ހައުސިން ޑިވެލޮޕްމެންޓް ފައިނޭންސް ކޯޕަރޭޝަން (އެޗްޑީއެފްސީ) ގެ ލޯން ސްކީމްތަކަށް ސެޕްޓެމްބަރު މަހުން ފެށިގެން ފައިސާ ދައްކަން އަންގައިފިއެވެ.

އެޗްޑީއެފްސީން ނެރުނު އިއުލާނެއްގައި ބުނެފައި ވަނީ، އެ ކުންފުނީގެ ހައުސިންގ ފައިނޭންސިންގ ފެސިލިޓީތައް ނަގާފައިވާ ފަރާތްތަކަށް ފައިސާ ދެެއްކުން ފަސް ކުރެވިފައި ވަނީ އޮގަސްޓްގެ ނިޔަލަށް ކަމަށެވެ.

އަދި އެ މުއްދަތު އިތުރު ކުރުމަށް ހަމަޖެހިފައި ނުވާ ކަމަށާއި، އެހެންކަމުން ސެޕްޓެމްބަރު މަހުން ފެށިގެން ސްކީމްތަކަށް އަލުން ފައިސާ ދައްކަވަން ޖެހޭނެ ކަމަށް ބުނެފައި ވެއެވެ.

އެޗްޑީއެފްސީއަކީ ގެދޮރު އިމާރާތް ކުރުމާއި ގަތުމަށް ހާއްސަ ލޯނު ދޫކުރަން ސަރުކާރުން 2014 ގައި އުފެއްދި ކުންފުންޏެކެވެ. އެ ކުންފުނި މެދުވެރިކޮށް ނަގާފައިވާ ލޯންތައް ދެއްކުން ފަސް ނުކުރި ނަމަވެސް، ބައެއް ތަންތަނުން ގެންދަނީ ލޯންތައް ދެއްކުން ފަސް ކުރަމުންނެވެ.

އެ ކުންފުނިން ލޯންތައް ފަސްކޮށް ނުދިން މައްސަލާގައި ގިނަބައެއްގެ ފާޑުކިޔުންތަކެއް ވަނީީ އެ ކުންފުންޏަށް އަމާޒުވެފައެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. Anonymous

    ސަރުކާރު މިތާ ނެތީތަ. ރައްޔިތުންގެ ވަޒީފާތާ ގެއްލިފަ އޮތްހާލުގައިވެސް ލޯނު ދައްކަންޖައްސަނީ. ބޮޑުމުސާރަނަގައިގެން ނިދާކަށްނޫން ރައީސްއަކު ހުންނަނީ. ނުވަތަ ބަރަކް އބާމާހެދިންގެނ ފޮޓޯއަށް ޕޯސްކުރާކަށްނޫން. ރައްޔިތުންގެ މުހުތާދުތައް ދެނެގަނެ ހައްލުނުކުރެވެންޏާ ރަށަށްދޭ. ބޮޑުބައްޔެއް މިއޮތީ މިގައުމަށްޖެހިފައި.

  2. ޖރ.އިންސާފް

    ރާއްޖޭގެ ލޯން ފެސިލިޓޭޓަރުން ރައްޔިތުން ހަމަ ފެލާލަނީ. 4.8 މިލިޔަންގެ ލޯންނެއް ނެގީމަ 12.3 މިލިޔަން އަނބުރާ ދައްކަން ޖެހުމަކީ އާދައިގެ މީހުންނަށް ކުޅަދާނަ ވާނޭ ކަމެއްތޯ. ރިސޯޓު އޯނަރުންނަށް ލޯނު ދޫކުރާ ރޭޓްގައި. އެކަމުބަލާ ރިސޯޓު އޯނަރުންނަށް 12 މަސްދުވަހުގެ ކުލި މާފްވެއްޖެ. އަދި ލޯނު ދެއްކުން ފަސްކޮށްފި. ނިކަމެތި ރައްޔެތު މީހާ ހަމަ ބިކަވާގޮތަށް.
    އެހެންވީމަ މާލޭ ރައްޔިތުން 30 40 އަހަރަށް ރާއްޖެތެރޭގެ މަހުޖަނުންނަށް ބިންކޮޅު ދީގެން މަރުފަލިޖަހަނީ އުމުރު ދުވަހު. އެކަމު ނަންވަނީ މަލޭ މީހުން ރާއްޖެތެރޭ މީހުން އަތުން ބޮޑުކުލި ނަގާ ފެލާކަމަށް. މިހާރު ސާފުދޯ ވާގޮތް.