މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް) ގެ އެހީތެރިކަމާއެކު ހދ. ކުޅުދުއްފުށިން ހާލުބޮޑު ބަލި މީހަކު މާލެއަށް ގެނެސްދީފިއެވެ.

މިކަން ހާމަކޮށް އެމްއެންޑީއެފް އިން މިރޭ ވިދާޅުވީ، ކުޅުދުއްފުށިން މާލެއަށް ގެނެވުނީ އުމުރުން 78 އަހަރުގެ ދިވެހި ފިރިހެނެއް ކަމަށެވެ.

އޭނާ މާލެއަށް ގެނެސްފައި ވަނީ ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލުގައި ސީރިއަސް ހާލުގައި ފަރުވާދެމުންދަނިކޮށް ކަމަށް ވެސް އެމްއެންޑީއެފް އިން ވިދާޅުވިއެވެ.

ޑޯނިއާ ފްލައިޓެއްގައި ކުޅުދުއްފުށިން މާލެއަށް ބަލި މީހަކު ގެނައުން - ފޮޓޯ: އެމްއެންޑީއެފް

މި މީހާ ފަރުވާއަށް މާލެއަށް ގެނެސްފައިވަނީ އެމްއެންޑީއެފް ނޮދަން ކޮމާންޑުގެ އެހީތެރިކަމާއެކު، ޑޯނިއާ ފްލައިޓެއްގައެވެ. މިއީ މި ފްލައިޓުން ބަލި މީހަކު މާލެއަށް ގެނެސްދިން ފުރަތަމަ ފަހަރެވެ.

އެމްއެންޑީއެފް އިން ވިދާޅުވީ ބަލި މީހާ މާލެއަށް ގެނެވުނީ މިރޭ ދަންވަރު 3:10 ހާއިރު ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު

8 ކޮމެންޓް

  1. ރާއްޖެ

    ފްލައިޓް ދުއްވީ ދިވެހި ޕައިލެޓެއްތޯ؟

    4
    1
  2. ކަނބާ

    "އެމްއެންޑީއެފް ފްލައިޓެއްގައި ކުޅުދުއްފުށިން ހާލުބޮޑު ބަލި މީހަކު މާލެއަށް ގެނެސްދީފި" މި ސުރުޚީ ކިޔާލީމާ މިއީ އެމްއެންޑީއެފްގެ ފްލައިޓެއް ކަމަށް މީހުންނަށް ހީވިޔަސް މިއީ ޙަޤީޤަތެއްނޫނެވެ. ޙަޤީޤަތަކީ މިއީ އިންޑިޔާ ސިފައިންގެ ފްލައިޓެކެވެ. ރައްޔަތުންނަށް މިކަން މިހާރު ރަނގަޅަށް އެނގެއެވެ.

    5
    2
  3. ގަމު މީހާ

    ތިއީ ކޮންމެ ރައްޔިތަކަށްވެސް ލިޞޭނެ ޚިދުމަތެއްތޯ އެޙާލަތުގައި..

    2
    1
  4. ލުޠުފީ

    ތިއީ އެމް އެން ޑީ އެފް ގެ ފްލައިޓެއް ނޫން . ތިއީ އިންޑިއާ ގެ ފްލައިޓެއް. ރާއްޖޭގެ އެމް އެން ޑީ އެފް ގައި ފްލައިޓާއި، ހެލިކޮޕްޓަރެއް ނުހުންނާނެ.

    5
    2
  5. ޒަރާނާ

    ޔާމިނު ކޮއްދީފަހުރި އަގުނުކުރެވޭހާ ހިދުމަތް ވެރިކަމުގެ އެންމެފަސްއަހަރު ކުރަމުންދިޔަ ޖެއްސުމައް ބެލުމެއްނެތި މަރުހަބާ ރައިސްޔާމިން އަޅުގަނޑުދެރަވެ ހިތާމަކުރަން މިނު ލަފާ ބަދުއަހުލާގީ ސަރުކާރު މިތާ އޮތުމުން

    5
    1
  6. އަލި ދީދީ

    އެމް.އެން.ޑީ.އެފް ހެހެހެހެހެހެ...

    4
    2
  7. އަހުމަދު

    ފާޑުފާޑްގެ ހަގީގަތާ ހިލާފު ވާހަކަށްނުލިޔާށެވެ ފުލައިޓް ގެ ފަހަތުކޮޅުން ފެނަނީ ދިވެހި ދިދައެވެ ތިމާމެން ދައްކާފިކޮންމެވާހަކައަކީ އިރުމެދުގަފެންނަންހުނައިރުވެސް ތެދުކަމަހަދަންނުޅޭށެވެ ދޮގުހަދާމީހުންނަގެލުމާހަލާކުހުއްޓެވެ

  8. އަލިފުޅު

    މީސްތަކުންނޭ... މިއީ މީސްތަކުންބޮލަށް ސަވާރުވާން ދުރާލައި ރާވައިގެން ކުރާކަންތަށް. މިރާއްޖޭގެ އެއާޕޯޓަކުން މާލެއަށް ބަލިމީހަކުގެންނަން ހަމަ ކޮންމެހެން އިންޑިޔާގެ ނުވަތަ އިންޑިޔާއިން ދީފައިވާ ނުވަތަ އިންޑިއާއިން އޮޕޭޓްކުރާ ޑޯނިއަރ ފްލައިޓެއް ބޭނުންކުރަންޖެހޭތަ؟ ކޮބައިތަ މޯލްޑިވިއަންއިން އޮޕަރޭޓްކުރާ ފްލައިޓްތަށް؟ ކީއްވެ އެފްލައިޓްތަކުގައި ބަލިމީހުން ނުއުފުލެނީ؟ އައްޑޫ ހިތަދޫން މީހަކު ބަލިވިޔަސް އެބަލިމީހާ މާލެގެނެވެނީ އިންޑިޔާގެ ހެލިކޮޕްޓަރުގައި. އައްޑޫގަމާއި މާލެއާއި ދެމެދު ދުވާލަކު ތިން ހަތަރު ފްލައިޓް އޮންނައިރުވެސް ހަމަ ބޮޑު މަންޒަރު ދެއްކުމަށް އިންޑިޔާގެ ހެލިކޮޕްޓަރު.
    ކުރިޔަށް އޮތްތަނުގައި ރާއްޖޭގެ ކޮންމެތަނަކުން މީހަކު ބަލިވިޔަސް އުފުލާނީ ތިޔަ ޑޯނިއަ ފްލައިޓްގައި ބޭނުމަކީ ތިޔަބޯޓަކާއި ހެލިކޮޕްޓަރާއި އިންޑިޔާ ސިފައިން މިގައުމުގައިތިބީމައި ރައްޔިތުންނަށް އެހީތެރިކަން ލިބޭކަން ދެއްކުން.
    ރާއްޖޭގެ ކޮންމެ އަތޮޅެއްގައި ކަހަލަ ގޮތަކަށް ސީއެމްބިއުލެންސް އެބަހުރި، އަތްފޯރާފަށުގައި އެއަރޕޯޓްތަށް އެބަހުރި، އެއަރޕޯޓްތަކަށް ދުވާލަކު މަދުވެގެން އެކެއް ނުވަތަ ދޭއް ފްލައިޓް މޯޑިވިއަން އެދަނީ އަޅަމުން. ބަލިމީހުން އުފުލަނީއޭކިޔާފައި ސިޔާސީ ސްޓަންޓް ޖައްސާނެކަމެއްނެތް.
    ރައީސް ޔާމީނު ވެރިކަމަށް އައިސްފިނަމަ ދެން އަހަރުމެން ކުރާނެކަމަކީ މިރާއްޖެއަށް އެއަރއެމްބިއުލެންސް އެއްގެނެސް ދިވެރިރައްޔިތުން ބޭސްފަރުވާއަށް އުފުލަން ދިވެހި ދަރިން ތައްޔާރުކުރުން. އެއިރުން ތިޔަ ޑޯނިއާ އަކާއި ހެލިކޮޕްޓަރުގެ ބަލާވެރިކަމުން ސަލާމަތްވާނެ. މީގެކުރިންވެސް އެމްއާރުއައި މެޝިނެއް ގަންނަންއުޅުނީމައި ތިޔަ އިންޑިޔާއިން މިރާއްޖޭގެ އެއިރުގެ ވެރިންނަށް ބިރުދައްކަން އުޅުނު، އެހެރީ އެމްއާރުއައި ސީޓީ މެޝިން ގެނެސްފައި ދިވެހިންނަކީ އިންޑިޔާ މީހުން ދެކޭހަކަލަ ނިކަމެތި ބައެއްނޫން.