ރ.މަޑުއްވަރީ މީހަކު ގެއަކަށް ވަދެ އެގޭގައި ނިދާފައި އޮތް އަންހެނެއްގެ އޮރިޔާން ފޮޓޯ ނެގުމުން އޭނާގެ މައްޗަށް ދައުލަތުން އުފުލި ދެދައުވާއެއް ސާބިތުވާކަމަށް މަޑުއްވަރީ މެޖިސްޓްރޭޓް ކޯޓުން މިއަދު ޙުކުމް ކޮށްފިއެވެ.

އެޙުކުމް ކޮށްފައި ވަނީ މަޑުއްވަރީ ސްޓާރލައިޓް މުޙައްމަދު ރަދީފުގެ މައްޗަށެވެ. ދައުލަތުން އޭނާގެ މައްޗަށް ކުރި އޮރިޔާންކާޑު އުފައްދައި ގެންގުޅުމުގެ ކުށުގެ ދަޢުވާއާއި، އެނގިހުރެ ހުއްދަނޫން ތަނަކަށް ވަނުމުގެ ކުށުގެ ދަޢުވާ ވަނީ ސާބިތުވެފައެވެ.

މަޑުއްވަރީ މެޖިސްޓްރެޓް ކޯޓުގެ ޙުކުމުގައި ވަނީ މުޙައްމަދު ރަދީފު، 24 މެއި 2017 ދުވަހުގެ 03:50 އެހައިކަށްހައިއިރު، ރ.މަޑުއްވަރީ (އުނިކުރެވިފައި) ގެއަށް ވަގަށް ވަދެ އެގޭ (އުނިކުރެވިފައި) އޮރިޔާން މަންޒަރު ދައްކުވައިދޭ ފޮޓޯ ނަގާފައިވާނެކަމަށްބުނެ، ދައުލަތުން ކުޅަ އޮރިޔާންކާޑު އުފައްދައި ގެންގުޅުމުގެ ކުށުގެ މިދަޢުވާއަށާއި، އެގެއަށް އެގޭގެ ވެރިފަރާތުގެ ހުއްދަނެތި ވަދެފައިވާނެކަމަށް ބުނެ، އެނގިހުރެ ހުއްދަނޫން ތަނަކަށް ވަނުމުގެ ކުށުގެ މިދަޢުވާއަށްވެސް މި ދެ ދަޢުވާގެ އިބްތިދާއީ މަރުޙަލާގައާއި، އަވަސްނިޔާގެ ޝަރީޢަތުގެ މަޖިލީހުގައި މުޙައްމަދު ރަދީފު އިޢުތިރާފްވެފައިވާ ކަމަށެވެ.

އެހެންކަމުން ހުއްދަނޫން ތަނަކަށް ވަނުމުގެ ކުށުގެ ދައުވާ ސާބިތުވެ ހަތަރު މަހާއި 24 ދުވަހުގެ މުއްދަތަށް ރ.މަޑުއްވަރީ ސްޓާރލައިޓް މުޙައްމަދު ރަދީފު ޖަލަށްލުމަށް އެމައްސަލައިގައި ވަނީ ޙުކުމް ކޮށްފައެވެ.

ދެވަނަ ދައުވާ ކަމަށްވާ އޮރިޔާންކާޑު އުފައްދައި ގެންގުޅުމުގެ ކުށުން މުޙައްމަދު ރަދީފު ކުށްވެރިވެއްޖެކަމަށް ކަނޑައަޅައި، މިކުށުގެ ޢުޤޫބާތެއްގެ ގޮތުން، އެއް މަހާއި ހަ ދުވަހުގެ ޙުކުމެއް އައި ނަމަވެސް އޭނާ ކުށަށް އިއުތިރާފުވެފައި ވާތީ އެމައްސަލައިގައި އޭނާގެ މައްޗަށް އައީ އަދަބުގެ ދެބައިކުޅަ އެއްބައި ކަމުގައިވާ 18 (އަށާރަ) ދުވަހުގެ ޖަލު ޙުކުމެކެވެ.

 

ކިޔުންތެރިންގެ ހިޔާލު

19 ކޮމެންޓް

  1. އައްބަ

    ހާދަ ފައްކާ ހުކުމެކޭ ދޯ؟ ފަޅު ގޯތިތަކުގައި ހުންނަ ރުއް ރުކުން ކުރުނބާ އަޅައިގެން 1 އަހަރާއި 6 މަސްދުވަހަށް ޖަލަށްލާފައި އެބަހުރި. މީހެއްގެ ގެޔަށް ވަގަށްވަދެ މީހެއްގެ ބަރަހަނަ ފޮޓޯނަގައި މުޅިދުނިޔެއަށް ބޭޒާޜު ކުރީމަ 18 ދުވަސް. މިރާއްޖޭގައި ގާނޫނު ހަދަން ތިބެނީ ކޮންކަހަލަ ބައެއްބާ؟

    • Anonymous

      މިރާއްޖޭގަ ޤާނޫނު ހަދަންތިބީ ފިލްމު ކުޅެން އުޅުނު ބަޔަކާ. ފިހާރަތަކުގަ އުފުލާ މަސައްކަތް ކުރަން އުޅުނު ބަޔަކާ، ބޯޅަ ކުޅެންއުޅުނު ބަޔަކާ، ވަކަރުގޭ ކުދިންގެ ބަޔަކާ. ރައްރަށުގެ ކަތީބުންގެ ދަރިން ތަކަކާ. އެކަހަލަ ބަޔަކު. ގުރޭޑު ދިހައެއްގެ ފެންވަރު ހުރި ސާޅީސް މީހުނެއް އެތާކު ނުތިބޭނެ. ދެން އެތިބީ ޢިއްޒަތްތެރި މެމްބަރުން. ލެޕްޓޮޕް އަޅުވާފަ އެތަނަށް ދިއީމަވީނު. އޭތި ހުޅުވަން ނޭގުނަސް އޯކޭނު. ދެން ވާނެގޮތް ވިސްނާ.

  2. ަޙަސަނު

    މަޑުއްވަރީ މީހުން ތިބެނީ އަޅެ ހޭކުޑާ ވެފަތަ؟ ކޮންމެ ގޮތަކަށް ނިދާފަ އޮތަސް ގޭގެއަށް ވަންނާކަށް ނުޖެހޭ.

  3. ޟަރީ

    ހޭޓް މެން!!

  4. ފޮތް ބަންޑެލި

    އައި ކީކޭ؟ އޮރިޔާން. މަގޭ އޮރިޔާން ފޮޓޯ ނަގާ މީހަކަށްވެސް މިހާ ލުއި އަދަބެއް؟ އެއްމެ 4 މަހުގެ ޖަލު ޙުކުމެއް؟ ނޫން ނުކުރާނަން ގަބޫލެއް. ތިވަރު މާމަދު. މަގޭ ޢިއްފަތްތެރިކަމުގެ އަގު ތިޔަށްވުރެ ބޮޑުވާނެ. ވީމާ ތިމައްސަލައިގެ ޙުކުމް 65 އަހަރަށް އިތުރުކޮށްދިނުމަށް ގޮވާލަން.

  5. ފޮތް ބަންޑެލި

    އޮރިޔާން ފޮޓޯ ނަގާ ޢާއްމުކުރުމަކީވެސް ހަމަ ޢަބުރާއި ޢިއްޒަތް ކަތިލުން. ވީމާ ތިވަރުގެ ލުއި އަދަބެއް ބަލައި ނުގަންނާނަން.

  6. ޢުސްތާޒާ

    ތޭ ޖަލި ހުކުމީ. ތިޔަށް ކިޔަމާބަހީ ދެމަހުގެ ޗުއްޓީއެކޭ. ކަލޯ ރަދީފު ދައުލަތުގެ ހަރަދުގަ ކައިގެން ނިދާލައިގެން ރަށަށް އާދޭ.
    ރ. މަޑުއްވަރީ ކިޔާފަ ނަން އުނިކުރިޔަސް ތިޔަވާނީ އެންމެން ދަންނަ ބޮޑުސިއްރަށް.

  7. ސައިނީ

    ކަޑައީ އެފޮޓޯތައް ނުފެނުނީމަ

  8. justin

    ހުދު ޖަންޖިޔާ ފިލްމު ކުރި މީހާ އަށް ކިތައް އަހަރު؟

  9. ގަނޑިޔާ!!!

    ގެއަކަށް ހުއްދަ ނުހޯދައި ވަތް މައްސަލަބާ ބޮޑީ ނޫނީ މީހެއްގެ އައުރަ ބަލައި އޭގެ ފޮޓޯ ނެގުމުގެ މައްސަލަބާ ބޮޑީ. ސުބްޙާނަﷲ މީ ދިވެހިރާއްޖޭގެ އިންސާފު ހުރި ހިސާބަކީ.. މާތްކަލާކޯ

  10. އަކަރަކަރަ

    ކަމުގެ ބާވަތަށް ބަލާއިރު ތިޔައީ ހާދަ ކުޑަ ޙުކުމެކެވެ. ތިވަރުމާކުޑަ،

  11. ނުރަބޯ

    ދެން އޭނާކުރާނެ ކަމަކީ އެ ފޮޓޯ ދައްކައިގެން އެ އަންހެންމީހާ ބްލެކްމެއިލް ކުރުން....!!!

  12. ޑިމޮކްރަޓިސްޓް

    ކޮބާ މީނަގެ ދިފާއުގަ ނުކުންނާނެ ލާދީނީ ބައިގަނޑެއް ނެތްތަ### ނުގައްގުން ކުރި ހުކުމެއްނޫންތަ### އަވަހަށް މަގުތަކަށްނުކުމޭ### ރ. މަޑުއްވަރީއަކީ މުޅި ރ.އަތޮޅަށް ވެސް ހުރި ބޮޑު ލަދެއް### މުޅިން މިކަހަލަ ކަންކަމުގަ އުޅޭ ގިނަބައެއް އުޅޭ ރަށެއްތީ### ރީންދުލޭމެނަށް މީހުން ނުލަފާވިވަރަކަށް ވާނީ ރަނގަޅު### އެމީހުން ނިކަން އުފާވާނެ### ލަދުހަޔާތްކުޑަ###

  13. ާަނަން ނެތް

    ދެން ހާދަ ކުޑަ އަދަބެއް؟؟؟؟ މީހެއްގެ ފޯނެއް ވަގަށް ނެގިކަން ސާބިތުވިޔަސް ތިޔަށް ވުރެ ބޮޑު ހުކުމެއް އަންނާނެ..... އޭނަ ގޮސް މީހެއްގެ ބަރަހަނާ ފޮޓޯ ވިއްޔަ އެ ނެގީ.... ބޯހަލާކު

  14. ސައުދީ

    ހީހީ. ޖުމްލަ 5 މަހާއި 12 ދުވަހުގެ ޙުކުމެއް. އޮރިޔާން ފޮޓޯ ނަގައިގެން މިހާ ލުއި އަދަބު ލިބޭކަން އެނގެންޏާ އެންމެން ތިކަން ކުރަން ފަށާފާނެކަމަށް ޤަބޫލުކުރެވޭ. މި އަދަބު މިއަށްވުރެ ބޮޑުކުރަން ޤާނޫނުހަދާ މަޖިލީހަށް މިހިނދުން މިހިނދަށް ގޮވާލަން.

  15. ބިސްމާ

    އަޖައިބެއް ދެން! ވަރަށް މޮޅުވާެނެ މި ރާއްޖޭގެ ކަންތައް ކުރާ ގޮތް... އަދަބު ލިބެން
    ޖެހޭމީހާއަށް ދެވެން ޖެހޭވަރުގެ އަދަބެއް ނުދޭނެ.

  16. ގިޔަރު

    ރ.މަޑުއްވަރީގައި ގިނަ ވާނީ ނުލަފާ ބޯ ހަމަނުޖެހޭ މީހުން. އަދި ނިކަން ގޮތް ދައްކަން ވެސް އުޅޭ ބައެއް

  17. ސަމާހު

    ކޮބާތަ ޖިހާދު އައިނިއްޔަ ފަރުލަކަށްވެގެން މަޑުއްވަރީއަށް އަނބިދަރިން ގޮވަިގެން ހިޖުރަ ކުރި ގުރޫޕު. ތިވާނީ އެތަނުން މީހަކަށް. މީހުން ކާފަރުކޮށް މީހުންގެ މުދަލާ ލޭ ހުއްދަކުރާ ބައެއް އެއި

  18. ޙަމީދު

    ޤާނޫނުތައް ހަދަނީ ނުލަފާ މީހުންނަށް ބެޗޭގޮތަށް. ޢަދި ތިހުކުމްވެސް ބާޠިލުވާނެ. މަތިން ފޮނުވި ޤާނޫނަށް ތަބާ ނުވެވަެހާ ހިނދު ވާނީމިހެން.