ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމްގެ ވެރިކަމުގައި އަޅާފައި ހުރި ހިޔާ ފްލެޓްތަަކާއި، ވެރިކަން ނިމުނުއިރު އިމާރަތް ކުރަން ނުފަށާ ހުރި ފްލެޓްތައް، ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުގައި ފްލެޓްތަކަށް ކުރިމަތިލީ މީހުންނަށް ބަހާލަން ނިންމައިފިއެވެ.

ހައުސިން އެންޑް ޕްލޭނިން މިނިސްޓްރީން ކުރި އިއުލާނެއްގައި ވަނީ، ރައީސް ނަޝީދުގެ ވެރިކަމުގައި ފެށި ބޯހިޔާވަހިކަމުގެ މަޝްރޫއު "ވެށި ފަހި މާލެ" ޕްރޮގްރާމަށް ކުރިމަތިލީ މީހުންގެ ތެރެއިން ފައިސާ ނުދެއްކިގެން ފްލެޓު ދޫކޮށްލި މީހުންނާއި، ގުޅީފަޅުން ފްލެޓް ގަންނަން ފައިސާ ދައްކަމުންދާ ފަރާތްތަކަށް ރައީސް ޔާމީން ސަރުކާރުން އަޅަން ފެށި ހިޔާ މަޝްރުއޫގެ ދަަށުން ފްލެޓް ދޭން ނިންމާފައިވާމަށް ވިދާޅުވެފައެވެ.

އެ މިނިސްޓްރީން ކޮށްފައިވާ އިއުލާނެއްގައި ވިދާޅުވެފައި ވަނީ އެ ފަރާތްތަކަށް ދެ ގޮތެއް ހިޔާރު ކުރުމުގެ ފުރުސަތު ދީފައިވާ ކަމަށެވެ. އެގޮތުން ފުރަތަމަ ގޮތަކީ ހިޔާ މަޝްރޫޢުގެ 6720 ފުލެޓުގެ ތެރެއިން 2 ކޮޓަރީގެ ފުލެޓެއް ހިޔާރުކުރުން ނުވަތަ ފަހިދިރިއުޅުން ކޯޕަރޭޝަނުން ހުޅުމާލޭގައި ޢިމާރާތްކުރާ 1700 ފުލެޓުގެ ތެރެއިން 3 ކޮޓަރީގެ ފުލެޓެއް ހިޔާރު ކުރުން ކަމަށެވެ.

ރައީސް ނަޝީދުގެ ވެރިކަމުގައި ފެށި ބޯހިޔާވަހިކަމުގެ މަޝްރޫއު "ވެށި ފަހި މާލެ" ޕްރޮގްރާމަށް ކުރިމަތިލީ މީހުންގެ ތެރެއިން ޝަރުތު ހަމަވެ، ފްލެޓާއި ގޯތި ލިބޭނެ ކަމުގެ ލިއުން ދީ، މިހާތަނަށް ބޯހިޔާވަހިކަން ހަމަނުޖެހި ތިބި ފަރާތްތަކަށް ބޯހިޔާވަހިކަން ފޯރު ކޮށްދިނުމަކީ މިސަރުކާރުގެ ވައުދެކެވެ.

ނަމަވެސް އެ ޕްރޮގްރާމްގެ ދަށުން ދޭން މިހާރު މި ސަރުކާރުން ނިންމާފައިވާ ފްލެޓްތަކަކީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި އިމާރާތް ކުރުމަށް ފަށާފައިވާ ފްލެޓްތަކާއި، އިމާރާތް ކުރުމުގެ މަސައްކަތް ނިމިފައި ހުރި ފްލެޓްތަކެވެ.

މި ސަރުކާރުން ވެރިކަމަށް އައިސް ވަނީ "ހިޔާ މަޝްރޫއުގެ" ފްލެޓްތަކަކީ ދިރިއުޅެން ރަނގަޅު ނޫން ތަނެއް ކަމަށް ބުނެ ވަރަށް ބޮޑަށް ފާޑު ކިޔާފައެވެ.

ހިޔާ މަޝްރޫއުއަށް އެތަކެއް ފާޑުކިޔުންތަކެއް ކިއުމަށް ފަހު މި ސަރުކާރުން ވަނީ ރައީސް ޔާމީންގެ ވެރިކަމުގައި މަސައްކަތް ފަށަން ތައްޔާރުވެފައި އޮތް 2500 ފްލެޓްގެ މަޝްރޫއަށް ބަދަލުތައް ގެނެސް 1700 ފްލެޓަށް އަދަދު މަދުކޮށް އަލުން އެއްބަސްވުމެއްގައި ސޮއި ކޮށްފައެވެ. ނަމަވެސް އެމަޝްރޫއުގެ ދަށުން ފްލެޓް ލިބޭނެ 2500 މީހުންނަށް ވެސް ރައީސް ޔާމީންގެ ވެރިކަމުގައި އޮތީ ލިޔުން ދީފައެވެ.

އަދި ސަރުކާރުން ވަނީ ރައީސް ޔާމީންގެ ވެރިކަމުގައި ލިޔުން ހަވާލު ކުރި އެއް ކޮޓަރީގެ ފްލެޓްތައް ވުޖޫދުގައި ނެތް ކަމަށް ވެސް ބުނެފައެވެ. އެހެން ނަމަވެސް ފްލެޓް ލިބިފައިވާ ފަރާތްތަކުން އެތަނަށް ޒިޔާރަތްކޮށް ފޮޓޯތައް މީސް މީޑިއާގައި އާންމުކޮށް، ސަރުކާރުން ހެދީ ދޮގުކަން ވަނީ ސާބިތުކޮށްދީފައެވެ.

ރައީސް ޔާމީންގެ ވެރިކަމުގައި އެޅި ފްލެޓްތައް ރައީސް ނަޝީދު ވެރިކަމުގައި ފްލެޓަށް ކުރިމަތިލީ މީހުންނަށް ބަހާލަން މިސަރުކާރުން ނިންމިއިރު މިސަރުކާރަށް ދޮޅު އަހަރު ވެގެން ދިޔައިރު އަދި އެންމެ ހައުސިން މަޝްރޫއެއްގެ މަސައްކަތް ވެސް ނުފެށޭ ކަމަށް ބުނެ، ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވެސް ވަނީ މިދިޔަ ހަފްތާގައި ސަރުކާރަށް ފާޑުކިޔާފައެވެ.

ކިޔުންތެރިންގެ ހިޔާލު

49 ކޮމެންޓް

  1. ޠއޣު

    ޥަރަަށް ބަރާބަރު

    14
    164
    • ނައިކީ

      ބަރާބަރު ވާނެ ރައްޔިތުން ނިކުމެ ބޮލަށް އެރީމަ.. ގުޅީފަޅުން ފުލެޓުގަނެ ލަނޑު ލިބުނު މީހުންނަށް ތިތަނުން ފުލެޓު ދޭގޮތަށް ކުރިންވެސް އޮތީ.. ދެން ތިއުޅެނީ ނަޝީދުއިެު ފުލެޓުދޭނަމޭ ކިޔާ އޮޅުވާލި ޕާޓީކުދިންކޮޅެއް.. ދޮޅު އަހަރުން ހައުސިން މަޝްރޫއެއް ނުފެށުމަކީ އާކަމެއް ނޫން.. ރައީސްޔާމީނުވެސް ދަޢުރު ނިމެން 22 ވަރަކަށް މަސްދުވަހަށްވީ ފަހުން ހިޔާ ފުލެޓުތަކުގެ މަސައްކަތްފެށީ.. ސުވާލަކީ މިތިބަ މީހުންނަށް އެވަރުވެސް ވާނެބާވައޭ.. އަދި މޮޅެތި ވާހަކަދައްކާ މާލޭ މީހުންނަށް މޮޅުގޮތް ހޯދަން ވަކާލާތުކުރުން ނޫންކަމެއް ކުރާތީ ނުފެނޭ.. އެ ވާނެ މިވެރިންވެ ވެއްޓުމަށް

      44
  2. ޚާރު

    މުޒާހި ރާ ކު ރާނަން ވެ ރިކަން ވެއްޓެން ދެން...

    227
    9
    • ނިޒާރު

      ކަންތައް މިދަނީ ދެން މާމައްޗަށް.

  3. ޏަވިޔަނި

    ޢަނިޔާ ތިކު ރަނީ ... ބަދަލު ހިފާނަން

    217
    5
  4. ވިލާ

    ދިވެހިން ބޭނުންވި ހެޔޮ ވެރިކަން މިއީ

    191
    7
  5. ޞާރި

    ޥޯޓް ދިންމީހުން ދެން ވިސްނާ

    179
    2
  6. ޖައްސަންވީއޭ

    ނަޝީދު ވެރިކަމުގައި ފްލެޓްސް ތަކަށް ކުރިމަތިލި މީހުންނަށާއި އަދި ރައީސް ޔާމީން ވެރިކަމުގައި ވެސް ފްލެޓްސް ތަކަށް ކުރިމަތިލި މީހުންނަކީ އެއީ ދިވެހި ރައްޔިތުންނޭ އެންމެނަށް ފްލެޓެއް ނުދެވޭނެއޭ ބަދަލުގައި ހުޅުމާލޭން މިހާރު ވެސް 2 ހާސް އަކަފޫޓްގެ 25 ހާސް ގޯތި ރީއްޗަށް ނެގޭތީވެ އެ އަދަދަށް ގޯތި ވިއްކާލަންވީ ފްލެޓްސް ތަަކަށް ކުރިމަތިލި ކޮންމެ މީހަކަށް 2 ހާސް އަކަފޫޓްގެ ބިމެއް އެއިރުން ދެން ކޮންސްޓްރަކްޝަން އިންޑަސްޓްރީ އަށް ހުސްނުވާ ވަރަށް މަސައްކަތް ހުންނާނެ 100 އަހަރު ދުވަހަށް ވާވަރަށް...

    75
    6
    • ޒަވިޔަނި.

      ކީކުރާ 2000 އަކަފޫޓެއްތަ މިހަކަށް؟ ޙުޅުމާލެއިން ކުރިންވެސް 900އފ ދިނީމަވެސް އެހެރަ އުޅެވެނީ. ޢެވަރު ހަމަ ރަނގަޅު. ގިނަބަޔަކަށް ދެވޭނީވެސް އޭރުން. ޢެއްބަޔަކުކިޔާ ބޭނުމީ 4000އފ އޭވެސް.

  7. ރާއްޖެ

    ފްލެޓުން ވެސް ވައްކަން. މި ސަރުކާރަށް ކުރަން އެނގޭ ކަމަކީ ވައްކަން ކުރުން.

    170
    6
  8. ލުޓޭރުންގެ ސަރުކާރު

    އަހަ ރެމެންގެ ހައްގުތަކަށް އަ ރައިގަންނަ މީހުންނަ ހައްގު އަދަބުދިނުމަށް ކެ ރިގެން ނުކުންނަމާ..ފޭ ރިގަންނަނީ އަހަ ރެމެންގެ ހައްގުތަށް...ކިނބުލަކާ ހިޔަޅަކާ ދޭތި ރައްޔިތުންނާ ގައުމު ދި ރުވައިލާފި...

    129
    1
  9. ދިސްވޭ

    މިސަރުކާރުގެ ބޯހިޔާ ވަހިކަމުގެ ވައުދު ތަކުގެ ތެރޭގައި ހިމެނެނީ ފްލެޓްސް ދިނުމެއް ނޫނޭ މާލެ ސަރަހައްދުން ބިން ދިނުމޭ ބިން ނުދީގެ އުޅެނީ ކިއެއްވެތޭ މިސަރުކާރުން މިސަރުކާރުން ޖެހޭނެއޭ ބިން ދޭން އެއީއޭ އެކަން އޮންނަން ޖެހޭނެ ގޮތަކީ...

    81
    1
  10. ކެލާ އާރިފް

    ސުރުހީ ކިޔާލުމުން ހީވީ ޔާމީނު ޖީބުން ހަރަދުކޮށްގެން އެޅިފުލެޓް ތަކެއްހެން

    15
    176
    • ޏަސް

      ތަފްސީލް ކިޔާލީމަ ޔަގީން ވެއްޖެ އަންނި ޖީބުން ކޮއްފަ ހުރި ހަރަދެއްކަން. ޙެެހެ

      151
      5
      • ބީރުމީހާ

        އެއްކަލަ ކޮތަރުކޮށިވެސްހާދަ މުހިއްމޭ އޮތަ އިންސާނުން ދިރިއުޅެން ކަމުނުދާތަނެއް އަސްލަމް ކީއްވެތަ އެމީހުންނަށް ދޭންތިޔަ ވިސްނަނީ

        83
        1
    • ވާނުވާ

      އެހެންވާނި ތިހުންނަނީ ދެވަރުން އެއްވަރު ވެފަ

      44
    • ޢަދުރޭ

      ކަނޑުކޮހުންނަށް ހީވާނެ އެހެން ، އަހަރެމެންނަށް އެނގުނު ސުރުޚީގައި ބުނަނީ ޔާމީނުގެ ވެރިކަމުގެ ދައުރުގައި އެޅި ފްލެޓްތަކުގެ ވާހަކަކަން އެ ބުނަނީ ސުރުޚީ އިން . ސުރުޚީ ކިއަނީވެސް ކުރުކޮށް ފަހުން އޭގެ ތަފްސީލް ގެނެސްދޭން ލިއާ ކުރު ޢިބާރާތަށް. ރައްޔިތުންނަށް އެއްވެސް ކަމެއް ކޮށްދިނުމެއް ނޫން އެމް ޑީ ޕީ ވުޖޫދުގައި އޮތުމަށް ބޭނުންވަނީ .

  11. ހަސަން

    ކިހާ ބޮޑު މުސީބާތެއް!! މީތަ ހެޔޮ ވެރިކަމޭ ކިޔާފަ އައި ވެރިކަމަކީ. އިބްރާހިމާ ކަލޭ ހީނުކުރާތި ހައްގު ފޭރިގަނެގެން އުފަލުގަ އުޅެވޭނޭ. މި ނުބައި ޟާއިތާނުންގެ ކިބައިން މިގައުމު ސަލާމަތް ކުރައްވާށީ !!

    143
    1
  12. ޖާބެ

    ތިއީިހެޔޮވެރިކަން

    61
    1
  13. Anonymous

    ނަޝީދު ވެރިކަމުގައި ގޯއްޗަށް އެދުނު ޝަރުރު ހަމަވާ މީހުނަށް ގޯތިދީ ނިމިފައި. ފްލެޓަށް ކުރިމަތިލީ މީހުންގެ ތެރެއިން މާލޭހައި ހެދި އަރަބިއްޔާ ފްލެޓާ ގާކޮށިގެ ފްލެޓްތައްވެސް ޔާމީން ވެރިކަމުގައިވަނީ ދީނިމިފައި. މިހާރު ކޮން މޮޔައެއް މިވަނީ. މިއުޅެނީ ގާތްމީހުނަށް ފްލެޓް ބަހާލަން. އިންސާފު ފައިބަމުން މިދަނީ.

    97
  14. ފޭޜޭ

    ފޭރޭ ސަރުކާރު.ފްލެޓުންވެސް ވައްކަން

    102
    1
  15. ޥިސްނާލުން ރަނގަޅު

    ޙައްގު ނުލިބި ގުޅީފަޅާޢި ވެށިފަހިގައި ތިބީ ދިވެހި ރައްޔިތުންނެއްނޫންބާ...އެމީހުންނަށް އިންސާފް ލިބެން ނުޖެހޭ ބައެއްތަ އެއީ....ޔާމީން އޭ އަންނިޔޭ ތި ކިޔަނީ....

    11
    77
  16. އައްޔަ

    ފަހިދިރިއުޅުން ކޯޕަރޭޝަނުން ހުޅުމާލޭގައި ޢިމާރާތްކުރާ 1700 ފުލެޓުގެ ތެރެއިން 3 ކޮޓަރީގެ ފުލެޓެއް ހިޔާރު ކުރުން ކަމަށެވެ
    މީ 2500 އާއިލާގެ ހައްގު އަސްލަމް ފެލާލައިގެން އުޅެނީ

    48
  17. ފާތުން

    މާލެ މީހުނައް ދީ ތިކަންތައް ނިންމާލަބަލަ. ޜާއްޖެތެރެ މީހުނައް އެމީހުން ރަށުން ނޫނީ އަތޮޅުންދީބަލަ. މާލޭގަ ގިނައީ ރަށަށް ނުދާން ބޮޑާހާކާފަ ތިބި މީހުން. މާލެ ބަދަލުވާތަނުން ކަނޑިކި ބުރި މަތިން ވެސް ހަނދާން ނުވޭ.?

    20
    28
    • ރާއްޖެތެރޭމީހާ

      މާލެމީހުން ކައިގެން ބޮއިގެން ތިބެނީ ﷲ ގެ ރަޙްމަތުން އަދި ރާއްޖެ ތެރޭ މީހުން ދިނީމަ. އޭ ވެސް މަސައްކަތްތަކެއް ނުކުރޭ????

      31
      9
    • Anonymous

      ކަލޭމެން މާލޭ މީހުން ތިބޭނީ ބަނޑަށް އަތޮޅުތެރޭ މީހުން ގޮއްސިއްޔާ. ޢެމީހުން ފެލައިގެން ލާރި ހޯދަނީ. މާލޭ ވީމަ ވަކި މާ މަތިވެެރިވޭތަ؟ މިއީ ހުސް ދިވެހި ރައްޔިތުން. ޠިއީ އެއްވެސް ބައެއް ނޫން. ??? ބޮޑު އަނގަ ފަޅަން އެކަނި މާލޭމީހުންނަށް އިނގެނީ. ދެން ލަލަލާ

      5
      2
    • އޭނަ

      ކަޑިކި މާލެ މީހުންވެސް ލައި އުޅުނު ރާއްޖެތެރޭމީހުން އުޅުނީ މާރީތި ތަހުޒީބީ ގޮތަކަށް ރާއްޖެތެރޭމީހުން މާލެ އައިސް މާލެމީހުނަށް އުޅެންވާ ރީތިގޮތް ދަސްކޮށްދިނީ ވެސް ކުރިން މާލެ މީހުނަށް ރީތިހެދުމެއްވެސް ލައިއުޅޭކަށެއް ނޭގޭ!ސާފުތާހިރުކުރާކަށްނޭގޭ ! ރާއްޖެތެރޭމީހުންގެސަބަބުން މާލޭގެ މަލަމަތި ބޮޑެތި އިމާރާތް ތަކުން ޒީނައްތެރިކުރެވުނީވެސް މިހެންގޮސް ކިޔާނެކަމެއް ނެތް މާލެ މީހުނަށް މާލެފެނިގެން އުޅެނީ ކޮންމެ ދިވެހި ރައްޔިތަކީ ރާޖޭގެ ތެރޭ ހިމެނޭމީހުން ކަން ނުވިސްނޭ ބަޔަކަށްވާތީ!

      3
      1
  18. ގެއްލުމުގެބަދަލު

    ލިޔުން ހިފައިގެން ކޯޓަށް ގޮސް ބަދަލު ހޯދަން ދައުވާ ކުރެވޭނެ ސަރުކާރަކީ ސަރުކާރު ކޮންމެ ނަމެއް ކިޔާ މީހަކު ވެރިކަމުގައި ހުރި ކަމުގައި ވިޔަަސް . މިއީ އަނިޔާ ނޫނިއްޔާ ކޮބާ އަނިޔާ އަކީ.

    56
    2
  19. ހިއްވަރު

    ސަރުކާރު ވައްޓާލްން ނުކުންނާނަން،އެކަނިވެސް 2000 މީހުން ވޭތޯ ފަށަންވީ....ތި އުޅެނީ ކިހިނެއް ވެގެންތަ...މާ ބޮޑުވަރު ތިވަނީ....ދެން ނުތިބެވޭނެ. ޙަރަދުވެސް ކުރެވޭ ވަރަކަށް ކުރާނަން..

    61
    2
  20. ކޮބާ މައްސަލަޔަކީ؟

    އެއީ ވެސް ދިވެހި ރައްޔިތުންނެވެ! އެމީހުން ފްލެޓަށް އެދިފައި ތިއްބިއްޔާ އޭގެތެރެއިން ފްލެޓް ޙައްޤު ފަރާތް ތަކަށް ނުދީ ދެންއައި ސަރުކާރުން އިތުރު ބަޔަކަށް ދޭން ނިންމުމަކީ އިންސާފެއް ނޫނެވެ. އެމީހުންނަށް ވެސް ދޭންވީ އެވެ. އަދި ރައީސް ޔާމީން ސްރުކާރުގައި ފްލެޓަށް އެދިފައި ތިބި މީހުންގެ ތެރެއިން ފްލެޓް ޙައްޤުވާ މީހުންނަށް ވެސް ދޭންވީއެވެ. ޔާމީނަކަސް، މައުމޫނަކަސް، ނަޝީދަކަސް، ވަޙީދަކަސް އަދި ޞޯލިޙަކަސް، ރައީސް ކަމަށް ހޮވީ ރައްޔިތުންނަށް އަދި ޤައުމަށް ޚިދުމަތް ކޮށްދެއްވުމަށެވެ. ފްލެޓްތަކަކީ އެބޭފުޅުންގެ ތަރިކަ މުދަލެއް ނޫނެވެ. ރައްޔުތުންގެ އެއްޗެކެވެ. ޙައްޤުވާ ފަރާތްތަކަށް ދިނުމަކީ އެންމެ ރަނގަޅު ގޮތެވެ.

    10
    3
  21. ކެރަފާ

    ޔާމިނުގެ ސަޕޯޓަރުން ކިބައިން ބަދަލުހިފާލަން ދެން ނަސީދުއަށް ކިރިޔާ ވެސް ތާއިދު ކުރި މީހުންގެ ފްލެޓުތައް ތިއަތުލައިގަތީ ? އިންތިހާބުގަ ނާންނާތި ވޯޓު ހޯދަން ނާށި ކިބައެއް ހިފައިގެން.

    32
    2
  22. ޢަލީކޮއި

    ފު ރަތަމަކީ ފޯމްތައް ފު ރުމުގަ ޕޮއިންޓްދިނީ ބޭއިންސާފުންނޭ، މިހާ ރު ފޯމު ނުވެސްލާ ބަޔަކު ގެނަސް މީގެތެ ރެއަށްލީ، މީ ކިހާވަ ރެއްގެ އިންސާފެއްތަ، ފުލެޓް ކޮމިޓިން މިހާދުވަސް ވީއި ރުވެސް ލިސްޓް ނުނެ ރުނު ސަބަބަކީމީތަ، މިނިސްޓަ ރ އާތިފާ ވަކިކު ރިސަބަބުވެސް މިއޮތީއެނގިފަ، ސޯލިހުގެ ވެ ރިކަން ސޯލިހު މިންވަ ރު ފެނިގެންމިދަނީ، އިންސާފު އަ ރާހަމަކު ރާނެކަން ދަނެގެން ކު ރާކަމެއް ކި ރާތި. ސައިޒުވާދުވަސް ﷲގެ އި ރާދަފުޅުން ވ.އަވަހަށް ފެންނާނެ.

    30
    1
  23. އަބްދޫ

    ޔާމީނުގެ ގެޒެޓް ކުރި ލިސްޓަކީ ގާނޫނީ ލިސްޓެއް
    .އެލިސްޓުގާ ނެތް ބަޔަކަށް ފްލެޓް ދީފިނަމަ ދެން އަންނަ ސަރުކާރަކުން އެމީހުން އެތަންތަނުން ނެރެ ބާކީކުރިމީހުނަށް ތަން ހަވާލު ކުރުމުގެ ފުރުސަތު އޮންނާނެ.
    ތަނަށް ވަންނަ މީހުން ވިސްނާނެކަމަށް އުންމީދު ކުރަން

    38
    1
  24. ކޮބާ

    ސިވިލް ސާވިސް ގެ ފޮލެޓް ތައް ކޮބާ..... ވަގުތު މީހުންވެސް މިވާހަކަ އޮޅުން ފިލުވަދީބަލަ އަންނި ކުރެން

    24
    1
  25. ޢިދިކޮޅުމީހާ

    ހިންނަވަރު އިބުރާހީމައް ހަޖަމް ނުވެގެން ކޮމްމެ ނަމެކިޔަސް ހަމަ ރައީސްޔާމީނުގެ ތަރައްގީ އެކަން ނޭގޭރައްޔަތަކު ނުހުންނާނެ ދެން މިކޮމެންޓުވެސް ވަގުތުމީހުން ށާއިރެނުކުރާނެ ހަޖަމްނުވިޔަސް ތިދެންބޮޑުވަރު

    28
  26. ކޮކްތެރެޕ

    ޔާމީން އެޅި ފްލެޓްތައް ނަޝީދު ވެރިކަމުގައި ކުރިމަތިލީ މީހުންނަށް ބަހާލަން ނިންމައިފި ސުރުހީކިޔާލީމަ މިހިތައް އަރަނީ މިއަދު މިގައުމުގަ މިތިބީ ރަސޫލްޒަމާނުގަ އުޅުނުކަހަލަ ޖާހިލުންބާ ވައޭ އެއީ 6720 ފުލެޓުގެ ތެރެއިން 2 ކޮޓަރީގެ ފުލެޓެއްގެ މަހުކުލި 11000ރުފިޔާ އެހެންވީމަ މަހަކައް އެޖެހެނީ 73920000 ދިވެހިރުފިޔާ އެހެންވީމަ ސުރުހީގަ އެބުނާ ބަހާ އެއް ޗަކައް މިހާ ރުފިޔާ ލިބެންޏާ މިކިޔާނެތޯ ބަހާއެއްޗެކޭ މީސަރުކާރުތަކުން ރާވައިގެން ބިންތައް ހިސޯރުކޮއްގެން ކުރާ ބޮޑުވިޔަފާރިއެއް ރީތިކޮޕއްލައް މިކިޔަނީ ސަރުކާރުން ބަހާލައްވަނޫއޭ ބަހާ އެއްޗެއްސައް ރުފިޔާ ދައްކަން ޖެހޭ ގޮތެއް އޮވޭތޯ

    9
    2
  27. ޙަނީ

    ހަމަ ބޮޑު ވަގުން. ފްލެޓުން ވެސް ވައްކަން. މި ސަރުކާރަށް ކުރަން އެނގޭ ކަމަކީ ވައްކަން ކުރުން.

    29
    1
  28. ކަމަނަ

    ފުލެޓާނުކުޅޭތި ޔާމީނުސަރުކާރުން ފުލެޓުގެ ކަންކަން ކުރަމުންދާގޮތް ވަރަށް ރަނގަޅަށް ވަނީ އޮޅުންފިލުވައިދީފައި ވީމާ މިސަރުކާރުން އެކަމުން ވައްކަން ކުރާނެކަމެއްނެތް.މުއިއްޒުވ. ހުށިޔާރު

  29. ޢެޑްމުންޑޯ

    ސުރުޚީ ރަގަޅެއްނޫން ، ޔާމީން ފްލެޓެއްނާޅާ ، ފްލެޓް އަޅާނީ އެވަގުތަކު އޮންނަ ސަރުކާރަކުން

  30. ޢަދުރޭ

    ތީ ރައްޔިތުންނާ ދެކޮޅަށް ހަނގުރާމަ އިޢުލާންކުރުން . މިފަހަރު އަމިއްލަޔަށް އިސްތިޢުފާ ދޭ ހިސާބަށް ކަންތައްތައް ދުއްވާލާފަ .ސިފައިންގެ ބޮލުގަ ބަދުނާމު ނާޅުވާތި ، ވެރިކަން ކުރަން އެނގޭ ބައެއް ނޫން އެމް ޑީ ޕީ އަކީ، ވީހާލެއްގައި ވާން ، އިންސާފުގެ ދަތުރު . އަނެއް ދިވެހި ރާއްޖެ . އެޖެންޑާ 19 މިހުންނަނީ ރައްޔިތުން ގުނބޯ ހައްދަން ބޭނުން ކޮއްފަ ހުރި ނަންތައް .. ޝަހާދެއް ފަދަ ތެދެއް ތިހެން ތިކަން ކޮށްފިއްޔާ ، ފިސާރި ރީތި ބޮނޑިއެެއް ބޯނެ އެމް ޑީ ޕީ . ތިހެން ތިކަން ކޮށްފަ ދެން ލާހިކެއް ނޫން މި ރާއްޖޭގެ ވެރިކަމަށް އެމްޑީޕީ އަންނާކަށް . ބޮޑު ލައްގަޑަކަށްވާނެ

  31. އެމީހާ

    ތިއީ ހަމަސީދާފޭރުން. ފޭރުންކިޔަނީ ހަމައެކަނި މީހާއަތުގައިއޮތއެއްޗެއް ފޭރިގަތުމެއްނޫން. މީހަކު ނުވަތަ ސަރުކާރަކުންވިޔަސް އަނެކަކައްދީފައިވާ އެއްޗެއް އަތުލައިގަތުމަކީވެސް ހަމަފޭރުން. އަޅުގަޑުގެޙައްޤުއަތުލައިގެންބައެއްހލާކުކުރެއްވުމައްއަޅުގަޑުހިތާދޫސަލާމަތުން އޮތްހާދުވަހަކުﷲ އަށް ދުޢާކުރާނަން. ޔާﷲ މިނުބައިމީހުންގެ ކިބައިން މިލޮބުވެތިޤައުމު ސަލާމަތްކޮށްދެއްވައި މިބައިމީހުންގެ ނިމުން މީސްތަކުންނަށް ޢިބުރަތެއްކަމުގައި ލައްވާށިއެވެ.

  32. ާިއަލީ

    ކޮބަ ހޯއު ހޯއު

  33. ައަހުމަދު

    ޔާމީންއެޅިޔަސް ، ނަޝީދު އެޅިޔަސް އަޅަނީ ދިވެހިރައްޔިތުންގެ ފައިސާ އިން ނުވަތަ ދިވެހިރައްޔިތުން ބޮލުގައި ދަރަނި އަޅުވާފައި ، ޔާމީނާއި ނަޝީދުގެ ފައިސާއަކުންނެއް ނޯން ދެން ތިފުލެޓް ތަށް ދޭއިރު ކުރިން ޝަރުތުހަމަވެފައި ނުލިބިތިބި މީހުންނަށް ދިނުމަކުން މައްސަލައެއް ނެތް ، މައްސަލަޔަކަށްވާނީ ޝަރުތު ހަމަނުވާ ބަޔަކަށް ދިނީމައި ހައްޤުވެރިން އެއްކިބާކޮށްފިއްޔާމުން މައްސަލައެއް. ތި 2 މީހުންނަކީވެއް ރަނަގަޅު 2 މީހުންނެއްނޫން.

  34. ކިނބޫ

    ރައްޔިތުން ނުކުމޭ. ތަޅާ ދަމާ ކޫއްތާފަ ނެރެ މި ބައިގަނޑުގެ ދުވަސް ދުއްވާލާ! ވަގުންގެ ހަން ނޮޅާލާ. މިބަލާވެރިކަމުން ސަލާމަތްވޭ! އަވަސްކުރޭ! މަޑުން ނުތިބޭ! ކެތްތެތިކަން ކޮޅުން ލައިފި!

  35. Happy

    ޜަގަޅު ނިންމުމެއް ރައީސްނަޝީދު... ތިތާގަ ނުހުންނާނެ ޔާމީނު އަމިއްލަ ލާރިދީފަ ހެދި ފްލެޓެއް.. ދައުލަތުގެ ލާރިތީ... ސަރުތު ހަމަވަންޏާ ހަމަދޭންވީ!!

  36. އ. ޖ. އ

    ތަރުތީބެއް އޮންނަން ވާނެއްނު

  37. ހަގު

    ޔާމިނުއެޅި ފުލެޓް މިސަރުކާރުން ކުރަނީ ބޮޑުތަނުން ވައްކަން

  38. ކިނބޫ

    ހެޔޮނުވާނެ. އިންސާނުން އުޅެން ކަމުނުދާ ކޮތަރުކޮށިތަކަށް އެބޭފުޅުން ނުވައްދާ. އެބޭފުޅުންގެ އިއްޒަތާ އެކަށިގެންވާ ފެންވަރުގެ ތަންތަން ހަދާފަ އެބޭފުޅުންނަށް ދީ.
    ލަދެއްވެސް ވަގުންތައް ނުގަނޭ

  39. ޜަމާ

    ޜައްރަށުގައި އަންނިމެން ނެގި ގޮތިތައް ދޫކޮއްލާ އެރަސެއްގެ ބަޔަކައް.. ހިތިވާނެ ނުުނީ ވަގުތު މިދެނީ