މީހެއްގެ އަންބަކާއެކު ހއ. އަތޮޅު ހޮސްޕިޓަލް މެނޭޖަރު، އާދަމް ނަސީރު ހައްޔަރު ކުރީ މާލޭގެ ގެސްޓްހައުސްއަކުން ކަން "ވަގުތަށް" ކަށަވަރުވެއްޖެއެވެ.

އެނގިފައިވާ ގޮތުގައި ފުލުހުން ދިޔަ އިރު، އާދަމް ނަސީރާއި އަންހެން މީހާ ވެސް ހުރީ ކޮޓަރި ތެރޭގައެވެ. އެކަމަކު، އާދަމް ނަސީރް ފޭސްބުކްގައި ލިޔުނު ޕޯސްޓެއްގައި ބުނި ގޮތުގައި އޭނާ ހުރީ ކޮޓަރިއަކު ނޫނެވެ. އަދި ބަރަހަނާ ވެސް ވެފައި ނުވާ ކަމަށް އެ ޕޯސްޓުގައިވެއެވެ.

ފުލުހުން އެ ކޮޓަރި ތެރެއަށް ވަތް އިރު، އާދަމް ނަސީރު ހުންނެވީ ގަމީހެއް ނުލައި ސޯޓުކޮޅެއްގައެވެ. އަދި އަންހެން މީހާ ހުރީ ބުރުގާ ނާޅައި ހެދުމެއް ލައިގެންނެވެ.

ފުލުހުން އެ ކޮޓަރިއަށް ވަނުމަށް ކޮޓަރި ދޮރު ވައްޓާލާފައި ނުވާ ކަން ވެސް އެނގިފައިވެއެވެ.

އާދަމް ނަސީރާއެކު، އަންހެނަކު ރޭ އިރުއޮއްސުނު ވަގުތު މާލޭ ގެސްޓްހައުސްއަކުން ހައްޔަރުކުރި ނަމަވެސް ދެތިންގަޑިއިރު ފަހުން އެދެމީހުން ވެސް ވަނީ ދޫކޮށްލާފައެވެ.

އާއްމު ގޮތެއްގައި މީސް މީޑިއާގައި މީހުންގެ އަބުރާއި ބެހި، ސިޔާސީ ގޮތުން ހިޔާލު ތަފާތުވާ މީހުންނަށް ފުރައްސާރަ ކުރަމުންދާ އާދަމް ނަސީރު ރޭ ކުރި ޓްވީޓްތަކެއްގައި ވަނީ ފުލުހެއް ކަމަށް ބުނެ މީހެއްގެ ފޮޓޯއެއް އާއްމު ކޮށްފައެވެ.

އާދަމް ނަސީރު ބުނާ ގޮތުގައި އޭނާ ހައްޔަރު ކުރަން ފުލުހުން ފޮނުވި މީހަކީ ވައްޑެ ނަމަކަށް ކިޔާ ފުލުހެކެވެ. އެއީ ށ.އަތޮޅުގެ ޕޮލިސް އިންޗާޖް ކަމަށާއި، ވައްޑެ އަކީ މީހުންނަށް ބިރުދައްކާ، މީހުން ބްލެކްމެއިލް ކުރާ ފުލުހެއް ކަމަށް ވެސް އާދަމް ނަސީރު ބުންޏެވެ.

"ޕޮލިސް ވަސީލަތް ނަހަމަ ގޮތުގައި ބޭނުންކޮށް މީހުން ލޮކޭޓްކޮށް، މީހުންނަށް ބިރު ދެއްކުމަކީ ކުށެއް. އަންހެނަކަށް ބިރު ދައްކާނީ އަދި ވަރަށް ފިނޑިވީމަ." އާދަމް ނަސީރު ބުނެފައި ވެއެވެ.

ކިޔުންތެރިންގެ ހިޔާލު

11 ކޮމެންޓް

  1. ޟަނޓޭ

    ލޮލް ހުދުފޮތި އޮޅަން ތޯއްޗެ ސޯޓް ކޮޅު އެކަނި ލައިގެންހުރީ

    41
    0
  2. މީ

    ތިވަރުވީމަވެސް ދޫ ކޮށްލަންޖެހޭތަ

    38
    0
    • ޗަކޮއި

      ހައަ.. ޗޯރު އިބުރޭގެ އޯޑަރު އައިމަ ޖެހޭނީ ދޫކޮށްލަންދޯ؟ ސޭކު އިމްރާނުގެ ރަޢުޔަކީ މިކަމާއި މެދު ކޮބައިބާ؟

      15
      1
  3. ހައްވަ

    ބަލަ ޢިބޫއަށް ޢިލްމުވެރިން އަންގާފައި އޮތީ މިކަހަލަ މީހުން ދޫކުރަން. އިލްމުވެރިންގެ ބަސް އަހާ ވެރިއެއް!!! ހަހަހާ!!!

    14
  4. ކޮރަލް

    ލަދު ހަޔާތުގެ ކަންފުޅެއްވެސް ނެތެވެ.

    18
    1
  5. އިބުރާހިމް މޫސަ މާރަންދު

    ގެގަ އޮންވަ ފުލުހުންވަނި ނުނި މިސްކިތުގަ ނަމަދައްއޮންވަ އަދިވެސް ފުލުހުންނަން ބިރުދައްކަން ތިއުލެނި ތީސިޔަސި ގޮތުން ހަށި ވިއްކަ މީހެއް

    16
  6. ހުސޭނުބޭ

    ދެން ބުނާނެ ހޮސްޕިޓަލް ޑިއުޓީ ނިންމާލާފައި އިތުރު އާމްދަނީ ހޯދުމަށް ގެސްޓް ހައުސްގެ ޝިފްޓް ޑިއުޓީގައި ކޮޓަރި ސާފުކޮށްލުމަށް ފިހިގަނޑު ހިފައިގެން ވަނީއޭ!

    20
  7. ކޮވިޑް

    ތީހަމަ ތިކަން ވާނެ ގޮތް . ދެން ޕޮލިސްމީހާ ވަޒީފާއިން ކަނޑާލާ ، ނަސީރު ބޮޑު ގޮނޑީގަ ވެޑުވިފަ އިންދޭ. މީ ހަޤީޤީ އެމްޑީޕީގެ ސިޔާސަތު. ބޮޑު މީހާ އަށް ބޮޑު ގޮތް ނިކަމެތިމީހާ ފުޑާލުން . އިންސާފްގެ ނަމޫނާ.

    20
    1
  8. މުރާނާއަސސ

    މިއީ ހއ. ދިއްދޫ ޖަރީމާގޭ އާދަނު. ވަރަށް ޖަރީމާ ހިންގާ ގޮލައެއް.

  9. މުރާނާއަސސ

    ތިޔަ އާދަނަކީ ވަރަށް ލަދު ޙަޔާތް ކުޑަ އެހާމެ ނުބައި ބުރާންޗެއް

  10. އަސްލަމް

    ހުދު ސޯޓެއްތަ ނޫނީ ޖަންގިޔަލެއްތަ. މީސްމީހުންނަށް ފުރައްސާރަކުރަމުން މީހުންގެ އަބުރާ ބެހެމުންދާ މީހާގެ ފަތިފުއް މިއޮތީ. ރީއްޗެއްނޫން.