މާލޭގައި ހިންގަމުންދިޔަ އަލޯރާ ސްޕާ އެންޑް ސެލޫންގެ ތެރެއިން ހަށިވިއްކުމުގެ މައްސަލައެއްގައި ބަޔަކު ހައްޔަރު ކުރިއިރު، އެ މީހުން ތިބީ ބަރަހަނާކޮށް ކަމަށް ފުލުހުން ވިދާޅުވެއްޖެއެވެ.

މި މީހުން ހައްޔަރު ކޮށްފައި ވަނީ މާލޭގައި ހިންގަމުންދިޔަ އެ ސްޕާގައި ހަށިވިއްކަމުން ދާ ކަމަށް ލިބުނު އިންޓަލިޖެންސް މައުލޫމާތަކާއި ގުޅިގެން މިދިޔަ ބުރާސްފަތި ދުވަހު ރޭ ސްޕެޝަލް އޮޕަރޭޝަނާއި އެންޓި ހިއުމަން ޓްރެފިކިންގ ޑިޕާޓްމެންޓާއި އިންްޓަލިޖެންސް އިތުރުން އިމިގްރޭޝަން ގުޅިގެން އޮޕަރޭޝަނެއްގައެވެ.

މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައި ވަނީ ބ. ހިތާދޫއަށް ނިސްބަތްވާ 39 އަހަރުގެ ދިވެހި ފިރިހެނަކާއި، އައްޑޫ ސިޓީ ހިތަދޫއަށް ނިސްބަތްވާ 38 އަހަރުގެ ފިރިހެނެއްގެ އިތުރުން، ތައިލެންޑަށް ނިސްބަތްވާ 34 އަހަރުގެ ދެ އަންހެނަކާއި، ސްރީ ލަންކާއަށް ނިސްބަތްވާ 43 އަހަރުގެ އަންހެެނެކެވެ.

"އޭގެ ތެރެއިން ބައެއް މީހުން ހައްޔަރު ކޮށްފައި ވަނީ ނިވާކަން ކުޑަކޮށް ތިއްބާ". ފުލުހުން ވިދާޅުވިއެވެ.

މީގެ ތެރެއިން ދިވެހި ދެ ފިރިހެނުންގެ ތެރެއިން 39 އަހަރުގެ މީހާގެ ބަންދަށް ކްރިމިނަލް ކޯޓުން ވަނީ ފަސް ދުވަސް ޖަހައިފައެވެ. އަދި 38 އަހަރުގެ މީހާގެ ބަންދަށް 10 ދުވަސް ޖަހާފައިވާއިރު، ބިދޭސީ ތިން އަންހެނުންގެ ބަންދަށް ޖަހާފައި ވަނީ 15 ދުވަހެެވެ.

ފުލުހުން ދަނީ މި މައްސަލަ އިތުރަށް ތަހުގީގު ކުރަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު

8 ކޮމެންޓް

  1. ކިޔުންތެރިޔާ

    އަވަހަށް ދޫކޮށްލާ. ތީ މި ގައުމުގަ ނޯމަލައިޒްކޮށްފަ އޮތްކަމެއް.

    25
    2
  2. ބުރުމާ

    ހޮސްޕިޓަލް މެނޭޖަރ ނޫންވީމަ ބަންދު

    31
    3
  3. ހުސޭނުބޭ

    ޔަޤީންވާގޮތުން އެ ތިއްބެވީ ބިޒިނަސް މީޓިންގ އެއްގައި.

    29
    1
  4. ގެގުރި

    މަސާޖުކުރާ ތަންތަނަށް ހުއްދަދެނީވެސް ތިމީހުން. މަސާޖުކުރަން ތިބެނީ ހެދުން ލައިގެނެއްނޫން. ނިވައިކަންކުޑަ ގޮތަކަށް. ނިވައިކކަން ކުޑަވުމަކީ ހަށިވިއްކުންތޯ؟

    24
    4
  5. މަސާޖު

    އިންތިޚާބު ކާރިވާތީ ކުރާކަމެއް! މަސާޖުކުރާ ތަނުގަ ތިބެނީ ކޯޓުފަޓުލޫނުގައެއްނޫން. !

    21
    1
  6. ރރ

    ކޮބައިތަ؟!ލޯނު ދޫކުރާ މީހުން ހައްޔަރު ކުރުން . ؟؟ ލޯނު ސޫތުގެ ދަރަޖަ މަންމައާ 36 ފަހަރު ކުރުމެކޭ އެއްވަރު ކަމުގަ ބުނަނީ.

    16
    2
  7. Anonymous

    އޭ އެހެންހަދާކަށްނުވާނެއެންނު. ތިވާނީ ބަލިމަޑުކަމެއް
    ހުންނަބަޔަކައް.

    12
    2
  8. ކޮރަލް

    ތަހުގީގު ނުކޮށް ޑިޕޯޓް ކޮށްލަ ބަލާށެވެ.

    13
    1