ވަރަށް ބޮޑަށް ބާވެފައިވާ އިމާރާތެއް ކަމަށްވާ ހުރަވީ ބިލްޑިންގ ހުސްކޮށްފައި ތަަޅާލުމަށް ކުރީގެ ހައުސިންގ މިނިސްޓަރ ޑރ. މުހައްމަދު މުއިއްޒު ގޮވާލައިފިއެވެ.

ޑރ. މުއިއްޒު މިގޮތަށް ގޮވާލާފައިވާވަނީ، ހުރަވީ ބިލްޑިންގގައި ހުރި ނޭޝަނަލް އިންޓަގްރިޓީ ކޮމިޝަން (އެންއައިސީ)ގެ އޮފީހުގެ ފްލޯގެ ސީލިންގ ވެއްޓިފައިވާ މަންޒަރު ފެންނަ ފޮޓޯތަކެއް ރީޓްވީޓް ކުރައްވަމުންނެވެ.

ޑރ. މުއިއްޒު ވިދާޅުވީ، ހުރަވީ ބިލްޑިންގ ހުރީ ވޭތުވެދިޔަ ދެ އަހަރު އެއްވެސް މަރާމާތެއް ނުކުރާތީ "ބޮލަށް ވެއްޓޭ"ހާލަތުގައި ކަމަށެވެ.

"ރައްޔިތުންންާއި ތަކެއްޗަށް ބޮޑު ގެއްލުމެއް ނުލިބެނީސް ރަނގަޅު ފެންވަރުގެ އިމާރާތެއް ކުރުން ނޫނީ މުޅި އިމާރާތް ހުސްކޮށްފައި ތަޅާލުމަށް ގޮވާލަން". ޑރ. މުއިއްޒުގެ ޓްވީޓްގައި ވެއެވެ.

މީގެ ކުރިންވެސް ހުުރަވީ ބިލްޑިންގގެ އިމާރާތުގެ ބައެއް ތަންތަން ވެއްޓި ބައެއް އެއްގަމު އުޅަނދުފަހަރުތަކަށްވެސް ގެއްލުންވެފައި ވެއެެވެ.

އެ އިމާރާތަކީ ވަރަށް ބޮޑަށް ބާވެފައިވާ އިމާރާތެކެވެ. އެ އިމާރާތް ބޭނުން ކުރުމުގައި ރައްކާތެރިކަން ކަށަވަރު ނުވާ ކަމަށް އެ އިމާރާތުގައި މަސައްކަތް ކުރާ ބައެއް އޮފީސްތަކުގެ މުވައްޒަފުން ބުނެފައި ވެއެވެ.

ކިޔުންތެރިންގެ ހިޔާލު

6 ކޮމެންޓް

  1. ހަސަދު

    މިމީހުންގެ ފަސް އަހަރު އެތަން ތަޅާނުލެވުނީ ކީއްވެބާ!!.

    13
    26
  2. ރޯދަ މުބާރިކް

    ކޮނޮމެވެސް ވެރިކަމެއްގައި ތިތަން ސިޓީ ކައުންސިލް ހިންގުމަށްވެސް ދެވުނު ކަންނޭގޭ! 🤣🤣🤣

    13
    1
  3. ނަައީމް

    ބަލަ ނުފެނޭތަ އޭގެ 10ގުނަ ހަދާފަހުރިތަން އެތަނުންވެސް ގިނަ އޮފީސްތައް ހުރީ ބަދަލް ކޮށްފާ އެތަން ވެސް ހެދޭނީ ހަމަ ޔާމީނަށް

    25
    8
  4. ހަސަދު

    އަޖައިބު ކޮންފަސްއަހަރެ ކޭތަ ތި ކިޔަނީ އެފަސްއަހަރުގެ ވެރިން ކަމުނުދާތީނު ރީނދޫ ކުލަޔަށް ބަދަލު ކުރީ ހުރިހާ ކަމެއް ރަނގަޅު ކުރާ ކަށްނު އަދިވެސްދައް ކަންވީ ފަސްއަހަރުގެ ވާހަ ކަތަ ތިމާމެނަށް ރަނގަޅު. ކަމެއް. ކުރެވޭތޯއެއްނު ބަލަންވީ ފަސްއަހަރު ފަސްއަހަރު ކިޔަ ކިޔާ ތިބޭ ފަސްއަހަރުނިމެއްދެން ބަލަ. ކުރީފަސްއަހަރު ކުރި ކަންތަ ކެއް ނުފެނޭތަ އެއޮށް ބޮޑު ބުރިޖް 25 ބުރީގެ ބޮޑު އިމާރާތް ތާރުއަޅާފައި ހުރި ފެންވަރުގެ މަގުތައް ޕާ ކުތައް އެއާރޕޯޓްތައް މިސް ކިތްތައް ކުޅިވަރު ކުޅޭނެ ދަނޑުތައް ހަމަ ނުފެންނަނީތަ ނޫނީ އެތަންތައް ފެނި ތިމާމެނަށް ކަމެއް ނު ކުރެވުނީމަ ހަޖަމްނުވަނީތަ ވާނީވެސް އެހެންތާ ވައް ކަން ކުރުމަށް އައިބަޔަ ކަށް ވަ ކަން ނޫން ކަމެއް. ކުރާ ކަށްނޭގޭނެ ދެންއަތްޖަހާ!

    2
    1
  5. ާއޮކް

    ދެން ބޭނުންވާ ކުންގުންޏަކަށް އެކަން ދީފަ ސިފައިން ލައްވާ ހުރިހާ މަސައްކަތެއް ކުރުވާ . ސާކް ސަމިޓް ބާއްވަން ވެސް ހަމަ ސިފައިން ލައްވާ. ހީވަނީ އެއީ ކޮންސްޠްރަކްޝަން ކޮމްޕެނީއެއް ހެން.

    1
    1
  6. މުސްޓަންގޯ

    ޢިތުރަށް ޖަޒީރާ ވާނީ ތަޅާނުލާ ބެހެއްޓީމަތާ ދޯ

    1
    1