23:32

ޕޮލެންޑްގައި ކޮވިޑް-19 އަށް ފައްސިވާ މީހުންގެ އަދަދު ވަރަށް ބޮޑަށް އިތުރުވެ، ހޮސްޕިޓަލްތައް ފުރި ބަލި މީހުންނަށް ފަރުވާ ދިނުމުގައި ދަތިތައް ކުރިމަތިވަމުން އަންނާނީ އެގައުމުގެ އެންމެ މުހިއްމު ފުޓްބޯޅަ ސްޓޭޑިއަމްގައި ބަލި މީހުން އެޑްމިޓް ކުރަން ނިންމައިފި.

22:09

ރާއްޖެ އިން އިތުރު 22 މީހަކު ކޮވިޑް-19 އަށް ފައްސިވެއްޖެ.

19:04

ދުނިޔޭގެ އެކި ހިސާބުތަކުގައި މިހާރު ހަލުވި ކަމާއި އެކީ ފެތުރެމުން އަންނަ ކޮވިޑް-19 ޖެހިގެން އިރާނުން ރެކޯޑް އަދަދަކަށް މީހުން މަރުވެއްޖެ.

18:33

ދެކުނު އެފްރިކާގެ ހެލްތު މިނިސްޓަރ ވެލީ މިކްޒީ އާއި އޭނާގެ އަންހެނުން ކޮވިޑް-19 އަށް ފައްސިވެއްޖެ.

17:37

ކޮވިޑް-19ގެ ސަބަބުން އާމްދަނީއަށް ނުރަނގަޅު އަސަރު ކޮށްފައިވާ މީހުންނަށް އިންކަމް ސަޕޯޓް އެލަވެންސްގެ ގޮތުގައި 106 މިލިއަން ރުފިޔާ ދޫކޮށްފައިވާ ކަމަށް ފިނޭންސް މިނިސްޓްރީ އިން ބުނެފި.

17:37

ކޮވިޑް-19ގެ ސަބަބުން މާލީ ދަތިކަން ކުރިމަތިވެފައިވާ ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށާއި އަމިއްލަ މަސައްކަތްކުރާ ފަރާތްކަކަށް އެސްއެމްއީ ޑިވެލޮޕްމެންޓް ފައިނޭންސް ކޯޕަރޭޝަން (އެސްޑީއެފްސީ) މެދުވެރިކޮށް 300 މިލިއަން ރުފިޔާ ދޫކޮށްފައިވާ ކަމަށް ފިނޭންސް މިނިސްޓްރީ އިން ބުނެފި.

15:29

އަވައްޓެރި އިންޑިޔާއިން ކުރިއަށް އޮތްތަނުގައި މަހެއްގެ މައްޗަށް 2.6 މިލިއަން މީހުން ކޮވިޑް-19 އަށް ފައްސިވެދާނެ ކަމަށް އެޤައުމުގެ ސައިންސުވެރިންގެ ޕެނަލަކުން ބުނެފި.

15:20

ޅ.ކުރެންދޫން މީހަކު ކޮވިޑް-19 އަށް ފަައްސިވެއްޖެ.

15:09

ކޮވިޑް-19 ޖެހިގެން މިސްރުގެ 10 ޖަލަކުން 14 ގައިދީއަކާއި މަރުވެފައިވާ ކަމަށް ހިއުމަން ރައިޓްސް ވޮޗް (އެޗްއާރުއެޗް) އިން ބުނެފި.

13:45

ކޮވިޑް-19އާ ގުޅިގެން ބަންދުކޮށްފައިވާ ގެސްޓް ހައުސްގެ ވިޔަފާރިތައް އަލުން ހުޅުވަން ހުއްދަ ދިންފަހުން މިއަދާއި ހަމައަށް ނުވަ ރަށެއްގެ 29 ގެސްޓް ހައުސް ހުޅުވުމުގެ ހުއްދަ ދީފައިވާ ކަމަށް ޓޫރިޒަމް މިނިސްޓްރީން ވިދާޅުވެއްޖެ.

13:00

ޏ. ފުވައްމުލަކުން އިތުރު މީހަކު ކޮވިޑް-19 އަށް ފައްސިވެއްޖެ.

12:09

މެލޭޝިއާ އިން އިއްޔެ ރެކޯޑް އަދަދަކަށް މީހުން ކޮވިޑް-19 އަށް ފައްސިވެއްޖެ.

12:01

އެންމެ ގިނަ އިން ކޮވިޑް-19 އަށް މީހުން ފައްސިވި ގައުމުތައް.

09:40

ކުރިއަށް އޮތް ދެތިން ހަތަރު ހަފްތާއެއް ވެގެން ދާނީ ކޮވިޑް-19 އާއި ގުޅިގެން އެމެރިކާ އަށް އަންނަ އެންމެ ނުރައްކާތެރި "އެންމެ އަނދިރި" ހަފްތާތައް ކަމަށް އެޕިޑޮމޮޖިސްޓުން ބުނެފި.

08:18

އެޗްޕީއޭގެ ގައިޑްލައިންތަކަށް ބެލުމެއް ނެތި ބޭނުން ވަރަކަށް ދަތުރުކޮށް ހަރަކާތްތައް ބާއްވާނަން ކަމަށް ޕީއެންސީގެ ނައިބު ރައީސް އިބްރާހިމް ޝުޖާއު ވިދާޅުވެއްޖެ.

07:48

އެމެރިކާ އިން ވެސް ކޮވިޑް-19 އަށް ފައްސިވާ މީހުންގެ އަދަދު އިތުރުވެ، މިހާރު ތިންވަނަ ރާޅެއް އަރަމުންދާ ކަމުގެ ނިޝާންތައް އަންނަނީ ފެންނަމުން. އެމެރިކާގެ ބައެއް ސްޓޭޓްތަކުން ކޮވިޑް-19 އަށް ފައްސިވާ މީހުންގެ އަދަދު މިހާރު ވަނީ މީގެ ކުރިން މައްޗަށް ނުދާ ވަރަށް މައްޗަށް ގޮސްފައި. ކޮވިޑް-19 އަށް އެމެރިކާ އިން ފައްސިވާ މީހުންގެ އަދަދު މަތިވަމުން ދާއިރު ކުރިއަށް އޮތް ފިނިމޫސުމުގައި އެމެރިކާގެ ހާލަތު އިތުރަށް ގޯސްވެގެން ހިނގައިދާނެ ކަމުގެ ބިރު ވަނީ ބޮޑުވެފައި.


ކޮވިޑް-19 އަށް އޭޕްރީލް މަހު މާލެ އިން މީހަކު ފައްސިވުމުން ވަރުގަދަ ފިޔަވަޅުތަކާއި އެކު ދިވެހިން ފުރަބަންދުވެ، ބަލި ކޮންޓްރޯލް ކުރިއެވެ. ނަމަވެސް ޖުލައި މަހު ދިން ލުއިތަކަށް ފަހު ކޮވިޑް-19 އަށް ފައްސިވާ މީހުންގެ އަދަދުތައް އިތުރުވެ ދެވަނަ "ރާޅެއް" ރާއްޖެ އަށް ބިންދާލިއެވެ. ފުރަތަމަ އިމްތިހާނުން ދިވެހިން ފެއިލް ވީއެވެ.

މާސްކް އެޅުން މަޖުބޫރުކޮށް ފިހާރަތަކާއި ރެސްޓޯރެންޓްތަކާއި އާއްމު ޚިދުމަތްދޭ ތަންތަނުގައި އަމަލު ކުރަން ޖެހޭ ގައިޑްލައިންތައް އެކުލަވާލައިގެން ދެވަނަ ރާޅު ވެސް ދިވެހިން ކޮންޓްރޯލް ކޮށްފިއެވެ. މިހާރު ފެންނަމުން ދަނީ ބަލިން ރަނގަޅުވާ މީހުންގެ އަދަދު އިތުރުވެ ދެވަނަ ރާޅުގެ މައްޗަށް ވެސް ދިވެހިން ކުރި ހޯދަމުންދާ މަންޒަރެވެ.

ނަމަވެސް މިއީ އަދި ކޮވިޑް-19 އިން ސަލާމަތްވީއެއް ނޫނެވެ. ދުނިޔޭގެ ބައެއް އެހެން ގައުމުތަކުގައި ވެސް ފިޔަވަޅުތަކަށް ލުއިތައް ދިނުމުން ދެން ކުރިމަތިވަމުންދާ މަންޒަރު ރާއްޖެ އިން ވެސް ތަކުރާރުވެދާނެއެވެ. "ތިންވަނަ ރާޅެއް" ވެސް އެރުން އެއީ ފަރުވާކުޑަކޮށްފިނަމަ ނުވެނުދާނެ ކަމެކެވެ.

ދިވެހިންގެ ކުރިމަތީގައި މިއޮތީ އަނެއްކާވެސް އޮތީ އިމްތިހާނެކެވެ. އެއިމްތިހާނުން ފާސްވެވެން އޮތީ ކޮވިޑް-19 އަށް ފައްސިވާ މީހުންގެ އަދަދު މަދުކޮށްނެވެ. ކޮންމެ މީހަކު ވެސް ފަރުދީ ޒިންމާ އަދާކޮށްގެންނެވެ. ކޮވިޑް-19 އިން ރައްކާތެރިވުމަށް އަމަލު ކުރަން ޖެހޭ ކަންކަމަށް އަމަލު ކޮށްގެންނެވެ. މާސްކް އަޅައިގެންނެވެ. ގައިދުރުކޮށްގެންވެ. ކޮންމެހެން ބައްދަލު ކުރަން ޖެހޭ މީހުން ފިޔަވައި އެހެން މީހުންނާއި ބައްދަލުނުކޮށް އަބަދުވެސް ކޮވިޑް-19 އިން ސަލާމަތް ވުމަށް ކުރެވެން ހުރި ހުރިހާ މަސައްކަތެއް ކޮށްގެނެވެ.

ކޮވިޑް-19 އާއި ގުޅޭ އިތުރު ޚަބަރުތައް "ވަގުތު" ބްލޮގް އިން ފެންނާނެއެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. މުހައްމަދު އަންޖުމް

    އަޖާއިބް އަންތަރީސް ނުވާނެތަ މީހަކު ކިހިނެތްބަލައިގެންބާ ޖެހޭމީހުންގެ އަދަދުތައް ބަލަހައްޓަނީ އުފެދޭސުވާލު ކުޅު ދުއް ފުއްޓަކީ ފަހެ އިންޑިޔާގެ ކޮޗިންތޯ އަދި ކޮވިޑްޖެހިގެން ނިޔާވީ ހަމަ އިންޑިޔާގެ ބޭކަލަކީބާ އެކަމަކުވެސް ކުރީދުވަހު މަދު ރޭގަ ގިނަ މިރޭ ބުނާނެ ނެތޭ މިހާރު ހީވަނީ މިބަލި ގެންގުޅެނީ ރައީސްއޮފީހުގަކަމަށް އެއީ ހިތަށްއެރީމަ ޖެހިފައި ހިތައްއެރީމަނުޖެހިފައި އަނެއް މަގުތައް އޮންނަނީ ފުރިބާރުވެފަ މާސްކު އަޅަނީ ހިތައްއެރިއްޔާ ގައިދުރުކަމެއްނޯވޭ އެކަމު ވަކިވަކި ހިސާބުގަ ގައިދުރުކުރުމާ ކައިރިކުރުން ހައްދުން ނެއްޓިފަ މީހަމަ އަޖައިބެއްނޫންތަ

  2. މަގޭ ވެރިކަން

    މަށަށް މާތްﷲގެ އިރާދަފުޅުން ވެރިކަން ލިބޭ ދުވަހަކު އެމްޑީޕީއެއް ޕީޕީއެމެއް ނުބަލާ 2005 ކުން ވެރިކަން ލިބޭ ދުވަހާ ހަމައަށް ގައުމު ކުރިނާރުވާ އަގަތަޅާ އެންމެހާ ކުރަފި ސިޔާސީ ކޮރަޕްޓުން އުމުރު ދުވަހަށް ޖަލަށް ލާނީ. އެމީހުންނަށް ހާއްސަ ޖަލެއް ހަދާ ދުވަހަކުވެސް ރާއްޖެ ނުފެންނާނެ ވަރު ކޮށްލަންވީ (ޖަލަށް ލާފަ، ޖަލުން ރަނގަޅު ހިދުމަތް ލިބޭނެ އެކަމަކު އެމީހުންގެ ހަބަރެއް ދިވެހިންނަކަށް، އާއިލާ މީހަަކަށް ދުވަހަކުވެސް ނުލިބޭނެ)

    ބަލާލަބަ ނިއުޒީލޭންޑް، ވިއެޓްނާމް، ސީޝެލްސް، މޮރިޝިއަސް، ފިޖީ، ބުރުނާއީ ފަދަ ގައުމުތައް.. އެގައުމުތަކުގެ ވެރީން ގައުމު ދެކެ ލޯބިވެ ރައްޔިތުންނަށް ހެޔޮއެދޭތީ ކޮވިޑުން އެހާ އަވަހަށް ސަލާމަތްވީ. މިހާރު އެގައުމުތަކުގައި މާސްކުވެސް ނާޅާ / ހާލަތު ވަނީ ކޮވިޑްގެ ކުރީގެ ހާލަތަށް ގޮސްފައި. ރާއްޖޭގެ މިއުޅޭ ސިޔާސީ ޖަނަވާރުންނާ ހެދި ރާއްޖެ މިވަނީ ހަލާކުވެފައި. ދަރާ ވިކިފައި މިވަނީ. ދެން ހާލަތު ރަނގަޅުވާނޭ ވާހަޖަ ނުދައްކާ

    1
    1