މިއަދު އިރުއޮއްސި 18:00 އާއި ހަމައަށް ފާއިތުވި 24 ގަޑިއިރުގެ ތެރޭގައި ރާއްޖެ އިން އިތުރު 86 މީހަކު ކޮވިޑް-19 އަށް ފައްސިވެއްޖެއެވެ.

މިއަދަކީ ފާއިތުވި 08 ދުވަސް ތެރޭގައި ރާއްޖެ އިން އެންމެ ގިނަ އަދަދެއްގެ މީހުން ކޮވިޑް-19 އަށް ފައްސިވި ދުވަހެވެ.

މިއަދު ރާއްޖެ އިން ކޮވިޑް-19 އަށް ފައްސިވި މީހުންގެ ތެރެއިން 72 މީހުންނަކީ ދިވެހިންނެވެ. މިއަދު ފައްސިވި ބިދޭސީންގެ އަދަދަކީ 14 އެވެ.

މިއަދު ފައްސިވި މީހުންގެ ތެރެއިން 57 މީހުން ފައްސިވީ މާލެ އިންނެވެ. މިއަދު އަތޮޅު ތެރެއިން 29 މީހަކު ފައްސިވިއެވެ. އަތޮޅުތެރެއިން ފައްސިވި މީހުންގެ ތެރެއިން 24 މީހުންނަކީ ލ.އަތޮޅު ކައްދޫން ފައްސިވި ސިފައިންނެވެ.

މިއަދު ރާއްޖެ އިން ކޮވިޑް-19 އަށް ފައްސިވި މީހުންނާއި އެކު ރާއްޖެ އިން ކޮވިޑް-19 އަށް ފައްސިވި މީހުންގެ ޖުމްލަ އަދަދު ވަނީ 10،742 އަށް އަރާފައެވެ. މީގެ ތެރޭގައި ހިމެނެނީ 6856 ދިވެހިންނާއި 3900 ބިދޭސީންނެވެ.

ރާއްޖެއިން ކޮވިޑް-19 އަށް ފައްސިވި މީހުންގެ ތެރެއިން މިއަދު ބަލިން ރަނގަޅުވެފައި ވަނީ 42 މީހެކެވެ. މިހާތަނަށް ބަލިން ރަނގަޅުވި މީހުންގެ ޢަދަދު ވަނީ 9589 އަށް އަރާފައެވެ.

ރާއްޖޭގައި ކޮވިޑް-19 އެކްޓިވް ކޭސްތަކުގެ ޢަދަދު 1112 އަށް މިހާރު ވަނީ އަރާފައެވެ. މިހާރު 384 މީހަކު އަންނަނީ އައިސޮލޭޝަން ފެސިލިޓީތަކުގައި ފަރުވާ ހޯދަމުންނެވެ. މީގެ ތެރެއިން ހޮސްޕިޓަލުތަކުގައި އެޑްމިޓްކޮށްގެން 67 މީހަކަށް އަންނަނީ ފަރުވާ ދެމުންނެވެ.

ކިޔުންތެރިންގެ ހިޔާލު