ލ. ގަން ތުނޑީ އަވަށާއި ދިމާލު ބޭރުން 10 މީހުނާއެކު ދަތުރުކުރަމުން ދަނިކޮށް ރޯވި ދޯނީަގައި ހުރި ބައެއް މުދާ އޮޔާ ދާތީވެ އެ ސަރަހައްދުން ދަތުރުކުރާ ފަރާތްތަކުން މިކަމަށް ހާއްސަ ސަމާލުކަމެއް ދިނުމަށް އެމްއެންޑީއެފް އިން އެދިއްޖެއެވެ.

މިއަދު މެންދުރު ފަހު ގަން ސަރަހައްދުން ދަތުރު ކުރަމުންދަނިކޮށް ރޯވީ "ވިންދު" ނަމަކަށް ކިޔާ މުދާ އުފުލާ ދޯންޏެއްގައެވެ.

އެމްއެންޑީއެފް އިން ވިދާޅުވީ، އެ ދޯނި ފެތިފައިވާއިރު ދެފެން ދޭތެރޭ އޮޔާ ދާ ތަކެތީގެ ތެރޭގައި ތާނގީ، ލަކުޑި ފަދަ ތަކެތި ހިމެނޭ ކަމަށެވެ.

އެހެންކަމުން ރޭގަނޑުގެ ވަގުތުގައި އެ ސަރަޙައްދުން ދަތުރު ކުރާ ފަރާތްތަކުން ހާއްސަ ސަމާލުކަމެއް ދިނުމަށް އެމްއެންޑީއެފް އިން ވަނީ އިލްތިމާސްކޮށްފައެެވެ.

އެ ދޯނީގައި ރޯވި ހާދިސާގައި އެކަކު ގެއްލިގެން އެމްއެންޑީއެފްއިން އޭނާ ހޯދުމުގެ މަސައްކަތް ކުރިއަށް ގެންދިޔައެވެ. އެ މީހާ ފެނިފައި ވަނީ ކަނޑުގެ 48މީޓަރު އަޑިންނެވެ. އެ މީހާ ފެނުނު އިރުވެސް އޮތީ ނިޔާވެފައެވެ.

ކިޔުންތެރިންގެ ހިޔާލު