މިއަދު ހެނދުނު މާލެ ސަރަހައްދުން ދޭތެރެ ދޭތެރެއިން ކަރަންޓުގެ ހިދުމަތް މެދުކެނޑިގެން ދިއުމުގެ ސަބަބުން ކަރަންޓުގެ އާލާތްތަކަށް އެކި ޓެކްނިކަލް މައްސަލަ ދިމާވުމުން ވުމުން ވެސް ސަރުކާރުގެ ވެބްސައިޓްތަކުގެ ހިދުމަތާއި އޮންލައިން ހިދުމަތްތައް މެދުނުކެނޑި ދެވުނު ކަމަށް ކޮމިއުނިކޭޝަން، ސައިންސް، އެންޑް ޓެކްލޮނޮޖީ މިނިސްޓްރީ އިން ވިދާޅުވެއްޖެއެވެ.
ކޮމިއުނިކޭޝަން މިނިސްޓްރީއިން ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައިވާ ގޮތުގައި މިއަދު ކަރަންޓުގެ ހިދުމަތަށް ބުރޫއު އެރި ވަގުތު ވެސް މެދުކެނޑުމެއް ނެތި ގަވް.އެމްވީގެ އޮންލައިން ހިދުމަތްތައް ދެވިފައިވަނީ މި ސަރުކާރުގެ ކުރީކޮޅު ނޭޝަނަލް ސެންޓާ ފޮ އިންފޮމޭޝަން ޓެކްނޮލޮޖީ (އެންސީއައިޓީ) ގެ ޑޭޓާ ސެންޓަރުގެ ޕަވާ ސިސްޓަމް ވަރުގަދަ ކުރެވެމުންނެވެ.
އެ ހިދުމަތްތައް މެދުނުކެނޑި މިއަދު ވެސް ދެވިފައިވަނީ އެންސީއައިޓީގެ ހީވާގި މުވައްޒަފުންގެ ސަބަބުން ކަމަށް ޓެކްނޮލޮޖީ މިނިސްޓްރީން ވިދާޅުވެފައިވެއެވެ.
https://twitter.com/MoCSTmv/status/1319575585241194496?s=20
އެނގިފައިވާގޮތުން، ކަރަންޓް ކެނޑުމުގެ ސަބަބުން އެއްވެސް ޑޭޓާއަކަށް ގެއްލުމެއް ލިބިފައެއް ނުވެއެވެ. އަދި އެތަނުން ކަރަންޓް ނުކެނޑި 30 ސިކުންތު ތެރޭގައި ކަރަންޓް ދެވިފައިވާ ކަން ފާހަގަކޮށްލަން ޖެހެއެވެ.
މިއަދު އެތަނުން މެދުނުކެނޑި ފޯރުކޮށްދިން ހިދުމަތްތަކުގެ ތެރޭގައި ބޯޑަރު ކޮންޓްރޯލް ނިޒާމާއި، އެކްސްޕެޓް އަދި ޖެމްސް އާއި ޖެމެން (އުފަންވާ އަދި މަރުވާ މީހުންގެ ސިސްޓަމް) ފަދަ ވަސީލަތްތައް ހިމެނެއެވެ.
މުވާސަލާތީ ހިދުމަތްތައް ވަރުގަަދަ ކުރުމަށާއި ސަރުކާރުގެ އޮންލައިން ހިދުމަތްތައް ވަރުގަދަ ކުރަން މި ސަރުކާރުގައި ކޮމިއުނިކޭޝަން، ސައިންސް، އެންޑް ޓެކްނޮލޮޖީގެ ނަމުގައި މިނިސްޓްރީއެއް އުފެއްދި ފަހުން ވެސް މުވާސަލާތީ ހިދުމަތްތަކުގެ ފެންވަރު ރަނގަޅު ވަމުން ނުދިއުމުގެ ޝަކުވާ އާންމުންގެ ތެރޭގައި ވަރަށް ބޮޑެވެ.
މިއަދު ހެނދުނު އަށެއް ޖަހާކައަށް ހާއިރު މާލޭގެ ބައެއް ސަރަހައްދުތަކުން ކަރަންޓު ކެނޑިގެން ދިޔައެވެ. އޭގެ ފަހުން ސްޓެލްކޯގެ ކަރަންޓު ވިއުގައަށް ދިމާވި އެކި މައްސަލަތަކާ ހުރެ މުޅި މާލެއިން ކަރަންޓު ލިބި ކެނޑެމުން ގޮސްފައިވެއެވެ. މުޅި މާލެއިން ކަރަންޓު ކެނޑިފައި ހުރިތާ ވެސް ގަޑިއިރުތަކެއް ފަހުން ކަރަންޓުގެ ހިދުމަތް ލިބުނީ ގާތްގަނޑަކަށް މެންދުރު ވުމުންނެވެ.
އެކި ފަހަރު މަތިން ކަރަންޓު ލިބި ކެނޑެމުން ދިޔުމުގެ ސަބަބުން ބައެއް ގޭބިސީތަކުގެ ކަރަންޓުގެ އާލާތްތަކާއި ހިފާ ގެންގުޅޭ ބައެއް ސާމާނުތަކަށް ގެއްލުން ލިބިފައިވާ ކަމުގެ ޝަކުވާތައް ވެސް މީސް މީޑިއާގައި އާންމުން ހިއްސާކޮށްފައިވެއެވެ.
ރާއްޖޭގައި މުވާސަލާތީ ހިދުމަތްދެމުންދާ އެއް ކުންފުނި ކަމުގައިވާ ދިރާގުން ވެސް ބުނެފައިވަނީ މާލޭގައި އުޅޭ އެ ކުންފުނީގެ މޯބައިލް ހިދުމަތް ހޯދާ ފަރާތްތަކަށް އެ ހިދުމަތް ހޯދުމުގައި ދަތިތައް ދިމާވުން އެކަށީގެންވާ ކަމަށެވެ.
މިހާރު ކަލޭ މެޑަލް ޖެހީ ދޯ. އަހަެުމެންނަށް ވެސް ނެޓްވޯކް ލިބުނު.
ބީއެމްއެލް އަށް ވަދެވޭ ގޮތް ހަދާބަލަ
ބީއެމްއެލް އަކަށް ނުވަދެވޭ... ކިހާ ދެރަކަމެއް....
ކަރަޓް ކަޑާގެެންދިޔާމާ އެކަމުގެ ފައިދާ ނަގަންް ޓޫއިޓްކުރިޔަަސް ދެންއޮތީ މަލީހު ވަކިކުރުން ކޮލިސަަންގެ އެންމެންވަކިކުރާނެ ދެންތިބޭ ރާކަނި މަސް ކެވިފާ ދެން ތިބީ ؟
މިހިރަ މަލީހު ރައްޔިތުންނަށް އޮޅުވާލުމަށް ތީ ބޮޑުވަރު ކަލޯ،ކަލޭ އަމިއްލަޔަށް ޗެކް ކޮށްބަލަ ބީ އެމް އެލް އަށް ވަދެވޭތޯ.
ތީ ވަރަށް ބޮޑު ކާމިޔާބެއް! ތިކަން ފާހަގަކުރަން ޖެހޭނެ ރައްޔިތުންނަށް ކާންދީފައި 3 ދުވަހު ސަރުކާރު ބަންދުކޮށް އުފާފާޅުކުރަން!
އެކަމަކު މަލީހޫ އީގޮވް އަށް ނުވަދެވުނޭ...
ކަރަންޓް ހުންނަގަޑީގައިވެސް ވާކްޕާމިޓްސިސްޓަމަކަށް ނުވަދެވޭ. މޮޅުވާހަކަ ނުދައްކަމާ ދެއްތޯ؟
މުޅިދުވަސް ބޭންކުގެ އެެއްވެސް މުއާމަލާތެެއްނުކުރެވި މިދިޔައީ..
ބަލަގަ އޮލައިން ޚިދުމަތުގެވާހަކަ ތިޔަދައްކަނީ ބަލަގަ ކަރަންޓްކެނޑީމަ ލިބުނުގެއްލުމޯ ލިބުނުހިތްދަތިކަމޯ ބުނެލަން ފަސޭހަ ނަމަވެސް ކަރަންޓް ކެނޑިގެން ހޭދަވި ގަޑިތަކުގަ އުފުންޖެހުނު އުނދަގުލޯ އެވެސް ދޭތެރެ ދޭތެރެއިން ދެން ކަރަންޓް ބިލާފެން ބިލް ލިބޭއިރު ކަރަންޓްކަނޑާލައިގެން އުޅުނުވަގުތަށް ޗާޖްކޮށް ބިލް ބޮޑުކޮށްލާނެ މިހާރުވެސް ދެގުނަބޮޑުކޮށް ބިލްއަންނަނީ ހަމަ މިގޮތައް ފެންބިލްވެސް ބޮޑުކޮށްލައިގެން ފޮނުވަނީ އަހަރެމެން ގުދާރުމިވަނީ ފައިސާ އުފައްދައިގެން ބިލްތައްދައްކަން މީވަގުންގެ ވައްކަމަށް ރައްޔިތުންގެ އަތުން ފައިސާ ދަމާކަނޑަނީ ތިމާވެސް އޭގެތެރޭގަ ހިމެނޭ
މރ. ހެޑްލައިން ފެންމަތިވި ދުވަހެއް