ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ އެކައުންޓްތައް ފްރީޒްކޮށްފައިވަނިކޮށް ހައި ކޯޓުން އެ އެކައުންޓްތައް ދޫކޮށްލަން ނެރުނު ހުކުމަށް ތާއީދުކޮށް ސުޕްރީމް ކޯޓުން ހުކުމްކޮށްފިއެވެ.

ރައީސް ޔާމީންގެ ބޭންކް އެކައުންޓްތައް ފްރީޒް ކުރީ ކްރިމިނަލް ކޯޓުގެ އަމުރެއްގެ ދަށުންނެވެ. އެ އަމުރު ބާތިލްކޮށް އެކައުންޓްތައް ދޫކޮށްލަން ހައި ކޯޓުން އަމުރު ކުރީ މިދިޔަ އަހަރުގެ މާޗު މަހުގައެވެ. އެހެންވެ، ދައުލަތުގެ ފަރާތުން އެ މައްސަލަ ސުޕްރީމް ކޯޓުގައި އިސްތިއުނާފް ކުރިއެވެ.

ސުޕްރީމް ކޯޓުގައި އެ މައްސަލަ ބެއްލެވީ ތިން ފަނޑިޔާރުންގެ ބެންޗަކުންނެވެ. އެއީ ފަނޑިޔާރު ހުސްނުއްސުއޫދާއި ފަނޑިޔާރު އައިޝާ ޝުޖޫންއާއި ފަނޑިޔާރު ޑރ. އަޒްމިރަލްދާ ޒާހިރެވެ. ފަނޑިޔާރުންގެ ބެންޗުގެ ރިޔާސަތުގައި އިންނެވި ފަނޑިޔާރު ސުއޫދެވެ.

މި މައްސަލާގައި ސުޕްރީމް ކޯޓުން އަމުރު ކުރީ މޯލްޑިވްސް އިސްލާމިކް ބޭންކްގައި ރައީސް ޔާމީންގެ އަމިއްލަފުޅު ނަމުގައި ހުޅުވާފައިވާ އަށް އެކައުންޓެއް ފްރީޒް ކުރަން ފުލުހުންގެ ފަރާތުން ހުށަހެޅިއިރު އެ ފައިސާއާއި އެމްއެމްޕީއާރުސީގެ ހިޔާނާތާ ގުޅުމެއް އޮތް ކަން ފާހަގަކުރެވިފައި ނުވާތީ ކްރިމިނަލް ކޯޓުގެ އަމުރަށް ތާއީދު ނުކުރެވޭ ކަމަށެވެ.

ފުލުހުންގެ ފަރާތުން ހުށަހަޅާފައިވާ މައްސަލާގައި ފާހަގަ ކުރާ އެއް މިލިއަން ޑޮލަރަކީ އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އާ އެކު ބީއެމްއެލްގައި ރައީސް ޔާމީން ހުޅުވާފައިވާ އެސްކްރޯ އެކައުންޓްގައި ހުރި ފައިސާ ކަން ސާފުވާ ކަމަށް ފަނޑިޔާރުންގެ ބެންޗުން ފާހަގަކުރެއްވިއެވެ.

އެހެންކަމުން އެ މައްސަލައާ ގުޅިގެން އިސްލާމިކް ބޭންކްގައި ހުޅުވާފައިވާ ރައީސް ޔާމީންގެ އެހެން އަށް އެކައުންޓެއް ފްރީޒް ކުރުމުގެ އަމުރެއް ނެރެވޭނެ ކަމަށް ނުބެލެވޭ ކަމަަށާއި ކްރިމިނަލް ކޯޓުން ރައީސް ޔާމީންގެ އެކައުންޓްތައް ފްރީޒް ކުރަން އަމުރު ނެރުނީ ރަނގަޅަށް ކަމަށް ނުބެލެވޭ ކަމަށް ފަނޑިޔާރުންގެ ބެންޗުން ކަނޑައަޅައި ހައި ކޯޓުގެ އަމުރަށް ތާއީދުކުރެއްވިއެވެ.

ހައި ކޯޓުން މި މައްސަލާގައި ނެރުނު ހުކުމްގައިވާ ގޮތުން، ފްރީޒްކުރަން އަމުރު ނެރުނީ ޖިނާއީ އިޖްރައާތުގެ ގާނޫނުގައި ބަޔާންކުރާ އިޖްރައާތެއް ފުރިިހަމަ ނުކޮށެވެ. އެއީ އެ މާއްދާގެ ދަށުން އެކައުންޓް ފްރީޒް ކުރުމުގެ އަމުރެއް ނެރެވޭނީ އެކައުންޓް މޮނީޓާ ކުރުމުގެ އަމުރެއް ހޯދުމަށް ފަހު ކަމަށް ވެފައި، އެފަދަ އަމުރެއް ކުރިން ހޯދާފައި ނެތުމުންނެވެ.

ރައީސް ޔާމީންގެ އެކައުންޓްތައް ފްރީޒް ކުރަން ފުލުހުން އެދުނީ އެ އެކައުންޓްތަކުގައި ގިނަ އަދަދެއްގެ ފައިސާ ހުރި ކަމަށް ތުހުމަތުކޮށެވެ. އެއީ ރިޔާސީ ކެމްޕޭނަށް ލިބުނު ފައިސާ އެމަނިކުފާނުގެ ނަމުގައި ހުރި އެކައުންޓަކަށް ޖަމާވެފައިވާތީ އާއި އެމްއެމްޕީއާރުސީގެ ހިޔާނާތާ ގުޅުން ހުރި އެއް މިލިއަން ޑޮލަރު އެމަނިކުފާނުގެ އެކައުންޓަށް ޖަމާވެފައި ވާތީއެވެ.

ރައީސް ޔާމީންގެ އެކައުންޓްތައް ފްރީޒް ކުރަން ކްރިމިނަލް ކޯޓުން ނެރުނު އަމުރަކީ ރަނގަޅު އަމުރެއް ނޫން ކަމަށް ސުޕްރީމް ކޯޓުން ކަނޑައެޅިއިރު އެމަނިކުފާނު ހުންނެވީ މަނީ ލޯންޑަރިންގެ ކުށުގެ ދައުވާ ސާބިތުކޮށް އެ ކޯޓުން އިއްވި ފަސް އަހަރުގެ ޖަލު ހުކުމް ތަންފީޒު ކުރުމުގެ ގޮތުން މާފުށީ ޖަލުގައެވެ.

ފަސް މިލިއަން ޑޮލަރުގެ ޖޫރިމަނާއެއް ވެސް ދެއްކުމަށް ރައީސް ޔާމީންގެ މައްޗަށް އިއްވި ހުކުމް ވަނީ ހައި ކޯޓުގައި އިސްތިއުނާފް ކޮށްފައެވެ. ހައި ކޯޓުގައި ހިނގަމުންދާ އިސްތިއުނާފް ޝަރީއަތްތައް ވެސް މިހާރު އޮތީ ހުކުމް އިއްވުމުގެ މަރުހަލާއެއްގައެވެ.

ރައީސް ޔާމީންގެ ސަރުކާރުގައި ހިނގި އެމްއެމްޕީއާރުސީ ބޮޑު ހިޔާނާޓުގެ މައްސަލާގައި އެމަނިކުފާނުގެ މައްޗަށް ދައުލަތުން އުފުލި ދައުވާއަކީ ނުހައްގު ދައުވާއެއް ކަމަށް އެމަނިކުފާނު ލީޑް ކުރައްވާ ޕީޕީއެމް އާއި ޕީއެންސީގެ ކޯލިޝަނާއި އެމަނިކުފާނުގެ އެތައް ހާސް ސަޕޯޓަރުން ގަބޫލު ކުރެއެވެ.

ކިޔުންތެރިންގެ ހިޔާލު

30 ކޮމެންޓް

  1. މޯ

    alhamdulillah

    122
    5
    • ސޫދޫބޭ

      ސޫދުބޭގެ ޒަމާން ތިޔަ ދިޔައީ.. މަރުކޮމިޝަނާ އަޅުވާފަކަންނޭނގެ ބޭރުކުރާނި މިފަހަރު..

      15
  2. އޮޅުވާލި ވޯޓު

    އަލްހަމދުލިއްލާހި

    140
    5
    • ޒައިޖް

      އަންނިބޭގެ ޕުލޭނުގެ ދަށުން ޔާނުގެ ހުކުމް ވެސް ބާތިލުކުރާނެ ދެއްތޯ މިފަހަރު؟؟ ޑީލަކޯ ބަރުލަމާނީއަށް ތާއީދުކުރުމޯލަ

      18
      8
  3. ައަހުމަދު

    މުޅިޤައުމުގައި މިއޮތީ ކޮރަޕްޝަން ވަކިތަނެއް ނެތް.

    67
    3
  4. ރެފްރީ

    ޔާމީނަށްލިބުނުގެއްލުމުގެބަދަލުދޭން ރައްޔިތުންފެލާލަންތިޖެހުނީ ... ކިހާބޮޑުނުފޮރުއްޕާނެއް.. ކޮބާޝާހިދު އިންޑިއާއިން އަނެއްލޯނުނަގަންޖެހުނީނު؟؟ ފުކެއްބޮޑުވަރުދޯ ؟

    92
    2
  5. ވަތަނީ

    އެ ކައުންޓްތައް ފުރީޒް ކުރުމުން ލިބުނު ގެއްލުމުގެ ބަދަލު ދޭންޖެހޭނީ މޑޕ އެވެ ބަދަލުހޯދުމަށް ދައުވާ ކކ ކުރަން ފެނޭ
    އަދި މޑޕ ގެ އިސްމީހުން ރައް ކާކޮށްފައިވާ ފައިސާތައް
    ސަރު ކާރަށް ހިފުމަށްވެސް ގޮވާލަމެވެ.

    130
    2
  6. ސާރާ

    އަލްޙަމްދު ލިﷲ

    46
    3
  7. ވާގޮނުސްކޮ

    އަލްހަމްދުލިﷲ.

    46
    3
  8. ބުއްޅަބެ

    الحمداللہ

    51
    3
  9. އަބްދޫ

    ސްޕްރީމްކޯޓް ގެ ހުކުމުން ޔާމީނުގެ ކުށެއް ނެތްކަން އެގުމުގެ އިތުރުން ޔާމީނު ގެ ހައްޔަރު ރަނގަޅުނޫން ކަން ވެސް އެގިއްޖެ

    61
    5
  10. ޒީރޯޓޮލެރެންސް

    الحمد لله މިއަދަކީވެސް ޙައްޤަށް ނަސްރު ލިބުނު ދުވަހެއް
    އަޅުގަނޑު މެންގެ ދުޢާ އަކީ ނުހައްގުން އެމަނިކުފާނަށް ކުރަމުން ގެންދާ އަނިޔާ ތަކުން ސަލަަމަތް ކުރައްވާ އަވަސް ފުރުސަތެއްގެ ތެރޭގައި އެމަނިކުފާނު މިނިވަން ކުރެއްވުން . ޢާމީން

    66
    3
  11. ރައީސްޔާމީން ދޫކޮއްލާ#

    މިހުކުމުންވެސް އެގިގެންދިޔަ އެއްކަމަކީ ރައީސްޔާމީން ޖަލައްލާފާ އެހުރީ އެމަނިކުފާނު ކުށެއްކުރައްވައިގެންނޫންކަން ކަނޑައެޅިގެން ސިޔާސީ ބޭނުމެއްގަކަން މިހެންވެ މިގޮވާލަނީ ރައީސްޔާމީން ވަގުތުން މިނިވަންކުރުމައް އެމަނިކުފާނު އެވަނީ މިސަރުކާރުން ރަހީނުކޮއްފަ

    54
    3
  12. ކަމަނަ

    އަލްޙަމްދުލިއްލާހި ނަހައްގުން ޖަލުހުކުމެއް ކުރައްވަމުން ގެންދަވާ ލޮބުވެތި ރައީސްޔަމީނު ސަލމަތްކުރޭ ސަލމަތްކުރޭ ސަލމަތްކުރޭ

    54
    3
  13. ތޯތާ

    މިހާރުއެގިގެންމިދަނީ 5އަހަރަށް ޖަލަށްލުމަށް ޙުކުމް ކޮށްފާހުރީވެސް ނާއިންސާފުންކަން

    52
    2
  14. ރަނާ

    އަލްހަމްދު ލިއްލާހި ޝުކުރު.

    45
    2
  15. ނަައީމް

    ކަރުތާފެނުން މައްޗައް ހެލިލާ އިރަށް ގޮވަނީ ރައީސްޔާމީން ސަރުކާރުގެ ވަކިތަކުން ބިރުފިލާވަރަކުން ތިޔަ ހުރިހާ ހުކުމެއް އަނެއް އަތަށް ޖަހާނެ ތިޔަ 3ފަނޑިޔާރުން ކުރިޔަށް އޮތްތާގަ ބޭރުކުރާނެ އައްނީ

    35
    3
  16. ނިޢަމް

    މާތްﷲއަށް ބިރުވެތިވާ ފަނޑިޔާރުން ޙުކުމެއް ނެރި ފައިޞަލާކުރުމުގައި އެ ފަނޑިޔާރުންނަށް އަންނަ ވަޒީފާގެ ޕްރެޝަރއަށާ ހުށައެޅޭ އިނާމުތަކަކަށް ނުވިސްނާނެއެވެ. އެ ފަނޑިޔާރުން ވިސްނާނީ މީހަކަށް ކުރާ ޙުކުމެއްގައި އަނޔާވެރިވެއްޖެނަމަ މާތްﷲގެ ޙަޟުރަތުން އަތްވެދާނެ ނުބަޔަކަށެވެ. އަދި މީސްތަކުންގެ ފަރާތުން އަތުވެދާނޭ ލަޢުނަތަކަށެވެ. މިއަދަކީ މާތްﷲއަށް ޙަމްދުކުރުން އިތުރުކުރަންވީ ދުވަހެވެ.

    46
    1
  17. ދަރަނި ދަންތުރަ

    ކޮބާ ހީވޭ ކަމެއްހެން މިހާރު ތިޔައިނގުނީ ރައީސް ޔާމީނު ޖަލަށްލީ ނުހައްގުންކަން އިންސާފުވެރިސަރިޔަތެއްކޮށްފި ނަމަ ޔާމީނުގެ މަށްޗަށް މަނީލޯންޑަރިންގެ ދައުވާ ސާބިތުނުވާނެ

    55
    4
  18. ނާދިރާ

    ޖަލައްލާފަހުރީވެސް ދޮގު ތުހުމަތަށް ދޮގު ހުކުމެއް ކޮށްގެންކަން ސާފުވެއްޖެ.

    52
    3
  19. ޙހހހ

    މިހާރު ކޮންމެސް ކުދިންކޮޅެއް އުޅޭނެ ހުސްނުއްސުއޫދުގެ ވަނަވަރު ހާވަން ، ބޭރުކޮށްލާނެ ގޮތެއް އޮތްތޯ

    49
    2
  20. ﷲބިރުވެތިވޭ އަނިޔާވެރިންނާދުރައްދޭ

    އަލްހަމްދުއްލިއްލާހި

    36
    2
  21. ހެހެހެ

    ތިޔަ ފުރީޛަކުންވެސް ސަލާމަތެއް ނުވިއެއްނު.... މަށަކަށް ނޭނގެ މީހެއްގެ ގޮތެއް.... މަ ވ ދެރަވޭ ޔާމިނު ޖަލަށް ލީމަ... އެކަމް ކީއްކުރާނީ... ވެރިކަން ނިމޭ ހިސާބުން ކޮންމެ މީހަކުވެސަ އެތަނަށް ވިއްޔަ ލާނީ...

    20
  22. ޖެހޭނެއޭ

    ދަށު ކޯޓް ތަކުން ގާނޫނާއި ޚިލާފަށް ކުރާ ހުކުމް ތަކުގެ ސަބަބުން ވިކްޓިމް އަށް ބަދަލުވާ ކުށެއް ނެތް މީހުންނަށް ބަދަލު ދިނުން އެއީ އޮންނަން ޖެހޭނެ ކަމެކޭ ރައީސް ޔާމީން ކާން ބޯން ކުރާ މަސައްކަތަށް ބޭނުންވާ ތަކެތި ގަތުމަށް ޓަކައި ހުރި ފައިސާ ކޮޅު ދަށުކޯޓުން ފުލުހުން ތައްޔާރު ކުރި އެއްވެސް އަސާސެއް ނެތް އެމެން އަމިއްލަ އަށް ދޮގާއި މަކަރާއި ހީލަތް ހިމަނައިގެން ތައްޔާރު ކުރާ ބަޔާން ތަކަށް ރިފަރ ކޮށް ހުކުމް ކުރަން ނުޖެހޭނެއޭ ފުލުހުން ޖެހޭނެއޭ ގެއްލުމަށް ޒިންމާވާން ޖެހޭނެއޭ...

    14
  23. Anonymous

    ދައުވާގައި ފިއްޔެއް ނުބައިކޮށް އޮތަސް ޙުކުމް ބާޠިލް...

    12
    1
  24. ޑައެލޯގް

    މިއީ ރޭވުމެކެވެ. ދެންވާނެގޮތަކީ ޔާމީނު ޖޫރިމަނާދައްކަންޖެހޭނީ އޭރަށް ޔާމީނުގެ އެކައުންޓް އެއްކޮށް ސަރުކާރަށްނަގާނީއެވެ. ވީމާ ފްރީޒް އުވާލުމުގެ ފައިދާއެއް ޔާމީނަކަށްނޯންނާނެއެވެ. އޭރަށް ބުނާނެ ކޯޓު ޔާމީނާ އެއްކޮޅަށް ހުކުމްކުރުމުން ކޯޓު މިނިވަންވާހަކަ އާހިރުގައި ޔާމީނަށް މޮޅެއްނުލިބޭނެއެވެ. ބާލާ ޔަގީންތާ

    18
    1
  25. ރޯދަ މުބާރިކް

    ޑައެލޯގު އެވިދާޅުވީ ހަމަ ރަންގަޅަށް! ގޭމްސް!

    14
    1
  26. ރަބަރޭ

    الحمد لله

    19
  27. ހަނި

    ޔަﷲ ޔާމިނުގެ ހު ރިހާކުމަކުން ،މިންޖްކު ރަންވާދޭ ޔާﷲ

  28. ކަޅުބެ

    ހައްދަވާބޮޑު ކުރެއްވި އިބައިލާހު މިގައުމުގެ ތަރަށްގީގެ ބާނީ ޖަލުން ސަލާމަތްވުމުގެ ހެޔޮނަސީބު މެދުވެރިކުރަށްވާންދޭވެ އަދިމިގައުމުގައި މިހިރަނުލަފާ ޖަންގަލީސަރުކާރު ބަލިކަށި ކުރަށްވާންދޭވެ އާމީން..