މުސާރަ ނުލިބޭ ގޮތަށް ޓުއަރިޒަމް މިނިސްޓްރީން އިންޓާންޝިޕް ފުރުސަތު ހުޅުވާލައިފިއެވެ.
އެ މިނިސްޓްރީން އިއްޔެ ކުރި އިއުލާނެއްގައި ބުނެފައި ވަނީ، އެ މިނިސްޓްެރީން އިންޓަރންޝިޕް ފުރުސަތު ހުޅުވާލަން ނިންފާއި ވަނީ ދަށްވެގެން ސާނަވީ ނުވަތަ އެ އާ އެއް ފެންވަރު އިމްތިހާނެއް ނިންމާ ފާސްވެފައިވާ ފަރާތަކަށް ކަމަށެވެ.އަދި އެ ފުރުސަތު ދޭން ނިންމާފައި ވަނީ 10 ފަރާތަަކަށް ކަމަށްވެސް ބުނެފައި ވެއެވެ.
އިންޓާންޝިޕަށް އެދި ކުރިމަތިލާން ބޭނުންވާ ފަރާތްތަކުން ފުރިހަމަކޮށްފައިވާ އިންޓަރންޝިޕަށް އެދޭ ފޯމާއި، ވަނަރު (ސީވީ)، އަދި އައިޑީކާޑާއި، ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓްގެ ކޮޕީ އާއި ލިބިފައިވާ ކުރު މުއްދަތު ތަމްރީނުތަކުގެ ކޮޕީ އާއި ތަޖުރިބާ ދަލީލުކޮށްދޭ ލިޔުމުގެ ކޮޕީގެ އިތުރުން،ތިން މަސް ނުވާ ކުށުގެ ރިކޯޑް ފޯމް ހުށަހެޅުމަށް ވަނީ އެދިފައެވެ.
އެ އުލާނުގައި ބުނެފައިވާގޮތުން، އިންޓަރންޝިޕަށް އެދޭ ފޯމް ވެބްސައިޓުން ލިބޭނެއެވެ. އަދި އިންޓާންޝިޕަށް އެދޭ ފަރާތްތަކުގެ ފޯމް ބަލައިގަންނަނީ [email protected] މި އީމެއިލް މެދުވެރިކޮށް ކަމަށް އެ އިއުލާނުގައި ވެއެވެ.
އަދި މިއީ އުޖޫރައެއް ކަނޑައެޅިފައިވާ ވަޒީފާއެއް ނޫން ކަމަށާއި، އޮގަސްޓް 17 ވާ ހޯމަ ދުވަހުގެ 14:00 ގެ ކުރިން މިމިނިސްޓްރީއަށް އިންޓަރންޝިޕަށް އެދޭ ފޯމު އީ-މެއިލް ކުރުމަށް އެ އެ އިއުލާނުގައި ވެއެވެ.
މަވެސް އަދި ފިހާރަތަކުގެ ވެރިންވެސް ރަނގަޅު މިދުވަސްވަރު ތިކަން ކުރަން ގުދުބިންދައިންދަންދެން މަސައްކަތްކުރަންވި އެއްޗެއް ނުލިބޭގޮތައް ސަޅި . ހަރަދުކުޑަ އާމިނިސްޓަރުގެ ހެޔޮފުޅުކަން.
ތިޔަށްވުރެ މާ ތާހިރުވާނެ މަޖިލިސް މެންބަރު ގެ މުސާރަ ކުޑަކުރިއްޔާ
ވަޒީފާއެއްނަމަ އާއްމުދަނީއެއް ލިބޭނެ ، ތިކަހަލަ ކަންތަކަށް ކިޔަނީ ހިލޭސާބަހަށް މަސައްކަތްކުރުން. މިފަދަ ދުވަސްވަރެއްގައި 6 މަސްދުވަސް ވަންދެން މަސައްކަތްކޮށް އެއްޗެއްނުދީ ފޮނުވާލާފައި އަނެއްކަ އިޢުލާންކުރާނީ އަނެއްހަމަހަށް. ސަޅިގޮތެއް.
ލަދެއް ހަޔާތެއް ނެތް ސަރުކާރެއް.
ރައްޔިތުން ފެލާލައިގެން ސަރުކާރު ހިންގާނަމަ ކޮން ސަރުކާރެއް؟
އަވަ ހަށް އިސްތިއުފާދިނުން މާރަނގަޅު.
ކުދިން ކޮޅެއް ރޭޕް ކޮއްލުމުގެ
ނުބައި ރޭވުން...ސުމިތު..ތޮއްޔިބު ޝަހީމް
މިކަންރޭވީ...އިހަށްރޭ ތަޒްކީ ރެސްޓޯރެންޓު ގައި ތިބެގެން
ނުކެރޭނެ މިކަން ދޮގު ކުރާކަށް