ދަތުރުކުރަމުންދިޔަ ބޯޓެއްގައި އޮތް މީހަކު ހާލު ބޮޑުވެގެން އެމްއެންޑީއެފް އިން ޙަރަކާތްތެރިވާން ފަށައިފިއެވެ.

އެމްއެންޑީއެފް އިން ވިދާޅުވިގޮތުގައި، ސިންގަޕޫރުން ފުރައިގެން މިސްރަށް ދަތުރުކުރަމުންދިޔަ މޯލްޓަރގެ "ސީއެމްއޭ ސީޖީއެމް ވޯލްގަ" ނަމަކަށްކިޔާ އާގު ބޯޓެއްގައި އޮތް ހާލުބޮޑު ބަލި މީހަކު ސިއްހީ އަވަސް ފަރުވާއަށް، ހދ.ކުޅުދުފުއްޓަށް ގެންގޮސްދިނުމުގައި އެމްއެންޑީއެފް ނޮދަން އޭރިއާ ކޯސްޓްގާޑު ސްކޮޑްރަންއިން މިހާރު ދަނީ މަސައްކަތްކުރަމުންނެވެ.

އެމްއެންޑީއެފް އިން ހާމަކޮށްފައިވާ ގޮތުގައި، އެމީހާއަކީ އުމުރުން 30 އަހަރުގެ، ރޫމޭނިއާއަށް ނިސްބަތްވާ މީހެކެވެ.

މި ހާދިސާގެ މަޢުލޫމާތު އިއްޔެ ހަވީރު 17:45 ހާއިރު އެމްއެންޑީއެފް ކޯސްޓްގާޑުގެ މެރިޓައިމް ރެސްކިޔު ކޯޑިނޭޝަން ސެންޓަރ (އެމްއާރުސީސީ) އަށް ލިބުމާއެކު، ޑޮކްޓަރުންގެ ޓީމަކާއެކު ނޮދަން އޭރިއާ ކޯސްޓްގާޑު ސްކޮޑްރަންގެ ޓީމެއް ބޯޓު އޮތް ސަރަޙައްދަށް ދިއުމަށް ފުރާފައިވާ ކަމަށް އެމްއެންޑީއެފް އިން ވިދާޅުވެއެވެ.

މި ހާދިސާގައި ބަލިމީހާ އެމްއެންޑީއެެފް ކޯސްޓްގާޑްގެ އުޅަނދަަށް ނަގާފައިވަނީ، ސަރުކާރުގެ ކަމާބެހޭ އިދާރާތަކުގެ ހުއްދައާއިއެކު މި ބޯޓު އުލިގަމުގެ 12 ނޯޓިކަލް މޭލު ބޭރަށް މި ބޯޓު ކައިރިކުރުމުން ކަމަށް އެމްއެންޑީއެފް އިން ވަނީ ވިދާޅުވެފައެވެ.

އެމްއެންޑީއެފް އިން އިތުރަށް ވިދާޅުވީ އެމީހާ ކުޅުދުފުއްޓަށް ގެންދެވޭނެކަމަށް ލަފާކުރެވެނީ މިރޭ 3:00 ހާއިރު ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު