ރައީސުލްޖުމްހޫރިއްޔާގެ ދައުވަތަކަށް، އިސްލާމިކް މިނިސްޓްރީއާއި ކީރިތި ޤުރުއާނާބެހޭ މަރުކަޒު އަދި ޕީއެސްއެމް ގުޅިގެން، "އައްނޫރުލް މުބީން"ގެ ނަމުގައި ރާއްޖޭގައި ބޭއްވި ޤުރުއާން މުބާރާތުގެ ތިންވަނަ ރާއްޖޭގެ ފަރާތުން ބައިވެރިވި އަޝްރަގް ނާޒިރު ހޯދާފިއެވެ.

މިރޭ އިސްލާމީ މަރުކަޒުގެ ޖަލްސާ ކުރާ މާލަމުގައި އޮތް މިމުބާރާތުގެ ވަނަވަނައަށް އައި ފަރާތްތަކަށް އެކަމުގެ އަގުވަޒަން ކުރުމުގެ ގޮތުން ބޭއްވި ޖަލްސާގައި މިޖަލްސާގައި ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމްވަނީ ބައިވެރިވެ ވަޑައިގެންފައެވެ.

ރާއްޖޭގައި މިފަދަ ގޮތަކަށް ބޭއްވުނު ފުރަތަމަ ބައިނަލްއަޤްވާމީ މުބާރާތުގެ ތިން ވަނަ މަގާމު އަޝްރަގް ހާސިލްކުރިއިރު މިއީ ބައިނަލްއަގްވާމީ މުބާރާތެއްގައި އޭނާ ތަމްސީލުކޮށް ވާދަކުރި ދެ ވަނަ ފަހަރެވެ. މިމުބާރާތުގެ ފަޙްރުވެރި އެއްވަނަ ޚާސިލްކޮށްފައިވަނީ އަބްދުﷲ މުހައްމަދު އަލްހައްޔާތުއެވެ. މުބާރާތުގެ ދެވަނައަށް ހޮވުނީ، ތުރުކީން މުބާރާތުގައި ވާދަކުރި ހަމީދު އަފްޝާރު ޤުރްޖާެވެ.

މިދިޔަ ހޯމަ އަދި އަންގާރަ ދުވަހު ދިވެހިރާއްޖޭގެ އަޑުގެ ސެނަކޯ މާލަމުގައި މިމުބާރާތް ބާއްވާފައިވާއިރު، މިމުބާރާތުގެ ވަނަވަނައަށް ދިޔަ ފަރާތްކަށްވަނީ އަގުހުރި އިނާމްތަކެއް ދީފައެވެ. މިގޮތުން މުބާރާތުގެ އެއްވަނަ އިނާމެއްގެ ގޮތުގައި އަލްހައްޔާތަށް ވަނީ 30000 އެމެރިކާ ޑޮލަރުގެ ފައިސާގެ އިނާމަކާއި ރައީސްގެ ފަރާތުން ދެއްވައި ހާއްސަ އިނާމުގެ އިތުރުން ތަށްޓާއި ސެޓްފިކެޓް ވަނީ ދީފައެވެ. އަދި މުބާރާތުގެ ދެވަނައަށް ދިޔަ ބައިވެރިޔާއަށް 15000 އެމެރިކާ ޑޮލަރު އަދި ތިން ވަނަ އަށް ދާ ބައިވެރިޔާއަށް 5000 އެމެރިކާ ޑޮލަރުގެ ފައިސާގެ އިނާމްވަނީ ދީފައެވެ.

ރާއްޖޭގެ އިތުރުން މި މުބާރާތުގައި ބައިވެރިވި ޤައުމުތަކުގެ ތެރޭގައި ސޫދާނާއި، ތުރުކީއާއި، ސަޢުދީ ޢަރަބިއްޔާއާއި، ޕާކިސްތާނާއި، މެލޭޝިޔާއާއި، ކުވެއިތާއި، މިޞްރާއި، ބަންގްލަދޭޝް ހިމެނެއެވެ. މި މުބާރާތުގެ ޖަޖުންގެ ގޮތުގައި ހިމެނިވަޑައިގަންނަވަނީ ސޫދާނާއި، ޕާކިސްތާނާއި، މެލޭޝިޔާއާއި، ޔަމަނާއި ރާއްޖޭގެ ބޭފުޅުންގެ މައްޗަށް އެކުލެވިގެންވާ 5 ބޭފުޅުންގެ ޕެނަލެކެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. ރީތި މޫސަ

    ސިދާ އަރަބިންނާއި ވާދަކޮށް މިމުބާރާތުން ތިންވަނަލިބުމަކީ ރާއްޖެއަަށް ލިބުނުޝަރަފެއް

  2. 3ނިރު

    ދީންވެރި ހިންގުންތެރި ބޭފުޅެއް ރައީސް ޔާމީނަކީ مرحباء ޔާމީން

  3. ޔޫއެންއައި

    ބައިނަލްއަގުވާމީ ގުރުއާން މުބާރާތުގެ އެއް ވަނަ ކުވެއިތަށް ލިބިއްޖެނަމަ އެއީ މަމެން އުފާ ކުރާ ކަމެކޭ. ކީރިތި ގުރުއާން އާއި އޭގެ މާނަ އަކީ އެއީ ފުންކޮށް ވިސްނާލުމުން ވަރަށް ބޮޑު އިބްރަތެއް ލިބިގެން ދާ ކަމެކޭ ކީރިތި ގުރުއާނުގެ ލަފްޒީ މާނަ އަށް ވުރެން ބޮޑަށް ގުރުއާން ގެ ލަފްޒު ތައް ސައެންސްގެ އަލީގައި ޑިސްކަވަރ ކުރާނަމަ ތިމާގެ ވަށައިގެން ހިނގާ ހުރިހާ ކަންކަން ކީރިތި ގުރުއާން ގައި ބަޔާން ކުރެވިފައި އެބަހުއްޓެވެ. އިންސާނުން މިދުނިޔެ އަށް ފޮނުއްވަވާފައިވަނީ އެންމެ މަތިވެރި މަޚްލޫޤު ކަމަށްވެފައި އިންސާނާގެ ސިކުނޑި އެހާ ބާރުގަދަ އެއްޗަކަށް އެލެއްވެވީ އެއީ ދުނިޔެ އިމާރާތް ކޮށް ދުނިޔެ ބެޓަރ ޕްލޭސް އަކަށް ހެދުމަށޭ. ޔޫއެންއައި ވީ އާރ ދަ ސޭމް ވީ ވިން އޯރ ލޫސް އިން ދަ ގޭމް އޮފް ލައިފް ޔޫއެން އައި ވީ ސީކް ފޯރ ދަ ޓްރުތް އިން ދި ޔުނިވަރސް އިން ދިސް ޖާރނީ ވީ އާރ ކޮމްޕޭނިއަންސް ވައި ޝުޑް އަމަދަރ ކްރައި އައުޓް އަ ޝެލްޓަރ ފޯރ ހާރ ޗައިލްޑް ވައި އޯއްއޯއް ޓެލްމީ ވައި ވައި ވައި...