ރ.މަޑުއްވަރީގައި އިއްޔެ ހިނގި މާރާމާރީއެއްގައި މީހެއްގެ ބޯ ފަޅާލައިފިއެެވެ.

ފުލުހުން ވިދާޅުވީ، މި މާރާމާރީ ހިނގައިގެން ފުލުހުންނަށް ހުށަހެޅުނީ އިއްޔެ ހަވީރު 17:16ހާއިރު ކަމަށެވެ.އަދި މި މާރާމާރީގައި އަނިޔާ ލިބިފައި ވަނީ 40 އަހަރުގެ ދިވެހި ފިރިހެނަކަށް ކަަމަށްވެސް ފުލުހުން ވިދާޅުވިއެވެ.

އަދި އޭނާއަށް ހަަމަލާ ދިނުމުގެ ސަބަބުން އޭނާގެ ބޯ ވަނީ ފަޅައިގެން ގޮސްފައި ކަމަށް ފުލުހުން ވިދާޅުވިއެވެ. އަދި އޭނާއަށް އެރަށު ސިއްހީ މަރުކަޒުގައި ފަރުވާދެމުން އަންނަ ކަަމަށްވެސް ފުލުހުން ވިދާޅުވިއެވެ.

މި މައްސަލައާ ގުޅިގެން މިހާތަނަށް މީހަކު ހައްޔަރުކޮށްފައެއް ނުވެއެވެ.

ފުލުހުން ދަނީ މި މައްސަލަ ތަހުގީގު ކުރަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު