"ރީޖަނަލް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑް" ގެ ނަމުގައި ސަރުކާރުގެ ކުންފުންޏެއް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސާލިހް އުފައްދަވައިފިއެވެ.

ރައީސް އޮފީހުން ވިދާޅުވީ، މި ކުންފުނި އެމަނިކުފާނު އުފެއްދެވީ މިއަދު ކަމަށާާއި، އެ ކުންފުންޏަކީ ސަރުކާރުން ހިންގަމުން ގެންދަވާ ސަރަޙައްދީ އެއަރޕޯޓްތައް ވިޔަފާރީގެ އުޞޫލުން ހިންގުމަށް އުފެއްދެވި ކުންފުންޏެއް ކަމަށެވެ.

އަދި މި ކުންފުނި އުފެއްދެވުމުގެ މައިގަނޑު ބޭނުންތަކުގެ ތެރޭގައި، ސަރުކާރުން ރީޖަނަލް އެއަރޕޯޓްސް މެދުވެރިކޮށް ހިންގަމުން ގެންދަވާ ވައިގެ ބަނދަރުތައް ދެމެހެއްޓެނިވި ގޮތެއްގައި ތަރައްޤީކޮށް ހިންގުންވެސް ހިމެނޭ ކަމަށް ރައީސް އޮފީހުން ވިދާޅުވިއެެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. ކާފަބޭ2020

    މިދަނޑިވަޅުގައި އަދިވެސްބައިއަޅަންޖެހޭބަޔަކުތިބީތޯ؟ އާމްދަނީ ހޯދޭނެގޮތެއްނެތިފަ ފުރަބަންދުގަރައިއްޔަތުންބައިތިއްބާފަ ސިޔާސީގޮތުންދޭންޖެހޭބަޔަކަށް ވަޒީފާއުފައްދައިގެންކިހާދުވަހަކު ދުނިޔެކާންހުރެވޭނެތޯ؟

    10
  2. ހަނި

    ރައިތުން މިހާލުގާތިބާކުންފުނިތަށްއުފަދާ ޅޯނުނަގާގެން ބޮ ޑްމުސާރަދޭންވެގެން ވަކިބަޔަކަށް ކުންފުނިއުފަށްދަނީ

  3. އިއްސޭ

    ރައްޔިތު މިއިންޒަމާނެއްގައިޖެހިފައިނުވާވަ ރު
    ދަތިހާލެއްގައިޖެހިފައިވާއި ރު،ޕެންޝަންފަން
    ޑުގައިހުރރރ ރިފައިސާ ނުދީިހިފެހެއްޓުމަކީ މިސަ
    ރުގެ ރަހުމެއްނެތްކަންދައްކައިދޭހެއްކެއް
    މިއަދު ދަަ ރާވިކިފަ ބެންކައްދައްކަންހު ރި
    -/270000 ރ ރުފިޔާ -/300000 ރުފިޔާއައް
    އަރ ރާފި