ރައްޔިތުންގެ މަޖިލީހުގެ އަމާޒަކީ ވޭނުގައި ދިރިއުޅެމުންދާ އާއިލާތަކަށް އުންމީދެއް ހޯދައި ދިނުން ކަމަށް އެ މަޖިލީހުގެ ރައީސް، ކުރީގެ ރައީސް މުހައްމަދު ނަޝީދު މިއަދު ވިދާޅުވެއްޖެއެވެ.

ރައްޔިތުންގެ މަޖިލީހުގެ އިޖްތިމާއީ ކޮމިޓީއާއި ތެލަސީމިއާ ސޮސައިޓީއާ ގުޅިގެން ކުރިއަށް ގެންދާ މަސައްކަތު ބައްދަލުވުން ފެށުމުގެ ގޮތުން ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ރައީސް ނަޝިދު ވިދަޅުވީ ދާއިމީ ބަލިތަކުގެ ސަބަބުން އެ ވޭނުގައި ދިރިއުޅޭ އާއިލާތަކުގެ ވޭން އެންމެ ބޮޑަށް އެނގޭނީ އެ އާއިލާތަކަށް ކަމަށެވެ.

ރައްޔިތުންގެ މަޖިލީހުގައި އެ މަޖިލީހުގައި އެކުލަވާފައިވާ ކޮމިޓީތަކުގެ ބޭނުމަކީ އެފަދަ ވޭންތަކުގައި ދިރިއުޅޭ އާއިލާތަކަށް އުންމީދެއް ހޯދައިދިނުން ކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ. ދިވެހި ރައްޔިތުންނަށް އުންމީދު ގެއްލިގެން ނުދާނެ ގޮތަކަށް މަޖިލީހުގެ ނިޒާމު ބައްޓަން ކުރަން ޖެހޭ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ

"އަޅުގަނޑުމެންގެ އަބަދުވެސް ބޭނުމަކީ، މި މަޖިލީހުގެ އަބަދުވެސް އަމާޒަކީ އަދި އިޖްތިމާއީ ކޮމިޓީގެ ބޭނުމަކީ، ރާއްޖޭގެ ރައްޔިތުންނަށް އުންމީދު ގެއްލިގެން ނުދާނެ ހުރިހާ ގޮތެއް އަޅުގަނޑުމެން ހޯދޭތޯ އަޅުގަނޑުމެން މަސައްކަތް ކުރުން." ރައީސް ނަޝީދު ވިދާޅުވިއެވެ.

ރައީސް ނަޝީދު ވިދާޅުވީ މަޖިލީހުގެ މެންބަރުން ތަމްސީލު ކުރައްވަނީ ދިވެހި ރައްޔިތުން ކަމަށާއި ދިވެހި ރައްޔިތުންގެ ހާާލަތު މަޖިލީހުގައި ހިއްސާކޮށް ރައްޔިތުންގެ ހާލަތު ހޯދަން މަޖިލީހުގެ މެންބަރުން މަސައްކަތް ކުރުމަކީ އަބަދުވެސް މަޖިލީހުގެ ނިޒާމު ހިނގަން ޖެހޭ އުސޫލު ކަމަށެވެ.

"އަޅުގަނޑުމެންނަށް އަބަދުވެސް ފެނޭ މީހުންގެ ހާލަތު، މީހުން ދިރިއުޅޭ ގޮތް، އަޅުގަނޑުމެން ވަންނަން ތަންތަނަށް، ގޭގެއަށް، އަޅުގަނޑުމެންނާ މީހުންނާ ބައްދަލުވޭ. މީހުން އަބަދުމެ އަޅުގަނޑުމެންގެ ގާތުގައި ޝަކުވާ އުފުލާ. އެއީ މި މަޖިލިސް ހަމަކަށަވަރުން ވެސް ހިނގަން ޖެހޭ ނިޒާމު." ނަޝީދު ވިދާޅުވިއެވެ.

ތެލަސީމިއާ ކުދިންނާއި އެފަދަ ކުދިން ތިބި އާއިލާތަކުގެ ހާލަތު ދިރާސާކޮށް ހައްލުތަކެއް ހޯދައިދޭން މަޖިލީހުގެ އިޖްތިމާއީ ކޮމިޓީ އިން އިސްވެ މަސައްކަތު ބައްދަލުވުމެއް ކުރިއަށް ގެންދަން ނިންމީތީ އެ ކޮމިޓީއަށް ރައީސް ނަޝީދު ޝުކުރު އަދާ ކުރެއްވިއެވެ. އަދި ތެލަސީމިއާ ސޮސައިޓީގެ އިޖުތިމާއީ ހިދުމަތްތަކަށް ވެސް އެމަނިކުފާނު ޝުކުރު އަދާ ކުރެއްވިއެވެ.

ކިޔުންތެރިންގެ ހިޔާލު

22 ކޮމެންޓް

  1. ދދދ

    ތިއުޅޭވައްތަރުން އުންމީދެއްނޫން ނާއުއްމީދު ކަންނޭންގެ ލިބޭނީ ހެހެހެހެހެ މޮޔަ

    41
    2
  2. އިބުރޭ

    ވޭނުގައި އުޅޭ މީހުންނަށް އުއްމީދެއް ހޯދައިދޭން މަސައް ކަތް ކުރަންޏާ ނި ކަން އަވަހަށް ހުޅުމާލެ ދެވަނަ ފިޔަވަހީގައި ހަދައިނިމިފައިވާ ފުލެޓްތަ ކަށް މީހުން ވައްދަބަލަ. ރާސްލާފައި މާލޭގެ ތަންތަނުގެ ކުލި ކުޑަވެގެންދާނެ. އޭރުން ކުލި ދައް ކާފައި ކަޅުސައިތައްޓެއް ބޯލައިގެން އުޅޭ މީހުންނަށް ކިރުސައިތައްޓެއް ބޯލަން ލާރި ކޮޅެއް ލިބިދާނެ

    44
    1
  3. ބެއްޔާ

    ވޭނުގައި އުޅޭ އާއިލާތަކަށް މަނިކުފާނު ހޯދަދޭންވީ ކާރެއް ނުވަތަ ޕިކަޕެއް. އުއްމީދެއްނެތް ވާހަކަ ނުދައްކަވާހުރޭ.

    15
  4. ވާގޮނުސްކޮ

    މިހާރު ވޭނުގައުޅެނީ ވަރަށް މަދުމީހެއް. ގިނަމީހުން އުޅެނީ
    ސައިކަލުގަ. އެކަމްއާންމު ގޮތެއްގަ ގިނަރައްޔިތުން ބުއްޅަބޭގެ
    ބަލާޔާހެދި ދިރިއުޅެން ޖެހިފަމިވަނީ ވަރަށް ދަތިއުނދަގުލުގަ

    10
  5. ގައުމީ ލޯބި

    ތިޔަކަމެއް ނޫންތޯ ކޮންމެ ކެންޕޭނެއްގައި ވެސް ކުރައްވަނީ، ކެންޕޭން ނިމި ވަޒީފާ ލިބެނީ ކާމަރީގައި އުޅޭ ދީނާއި ދެކޮޅު ކުދީންކޮޅަށް ށާއި އަމިއްލަ ނަފުސަކަށް ނޫންތޯ..

    މިހާރުވެސް އެކައުންޓުގައި 5 މިލިޔަން އަހަރުމެން 1އިރު ކައިގެން.. ގަމުގައި ވާ އެންމެ މުސާ ބަޮޑު ވަޒީފާތަކުން 3 ވަޒީފާ ކަލެޔަށް އާއިލާމީހުންނަށް އެވަރު
    ބޯކުދީންކޮޅާއި ރަންޑީންނަށް އެވަރު ދީފައި ރައްޔަތުންނަކަށް ނެތް ދޭނެ އެއްޗެއް.

    ލޯނު ނަގަން މިޖެހެނީ ރާއްޖެވިއްކާފައި ކަލޭމެން ގެ މުސާރަ ދޭން..

    އޮޅުވާތާ 12 އަހަރުވެއްޖެ.. ދެން ހެޔޮ ބޭނުމެއްނޫން ތިަކަހަލަ ހެޔޮމީހަކުވެސް އަދި އަހަރުމެން ނިކަމެތީންނޭ ކިޔައިގެން ދެން އިތުރަށް ވާހަކަ ދައްކާނަމަ އެއީ ބެލެވޭނީ އަހަރުމެންނަށް ކުރާ ބޮޑު މަލާމާތެއް ކަމަށް..

    އަހަރުމެން ނަށް މަލާމާތް ކޮށްފައި ދެން ނާންނާތި ރީދޫ ޓައި އަޅައިގެން މިރަށަށް..

    ވަރަށް ދުވަހު ހައްދާލައިގެން އުޅެވިއްޖެ.. ދެން ހެޔޮ.. އިނަފް އިޒް އިނަފް

    11
  6. މަޒް

    މޮޅު ވާހަކަ ދައްކާނެކަމެއް ނެތް. ތި މަޖިލިހުގެ ރިޔާސަތުގައި ހުރި މީހާގެ އަމާޒަކީ އޭނާ ނޫން އެހެން އެންމެން އެއީ ތަންދޮރު ނޭންގޭ ބައެއްގެ ގޮތުގައި ސިއްކަ ޖެހުން..

    13
  7. ބާރީ

    އޭ ނަޝީދެވެ. ތިބާ ކިތަންމެ ކަރުގެ ނާރުތަކަށް ބާރުލައި ކަރުވަތުން އަޑުނެރެ މޮޅު ވާހަކަދެއްކިޔަސް މާތްﷲ އެކަމަށް މިންވަރު ކުރެއްވުމުން ނޫނީ އެއްވެސް ކަމެއް ނުވާނެއެވެ. ކަލޭ މާތްވެގެންވާ އިސްލާމްދީނަށް ފުރައްސާރަވާގޮތަސް ވާހަކަދައްކައި މަސްތުވާން ހިތްވަރު ލިބޭގޮތަށް ވާހަކަދައްކައި ދެންވެސް ދީން ހުއްދަ ނުކުރާ އެތައްކަމެއް ކުރުމަށް ހިތްވަރުދީ ހަދަމުން ރައްޔުތުންނަށް އުއްމީދޭ ކިޔަސް އެއީ މުޅިން ހަމަޖެހޭ ވާހަކައެއް ނޫނެވެ. އެހެންކަމުން ފުރަތަމަ ކަމަކީ އިސްލާމްދީނުގެ މަތިވެރި އުޞޫލްތައް ދެމެހެއްޓުމަށް މަސައްކަތް ކުރުމާއެކު އެކަލާންހެ ޙަޟްރަތުން ކަންކަމަށް އެދި ދެންނެވުމެވެ. ބޭރުގެ ފަރަންޖީންގެ ކިބައިން ކަންކަން ފުދޭނެކަމަށް ބަލައި އަބަދާއަބަދު ގަދަބަސް ބުނުމަކީ ކޮށްގެންވާނެކަމެއްނޫނެވެ. މާތްﷲ ކަންކަމަށް ސަބަބުތައްވެސް މެދުވެރިކުރައްވަނީ އެކަލާންގެ އިރާދަކުރައްވާ އަޅުތަކުންގެ މައްޗަށެވެ. އެކަލާންގެއަށް ހިތުގެ އިޚްލާޞްތެރިކަމާއެކު ދަންވައި އުޅޭ ފަރާތްތަކަށެވެ. އަޅުތަކުންނަށް ކުރައްވާ އިމްތިޙާންތަކުން ޢިބްރަތް ހޯދައި އުޅުން އިޞްލާޙްކޮށްފިނަމަ ދެދުނިޔެވެސް ބާއްޖަވެރިވާނެއްެވެ.

    13
    1
  8. ހުސޭނުބޭ

    އަދި މިހާތަނަށް އުއްމީދު ހޯދާދެވުނީ ކެނެރީގޭ ޢާއިލާއަށް އެކަނި! ދެން އިތުރަށް ކުރާނެކަމެއް ނެތެއްނު!

    13
  9. ރަޝީދު

    ގުބޯހައްދަން ދައްކާ ވާހަކަކިހާ ރީތީ ވޭނުގައި އުޅޭ މީހުންގެ އަދި ނކުޅެދޭ މީހުންގެ ފުލެޓުކޮޅުވެސް އަތުލީ ތިޔަ ދުވެރިޔާ ދައްކާ ވާހަކަ ގަބޫލުކުރާ އެކުވެސް މިހާރަކު ރާއްޖެތެރެއަކު ނޫޅޭ!

    13
  10. ކޮރަލް

    މިދަނޑިވަޅުގަ ބޮޑު މުސާރަ ނެގުމަކީ ވެސް އަމާޒެކެވެ. އެކަން އެދަނީ ކުރަމުންނެވެ.

    12
  11. ޙައްހައް

    ހައްހައް ހައްހައް ހާއްހާއް ހިއްހިއް ....

  12. ކަނބުލޮ

    އަޅުގަނޑު އުޅެނީ ވޭނެއްގައި ކާރެއް ލިބިދަަނެތޯ

    10
  13. އަހުމަދު

    ވޭނުގަ މިއުޅެނީ. ކޮބާ ދިރުވާލި ފްލެޓް؟؟

    12
  14. ފާއިޒު

    މަޖިލީސް ރައީސް ހީވަނީ ބޮޑުވަޒީރަކަށް ވެގެން މިހާރުވެސް އުޅުއްވާހެން.

    13
  15. ރާއްޖެ

    އެޖެންޑާ 19 ގަ އޮތް ބޯހިޔާވަހިކަން ނާއުއްމީދަށް ވެ ނިމިއްޖެ.

    12
  16. ބޮތް

    އަނގައިން ފޮނި ވާހަކަ ދައްކާނެ.. ކަމުން ސުމެއް..

    13
  17. ހުސެއިން

    ވ.ރަގަޅު ބުއްދިއެއް. ހީވަނީ ދެން ކޮއްމެ ގެޔަކަށް ވޭނެއްލިބޭނެހެން.

    11
  18. ޙހހހ

    ތިބޭފުޅާ ވެރިކަމުގައި ބަދަލަށް ހުޅުމާލެއިން ބިންދިން މީހުން ދޫކޮށްލި ބިން ދައުލަތަަށް ލިބުނުތޯ ، އެވެސް ، ހުޅުމާލެބިންވެސް ހިލޭ ދިނީ ތިބޭފުޅާގެ އައުވާނުންނަށް ، މިކަން ހާމަކުރަން ކެރޭނެތަ ،

    12
  19. Anonymous

    ތިހާދަ ހީވެއޭ ބޮޑުވަޒީރު ލިބޭތޯ ކިޔާއެއްޗެއް ހެން

    14
  20. ރައްޔިތުމީހާ

    ރައްޔިތުން އުންމީދުގައި ތިބޭތާ އެތަށް ޒަމާނެއްވެއްޖެ. މިހާރު ބޭނުންވަނީކީ އުންމީދެއްނޫން. ދިރިއުޅުމަށް ހެޔޮ ބަދަލާއި ހިތްހަމަޖެހުމާއި އުފާވެރިކަން. މި ކަންކަން ރައްޔިތުންނަށް ލިބޭނީ ތިޔަކުޅޭ ޑްރާމާތައް ހުއްޓައި ހެޔޮ ނިޔަތުގައި ޢަމަލީ މަސައްކަތްތަކެއް ކޮށްދީގެން. ފެންނަ މަންޒަރުތަކުން އެއްވެސް ސިޔާސީ ބޭފުޅެއްގެ ފަރާތުން އެ މަންޒަރެއް ނުފެނޭކަމުގައި ހިތާމަޔާއެކު ދަންނަވަން. ވަރަށް ސަލާމް! ...

  21. ކެޔޮޅު

    ވޭނުގައި ދިރިއުޅޭ އާއިލާތަކައް އުއްމީދެއްދޭން ބޭނުމިއްޔާ ރ ޔާމީނު އަވަހައް މިނިވަންކުރޭ!

  22. ބޯރާވިޔަފާރި

    އެކަން އިނގޭނޫންތޯ 2008ވަނަ އަހަރާ ހަމަޔައް ހިލޭ އުޅެމުން އައިބަޔެއް އަހަރެމެން ދިވެހިންނަކީ ވެރިކަމައްއަރާ ޖީއެސްޓީއޭ ކިޔާފަ ޖިޒީނަގައިގެން އަޅުވެތީ ކުރީ އަޅުވެތި ކުރެވުނު ސަބަބެއް ނޭންގޭ މިގައުމަކީ ބައެއްގެ ތަރިކަ މުދަލައް ހެދީ ދެން އައިސް އެއަރޕޯޓް ބޭރުގެ ބަޔަކައްދީ ބަދަލެއްގެ ގޮތުން އެތައް މިލިޔަން ޑޮލަރެއް ރައްޔިތުންގެ ޓެކްސް ޕޭ ރުފިޔާއިން ދައްކަން ޖެހުނީ ފެންކުންފުނި ބަޔަކާ ދިރާގްގެ ހިއްސާވިއްކާލީ ރައްރަށުގެ އިންޖީނުގެތައް ބަދަލް ދޭނަމުގަ އަތުލީ މިހެންގޮސް ކިޔަން ވެއްޖެއްޔާ އިރުއަރާ އޮއްސެންދެން ކިޔިދާނެ މީތޯ ތިޔަ ވިދާޅުވާ އަމާޒަކީ ވޭނުގައި ދިރިއުޅޭ އާއިލާތަކަށް އުންމީދެއް ހޯދައި ދިނުން މިހާރު މިތިބީ ވޭނާކެކުޅުމާ ހިއްދަތިކޮއްފައި