ކުރީގެ ނައިބު ރައީސް އަބްދުﷲ ޖިހާދަށް ދައުވާ ކުރަން ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުން ކްރިމިނަލް ކޯޓަށް ފޮނުވައިފިއެވެ.

ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހުން ނެރުއްވާފައިވާ ބަޔާނެއްގައި ވިދާޅުވެފައި ވަނީ، ކ. ފުށިދިއްގަރުފަޅު ސްޕެޝަލް ޓޫރިސްޓް ޒޯނެއްގެ ގޮތުގައި ތަރައްޤީކުރުމުގެ މަޝްރޫޢާ ގުޅިގެން، އޭރުގެ މިނިސްޓަރ އޮފް ފިނޭންސް އެންޑް ޓެރެޜަރީގެ މަގާމުގައި ހުންނެވި ،ޢަބްދުالله ޖިހާދުގެ މައްޗަށް ދައުވާކުރަން ނިންމަވާފައިވާ ކަމަށެވެ.

އެމަނިކުފާނަށް ދައުވާ ކުރަނީ ކޮރަޕްޝަން ހުއްޓުވުމާ މަނާކުރުމުގެ ޤާނޫނުގެ ގެ ދަށުން ރައްޔިތުންނަށް ނުވަތަ ދައުލަތަށް ފައިދާއެއް ލިބެންއޮތް ކަމެއްގައި އެނޫންގޮތަކަށް ޢަމަލުކުރުމުގެ ކުށުގައި ކަމަށާ، އެ ދަޢުވާ މިއަދު ކްރިމިނަލް ކޯޓަށް މިހާރު ހުށަހަޅާފައިވާކަން އެ ބަޔާނުގައި ވަނީ ފާހގަކުރައްވާފައެވެ.

އެ މައްސަލައަކީ އެސެޓް ރިކަވަރީ ކޮމިޝަނުން ތަހުގީގު ކުރި މައްސަލައެކެވެ.

ޕީޖީ އޮފީހުން ވިދާޅުވީ ނޭޝަނަލް ޕްލޭނިންގ ކައުންސިލުގެ ލަފާގެ މަތިން ކ. ފުށިދިއްގަރުފަޅު ސްޕެޝަލް ޓޫރިސްޓް ޒޯނެއްގެ ގޮތުގައި ތަރައްޤީކުރުމަށްޓަކައި ސަރުކާރުގެ %50 ހިއްސާވާގޮތަށް ޖޮއިންޓް ވެންޗަރ އެގްރީމަންޓެއް ހެދުމަށް 2011 ވަނަ އަހަރުގެ ނޮވެންބަރު 22 ވަނަ ދުވަހު ވަޒީރުންގެ މަޖިލީހުން ނިންމަވާފައިވާ ކަމަށެވެ.

އަދި އެ ނިންމުމުގައި މި މަޝްރޫޢަށް ސަރުކާރުން އެއްވެސް ފައިސާއެއް ޚަރަދުކުރަންނުޖެހޭ ގޮތަށާއި، މި މަޝްރޫޢުގެ ތެރެއިން، ބިމު ކުލި ދައުލަތަށް ލިބެންޖެހޭނެ ކަމަށް ބުނެފައިވާކަން ޕީޖީއިން ފާހަގަކުރެއެވެ.

އެހެންނަަމަވެސް ޢަބްދުالله ޖިހާދު، މިނިސްޓަރ އޮފް ފިނޭންސް އެންޑް ޓްރެޜަރީގެ މަޤާމުގައި ހުންނަވާ ވަޒީރުންގެ މަޖިލީހުގެ ނިންމުމާ ކަނޑައެޅިގެން ޚިލާފަށް، އެކަން އެގޮތަށް ކުރަންޖެހިދާނެ އެއްވެސް ސަބަބެއް ނެތި، 2013 ވަނަ އަހަރުގެ ޖަނަވަރީ 13 ވަނަ ދުވަހު ކފުށިދިއްގަރުފަޅު ސްޕެޝަލް ޓޫރިސްޓް ޒޯނެއްގެ ގޮތުގައި ތަރައްޤީކުރުމަށްޓަކައި، ވަޒީރުންގެ މަޖިލީހުގެ ނިންމެވުމުގައި އޮތް %50 ގެ ބަދަލުގައި، ދިވެހި ދައުލަތުގެ %25 ހިއްސާ އޮންނަ ގޮތަށް ޖޮއިންޓް ވެންޗަރ ކުންފުންޏެއް ހެދުމަށް ޕްރައިމް ކެޕިޓަލް މޯލްޑިވްސް ލިމިޓަޑާއެކު އެއްބަސްވުމެއްގައި ސޮއިކުރެއްވި ކަން ޕީޖީގެ ބަޔާނުގައި ވަނީ ފަހަގަކުރައްވާފައެވެ.

އެހެންކަމުން ޖިހާދުގެ މި ޢަމަލުގެ ސަބަބުން ރައްޔިތުންނަށާއި ދައުލަތަށް ލިބެންއޮތް ފައިދާއިން، ހަމައެކަނި ބިމު ކުލީގެ ގޮތުގައިވެސް 750,713,604 އެމެރިކާ ޑޮލަރު އުނިވެފައިވާކަމަށް ޕީޖީއިން ފާހަގަކުރައްވައެވެ.

އަދި ދައުލަތުގެ %50 ޕަސެންޓު ހިއްސާގެ ބަދަލުގައި %25 ޕަސެންޓަށް ހިއްސާ ބަދަލުވުމުން، ކުންފުނީގެ ވިޔަފާރި ފައިދާއިން ލިބޭނެ ގެއްލުންވާކަމަށް ވެސް ޕީޖީއިން ބުނެއެވެ.

ޕްލޭނިން ކައުންސިލުން ނިންމެވީ، ބިމު ކުލި 50 އަހަރުގެ ތެރޭގައި 411،720،000 ދައްކަން ވާނެ ކަމަށާ، ޕްރައިމް ލޮކޭޝަން ޗާޖްގެ ގޮތުގައި 50 އަހަރުގެ ތެރޭގައި 192،993،750 ޑޮލަރު ދައްކަން ވާނެ ކަމަށެވެ. އެހެންނަމަވެސް ޖިހާދު ވަނީ އެއިން އެއްވެސް އެއްޗެއް ދައްކަވަން ނުޖެހޭ ގޮތަށް ފަހުން ހަމަޖައްސަވާފައެވެ.

މި މައްސަލަ 22 އޮގަސްޓް އެންޓި 2013- ކޮރަޕްޝަން ކޮމިޝަނަށް ހުށަހެޅިއެވެ، މި މައްސަލައަކީ ފާޅުކަން ބޮޑު ގޮތެއްގައި
ކޮރަޕްޝަން ހިމެނޭ މައްސަލައަކަށްވާއިރު، މި މުޢާމަލާތުގައި ކޮރަޕްޝަން އެކުލެވިގެން ނުވާކަމަށް، 2016 ވަނަ އަަހަރުގެ ފެބުރުވަރީ 16 ގައި، އޭރު އެ ކޮމިޝަނުން ނިންމާފައިވެއެވެ. މި ނިންމުމުގައި ކޮރަޕްޝަންގެ ޢަމަލެއް އެކުލެވޭކަމަށް ބެލުމުގެ ފުރުޞަތު އޮތް ކަމަށް ބުނެ އެ މައްސަލަ ވަކި މައްސަލައެއްގެ ގޮތުގައި ތަޙްޤީޤުކޮށްދެއްވުމަށް ޕްރެޒިޑެންޝަލް ކޮމިޝަން އޮން ކޮރަޕްޝަން އެންޑް އެސެޓް ރިކަވަރީއަށް ހުށަހެޅިއެވެ.

ކިޔުންތެރިންގެ ހިޔާލު

7 ކޮމެންޓް

 1. ސަމްސިއްޔާ

  ތިޔަ ޕީޖީ އަކީ ހިތުހުރި ގޮތަކަށް އަމަލު ކުރާތަނެއް. ބައެއްމީހުންގެ މައްސަލަ ފޮނުވަން އިނގެނީ؟؟

  11
  2
 2. ކަނަމަނަ

  ޕީޖީޝަމީމުވަނީ ކަރުގަވާބައްދާ މީހުންގެތެރޭގަނަހިންގަން ކުއްތާއިން ގެންގުޅޭހެން

  11
  3
 3. ހުސޭނުބޭ

  މި ސަރުކާރުގެ ވައްކަންތައް ފޮރުވުމަށް ކުޅޭ ޑްރާމާ!

  12
  2
 4. އިސްތިއުފާ

  ޕީޖީ ޝަމީމް އަކީ މިހާރު އިތުބާރު ގެއްލިފައިވާ މީހެކޭ އޭނާ ޖެހޭނީ މިހާރުން މިހާރަށް އިސްތިއުފާ ދޭންއޭ ޕީޖީ ޝަމީމް އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ

  10
  2
 5. ވަގުންނޭ

  އަމިއްލަ ފައިދާ އަށް ނޫން ގޮތަށް ދުނިޔޭގެ ގައުމު ތަކުގެ ވެރިކަމަށް އަންނަ ބަޔެއް އަދި އެއް މަމެންނަށް ފެނިފައި ނެތޭ ސަބަބަކީ އެއީ ރާއްޖޭގައި ވެސް މިހާރު ވެރިކަން ކުރާ ފަރާތުން ބުނަމުން އައީ ކުރީގައި ވެރިކަން ކުރި ވެރިމީހާ ވަނީ ދައުލަތުގެ ޚަޒާނާއިން ވައްކަން ކޮށްފައޭ ކިޔާ ވެރިކަމަށް އައީ ވައްކަން ނުކުރާނެ ކަމަށް ބުނެ ޓެސްޓަށް ދިމާވީ ކޮވިޑް ވަބާ މުޅި ދައުލަތުގެ ޚަޒާނާ ލޫޓުވާލީއޭ ކޮވިޑް ތެރޭގައި ހަކުރު ކިލޯ އެއް ސަރުކާރަށް 1600 ރުފިޔާ އަށް ވިއްކާލައިގެން މުޅިން ވަގުންނޭ މިހާރުގެ ވެރިކަމުގައި ތިބީ ކުރީ ވެރިކަމުގައި ތިބީ ބޮޑު އެއް ވަގު މިހާރުގެ ވެރިކަމުގައި މުޅިން ވެސް ވަގުން ތިބީ ދެން ކީއްކުރާނީ...

  9
  2
 6. ޢެޑޯބެ

  ޢެފް ޕީ އައިޑީ ، އެއަރމޯލްޑިވްސް ، އެމްއެމް ޕީ އާރސީ ، ފެބްރުއަރީ ހަތެއްގެ ހާދިޝާ، ކޮވިޑް ކޮންޓްރޯލް އަށް ދިވެހިދައުލަތުން ގެއްލިގެން ދިޔަ އެސެޓް ތައް ރިކަވަރ ކުރަން ނުކެރެނީ އެއީ އަމިއްލަ ކަރަށް މަޅިފެތިދާނެތީކަން އެގޭ!މަހާ ވައްކަމުގެ އަޑު މިދީބުން ނުކެޑޭނެ!

 7. ޕީޖީ

  ބަލަ މިސަރުކާރުގަ ނޫންތަ ރައްޔިތުންނަށް ފައިދާ ނުވާގޮތަށް ވެންލޭޓަރު ގަތުމަށް 300 މިލިއަން ޑޮލަރު ބަޔަކާ ހަވާލު ކުރީ، އަދި އަދަށްވެސް އެ ވެންޓިލޭޓަރުތަކެއް ލިބިފައެއް ނެތް. ކީއްވެ އެމައްސަލަ ޝަރީއަތަށް ނުފޮނުވިގެން އުޅެނީ. ވަކިބަޔަކާ އަޅައިގަނެގެން މިއުޅެނީ މިސަރުކާރުން ކުރާވައްކަންތަށް ފޮރުވުމަށް، މިސަރުކާރުން ނުބެލިކަމަށް ވިޔަސް އަހަރުމެނ ބަލާނަން ވައްކަމެއް ކޮއްފަ ތިޔަހެނެއް ބޮދައިގެން ސަލާމަތެއް ނުވެވޭނެ.