމެއް ނޫން." މުވައްޒަފަކު ބުންޏެވެ.

އިތުރު މުވައްޒަފަކު ބުނީ މަޖުބޫރު ކުރުވައިގެން މުވައްޒަފުން ލައްވައި މަސައްކަތް ކުރުވުން އެއީ ހެޔޮވެރިކަމަކުން އަމަލު ކުރާނެ އުސޫލެއް ނޫން ކަމަށެވެ. "ހެޔޮ ވެރިކަމެއް ގެންނަން ވޯޓް ދެވުނީތީ ހިތާމަކުރަން. ހެޔޮވެރިކަމުގައި ނުރުހުގައި ވަޒީފާގެ އެއްބަސްވުމާއި ހިލާފަށް މަސައްކަތެއް ނުކުރުވާނެ." އޭނާ ބުންޏެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި ބައެއް މިނިސްޓްރީތަކުގެ ޑިރެކްޓަރުން ފެންވަރުގެ ބޭފުޅުން ވެސް ވަނީ ފޯން ކޯލްތަކަށް ޖަވާބު ދިނުމަށް ދަރުބާރުގެއަށް ނެރެފައެވެ.

މާލޭގައި ކޮވިޑް-19 ހަލުވިކޮށް ފެތުރެމުން ދާއިރު، ފަހަކަށް އައިސް އެޗްޕީއޭގެ މަަސައްކަތްތައް މާބޮޑަށް ލަސްވަމުން ދާތީ ގިނަ ބަޔަކު ގެންދަނީ ޝަކުވާ ކުރަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު

59 ކޮމެންޓް

 1. ނޫސްވެރިންގެ އައްޕަ

  ސިޔާސީ އެކްޓިވިސްޓުންނަށް ބައިއަޅައި ދައުލަތް ހުސްވީމަ، ދެން ޖެހޭނީ ސިވިލް މުވައްޒަފުން ލައްވައި ގުލާނުކުރަން. މިއަދު މިވަނީ އެމަސައްކަތް ރަސްމީކޮށް ފެށިފައި،

  150
  12
  • ޔާނު

   ސިޔާސީ މީހުންނާ ސިވިލްސާވިސް މީހުންވެސް ނެރެންޖެހޭ. އެދެބާމީހުންނަކީވެސް ދައުލަތަށް ބޮޑުބުރައަކަށް ވެފަތިބިބަޔެއް. ގައުމު ތަރައްގީނުވެމިއޮތީ އެމީހުންނާހެދި. އެމީހުންނަށް ދީފަ އެހެންކަމަކަށް ހަރަދުކުރާނެ ފާސާއެއްނުހުރެ. ދެންނަގަނީ ލޯނު. އިސްރާފު އެހާ ބޮޑު. އަންނަ ކޮންމެ ވެރިޔަކު އެމީހުންގެ މުސާރަ ބޮޑުކކޮއްދޭނެ. އެހެންވީމަ ނުނެރެންވީ ސަބަބެއް ނުވިސްނެ.

   5
   19
 2. ހަސަދު

  ސިޔާސީ މީހުންނަށް ބޮޑެތި މުސާރަ. ސިވިލް ސާވީސް މުއަށްޒަފުންނަށް މަދު ލާރިކޮޅަކާ އެކު ގަނަތެޅުން. ހާދަހާވާ އޯގާތެރި ސަރުކާރެކޭވާދޯ.

  127
  1
 3. ދޮން ބަބުރު ސޮރު

  މާރަނގަޅު ނުންތޯ އިތުރު އާކަމެއް ކުރަން ދަސްވާނެ.!

  29
  81
 4. ހަސަން

  ތިމީހުން ކަމެއްނުކޮށް މުސާރަ ނަގާތާ 5 މަސް.

  33
  82
  • ބީތާ

   ސިވިލް ސާރވަންޓުން މުސާރަ ނަގައޭ ބުނާއިރު ހީވަނީ ލައް ކަ އެއްހާ ރުފިޔާ ލިބޭހެން. ގިނަ މީހުން އަށް ރ5000 ވެސް ނުލިބޭ!!

   109
   10
   • ނަސީމް

    ތިބުނީ އޮފީހުގައުޅޭ ދައްތަމެންގެ ވާހަކަތަ؟ ތީ އުވާލަންޖެހޭ އޮފީސްތަކެއް، ބޭކާރު ހަރަދުކުރަން

    1
    1
 5. ޑެސްޕޯ

  މަޖުބޫރު މަސައްކަތެއް... ވަކި ވެރިކަމެއް ނޫން މީގަ ވިސްނަންވީ.. މީ ގައުމީ ކަމެއް..އެންމެންނަށްޓަކައި ވެވޭ ގުރުބާނީއެއް.. ގައުމަށްޓަކައި ކުރިއަށް ނުކުންނަން ލިބޭ ފުރުސަތެއް..ޑޯންޓް ބީ ސޯ ޑްރެމެޓިކް....

  34
  84
  • އެޖެންޑާ ޖޫރިމަނާ ކާފަ

   މުސާރަ ދޭންޖެހޭ ދޯ ކުރާ މަސައްކަތައް. ވަކިބަޔަކަށް ތަ މިހާރު މުސާރަވެސް އޮންނަނީ

   75
   2
  • ލައިލާ

   ކީއްވެ ހޭ ސިޔާސީ މީ ހުން ނުނެރެ ސިވިލް މީ ހުން ނެރެނީ އެމީ ހުންވެސް ހަމަ ނެރެންވީނު ތަފާތުކުރާތީ މައްސަލައަކީ ބޮޑުމުސާރަދީފަ ހަމައެކަނި ޕާޓީ މަސައްކަތް ކުރަން

   17
   1
 6. ނިރު

  ދިވެހިން ދެކޭގޮތުގައި ޤައުމީ ޚިދުމަތަށް ނިކުންނަން ޖެހޭނީ ސިފައިންނާއި ފުލުހުންނާއި ސިއްހީ ދާއިރާގަ މަސައްކަތްކުރާމީހުން އެކަނި. މުލަތްދަނޑީގެ ބާރުން ވިޔަސް މިއީ ދިވެހިން ޤައުމީ ޚިދުމަތަށް ނެރެންވީ ވަގުތު

  34
  56
  • ސިވިލް

   ސިވިލް ސާވިސްގެ 80% މީހުނަށް 6000ރ ވަރު ލިބެނީ. އަދި ފުލުހުންނާއި ސިފައިން ގޮތަށް ފުޑް އެލަވަންސެއް އަދި އާއިލާގެ ހުރިހާ އެންމެނަށް ޓްރީޓޮޕް ފަދަ ތަންތަނުން ހިލޭ ބޭސް ފަރުވާއެއްވެސް ނުލިބޭ. ހަމަހަމަ ވާންޖެހޭނެ އަސްލު

   19
   1
 7. މީނަ

  ކޮވިޑުމަސަތްކަތައް އެއްމެ ލާއިގު ބަޔަކީ މަޖިލިސް މެމްބަރުން އެމީހުންނަށް ހައްގުނޫން މުސާރައެއް ސަރުކާރުން ދޭބައެއް އެއީ އެމީހުން ލައްވާ ތިމަސަތްކަތް ކުރިޔަސް ރަނގަޅުވާނެ

  111
  1
 8. ގޭދޮށު ގަރުދިޔަ ފެކްޓަރީ

  ރައްޔިތުން ފެލާ ސަރުކާރު އިސްތިއުފާ

  79
  6
 9. އެޖެންޑާ ޖޫރިމަނާ ކާފަ

  ނިކަމެތި ރައްޔިތުން ނޮޅާކަނީ.. މި ސަރުކާރުން ބަޖެޓް ދަވާލައި ރައްޔިތުމީހާ އަށް ހުރިހާ އުނދަގުލެއް ޖައްސަނީ.. ޒުވާނުންގެ ރައީސް ޖަލަށްލައިގެންތިބެ ޒުވާނުން ރޮއްވަނީ

  57
  4
 10. ޖަޒީރާވަންތަ ފުޅަ

  އިސްތިއުފާ.. ރައްޔިތުން ފެލާ އަނިޔާވެރި ސަރުކާރު

  61
  2
 11. ސިވިލް ސާރވަންޓް

  ސިވިލް ސާރވިސް މީހުން އަށް އެއްވެސް ކަހަލަ އެލެވަންސެއް ނުދީ މިޔަދު އަޅު މަސަތްކަތް ކުރެވިދާނެ އަދި ހެލްތް މިނިސްޓްރީ މީހުން އަގުބޮޑެތި ކޮޓަރިވެސް އަޅާއިގެން ތިބެވިދާނެ. ނަމަވެސް ހަނދާން ކުރާތި އަހަރުން ލައްވާ އަޅު މަސަތްކަތް ކޮށްފަ ވޯޓް ހޯދަަން ނާންނާތި. ފައްސާލާނަން!!! މި ސަރުކާރަށް ވޯޓް ދެވުނީތީ ހިތާމަ ކުރަން

  52
  1
 12. ?

  އެއުޅޭ ދެވަގުން ނެރެބަލަ މަސައްކަތްކުރަން އަންނި ވަގާ އިބޫވަގާ އެދެވަގުން ގައުމު ހުސްކޮއްފަ އެތިބެނީ ފިލާ ގޭގަ ބިރުން ކޮންމެހެން ނިކަމެތި ސިވިލްސާވިސް މީހުން ލައްވާ ކުރުވަާނެކަމެއް ނެތް ނުވަންޏާ ވެރިކަމުން ފައިބައިގެން ރައްކާާޥޭ

  46
  1
 13. ގޭދޮށު ޖޫރިމަނާ ފެކްޓަރީ

  ގައުމު ކައި ހުސްކޮށްފަ ރައްޔިތުމީހާ އަށް ހުރިހާ އުނދަގުލެއް

  51
  2
 14. ޕާކިން ސްޓިކާ 19

  ނެތްތަ ޕާކިން ސްޓިކާއެއް

  46
  2
 15. ބާބާ ބުލެކްސީޕް

  ނެތްތަ މަގޭ ބޮލުގަ ޖަހާލާނެ ޕާކިން ސްޓިކާ ގަނޑެއް

  42
  1
 16. ކިބޫ ހަމީދު

  ގަދަކަމުން ވޮލެންޓިއަރ ކުރެވޭތަ. ވޮލަންޓިއަރސް އަކީ އަމިއްލަޔަށް އެދިގެން ހިތުން ރުހުމާއެކީ އައްޔަނުވާ ބައެއް. މިހާރު ބިރުދައްކައިގެން ހިތުރުހުމާ ދެކޮޅަށް ނެރުމުންވާނީ ސްލޭވަރީ އަށް.

  53
  1
 17. އައްޕަ

  އޯގާތެރި ސްޓިކާ ސަރުކާރު އިސްތިއުފާ

  40
 18. ކައްޓަލަ

  ކިހާ ބޮޑުވެއްޖެ މުސީބާތެއް.. ހެޔޮވެރިކަން ބަލާވެރިކަން

  37
  1
 19. ކެހެރި ނުފަޅާ ޖަނަވާރު

  މި މީހުން ވެރިކަމަށް އަންނަ ކޮންމެ ފަހަރަކުވެސް ވާގޮތް

  43
  1
 20. ޙަސަން

  ޙިތާމަ ހުރި.
  ޢިންސާނިއްޔަތައް މިކަހަލަ ކަމެއް ކުރުން ކިހިނެއްވާނެ.
  ގައިމުވެސް އޮފީހުން ދޭންޖެހޭ މުސާރަ ކޮޅު ދޭނެ.
  މީ ސިޔާސީ ކަމެއް ނޫން.ރާއްޖެ ތެރޭ ކުދިންނަށް ޗާންސް ނެތްތަ ތިކަމުގަ އެހީވާން

  7
  30
 21. އަޖޯ

  ތިހުންނަނީ ވަރަށްވެސް ދެރަ ކަންކަން....ވަޒީފާއާބެހޭ ޤާނޫނުން ލިބޭ ހިމާޔަތެއް ނެތް...

  31
  1
 22. ނޫސްކިޔާމީހާ

  އޮފީސް ތަ ކުގަވެސް ކުރާނީ ލިޔެ ކިޔުމުގެ މަސައް ކަތް. ފޯނުވެސް ކުރާނެ ކޮބާ މައްސަލައަ ކީ.

  11
  24
  • ދަނާ

   އޮފީހުގަ ލިޔެ ކިޔުމުގެ މަސައް ކަތާ، ފޯނުގެމުއާމަލާތް ނު ކުރަންޔާ ވޒީފާއަށް ގޮސް ކކކީއްތަ މި ކުރަނީ؟

   4
   1
 23. އާދަނު

  ދަރުބާރުގޭގައި މަސައްކަތްކުރަން ދިއުމެއްނޫން މައްސަލައަކީ..މައްސަލައަކީ އެތަނުގައި ރައްކާތެރި މާޙައުލެއްނެތުން..ގައިދުރުކަން ބެހެއްޓުމަށާއި، މާސްކްއެޅުމަށް ކޮންމެ ރެއަކު ރައްޔިތުންނަށް އިރުޝާދު ދޭއިރު އެޗް.އީ.އޯ.ސީގައި ފެންނަނީ މުޅިން އެހެން މަންޒަރެއް..ގައިދުރުކަމެއްނެތް..މާސްކް އެޅުމެއް ނެތް..

  31
 24. ވިސްނާލުމަށް އެދެމޭ

  އަހަރެން ބުނާނީ މަރުހަބާއޭ.....އެބަޔަ ކު ހޯދައިގެން ކަމެ އެބަޔަ ކަށް ލިބޭނީ...ޝު ކުރު ކުރަންނޭގުމާ ޝަ ކުވާ ގިނަވެ މީހުންގެ ބަހަށްހެއްލި ގައުމަށްގެނައި ބަލާވެރި ކަމަށް ހިތްދަތި މަޖުބޫރު ލައިފެއް އުޅެންޖެހޭ އެއްމެންނަ ބުނަލަންއޮތީ މޫސާއަލައިހިއްސަލާމުގެ ގައުމުގެ ވާހަ ކައިން އިބުރަތް ހާސިލް ކުރާށޭ...ބިންތަނަވަސް ފެންރަގަޅު ދަނޑިވެރި ކަން ރަގަޅު ބިމެއް ﷲ އެބައިމީހުންނަ ދެއްވިހިދު ކިބުރުވެރިވެ ބޮޑާވެގަތީ ﷲގެއެންގެވުންތަ ކަށް ދެ ކޮޅުހެދީ ހިއްތަތުން ނު ކިޔަން..ނަތީއްޖާއަ ކީ 40އަހަރު އެބައިމީހުން ވަޒަނެނެތި މަގުމަތިވީ..މިއީ އިސްލާމީތާރީޙުން ހެ ކިދޭ ވާހަ ކަތައް..ވީމާ ދެންވެސް ބަދަލަ ކަށް ބޭނުންނަމަ ކެރިގެން އިދި ކޮޅާ ގުޅެންއެދެން...

  29
 25. ހިޔާލު

  ހެހެހެހެ. ދެންތިބޭ މިވަރުގެ ސަރުކާރެއް ނެތިގެން.

  33
  • ޙ

   ????

 26. ނަފީސާ

  އެއިރެއްގަ އޮންނަ ސަރުކާރަކުން ގުރުބާން ކުރާ ކުރާ ކަންބަޅި އަކީ ސިވިލް ސާވެންޓުން. ހާދަހާ ވާ ދެރައޭ. ސިޔާސީ މީހުން ބޭނުންވާ ގޮތަށް ކަންތައްތައް ކުރަން އުޅެގެން ކޮވިޑް ކީއްކުރަން އެހެން ކަމެއް ވެސް ރަގަޅެއް ނުވާނެ. ޓެކކްނިކަލް މީހުން ބުނާ ބަސްތައް އަޑުއަހާ ބަލަ ދެންވެސް. މީކީ މަޖާކަމެއް ނޫން. މީގަ ފެންނަނީ ސިޔާސީ މީހާ ބުނާ ގޮތައް ޓެކްނިކަލް މީހުން އަމަލުކުރުވަން އުޅޭތަން. މިކެން ވުމުގެ ސަބަބުން މިހާ ދޯހަޅިވެގެން މިއުޅެނީ. ކަތީބުންގެ ޒަމާނުގައި ފެނިގެން ދިޔައީ ސެންޓަރު ބުނާގޮތަށް ކަތީބު އަމަލުކުރިތަން. ދެންވެސް ސިޔާސީ މީހުން ޓެންނިކަލް މީހުންނަށް ލަފާނުދީ އެވެރިންދޭ އިރުޝާދުތަކަށް ކިޔަމަން ގަނެބަލަަ.

 27. ސެކެއްްޓަރީ

  ތިޔަ އިންޓަރވިއު ދިން މުވައްޒިފުގެ ލަދު ކޮބައި. ސަރުކާރު ބޮޑު އޮފީހެއްގަ. ފޯނުން ވާހަކަ ދައްކައިލަން ނޭނގެ, ސިޓީއެއް ޖަހައިލަން ނޭނގެ. އަދިވެސް ދުވާނެ މުސާރަ ބޮޑު ކުރަން ގޮވަމުން. ފުރަތަމަ ސެކެއްޓަރީ ކަން ކިޔަވަން ފޮނުވަންވީ.

 28. ވޮލަންޓަރީ

  އަހަރެމެން ސުނާމީ އަރައިގެން 24 ގަޑިއިރު އެތައް މަހަކު މަސައްކަތް ކުރިން އިސްކަންދަރު ސްކޫލުގަ. ގެއަށް ދަނީ ފެންވަރަން އެކަނި. ނިދީ ސްކޫލްގަ މޭޒު ޖައްސައިގެން. ހަނދާން ވާ ގޮތުން އޭރު މުސާރަޔަށް ލިބެނީ 2170 ރުފިޔާ، ޑިޕްލޮމާ އޮތީމަ. މައްސަލައެއް ނުޖައްސަން.

  3
  1
 29. ސިޔާސީ

  ސިޔާސީ 700 މީހުން ނެރެބަލަ ތިޔަ މަސައްކަތައް ކޮންމެ އޮފީހެއްގައި ބަރި ބަރިއަށް ސިޔާސީ މީހުން... ލަންކާ އެންބަސީ އަށް ކަނޑައެލީ 11 މީހުންވެސް މާލޭގައި އެބަތިބި މުސާރައާއި އެލަވަންސް ދަރިންނާއި އަނބިންނަށް ނަގައިގެން.... އެމީހުން ނެރެބަލަ 20 ހާސް 25 ހާސް 35 ހާސް 40 ހާސް 45 ހާސް ލަންޑަންގައި ހުރި މިނިސްޓަރ ޝާހިދުގެ ދަރިފުޅަށް 7000 ޕައުންޑް.. ޢެނާ ވެސް ގެނެސްބަލަ އެމް ޑީ ޕީ ވެރިކަމަށް އަންނަ ކޮންމެ ފަހަރަކު ސިވިލް މުވަްޒަފުން އެއީ އަޅުންނަށް ހަދާ އަގު ވައްޓާލާ މަސައްކަތް ނުކުރާ ބަޔަކަށް ހަދާ އެންމެ ފަހުން މުސާރަ ކޮލު ވެސް ކަނޑާ ލަނީ

 30. ވަކީލް

  ތީ ވަޒީފާ އާއި ބެހޭ ގާނޫނާއި ޚިލާފު ކަމެއް.. ތިކަމުގައި ޓުރައިބިއުނަލައް ދިއުމައް މުއައްޒަފުންނައް ގޮވާލަން.

 31. ސަރުބަތު

  ލިޔުމުގައިވާ ކުށެއް. ( މަޖުބޫރަ ކުން ވޮލެންޓރީ މަސައް ކަތެއް ނު ކުރާނެ. މަޖުބޫރުން ކުރާނީ އަޅު މަސައް ކަތް. ) ވޮލެންޓިއަރ އަ ކީ ހިތުން ރުހުމުން ކުރަންދާ މަސައް ކަތެއް.

 32. މަލާމާތް

  ސިވިލް ސަރވިސް މުވައްޒަފަކަށްވެހުރެ ލިޔެކިޔުމުގެ މަސައްކަތް އަދި ފޯނު ކުރުން ފަދަ މަސައްކަތެއް ކުރަން ނޭނގެޔޭ ބުނުމަކީ އަމިއްލަ ނަފްސަށް ކުރެވޭ މަލާމާތަކަށް ނުވޭބާ.

 33. ހަނި

  އެޖެންޑާ19 ތަފަތުވާނެ ހިތްވަރު ކުރޭ

 34. ހަނި

  ދެން ބާރަށް އަތްޖަހާ ؟

 35. މުހައްމަދު ޥަޙީދު

  ކޮށްކޮމެން ވިސްނަބަލަ މީކީ ވަކި ސަރުކާރެއް އައީމަ ވާކަމެއް ނޫން މިކަމުން ސަލާމަތްވޭތޯ ﷲ ހަޟްރަތުން ދުއާކުރޭ ! ސަރުކާރަކީ ބަލި ގެންނަ ބައެއްނޫން. ސަރުކާރަކީ ރާއްޖޭގެ ރައްޔިތުން މިކަމުން ސަލާމަތްކުރުން ! މި ގައުމަށްވުރެ އެމެރިކާފަދަތަންތަން ބާރުގަދަ ވަސީލަތްތައް ގިނަ ނުފެނޭތަ ވަމުންދާގޮތް ޔާމީނުބޭ ހުއްޓަސް ނަސީދުބޭ ހުއްޓަސް ވާނީ ހަމަ މިވަރު !

 36. ބޯކިބާ

  ފުރަތަމަ ވޮލަންޓިއާ މަސައްކަތުގެ މާނައަކީ މަޖުބޫރުކަމެއްނެތި ކުރާ މަސައްކަތް، ދެން ކިހިނެއްތަ ވޮލަންޓިއާ މަސައްކަތްކުރަން މަބޫރުކުރެވޭނީ. އޭރުން ކުރާނީ ވޮލަންޓިއާ މަސައްކަތެއްނޫނޭ.

 37. ޔޫ

  4 މަސް 5 މަސް ވަންދެން އަތުން ފައިން މަސައްކަތެއް ނުކޮށް ރައްޔިތުންގެ ޓެކްސް ފައިސާއިން ބޮޑު މުސާރަ ބަނޑު އަޅައިގެން ގޭގައި ބެހެއްޓި ބައެއް ތިނޫނީ ނެތް. ރަނގަޅު.. ހަމަ ނެރެން ޖެހޭނެ އެމީހުންވެސް. ގައުމަށް މިހާބޮޑު ކަމެއް ކުރިމަތިވެގެން އުޅޭއިރު އެއްވެސް ކަމެއް ނުކުރުވަ ބޮޑުމުސާރަ ސަރުކާރުން ދީފަ ގޭގައި ބެހެއްޓިގެން ނުވާނެ. އެމީހުން ނުނިކުންނަނީ ވިއްޔާ ވަޒީފާއިން ވަކިކުރޭ މިހާރުން މިހާރަށް..

  1
  6
 38. ޓަކަފިރޯށި

  ދެންތިބޭ ކޮންޝަކުވާއެއް! ސިލިވިލް ސާވަނަޓުންނާ، ނަރުހުންނާ، ޓީޗަރުން، ގުރޫޕް ހަދާފަ ކެމްޕޭނުކޮށްފަ ގެނައިވެރިކަން މިއީ!! އަދި މިފުރުސަތުގަ ރިސޯޓު މަސައްކަތް ތެރިންނާއި ޓެކްސީޑުރައިވަރުން މަތިން ހަދާންވެފައި ވ.ދެރަސްވޭ!

 39. Alibe

  ސިވިލްސާވިސްގެ ކެޓަގަރީގެ ފުލެޓްގެ ވާހަ ކަ ދައް ކާލި ވެރިއަ ކުނެއް އެމީހުން އެ ކަމަށްއެދި އާދޭސް ކުރާއިރުވެސް، އެ ކަމަ ކު ގައުމު ކަރުތާފެނަށް ވެއްޓި ދެންހަދާނެ ގޮތް ހުސްވީމަ މިޖެހެނީ ސިވިލްސާވަންޓުން ގުރުބާން ކުރަން. ކުރިންވެސް އެމްޑީޕީ ވެރި ކަމުގަ ސިވިސްސާވަންޓުންގެ މުސާރާ ފެލާލި، ކޯޓުން އެ ދޭން އަމުރު ކުރުމުންވެސް ބުއްޅަބެ ކޯޓު އަމުރު ބޮލާލާ ޖަހާ ނުދީ ހިފެހެއްޓީ. ރައީސް ވަހީދު ވެރި ކަމުގަ އެތި ކޮޅަ ކުން އެތި ކޮޅަ ކުންދީ ހަމަ ކުރީ. ﷲ އިރާދަ ކުރެއްވިއްޔާ ދުވަހަ ކުވެސް ދެން މިމީހުނަނަ ކަށް ވޯޓެއް ނުދޭނަން.

 40. ގަންޖާބޯ

  ކޮންއެލަވަންސެއް 220 މީހުނަށް ދިންވާހަ ކަ ކުރިންބުނި ކޮންބަޔަ ކަށްބާ ދީނީ ސިފައިން ނަރުހުން ޑޮ ކްޓަރުން ފުހުލުންނަ ކަށް ނުލިބޭ މިސަރު ކާރަ ކީ ވަރަށް ހިތް ބަލި ސާފު ކާރެއް މީހާ ކު ކިރިޔާ އެއްޗެއް ބުންޔަސް ލޮލުން ކަރުނަ އަންނާނެ

 41. ޒީރޯ ޓޮލަންސް

  ކޮބާތޯ ދައުލަތުގަތިބި ރައީސް ވަޒީފާހަމަޖެއްސި މީހުންތައް. ވަޒީރުންނާ، ސްޓޭޓް މިނިސްޓަރުންނާ، ނައިބުންނާ، ކޯޑިނޭޓަރުންނާ މިނޫންވެސް ބޭނުމެއްނެތް ބޮޑުމުސާރަދީފަ ތިބި މީހުންތައް ކޮބާތޯ، އަބަދުވެސް ބިކަވެ ހާލުގަ އުޅެންމިޖެހެނީ ނިކަމެތިން. އެންމެ އާދައިގެ މީހުން.

 42. ނާޒްލީ

  ޔޫތު މިނިސްޓްރީ ސިޔާސީ ވެރިން ގޭގަ މަސައްކަތް ކުރާ ގޮތަށް ހަދާފަ ސިވިލްސަރވިސް ކުދިން ކޮވިޑް މަސައްކަތަށް ނުކުންނަން މަޖުބޫރު ކުރަނީ

 43. އިއްބެ

  ޔޫތު މިނިސްޓްރީގެ ޕޮލިޓިކަލް މީހުންނަށް އެކަނި ކޮވިޑް ޖެހެނީ. ޢެހެންވީމަ ވޯކް ފްރޮމް ހޯމް އެމީހުނަށް ޖެހެނީ. ސިވިލް ކުދިން ނަށް ކޮވިޑް ނުޖެހޭތީ އެކުދިން މަސައްކަތަށް ނުކުންނަން ޖެހެނީ މަހުލޫފް ކަލޭ ފެއިލް ވެއްޖެ އިސްތިއުފާދީ

 44. އަޖައިބު

  ކީއްތަވީ ދުވަހަކު ނުކުރާކަމެއްވެސް ކުރަން ޖެހުނިއްޔާ. ކާކަށްތަ ފޯރމެއް ފުރާލާ ފޯނުން ވާހަކަ ދައްކަން ނޭންގެނީ. ތިވަރު ކަމެއް ކުރަން ނޭންގޭ ފެންވަރު މީހުންތަ ސިވިލް ސާރވިސްގަ ތިބެނީ

  1
  5
 45. ރޮކް

  ޕާޓީ ކުދިން ނެރެގެން އެކަން ވާކަށް ވެސް ނެތް. ގިނައީ މަގުމަތީ ކުދިން ، މުޒާހަރާ ކުރުންނޫން ކަމެއް ދަސްވެފައި ނެތް

 46. ހެޔޮ މީހާ

  ސިވިލްސަރވިސް މުވައްޒަފަކަށް ވާންޖެހޭނީ ރައްޔިތުންގެ މަސައްކަތްތަކަށް ނުކުންނަން ޖެހޭނެކަންވެސް ގަބޫލުކުރާޙާލުގައި.. ހެޔޮ ވެރިކަމެއްގެ މަޠުލަބަކީ ގޭގައި ބައިތިއްބައިގެން އަތުން މޮޑެފާ ކާންދިނުމެއް ނޫން. ސަރުކާރެއްގެ މަފްޙޫމަކީ ރައީސް އާއި ކެބިނެޓް އެކަންޏެއް ނޫން.. ސަރުކާރެއް ދެމިއޮތުމަށް ސިވިލްސާވަންޓުން ވ މުހިއްމު ރޯލެއް އަދާކުރަން ޖެހޭނެ.. ފަހިކޮށް ވިސްނަބަލަ..

  1
  1
 47. Anonymous

  ތިކަމަށް އެންމެ ރަނގަޅުވާނީ މަޖްލިސް ކުދިންކޮޅު

 48. ނަޒާހަތު

  ޕީއެސް އަކީ މުވައްޒަފުންނަށް ޖެހިފަ ހުރި މުސީބާތެއް! ވާއެއް ނުވާއެއް އިގޭ މީހެއްނޫން! މުވައްޒަފުންނާ މުވައްޒަފުންނާ ޖެހި ފިތެނީ. ޑިރެކްޓަރު ކަމާއެއްޗެހި ގާތް މީހުންނަށް ބަހާފި

 49. ލޮޖިކް

  ޓުއަރިޒަމް މިނިސްޓްރީގެ މުވައްޒަފުންނަށް ވަޒީފާގެ ބިރު ދައްކައިގެން ނުކުންނަން މަޖުބޫރުކުރުވާ އެތާގެ ޕީއެސް. ނުނުކުމެއްޖިއްޔާ ޖައްސާލާ އަންހެނެއް އެއީ.

 50. ސިވިލް ސަރވެންޓް

  ތިއީ އާ ކަމެއް ނޫން. ކޯވިޑް-19 ފެތުރެން ފެށީއްސުރެ ރަށްރަށުގެ ޓާސްކްފޯސްތަކުގައި މަސައްކަތްކުރި މުވައްޒަފުންނަށް އެއްވެސް އެލަވަންސެއް ނުދޭ. ނުވި ތާކަށް އަންގާފަ އޮތީ އެމަސައްކަތުގައި ކިތައްމެ ގިނަ ވަގުތެއް ހޭދަ ކުރިއަސް އިތުރުގަޑިވެސް ނުލިޔެވޭނެ ކަމަށް.

 51. ޙަސަނާ

  ކޮބާތަ 700 އައްވުރެގިނަ ސިޔާސީ މަގާމުތަކައްލާފާތިބި ތަންދޮރުނުދަންނަ ބައިގަޑު އެވެރިންތިބެންވީ ގޭގަ ތިބެގެން ސަރުކާރު ޕުރޮމޯޓުކުރަން ޓުވީޓު ކޮއް ފޭސްބޫކު ގަ ފާޑުފާޑު ވާހަކަލިޔަން ހީވަނީ މިގުރޫޕުކުރާ ޓުވީޓު ތަކައް ވެސް މުސާރައިގެ އިތުރުން ފައިސާ ދޭހެން..