އައްޑޫ ސިޓީ ހިތަދޫގައި ކަރަންޓީނުގައި ހުއްޓާ ކޮވިޑް-19 އަށް ފައްސިވެފައިވާ ބިދޭސީ މިހާއާއި މިހާތަނަށް 24 މީހަކު ކޮންޓެކްޓްވެފައިވާ ކަމަށް ހެލްތް ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން ވިދާޅުވެއްޖެއެވެ.

އެޗްޕީއޭގެ ޑެޕިއުޓީ ޑިރެކްޓަރ ޖެނެރަލް ތަސްލީމާ އުސްމާނު "ވަގުތު" އަށް ވިދާޅުވީ، އައްޑޫ ސިޓީ ހައި ސްކޫލުގައި ކަރަންޓީނުގައި ހުއްޓާ ކޮވިޑް-19 އަށް ފައްސިވެފައިވާ 38 އަހަރުގެ ބިދޭސީ މީހާއާއި ފަހުން ފައްސިވެފައިވާ އުމުރުން 58 އަހަރުގެ ދިވެހި އަންހެން މީހާގެ ކޮންޓެކްޓް ޓްރޭސިން ނިމިފައިވާ ކަމަށެވެ.

އެގޮތުން ބެލި ބެލުމުން ބިދޭސީ މީހާއާއި ދިމާވެފައިވާ 24 މީހަކު ފާހަގަވެފައިވާ ކަމަށާއި އަންހެން މީހާއާއި ދިމާވެފައިވާ 2 މީހަކު މިހާތަނަށް ފާހަގަ ދެނެގަނެވިފައިވާ ކަމަށާއި މިހުރިހާ ކޮންޓެކްޓުންގެވެސް ސުންކު ނެގިފައިވާ ކަމަށް ތަސްލީމާ ވިދާޅުވިއެވެ.

އައްޑޫސިޓީން މިހާތަނަށް 3 މީހަކު ފައްސިވެފައިވާއިރު، އޭގެތެރެއިން އެކަކީ މިމަހުގެ ހަ ވަނަ ދުވަހު މާލެއިން އައިސް ހޯމް ކަރަންޓީނުގައި ފޭދޫގައި ހުރި ފުލުހެކެވެ. އޭނައާއި ދިމާވެފައިވާ 6 މީހަކު މިހާތަނަށް ވަނީ ފެނިފައެވެ.

އައްޑޫ އިކުއެޓޯރިއަލް ހޮސްޕިޓަލް (އޭއީއެޗް) އިން ބުނީ އައްޑޫ ސިޓީ އިން މި ބައްޔަށް ފައްސި އެންމެން ގެ ހާލަތުވެސް ރަނގަޅު ކަމަށެވެ.

އައްޑޫސިޓީއިން ބަޔަކު މީހުން ކޮވިޑް-19 އަށް ފައްސިވުމާއި ގުޅިގެން އިއްޔެ ވަނީ އެރަށު ހިތަދޫ އަށް މީހުން އަރާ ފޭބުން މަނާކޮށް، ރަށް މޮނިޓަރިންގެ ހާލަތަށް ގެނެސްފައެވެ. އެހެން ނަމަވެސް އެޗްޕީއޭއިން ވަނީ މިއަދުގެ ވަގުތެއްގައި މޮނިޓަރިންގެ ހާލަތު އުވާލާފައެވެ.

ކިޔުންތެރިންގެ ހިޔާލު

5 ކޮމެންޓް

  1. ސިނެކް

    ކަރަންޓީންގަ ހުންނަ މީހާ 24 މީހުންނާބައްދަލްވި
    ސަރުކާރެއް ވިއްޔާ ގޮތެއްހުންނަން ވާނެ ބޮއްސުން ލާފަތިއޮތީ ރަނގަޅު ވާނެ އަވަހައް
    އިސްތިއުފާދީ

    21
    1
  2. ނަސީމް

    ތިޔަބިދޭސީ މީހާ ގެނައި ކުންފުނީގެ ވެރިން ޒިއްމާ ވާންޖެހޭނެ. ވަގުތުން ވަގުތައް ފިޔަވަޅުއަޅާ

  3. Anonymous

    24 މީހުންނާ ކޮންޓެ ކް ވީމަތަ މޮނިޓަރިންގެ ހާލަތު އުވާލީ، މިއީ އެޗްޕީއޭ އިން އަލަށް ހެދި ގަވާއިދެއް ދޯ؟

  4. ިބޯކިބާ

    ދެން އެސޮރުކައިރީ އަހަރެމެން އަހަންވީ ކަލޭގެ ފަރުދީޒިންމާކޮބާހޭ. ސަރުކާރެއްނެތް.

  5. ޒީ

    މިހާވަރުން ސްކޫލްތައް ހުޅުވާފަ ކުދިންފޮނުވާށޭ މިބުނަނީ. އެންމެ ދުވަހަކުން މޮނިޓަރ ކުރިގޮތެއް މަށަކަށް ނުވިސްނުނު. ???