އެމްއެންޑީއެފްގެ އިސް ތިން އޮފިސަރަކަށް މަގާމުން ކުރިއެރުން ދެއްވައިފިއެވެ.

މަގާމުގެ ކުރިއެރުން ދެއްވާފައިވާ ތިން ބޭފުޅުންނަކީ ކުރިން ލެފްޓިނަންޓް ކާނަލްގެ މަގާމުގައި ތިއްބެވި ތިން އޮފިސަރަކަށެވެ.

އެ އޮފިސަރުން މިހާރު ވަނީ ކާނަލްގެ މަގާމަށް ޕްރޮމޯޓްކޮށްފައެވެ.

އެމްއެންޑީއެފް އިން ވިދާޅުވީ، އެ ތިން އޮފިސަރުންނަކީ ލެފްޓިނަންޓް ކާނަލް އަހްމަދު ނަޝީދު އާއި ލެފްޓިނަންޓް ކާނަލް ހަސަން ޝާހިދު އާއި ލެފްޓިނަންޓް ކާނަލް އިސްމާއީލް ނަސީރު ކަމަށެވެ.

މިިދިޔަ އަހަރުގެ ތެރޭގައިވެސް އެމްއެންޑީއެފްގެ ބައެއް އޮފިސަރުންނަށް މަގާމުގެ ކުރިއެރުން ދެއްވާފައި ވެއެވެ.

އެމްއެންޑީއެފްގެ އެކި ގިންތީގެ ސިފައިންނަށް ޕޮރޮމޯޝަނާއި މަގާމުގެ ކުރިއެރުން ދިނުމުގެ މަސައްކަތް ފަށާފައިވާކަމަށް އެމްއެންޑީއެފްގެ ޗީފް ސްޕޯކްސް ޕާސަން ބްރިގޭޑިއަރ ޖެނެރަލްަ ޒަކައްރިޔާ މަންސޫރު މިގެ ކުރިން ވަނީ ވިދާޅުވެފައެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. މޫސާ އިބްރާހިމް

    ތިޔަ ނަށީދު ތި ވަރަށް ފިނޑި މީހެއް. ދަށް ރޭންކުގެ ސިފައިންނާދިމާލަށް ފުއްޕާ މީހެއް. މައިދާނަށް ނުކުތީމަ ބިރުން ފިލާއޮންނަ މީހެއް.
    މިކަހަލަ މީހުންގެ ރޭންކް މަތިވާވަރަކަށް އެމްއެންޑީއެފްގެ މައިބަދަ ކަމުގައިވާ އެންސީއޯ ކޯއަށް ބަލާބޮޑުވާނީ. އެމީހުން ގެ މޯރަލް ދަށްވެ ޑީމޯޓިވް ވުން ނޫން އެހެން ކަމެއް ނުވާނެ.

    6
    2
  2. ޞފފ

    މަރުހަބާ👏👏👏

    1
    5