އިންތިހާބު ކާމިޔާބު ކުރެއްވިއްޖެ ނަމަ ޑްރަގް , ގޭންގް , އަދި ބިދޭސީންގެ މައްސަލައަށް ހައްލު ހޯދައިދޭނެ ކަމަށް ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި އަމިއްލަ ގޮތުން ވާދަ ކުރައްވާނެކަން އިއުލާން ކުރައްވާފައިވާ އުމަރު ނަސީރު ވިދާޅުވެއްޖެއެވެ.

އުމަރު އޭނާގެ ކެމްޕެއިން ފޭސްބުކް ޕޭޖްގައި ކޮށްފައިވާ ޕޯސްޓެއްގައި ވިދާޅުވެފައިވަނީ ރާއްޖޭއަށް ދިމާވެފައިވާ ޑްރަގްގެ މައްސަލައަށް ހައްލު ހޯދައިދީ ގޭންގް މައްސަލަ އަދި ގަވާއިދާ ހިލާފަށް އުޅޭ 40,000 ބިދޭސީގެ މައްސަލައަށް ހައްލު ހޯދައިދެއްވާނެ ކަމަށެވެ.

އުމަރު އިންތިޚާބުގައި ވާދަކުރައްވަން އޭނާ ނިންމެވީ ޖުމްހޫރީޕާޓީގައި ހުންނަވައިގެންނެވެ. އޭނާ އެގޮތަށް ނިންމެވި މައިގަނޑު ސަބަބަކީ ގުޅިފައިވާ ޕާޓީތަކަށް އެއް ކެންޑިޑޭޓަކު ނުނެރެވޭނެކަން ކަށަވަރުވުމުންނެވެ.

މިނިވަން ކެންޑިޑޭޓެއްގެ ގޮތުގައި ރިޔާސީ އިންތިޚާބުގައި ވާދަކުރެއްވުމަށް އުމަރުވަނީ އޭނާ އެންމެފަހުން ހުންނެވި ޖުމްހޫރީޕާޓީން ވެސް ވަކިވެވަޑައިގެންފައެވެ.

ރިޔާސީ އިންތިހާބުގެ ކެމްޕެއިން އުމަރު ފައްޓަވާފައިވާ އިރު ރައީސް އަބްދުﷲ ޔާމީން ވެސް ވަނީ ކެމްޕެއިން ފައްޓަވާފަ އެވެ. އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު ވަނީ ރިޔާސީ އިންތިހާބުގައި ވާދަ ކުރައްވާނެ ކަން އިއުލާން ކުރައްވާފަ އެވެ.

އުމަރު ރިޔާސީ މެނިފެސްޓޯ ތައްޔާރު ކުރެއްވުމުގެ މަސައްކަތް ކުރައްވަމުން ގެންދަވާ އިރު މެނިފެސްޓޯ ބިނާކުރައްވަނީ މައިގަނޑު 7 ކަމެއްގެ މައްޗަށެވެ. އޭގެ ތެރެއިން އެއްކަމަކީ "ހެޔޮ ހިޔާ" ގެ ނަމުގައި ހެޔޮ އަގުގައި ރައްޔިތުންނަށް ބޯހިޔާވަހިކަން ފޯރުކޮށް ދެއްވުމެވެ. އޭގެ އިތުރަށް މަތީތައުލީމް ހިލޭ ފޯރުކޮށްދެއްވުމާއި، އިސްލާމްދީ ފުރިހަމައަށް ހިމާޔަތް ކުރެއްވުމާއި، ރާއްޖެއިން މަސްތުވާތަކެތީގެ ވަބާ ނައްތާލުން ހިމެނެއެވެ.

ކިޔުންތެރިންގެ ހިޔާލު

21 ކޮމެންޓް

  1. ނޮންނި

    އަހަރެމެން ނޫޅެމެ މޮޔަވެގެން އުމަރަށް ވެރިކަން ދޭކަށް ދީދެފުއް ކެހެރިން މަވާސަލާމް

  2. ދޮށިމޭނާ

    އުމަރާ އަހަރެމެން މިޤައުމުގެ ލަގަން ހަވާލުކުރާނީ ރ ޔާމީނަަްަށް މު ިޅގައުމު ހަލާކުރަމުން އުމަރުތި ދުވަނީ ކޮންއެއްޗެއް ހޯދަންތަ ކޮސްވެގެންތަ ތިއުޅެނީ

  3. މޯޑު

    މިފަހަރު ޢުމަރަށް ވެރިކަންދޭން ފެނޭ

  4. ދޮންކޮޅު

    އުމަރަށް ލޮލުން ބޮލުން މަ ގަބޫލު، ހައްލަކީ އުމަރު

  5. ޢަލީ

    ???????

  6. ފާ

    މިހުރީ އުމަރާ އެކު

  7. ޗިއްލޫ

    އުމަރަށް މަގޭވޯޓް!

  8. ޕީޖޭ

    އުމަރަކީ ވ ގާބިލް ކެރޭ ހީވާގި ނަމޫނާ މީހެއް، ހޯމް މިނިސްޓަރަކަށް ހުރި އިރު ފާހަގަކުރެވޭ ބަދަލުތަކެއް މިރާއްޖެއަށް ގެނެސްފައިވޭ..ބާރުތަކެއްދީފައި ހޯމް މިނިސްޓަރަކަށް އެއްވަނަ..ރައީސްކަމަށް ނޭގޭ ބުނާނެއެއްޗެއް

  9. އައްޓަމަސް

    40000 ބިދޭސީން އެއްނޫން (ބަންގާޅީން) 70000 ވަރަކަށް ބަންގާޅީން އެބައުޅޭވަގަށް އެހެންގަވްމުތަކުގެމީހުން ވަގަށްއެތެރެވެގެންނެއްނޫޅޭ

  10. އެމެންނޭ

    ޑްރަގް ގެ މައްސަަލަ ރާއްޖޭގައި ހަައްލު ނުކުރެވިގެން އުޅެނީ އެއީ ފުލުހުންގެ ބޮޑުންގެ ތެރޭގައި އެބައުޅޭ ރާއްޖޭގައި ޑްރަގް ވިއްކާ މީހުންނާއި ގުޅުން ހުރި މީހުން. އެމެން ނަށް ރާއްޖޭގައި ވިއްކާ ޑްރަގް އިން ބައި އެޅެއެވެ. އެހެންވެ ޑްރަގް ވިއްކުން ރާއްޖޭގައި ހަމަ އަކަށް ނޭޅިގެން އުޅެނީ. ކަން މިހެން ހުރުމުން މިކަން ބަލަންވީ ފުލުހުންގެ އިދާރާ އިން ވަރަށް ސީރިއަސް މައްސަލަ އެއްގެ ގޮތުގައި ހޯމް މިނިސްޓަރު. ފުލުހުން ރަނގަޅު ނުވެ ކޮރަޕްޓް ވެއްޖެނަމަ ގައުމެއް ހަލާކުގެ ތެރެއަށް ވެއްޓެން ދެން މާގިނަ ދުވަހެއް ނުނަގާނެއޭ އެކަމޭ މިފެނިގެން ދަނީ.

  11. ރީޒަން

    ރާއްޖޭގައި ގަވާއިދާއި ޚިލާފަށް އުޅޭ ބިދޭސީން ހޯދުމާއި އަދި އެމެން ފުރުވާލުމުގެ ކަންކަމަކީ އެއީ ސީދާ އިމިގްރޭޝަންގެ ޒިންމާ އެއް ކަމަށް ވާއިރު ވެސް އެކަން ނުކުރެއޭ އިމިގްރޭޝަން އިން އިމިގްރޭޝަން އިން ދައްކައޭ މީގައި އެއްހާސް ރީޒަންސް އެއީ އެމެން ދައްކާ އެންމެ ބޮޑު ރީޒަން އަކީ އެމެން ގަވާއިދާއި ޚިލާފަށް އުޅޭ ބިދޭސީން އަތުލާފައި ބަހައްޓާނެ ތަނެއް ނެތޭ ބުނެގެން ދައްކާ ތާކުން ތާކު ނުޖެހޭ ރީޒަންސް ތަކޭ ގަވާއިދާއި ޚިލާފަށް ރާއްޖޭގައި މަސައްކަތް ކުރާ ބިދޭސީން އަތުލުމަށް ފަހު ބައިތިއްބަން ޖެހޭނީ ދޫނިދޫ ޖަލުގައޭ އަދި އެމެން ޖެހޭނީ ޖަލުން ރާއްޖޭން ބޭރަށް ފުރުވާލަން އޭ އެނޫން ގޮތެއް މީގައި އޮވެގެން ނުވާނެއޭ. މިކަން ކަން ހަމަ ގަސްތުގައި ނުކުރަނީއޭ މިކަމަކީ މީ އިމިގްރޭޝަން ކޮންޓްރޯލަރ ޒިންމާ ނަގަން ޖެހޭނެ ކަމެކޭ އަދި އިމިގްރޭޝަން ކޮންޓްރޯލަރ ޖެހޭނެއޭ މިކަން ކަން ކޮންމެ ދުވަހަކު ބަލާ މި 40 ހާސް މީހުން ފުރާ ނިމެން ދެން މިކަން ކުރަން މިކަން ކޮންމެ ދުވަހަކު މެދުނުކެނޑި އަހަރު ދުވަސް ވަން ދެން ކުރާނަމަ މިކަން މިހާރު އޮތީ ނިިމިފައި ނޫންތޭ މިކަން މިގޮތަށް ތަމެން ނުކުރަނީ އެއީ ކީއްވެތޭ މަމެންނަށް ތަމެން ޖަވާބުދީބަލާށޭ ކޯއްޗެއް ތޭ ތަމެންނަށް ނުދެނީ ޓެކްސްޕޭޔަރ މަނީން ކިހާ ބޮޑު ޚަރަދެއް ކުރޭޓެ އިމިގްރޭޝަން އަށް. އިމިގްރޭޝަން ގެ ކޮރަޕްޓް އޮފިސަރުން ނޭ މީގައި ހުރިހާ މައްސަލަ އަކީ. އައި ޖަސްޓް ވޯންޓް ޔޫ ޓު ނޯ އައި ފައުންޑް އައުޓް ތައުޒަންސް އޮފް ރީޒަންސް ފޯރ އިޓް އެން ދަ ރީޒަން އިޒް ޔޫ އެން ދަ ރީޒަން އިޒް ޔޫ އެން ދަ ރީޒަން އިޒް ޔޫ އެން ދަ ރީޒަން އިޒް ޔޫ އެން ދަ ރީޒަން އިޒް ޔޫ...

  12. ރީޒަން

    ބިދޭސީންގެ މައްސަލަ ހައްލު ނުވުމުގައި ޓޫރިޒަމް މިނިސްޓްރީގެ އިހްމާލް ވެސް ވަރަށް ބޮޑޭ އަލަށް ހަދަމުން ދާ ރިސޯރޓްސް ތަކުގައި ވެސް ގިނައީ ގަވާއިދާއި ޚިލާފަށް ރާއްޖޭގައި މަސައްކަތް ކުރާ ބިދޭސީންނޭ އެމެންގެ ފުލުގައި ހުރެއޭ ކިއްލި ތަޅާ މަސައްކަތް ކުރަން ދަންނަ ދިވެއްސަކު އެމެންނަށް ބޮޑު ކަޓް ލިބޭ ގޮތަށް އެމެން ގަވާއިދާއި ޚިލާފަށް އުޅޭ ބިދޭސީން ގޮވައިގެން ނޭ މިމަސައްކަތް ކުރަނީ މިމަސައްކަތް ބޮޑަށް މިގޮތަށް ކުރަނީ ދަ ރާއްޖެތެރޭ މީހުންނޭ ގްރޫޕްސް ތައް ހަދައިގެން އެގޮތުން ށ. މިލަންދޫ މީހުން އަދި ފުވައްމުލަކު މީހުން އަދި އައްޑޫ މީހުން ހިމެނެއޭ އަދި އުތުރުގެ ބަޔެއް ރަށް ތަކުގެ މީހުން ވެސް މިހާރު މިކަން ކުރެއޭ މިކަން ހުއްޓޭނެއޭ ޓޫރިޒަމް މިނިސްޓްރީން ހަފްތާއަކު އެއް ފަހަރު ނަމަވެސް އަލަށް ހަދަމުން ދާ ރިސޯރޓްސް ތަކުގައި އުޅޭ މީހުންގެ ލިސްޓެއް ރިސޯރޓްސް ތަކުން ގެނެސް ގެން އެ ބަލާ ވެރިފައި ކުރާ ނަމަ ކިއެއްކުރާ ޓޫރިޒަމް މިނިސްޓްރީ އެއްތޭ އެތަން އުވާލަންވީއޭ އެއީ ބޭނުން ތަނެއް ނޫނޭ އެތަން އުވާލާ އެތަން ރައީސް އޮފީހުގެ ޑިޕާރޓްމެންޓް އަކަށް ބަދަލު ކުރަންވީ އޭ އައި ފައުންޑް އައުޓް ތައުޒަންސް އޮފް ރީޒަންސް ފޯރ އިޓް އެން ދަ ރީޒަން އިޒް ދެއަރ އެން ދަ ރީޒަން އިޒް ދެއަރ އެން ދަ ރީޒަން އިޒް ދެއަރ އެން ދަ ރީޒަން އިޒް ދެއަރ އެން ދަ ރީޒަން އިޒް ދެއަރ އެން ދަ ރީޒަން އިޒް ދެއަރ އެން ދަ ރީޒަން އިޒް ދެއަރ...

  13. ހާދީ

    ރާއްޖެ ހަމަޔަކަށް އަޅުވަން އުމަރަކަށް ވަނީ ބޭނުންވެފަ، އެފަދަ ޝަޚްޞިއްޔަތަކަށް އުމަރުނަޞީރު ވާނެކަމަށް އުނމީދުކުރަން

  14. ހަސަދު

    ކިހިނެއްތޯ. އެމައްސަލަ ހަައްލުކުރާނެ ގޮތް ވިދާޅުވެ ދެއްވާ. ކަޅުއޮއްފުން ބަންގޮތަށް، މިނިވަން 50 އަށް ކަންތައްކުރެއްވި ގޮތައްތޯ

  15. ދިވެހިން

    މަސްތުވާތަކެތީގެ މައްސަލައާއި ޑްރަގާއި ގޭންގު މައްސަލަ ހައްލު ކުރުމަކީ ގިނަ ދިވެހިންނަށް މާމުހިންމު ކަމެއްނޫން. އުމަރު ހޯމްމިނިސްޓަރު ކަމުގަ ބޮޑެތި ގޭންގުތައް ކުޑަކަކޫ ޖައްސަމުން ދިޔައިރު އަނެއްކޮޅުން ކޯޓުތަކުން އެމީހުން ދޫކުރަމުން ދިޔައިރު ދިވެހިންނަށް މާބޮޑުކަމަކަށް ނުވި. ދިވެހިންނަށް ބޮޑުވަނީ ނަޝީދުއާ ޔާމީނުއާ މައުމޫނު ކަހަލަ ސެލެބްރިޓީން ބުނީމަ ބުނިކަމެއް.

  16. ދޮންމު

    ޢުމަރާ ތިނޫން އެހެންކަމަކާ އުޅޭ... މިސަރުކާރުގެ ހޯމް މިނިސްޓަރަކަށް ހުރެވެސް އެއްކަމެއްވެސް ނުކުރެނު މީހަކަށްވަކިއިތުރު ކޮންކަމެއްކުރެވޭނީ...

  17. އަލްޖިބްރާ

    ކަލެއަކީ އެއްވެސް ކަމެއް ކުރެވޭނެ މީހެއް ނޫން ! ތިތަޅަނީ ހުސްފޮނިއަގަ ! ކަމެއް ކުރެވޭނެ މީހަކު ދަތުރު ދެބައިނުވަނީސް އިސްތިއުފާދީފަ ހޮރަކަށް ނުވަންނާނެ !

  18. އެމެންނޭ

    ރާއްޖޭގައި ގަވާއިދާއި ޚިލާފަށް އުޅޭ ބިދޭސީންގެ އަދަދު އުޅޭނީ 40 ހާހަށް ވުރެން ވެސް މަތީގައެވެ. މިކަން ކަން ބަލަން އިމިގްރޭޝަން އާއި ހަވާލު ކޮށްފައި ވަނި ކޮށް އާރޓިފިޝަލް ބީޗް އިން 2 ހާހެއް ހާ މީހުން އަތުލުމަށް ފަހު އެމެން ވެސް ރަށަށް ފޮނުވާނުލާ އަނެއްކާ އެމެން ވެސް ރަށުތެރެއަށް ދޫކުރުމަށް ފަހު ދެން އިމިގްރޭޝަން އިން އެކަމާއި އަޅާ ނުލާ ތިބުން މިއަދު މިހާ އަދަދު ގިނަ ވެގެން މިއުޅެނީ. އެމައްސަލަ ހައްލު ކުރަން އެކަމާއި ހަވާލުވެ ސީދާ އެކަން ކުރަން ކަނޑައަޅާފައިވާ ފަރާތުން އެކަން ނުކުރާ ކަން އެއީ ފާހަގަ ކުރަން ޖެހޭނެ ކަމެކޭ ކަން މިހެން ހުރުމުން ހަމަ މިހާރުން މިހާރަށް ރައީސް އޮފީހުން މިކަމުގައި އިސް ނަންގަވާ މިކަމަށް ވަކި ޓާސްކް ފޯހެއް ރައީސް އޮފީސް ތެރޭގައި އެކުލަވާލައިގެން ނަމަވެސް ތިން މަސް ދުވަސް ވަން ދެން މިކަން ކުރުމަށް ފަހު ތިން މަސް ފަހުން ރަނގަޅު އުސޫލަކުން އެކަން އިމިގްރޭޝަން އާއި ހަވާލު ކުރުން އެއީ ދެން މިކަން ހައްލުވާން އޮތް ހަަމައެކަނި ގޮތް ކަމަށް މަމެންނަށް ފެންނަނީ އިމިގްރޭޝަން ކޮންޓްރޯލަރ އަށް މިކަން ނުވިއެއް ނޫންތޭ.

  19. އޭޖެންްޓް 000

    ހައްލަކީ އުމަރު

  20. ނުފެނޭދޯ

    ތިލަފުށީ އިންޑަސްޓްރިއަލް ޒޯނުން 11 ބިމެއް ކުއްޔަށް ދެނީ ނަމަ މަމެން ގަބޫލުކުރަނީ އެއީ ދެން ބޯވަ ދިލަ މަސް ކަނޑުގައި ދުވަމުން ގޮސް އެސޮރު ގުއިދުއްވާލާ އުސޫލުން ތިލަފުށި ބޯރޑުން ސަރުކާރުގެ ލޮލުގައި އަދުން އަޅުވަން ވެގެން އެމެން ވެސް ކޮންމެވެސް ކަމެއް ކުރާ ކަން ދެއްކުމަށް ޓަކައި ކުރާ ކަމެކޭ. ތިލަފުށި އާއި ގުޅިފަޅު ހިންގާ ކުންފުނިން އިކޮނޮމިކް މިނިސްޓްރީގައި ރަޖިސްޓްރީ ކޮށްފައިވާ ސަރުކާރުގެ ކުންފުނި ތަކާއި އަދި އަމިއްލަ ކުންފުނި ތަކުގެ އަދަދު ބަލާ އަދި މާލެ ސަރަހައްދުގައި މަސައްކަތް ކުރާ ހުރިހާ ކުންފުނި ތަަކަށް ބިން ތައް ތިލަފުށި އާއި އަދި ގުޅިފަޅުން ދޭން ވިސްނިން ތޭ ނުވިސްނަން ދޯ އިކޮނޮމިކް މިނިސްޓްރީ އާއި ގުޅިގެން ތިޔާ ޑޭޓާ ހޯދުން އެއީ ބޮޑު މަސައްކަތެއް ނޫންތޭ ކޮންކަމެއްތޭ ތަމެންނަށް ތަމެންގެ މުސާރަ ލިބޭ ވިއްޔާ ކަމެއް ނުކުރިއަސް ދޯ. މަމެންނަށް ބުނަން އިނގޭހާ ވެސް އެއްޗަކީ ތިލަފުށިން ދޫކުރަން އުޅޭ 11 ބިމުން ރާއްޖޭގެ އިގްތިސާދަށް އެއްވެސް ފައިދާ އެއް ކުރާނެ ކަމަށް ނުބެލެވެއޭ ނުބެލެވެއޭ..

  21. ނެރު

    ތިހެންބުނާނެ ހުވަފެން ދައްކާނެ