ހަށި ވިއްކުމުގެ ތުހުމަތުގައި މެދު އުމުރުގެ ދިވެހި ފިރިހެނަކު ހައްޔަރުކޮށްފިއެވެ.

ހަށި ވިއްކުމުގެ ތުހުމަތުގައި ހައްޔަރުކޮށްފައިވަނީ އުމުރުން 46 އަހަރުގެ ދިވެހި ފިރިހެނެކެވެ. އޭނާ ހައްޔަރުކޮށް ބުރާސްފަތި ދުވަހު ކޯޓަށް ހާޒިރު ކުރުމުން، 10 ދުވަހު ބަންދުކޮށްފައި ބެހެއްޓުމަށްވަނީ އަމުރުކޮށްފައެވެ.

ކްރިމިނަލް ކޯޓުން އާއްމު ކޮށްފައިވާ މި މައްސަލަައިގައި ހައްޔަރު ކުރި ދިވެހި ފިރިހެން މީހާގެ ބަންދު އަމުރު ރިޕޯޓުން އެނގޭ ގޮތުގައި އޭނާގެ މައްޗަށް ތުހުމަތު ކުރެވޭ މިންވަރަށް ފުލުހުންގެ އަތުގައި ހެކި އެބަހުއްޓެވެ.

އޭގެ ތެރޭގައި އިންޓެލިޖެންސް ރިޕޯޓެއްވެސް ހިމެނޭ ކަމަށްވަނީ މައުލޫމާތު ލިބިފައެވެ. މީގެ ކުރިންވެސް ފުލުހުންގެ އޮޕަރޭޝަނެއްގައި ހަމަ މި މީހާއަށް އެފަދަ ކަންކަން ހިނގަމުންދާ ގޮތް ބުނެދީފައިވާކަަމަށާއި ނަމަވެސް އޭނާ އާއި މެދު އިތުރު އެއްވެސް ފިޔަވަޅެއް އެފަހަރު އެޅިފައި ނެތް ކަމަށް ކޯޓު އަމުރުގައި ބުނެފައި ވެއެވެ.

ކްރިމިނަލް ކޯޓުން އިއްޔެ އާއްމު ކޮށްފައިވާ ކޯޓު އަމުރުތަކަށް ބަލާއިރު ހަށިވިއްކި މައްސަލައިގައި އިތުރު މީހަކު ހައްޔަރުކޮށް، ބަންދުގެ މުއްދަތު ޖަހަން ކޯޓަށް ގެންގޮސްފައެއް ނުވެއެވެ.

ކިޔުންތެރިންގެ ހިޔާލު

7 ކޮމެންޓް

  1. ޙުސެންކޮއެ

    ޥަރައް ތަފާތު ކުރިން އަންހެނުން މިފަހަރު ފިރިހެނެއް ..ގިރިއެއްދެއްދޯ..

    16
  2. މމބ

    މި އަދި އާކަމެއް. ފިރި ހެނުން ހަށި ވިއަކަނީ ކިހިނެއް.

    12
    3
    • ގިރިމެން އުޅެންޏާ ގަންނާނެ އަދި މިޒަމާނުގައި އަންހެނުންވެސް ހަށިގަނޭ

      11
  3. ޗަކޮއެ

    ތިއީ ވަރަށް އާންމުކަމެއް މި ކޯލިޝަން އައިފަހުން. ވޯޓަށް 2 ދުވަހަށް ވީމަ ހަބަރުތަކުގަ ޖަހާލަން ތި ހައްޔަރުކުރީ. މި ސަރުކާރު ބޭރުކޮށް މުއިއްޒު ގެނައުން ހައްލަކީ

    18
    6
  4. އަބުދުﷲ ސައީދު

    މިހާރު މިއޮތް ސަރުކާރުގެ ޕޮލިސީ ތިޔައީ ދެއްތޯ އަލަންގިރި

    19
    4
  5. رزوز

    މުސީބާތުން ހލާކުކުރައް ާނދޭވެ.

  6. ހަނު

    ހަށި ވިއްކުން މާނާ އިންޑިޢާ މިހަކު ދީން ފެތުރުން އޯކޭ

    12
    3