ބިދޭސީންތަކެއް ދިވެއްސަކަށް ހަމަލާދީ މާރާމާރީ ހިންގައިފިއެވެ.

އެނގިފައިވާ ގޮތުން މި ހާދިސާ ހިނގާފައިވަނީ އައްޑޫ ސިޓީ ހިތަދޫގައި ރޭގެ ވަގުތެއްގައެވެ.

މި މަންޒަރު ފެންނަ ވީޑިއޯއެއް މިހާރު މީސްމީޑިއާގައި ދައުރުވަމުން އަންނަނއިރު، ވީޑިއޯއިން ފެންނަނީ ތިން ބިދޭސީއަކު ދިވެހި ޒުވާން ފިރިހެނަކު ހިފެހެއްޓުމަށްފަހު އޭނާއަށް ހަމަލާދެމުންދިޔަ މަންޒަރެވެ. މީގެ ތެރެއިން އެކަކު އެ ޒުވާނާގެ ކަރުގައި ހިފަހައްޓައިގެން ހުންނައިރު، ދެވަނަ މީހާ އެތައް ފަހަރެއްގެ މަތީން ޒުވާނާގެ ގައިގައި ތަޅައިގަންނަ މަންޒަރު ވީޑިއޯއިން ފެނެއެވެ.

މާރާމާރީ ހިންގަން ފެށުމުން ތިންވަނަ ބިދޭސީ މީހާ އެކަން ހުއްޓުވަން މަސައްކަތްކުރާ މަންޒަރުވެސް ވީޑިއޯއިން ފެނެއެވެ.

ބިދޭސީ މީހާ އެ ޒުވާނާއަށް ހަމަލާދިން ވަގުތު "މަރުވަނީ" ކަމަށް ބުނެ ދޫކޮށްލުމަށް އެދި ޒުވާނާ އާދޭސްކުރަމުންދިޔަ މަންޒަރވެސް ވީޑިއޯއިން ފެނެއެވެ. އަދި ކުރެވުނު ކުށަށް އެ ޒުވާނާ މަޢާފަށް އެދެމުންދިޔަ މަންޒަރުވެސް ފެނެއެވެ.

އެނގިފައިވާ ގޮތުން ބިދޭސީން އޭނާ ހިފެއްޓުމަށްފަހު މާރާމާރީ ހިންގީ، އޭގެތެރެއިން އެކެއްގެ ފޯނު ވަގަށް ނެގުމުންނެވެ. ވީޑިއޯގައި ޒުވާނާއަށް ހަމަލާދިން ބިދޭސީ މީހާ، އެއީ "ވަގެއް" ކަމަށްބުނާ އަޑުވެސް އިވެއެވެ.

މި ހާދިސާ އާއި ގުޅިގެން އަދި ފުލުހުން އެއްޗެއް ވިދާޅެއް ނުވެއެވެ. ނަމަވެސް ހާދިސާގެ މަޢުލޫމާތު ފުލުހުންގެ ސަމާލުކަމަށް ގެންގޮސްފައިވާ ކަމަށް ބައެއް ފަރާތްތަކުން ވަނީ ބުނެފައެވެ.

މީސްމީޑިއާގައި ދައުރުވަމުންދާ މި ވީޑިއޯ އާއި ގުޅިގެން ގިނަ ބަޔަކު ބުނަމުންދަނީ، ވައްކަން ކުރުމަކީ ކުށެއްކަމަށެވެ. ނަމަވެސް އޭނާއަށް ބިދޭސީން ހަމަލާދީ މާރާމާރީ ހިންގުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށް އެފަރާތްތަކުން ބުނެފައިވެއެވެ.

ކިޔުންތެރިންގެ ހިޔާލު

17 ކޮމެންޓް

  1. އެމްޑީޕީ ބުރޯ

    ވައްކަން ކުރީމަ ހަމަ ތަޅާލަންވީ! އެއްވެސް ބިދޭދީއެއް ދޭސީއެއް ނޯންނާނެ!

    101
    10
    • ޙައްގުބަސް

      ވަގުންނާހެދި ހަމަ ވަރަށް ރައްޔިތުން ކަންބޮޑުވޭ!! ހަމަ އެއާ އެއްގޮތަށް މިރާއްޖޭގައި ގަވާއިދާ ޚިލާފަށް އުޅޭ ބިދޭސީންނާމެދު ރައްޔިތުންގެ ކަންބޮޑުވުން މާބޮޑު!! ދެން ދިވެހި ވަގަކު ވައްކަން ކުރީމާ ބިދޭސީން އޭނާ ހިފަހައްޓާ މާރާމާރީ ހިންގިގޮތަށް ދިވެހިން ނިކުމެ ގަވާޢިދާ ޚިލާފަށް އުޅޭ ބިދޭސީންގެ ގައިގާ ތަޅަންވީތަ؟ ސަރުކާރުން ބިދޭސީން ރެގިއުލޭޓް ނުކުރެެވި އެމީހުން އެދަނީ އެކި ތަންތާ ފިހާރައާ މާރުކޭޓްތަކާ ހޮޓާތަކާ އަދި ގެސްޓް ހައުސްވެސް އެބަހިންގާ! މާލޭގައި ނިދާފައި ތިބި ކަމާ ގުޅުންހުރި މިނިސްޓްރީތައް ނިދިން ހޭލައިގެން ނިކަން މާރުކޭޓްތަކަށާ ތަންތަނަށް ވަދެ ކަންކަން ބަލަންވެއްްޖެ!! ފިހާރަތަކަށް ވަދެ ކޭޝް ކައުންޓަރުގައި ތިބެނީ ކޮންބައެއްތޯ ބަލަންވީނު!! މިކަންކަން ނުބަލާ ބަޔަކު ނެރެގެން ދިވެހިން ރައްޔިތުން ޖޫރިމަނާ އަދިވެސް މިކުރަނީ! އަޅެ މީ އަޖައިބެއްނު!! ދެން އަތޮޅު ތަކުގެ ވާހަކަ ނުދެއްކިއްޔާ ރަގަނޅުވާނީ!! މިއުޅެނީ ގްރޭޓާ މާލެ އޭރިޔާ ހަމަޔަކަށް ނޭޅުވިގެން ބިދޭސީން ރެގިއުލޭޓް ނުކުރެވިގެން ސަރުކާރަކަށް!! ރަތްތަކުގެ ތިބޭ ބައެއް ކައުންސިލަރުން ރަސްމީގަޑީގަ ކުރާކަމަކީ ރުކުއެޅުމާ މަސްވެރިކަން ކުރުން!! މިއޮތީވާ ގައުމެއް!

      32
      3
      • ހ

        ބީދޭސީންތަށް ހެދީ ހަމަ ރަގަޅަށް.... ކަންނެތް ދިވެހި ސޮރުންތަށް ވަކަންކުރަމުން ދަނީ އެޔެމިޔެތް ބަލައިގެނެއް ނޫން... ހަމަ ރަގަޅު

        24
        6
  2. ސަމީ

    ވަގުނާއި ހެދީ ވަރަށް ބޮޑަ އުދަގުލަކަށް ވެގެ.

    76
    2
  3. ސޯލިހު

    ތިވަރުވެސްގިނަ

    28
    3
  4. ބުއްޅަބޭ

    އެއްމެ ރަނގަޅު. ޢެއީ ވަގެއް.
    ތިބުނާ ބިދޭސީ މީހާ ރާއްޖޭގައި އުޅެނީ ގަވައިދުންތަ؟
    ވަގަކަސް ބިދޭސީއަކަސް މާރާމާރީ ހިންގަްިގެން ނުވާނެ.
    މފަަްގަނޑުގައި ދިވެހިންނަާް ބޭނުން ގޮތެއް ނަހަދައި ޕޮލިހަށްވެސް އެންގޭނެ ދޯ ؟

    36
    12
    • އަލިި

      ކިހިނެއް އިގެނީ ބިދޭސީ މީހާއަކީ ވިސާ ނެއި މީހެންހެން. ދިވެހިން އުޅޭހެން ބިދޭސީންވެސް އުޅޭނީ.

      9
      3
  5. ސަދސަދ

    އައްޑޫ މީހުން ފުއްޕާލާފައި އުޅެންޏާ ސައިޒައް ކަނޑާލާނެ.

    33
    3
  6. Anonymous

    ހަ މަ ރަނގަޅަށް އެބިދޭސީން ކަންތައްކުރީ

    34
    5
  7. އަލީ އާމިރު

    ތި ހެޑިން ކިޔާލީމަ ހީވަނީ އެއްވެސް ކުށެއް ނެތް މީހަކު ރަޙީނުކޮާށްގެން އަނިޔާ ކުރަނީކަަމަށް، މި ދިވެހި ނޫސްވެރިންނަށް ޚަބަރާއި ގުޅޭގޮތުން ހެޑިން ލިޔަން ނޭންގެނީ ކީއްވެބާއޭ ލައްކަ ފަހަރު ހިތަށް އަރާ، ވައްކަންކުރަން ވަނީމަ، ދޭސީ އެއް ބިދޭސީ އެއް ނޯވެއެއްނު، ވައްކަންކުރީމަ ދިވެހިން ވެސް ބިދޭސިން ހިފާޓާފަ އަނިޔާކުރޭ، ދިވެހިން ދިވެހިން ހިފާއްޓާގެން ގަންވެސް ހިންގަނީނުދޯ،،،،ދެން ކޮބާ މައްސަލަ އަކީ

    23
  8. ކަޗޯރު

    ނަމަވެސް އޭނާއަށް ދިވެހިން ހަމަލަދިންނަމަ ބަލައިގަނެވޭނެ.

    11
    2
  9. ޓިނު

    ދިވެހި ޒުވާނުން ނަށް ވިސްނާދީފައި ވަނީ ބިޓް ބުނެފިނަމަ ފޭރިގެންވެސް ފޯނު ހޯދާދިނުން.
    ރާއްޖޭގައި ކުއްކުރާ މީހާ އަބަދުވެސް ރަނގަޅު.

    15
  10. ކުއްވާނީ ކުށަށް

    ހައްޤުތައް ކަށަވަރުވެފައިވާއިރު ހައްގުތަކަށް އަރާގަތުން ހުއްޓުވޭނެ ދުވަހެއް ބޭނުމީ....އެފަދަ ދައުލަތެއް... ހީވާގި ކެރޭ....ވެރިއެއް... އިންސާނުންގެ ކަރާމާތާއި، ހައްގުތަށް ހިމާޔަތްކުރެވޭނީ އިސްލާމީ ޝަރިއަތަށް ފުރިހަމައަށް ބޯލަނބާ ތަންފީޒްކޮށްގެން....

    15
  11. ޓައްޕު

    ވައްކަން ކުރުމަކީ ކުށެއް އެކަމަކު ބިދޭސިން ނަށް ރާއްޖޭގެ ރައްޔިތުންނަށް ހިތުހުރިކަމެއް ކުރަން ފުރުސަތު ހުޅުވުމަކީ އެއަށްވުރެ ބޮޑު ކުށެއް މީ މަގޭ ރާއްޖެ ދިވެހިން ވިސްނާލާ މިނިވަން ކަމުގެ އަގު ވަޒަން ކުރެވޭނީ ކިހާ ވަރެއްވީމަބާ ގައުމާ ގައުމު ވަންތަކަން ދޫ ކޮށްނުލާ ދަރިން ނަށް ހެޔޮ ތަރުބިއްޔަތުދީ ހަލާލު ތަކެއްޗައް ލޯބިޖައްސާ އިންޑިއާ އައުޓް

    11
    4
  12. ކުރުނބާ

    ޕާޓޭންނާއި ވަގުން މައިތިރި ކުރެވޭނެ ގޮތްތައް ހުންނަންޖެހޭނެ ދޯ ދިވެހިންނަށް އެކަން ނުވިއްޔާ ދެން އެކަން ކުރާނީ އެހެން ބަޔަކު ދޯ

    12
  13. އިންސާފު

    ވަގު ދެވަނަ ފަހަރަށް ވައްކަމެއް ނުކުރެވޭ ވަރު ކުރަންޖެހޭނެ،،، ސާބަހޭ ފުރެންޑް ކުދިންނަށް

    11
    1
  14. ރަދީފް

    ''ވީޑިއޯގައި ޒުވާނާއަށް ހަމަލާދިން ބިދޭސީ މީހާ، އެއީ "ވަގެއް" ކަމަށްބުނާ އަޑުވެސް އިވެއެވެ.''މީތި ސަޅި.