ސިފައިންގެ ޓްރޭނިންއެއް ހެދުމަށް ލ.އަތޮޅު ކައްދުއަށް ގޮސް ތިއްބާ ކޮވިޑް-19 އަށް ފައްސިވި ސިފައިންގެ އަދަދު 59 އަށް އަރައިފިއެވެ.

ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން އާއްމުކުރި މައުލޫމާތައް ބަލާއިރު ކައްދޫން މިއަދު ވަނީ 24 މީހަކު ކޮވިޑް-19 އަށް ފައްސިވެފައެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި ސިފައިންތައް ކޮވިޑް-19 އަށް ފައްސިވިއިރު އެމީހުން ތިބީ ލ.ގަމުގައި ސިފައިން ބައެއް ތަމްރީންތައް ކުރިއަށް ގެންދާ ސަރަހައްދެއް ކަމަށްވާ ކަށިކޮލި ނުވަތަ ވައިޓްބޭގައި ކޭމްޕް ކޮށްގެންނެވެ. އެމީހުންގެ ތަމްރީންތައް ކުރިއަށް ގެންދަނީ ލ.ކައްދޫގައި ހުންނަ ސިފައިންގެ މަރުކަޒުންނެވެ.

ޓްރޭނިންގައި ތިބި ސިފައިންގެ ތެރެއިން ބަޔަކު ފުރަތަމަ ކޮވިޑް-19 އަށް ފައްސިވީ މީގެ ފަސް ދުވަސް ކުރިން މިމަހުގެ 03 ވަނަ ދުވަހުއެވެ. އެދުވަހު ފައްސިވީ 25 މީހުންނެވެ.

ލ.އަތޮޅަށް ޓްރޭނިންއަށް ދިޔަ ސިފައިން ކޮވިޑް-19 އަށް ފައްސިވީ ލ.ގަމުން ކަމަށް ކުރިން ކަމާބެހޭ ފަރާތްތަކުން ވިދާޅުވި ނަމަވެސް ފަހުން އެފަރާތްތަކުން ބުނެފައި ވަނީ އެއީ ކައްދޫގައި ކަރަންޓީންގައި ތިބި ބައެއްގެ ގޮތުގައި ރަޖިސްޓްރީ ކޮށްފައިވާ ސިފައިން ކަމަށެވެ. އެހެންކަމުން ފަހުން މައުލޫމާތު ހާމަކުރަމުން ގެންދަނީ ކައްދޫގައި ތިއްބާ ކޮވިޑް-19 އަށް ފައްސިވި ބައެއްގެ ގޮތުގައެވެ.

ސިފައިންގެ ތަމްރީންތައް ކުރިއަށް ގެންދާ ގިރިފުށިން ވެސް މީގެ ކުރިން ގިނަ އަދަދެއްގެ ސިފައިން ކޮވިޑް-19 އަށް ފައްސިވިއެވެ. އެރަށުން ގިނަ އަދަދެއްގެ ސިފައިން ކޮވިޑް-19 އަށް ފައްސިވުމުން ގިރިފުއްޓަށް އަރައި ފޭބުން މަނާކޮށް އެރަށް މޮނިޓަރިންގެ ހާލަތަށް ވެސް ގެނައެވެ.

ކޮވިޑް-19 ފެތުރެން ފެށުމާއި އެކު ސިފައިން އެންމެ ކުރީ ސަފަގައި މަސައްކަތް ކުރަމުން އައެވެ. ކުރީ ސަފުގައި މަސައްކަތް ކުރަމުން އައި ބައެއް ސިފައިންނާއި އަދި ސިފައިންގެ ބައެއް މަރުކަޒުތަކުން ވެސް ސިފައިން ކޮވިޑް-19 އަށް ފައްސިވެފައި ވެއެވެ. ނަމަވެސް މިހާތަނަށް ކޮވިޑް-19 އަށް ފައްސިވި ސިފައިންގެ ސީދާ އަދަދެއް އެމްއެންޑީއެފް އިން ހާމައެއް ނުކުރެއެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. ކާނަލް

    ތިޔަ ޓްރެއިންތައް މަޑު ޖައްސާލާކައް ނުވޭބާ
    މިދުވަސް ކޮޅު އަހަރެމެން ވެސްކަންކަން މަޑުޖައްސާލައިގެން މިހުންނަނީ އެހެން ނޫނަސް އިންޑިޔާ ސިފައިންނާ ހަވާލުކޮއްލީމާ އޯކޭ ވާނެ

    3
    5
  2. ްފަޔަރ ސމ

    އެ ކަމަކު ޗީފް ސަމާލު ބުނުއްވީ ސިފައިން ރައއކާތެރިވާން ޖެހޭނެކަމައް ލޮލައް ނުފެންނަ އެނަމީ އަ ކާއި ކުރިމަތިލަނީކަމަށް ނަމަވެސް މިހާރު ބަލަނީ ވީހާވެސް ގިނަސިފައިން ކޮވިޑް ތެރެައް ވެއްދޭތޯ..މިދުވަސް ވަރު އޗްޕީއޭ އާވެސް ހިލާފު ވީހަވެސް ގިނަބަ ކު ޓްރޭނިންގ އައް ފޮނުވޭތޯ ކިޔާ އެއްވެސް އެއްޗެއް ދެ ކޮޅު ނުޖެހޭ..

    3
    4
  3. މުންތޭ

    އަދިވެސް އަނގަތަޅާތި ކޮވިޑޭ ކިތައިގެން އައްނި އެންމެނައް ޖެހެން ޖެހޭނޭ ބުނީމަ މާރިއާ ހުރިހާސިފައިން ނައް ކޮވިޑް ޖެހޭތޯ ޓްރޭނިންތައް ތާވާ ހިންގުން ގަދަ ސަމާލުވެސް މިހާރު ހަމަ އޯ ކޭ..

    2
    2