22:03

ކޮވިޑް-19 އަށް މިއަދު ރާއްޖެ އިން ފައްސިވީ 66 މީހުން.

21:42

ޗައިނާގައި ކޮވިޑް-19 ފެތުރުން ކޮންޓްރޯލް ކުރަން އާދަޔާއި ހިލާފު މަސައްކަތެއް ކުރި ހަތަރު ބޭފުޅަކަށް ގައުމީ ޝަރަފާއި އިއްޒަތް ދިނުމުގެ ރިޔާސީ ޤަރާރެއްގައި މިއަދު ޗައިނާގެ ރައީސް ޒީ ޖިންޕިން ސޮއި ކުރައްވައިފި.

19:20

ދުނިޔޭގެ އެކި ހިސާބުތަކުގައި ފެތުރިފައިވާ ކޮވިޑް-19 ނުވަތަ ކޮރޯނާ ވައިރަސް ކޮންޓްރޯލް ކުރެވިދާނެ ކަމަށް ދުނިޔޭގެ ސިއްހަތު ޖަމްއިއްޔާއި (ޑަބްލިއުއެޗްއޯ) އިން ބުނެފި.

17:39

އައްޑޫ ސިޓީ ހިތަދޫން އިތުރު މީހަކު ކޮވިޑް-19 އަށް ފައްސިވެއްޖެ.

17:02

ސަފާރީ އުޅަނދުތަކުން ފުރާ ފަތުރުވެރިންގެ ޕީސީއާރު ޓެސްޓް ހެދުމަށް ހުޅުމާލޭގައި ސުންކު ނެގޭނެ އިންތިޒާމު ހަމަޖައްސާފައިވާ ކަމަށް ނޭޝަނަލް ބޯޓިން އެސޯސިއޭޝަން އޮފް މޯލްޑިވްސްއިން ބުނެފި.

16:33

ނިއުޒިލޭންޑްގައި މުޖުތަައު ތެރޭގައި ކޮވިޑް-19 ފެތުރެމުން ނުދާތާ 102 ފަހުން އެ ގައުމުގައި މި ބަލި ފެތުރެން ފަށާފައިވާ ކަމަށް ސީއެންއެން އިން ރިޕޯޓްކޮށްފި.

15:18

ދުނިޔޭގައި ހަލުވި ކަމާއި އެކީ ފެތުރެމުން އަންނަ ކޮވިޑް-19، ކުޑަކުދިންގެ ފަރާތުން މާ ފަސޭހައިން ފެތެރޭ ކަމަށް ޕްރޮފެސަރަކު ވިދާޅުވެއްޖެ.

14:27

އައްޑޫ ސިޓީ ހިތަދޫ އިން ކޮވިޑް-19 އަށް ފައްސިވި އުމުރުން 38 އަހަރުގެ ބިދޭސީ މީހާއާ ކޮންޓެކްޓްވި އެންމެންގެ ސުންކުތައް ނައްސިވެފައިވާ ކަމަށް ހެލްތު އިމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެޗްއީއޯސީ) އިން މިއަދު ވިދާޅުވެއްޖެ.

14:26

ކޮވިޑް-19 ޖެހިގެން ފަރުވާދެމުންދިޔަ އިތުުރު ދިވެއްސަކު ރާއްޖޭއިން ނިޔާވެއްޖެ.

13:55

ރަޝިއާއިން ތައްޔާރު ކުރި ކޮވިޑް-19 ވެކްސިން ބޭނުން ކުރުމުގެ ހުއްދަ އެ ގައުމުގެ ހެލްތް މިނިސްޓްރީން ދީފި.

13:38

ކޮވިޑް-19 އާ ގުޅިގެން ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން ރާއްޖޭގެ ބޯޑަރު ބަންދުކޮށްފައި އޮތުމަށް ފަހު، އަލުން މިިދިޔަ ޖުލައި މަހުގެ 15 ދުވަހު ހުޅުވާލިފަހުން، މިހާތަނަށް ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓަށް ޖައްސާފައި ވަނީ 30 ޖެޓް ކަމަށް އެ އެއާޕޯޓް ހިންގަމުން އަންނަ މޯލްޑިވްސް އެއާޕޯޓް ކޮމްޕެނީ ލިމިޓެޑުން ބުނެފި.

11:14

ރ. މީދޫގެ ގެއެއްގައި ކަރަންޓީންގައި ހުރި މީހަކު މިއަދު ނިޔާވެއްޖެ.

09:29

ކޮވިޑް-19 އިން ތަފާތު ކަންކަމަށް ސަރުކާރުން މިހާތަނަށް ކުރި ޚަރަދު ޖުމްލަ 1.1 ބިލިއަން ރުފިޔާއަށްވުރެ އިތުރުވެއްޖެ.

06:07

05:49

05:21

05:05

އިންޑިއާ އިން އިތުރު 53016 މީހަކު ކޮވިޑް-19 އަށް ފައްސިވެ، މި ބަލީގައި އިތުރު 887 މީހަކު މަރުވެއްޖެ. އެޤައުމުން މިހާތަނަށް ޖުމްލަ 2267153 މީހަކަށް ކޮވިޑް-19 ޖެހިފައިވާއިރު، އޭގެތެރެއިން 45353 މީހަކު ވަނީ މަރުވެފައި.

05:05

އެމެރިކާއިން އިތުރު 46183 މީހަކު ކޮވިޑް-19 އަށް ފައްސިވެ، މި ބަލީގައި އިތުރު 497 މީހަކު މަރުވެއްޖެ. އެޤައުމުން މިހާތަނަށް ޖުމްލަ 5247829 މީހަކަށް ކޮވިޑް-19 ޖެހިފައިވާއިރު، އޭގެތެރެއިން 166120 މީހަކު ވަނީ މަރުވެފައި.

05:05

ބްރެޒިލް އިން އިތުރު 21888 މީހަކު ކޮވިޑް-19 އަށް ފައްސިވެ، މި ބަލީގައި އިތުރު 721 މީހަކު މަރުވެއްޖެ. އެޤައުމުން މިހާތަނަށް ޖުމްލަ 3057470 މީހަކަށް ކޮވިޑް-19 ޖެހިފައިވާއިރު، އޭގެތެރެއިން 101857 މީހަކު ވަނީ މަރުވެފައި.

05:05

ކޮލަމްބިއާ އިން އިތުރު 10142 މީހަކު ކޮވިޑް-19 އަށް ފައްސިވެ، މި ބަލީގައި އިތުރު 312 މީހަކު މަރުވެއްޖެ. އެޤައުމުން މިހާތަނަށް ޖުމްލަ 397623 މީހަކަށް ކޮވިޑް-19 ޖެހިފައިވާއިރު، އޭގެތެރެއިން 13154 މީހަކު ވަނީ މަރުވެފައި.

05:04

އާޖެންޓީނާ އިން އިތުރު 7369 މީހަކު ކޮވިޑް-19 އަށް ފައްސިވެ، މި ބަލީގައި އިތުރު 158 މީހަކު މަރުވެއްޖެ. އެޤައުމުން މިހާތަނަށް ޖުމްލަ 253868 މީހަކަށް ކޮވިޑް-19 ޖެހިފައިވާއިރު، އޭގެތެރެއިން 4764 މީހަކު ވަނީ މަރުވެފައި.

05:04

ފިލިޕީންސުން އިތުރު 6958 މީހަކު ކޮވިޑް-19 އަށް ފައްސިވެ، މި ބަލީގައި އިތުރު 24 މީހަކު މަރުވެއްޖެ. އެޤައުމުން މިހާތަނަށް ޖުމްލަ 136638 މީހަކަށް ކޮވިޑް-19 ޖެހިފައިވާއިރު، އޭގެތެރެއިން 2294 މީހަކު ވަނީ މަރުވެފައި.

05:04

ރަޝިޔާ އިން އިތުރު 5118 މީހަކު ކޮވިޑް-19 އަށް ފައްސިވެ، މި ބަލީގައި އިތުރު 70 މީހަކު މަރުވެއްޖެ. އެޤައުމުން މިހާތަނަށް ޖުމްލަ 892654 މީހަކަށް ކޮވިޑް-19 ޖެހިފައިވާއިރު، އޭގެތެރެއިން 15001 މީހަކު ވަނީ މަރުވެފައި.

05:04

މެކްސިކޯ އިން އިތުރު 4376 މީހަކު ކޮވިޑް-19 އަށް ފައްސިވެ، މި ބަލީގައި އިތުރު 292 މީހަކު މަރުވެއްޖެ. އެޤައުމުން މިހާތަނަށް ޖުމްލަ 480278 މީހަކަށް ކޮވިޑް-19 ޖެހިފައިވާއިރު، އޭގެތެރެއިން 52298 މީހަކު ވަނީ މަރުވެފައި.

05:04

ދެކުނު އެފްރިކާ އިން އިތުރު 3739 މީހަކު ކޮވިޑް-19 އަށް ފައްސިވެ، މި ބަލީގައި އިތުރު 213 މީހަކު މަރުވެއްޖެ. އެޤައުމުން މިހާތަނަށް ޖުމްލަ 563598 މީހަކަށް ކޮވިޑް-19 ޖެހިފައިވާއިރު، އޭގެތެރެއިން 10621 މީހަކު ވަނީ މަރުވެފައި.

05:03

އިރާގުން އިތުރު 3484 މީހަކު ކޮވިޑް-19 އަށް ފައްސިވެ، މި ބަލީގައި އިތުރު 72 މީހަކު މަރުވެއްޖެ. އެޤައުމުން މިހާތަނަށް ޖުމްލަ 153599 މީހަކަށް ކޮވިޑް-19 ޖެހިފައިވާއިރު، އޭގެތެރެއިން 5464 މީހަކު ވަނީ މަރުވެފައި.

05:03

ބަންގްލަދޭޝް އިން އިތުރު 2907 މީހަކު ކޮވިޑް-19 އަށް ފައްސިވެ، މި ބަލީގައި އިތުރު 39 މީހަކު މަރުވެއްޖެ. އެޤައުމުން މިހާތަނަށް ޖުމްލަ 260507 މީހަކަށް ކޮވިޑް-19 ޖެހިފައިވާއިރު، އޭގެތެރެއިން 3438 މީހަކު ވަނީ މަރުވެފައި.

05:03

ސްޕެއިން އިން އިތުރު 2873 މީހަކު ކޮވިޑް-19 އަށް ފައްސިވެ، މި ބަލީގައި އިތުރު 73 މީހަކު މަރުވެއްޖެ. އެޤައުމުން މިހާތަނަށް ޖުމްލަ 370060 މީހަކަށް ކޮވިޑް-19 ޖެހިފައިވާއިރު، އޭގެތެރެއިން 28576 މީހަކު ވަނީ މަރުވެފައި.

05:03

އީރާނުން އިތުރު 2132 މީހަކު ކޮވިޑް-19 އަށް ފައްސިވެ، މި ބަލީގައި އިތުރު 189 މީހަކު މަރުވެއްޖެ. އެޤައުމުން މިހާތަނަށް ޖުމްލަ 328844 މީހަކަށް ކޮވިޑް-19 ޖެހިފައިވާއިރު، އޭގެތެރެއިން 18616 މީހަކު ވަނީ މަރުވެފައި.

05:02

ޗިލީން އިތުރު 1988 މީހަކު ކޮވިޑް-19 އަށް ފައްސިވެ، މި ބަލީގައި އިތުރު 62 މީހަކު މަރުވެއްޖެ. އެޤައުމުން މިހާތަނަށް ޖުމްލަ 375044 މީހަކަށް ކޮވިޑް-19 ޖެހިފައިވާއިރު، އޭގެތެރެއިން 10139 މީހަކު ވަނީ މަރުވެފައި.

05:02

އިސްރާއީލުން އިތުރު 1720 މީހަކު ކޮވިޑް-19 އަށް ފައްސިވެ، މި ބަލީގައި އިތުރު 13 މީހަކު މަރުވެއްޖެ. އެޤައުމުން މިހާތަނަށް ޖުމްލަ 84722 މީހަކަށް ކޮވިޑް-19 ޖެހިފައިވާއިރު، އޭގެތެރެއިން 613 މީހަކު ވަނީ މަރުވެފައި.

05:02

އިންޑޮނީޝިއާ އިން އިތުރު 1687 މީހަކު ކޮވިޑް-19 އަށް ފައްސިވެ، މި ބަލީގައި އިތުރު 42 މީހަކު މަރުވެއްޖެ. އެޤައުމުން މިހާތަނަށް ޖުމްލަ 127083 މީހަކަށް ކޮވިޑް-19 ޖެހިފައިވާއިރު، އޭގެތެރެއިން 5765 މީހަކު ވަނީ މަރުވެފައި.

05:02

ސައުދީ އަރަބިއްޔާ އިން އިތުރު 1257 މީހަކު ކޮވިޑް-19 އަށް ފައްސިވެ، މި ބަލީގައި އިތުރު 32 މީހަކު މަރުވެއްޖެ. އެޤައުމުން މިހާތަނަށް ޖުމްލަ 289947 މީހަކަށް ކޮވިޑް-19 ޖެހިފައިވާއިރު، އޭގެތެރެއިން 3199 މީހަކު ވަނީ މަރުވެފައި.

03:58

02:55

02:26


ކޮވިޑް-19 ފެތުރުން ކޮންޓްރޯލް ކުރަން މާލެ ފުރަބަންދު ކޮށްފައި އޮތް އޮތުމަށް ނިމުމެއް ގެނެސް، ބޮޑެތި ލުއިތައް ދިނުމުން ކޮވިޑް-19 އަށް ފައްސިވާ މީހުންގެ އަދަދު އިތުރުވާން ފެށިތާ އެއްމަސް ދުވަސްވީއެވެ. ފާއިތުވި މަހެއްހާ ދުވަހުގެ ތެރެއިން ރާއްޖޭގައި ދުވަހުން ދުވަހަށް އެކްޓިވް ކޭސްތައް އައީ އިތުރު ވަމުންނެވެ. އެއާއި އެކު ކޮވިޑް-19 އަށް ފައްސިވާ ދިވެހިންގެ އަދަދު ވަނީ އާދަޔާއި ހިލާފަށް އިތުރު ވެފައެވެ.

ކޮވިޑް-19 ފެތުރުން ކޮންޓްރޯލް ކުރަން ދިން ލުއިތަކުގެ ސަބަބުން ފައްސިވާ މީހުންގެ އަދަދު އިތުރުވެފައި ވާތީ މާސްކް އެޅުން މަޖުބޫރު ކުރިތާ ވެސް މިހާރު ހަފްތާއަކަށް ވުރެ ގިނަ ދުވަސް ވެއްޖެއެވެ. ނަމަވެސް ފައްސިވާ މީހުންގެ އަދަދު މަދުވާކަމަކަށް އަދި ނުދައްކައެވެ. ކޮވިޑް-19 އަށް ފައްސިވާ ދިވެހިންގެ އަދަދަށް ވެސް އެއްވެސް މަޑުޖެއްހުމެއް އަންނަ މަންޒަރެއް އަދަދުތަކަކުން ނުފެނެއެވެ.

މިއަދު ވެސް އިތުރު 116 މީހަކު ކޮވިޑް-19 އަށް ފައްސިވިއިރު އޭގެ ތެރޭގައި 77 ދިވެހިން ހިމެނެއެވެ.

ކޮވިޑް-19 އާއި ގުޅޭ އިތުރު ޚަބަރުތައް "ވަގުތު" ބްލޮގް އިން ފެންނާނެއެވެ.

ކިޔުންތެރިންގެ ހިޔާލު