ރ. އުނގޫފާރުގައި ވަކި ތަރުތީބެއް ނެތި ނެގި ސުންކެއް ކޮވިޑް-19 އަށް ފައްސިވެއްޖެ އެވެ.

އެޗްއީއޯސީން ވިދާޅުވީ، އެރަށުން ކޮވިޑް-19 އަށް ފައްސިވެފައިވާ މީހަކު ފެނިފައިވާ ކަމަށާއި، މިވަގުތު އެރަށް އޮތީ މޮނީޓަރިންގގައި ކަމަށެވެ.

އަދި އެ ވޭދަނައާ ގުޅޭގޮތުން މިރޭ މައުލޫމާތު ދޭނެ ކަމަށް އެޗްއީއޯސީން ވިދާޅުވިއެވެ.

އުނގޫފާރު ހޮސްޕިޓަލްގެ މެނޭޖަރ ހެލްތު ސާވިސަސް އިބްރާހިމް ޒަޔާން ދައުލަތުގެ މީޑިއާ ޕީއެސްއެމްއަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ، އެރަށުން ކޮވިޑް-19 އަށް ވަކި ތަރުތީބެއް ނެތި ސުންކު ނަގާފައިވަނީ، އެރަށާއި ގާތުގައި އޮންނަ ރ. ކުޑަކުރަތުގައި މަސައްކަތް ކުރާ ގިނަ އަދަދެއްގެ ބަޔަކު ކޮވިޑް-19 އަށް ފައްސިވުމާއި ވުމާއި ގުޅިގެން ކަމަށެވެ.

މިގޮތުން ނެގި ސުންކު ތަކުގެ ތެެރެއިން މިހާތަނަށް ފައްސިވެފައިވަނީ އެންމެ ސުންކެއް ކަމަށާއި ނަތީޖާ ނުލިބޭ ސުންކުތައް އަދި އެބަހުރި ކަމަށް އޭނާ ވިދާޅުވިއެވެ.

ޒަޔާން ވިދާޅުވީ، އުނގޫފާރުން ކޮވިޑް-19 އަށް ފައްސިވެފައި ވަނީ އެރަށުގެ ސައިހޮޓަލެއްގައި ކޭޝިއަރެއްގެ ގޮތުގައި މަސައްކަތްކުރަމުން އަންނަ ދިވެހި ފިރިހެނެއް ކަމަށެވެ.

އަދި އޭނާ ފައްސިވުމާއި ގުޅިގެން އޭނާ ގެ ކޮންޓެކްޓް ޓްރޭސިންގ މިހާރު ހަދަމުންދާ ކަމަށާއި، މިހާތަނަށް ބެލި ބެލުމުން ކުޑަކުރަތުން ކޮވިޑް-19 އަށް ފައްސިވި މީހުންނާއި އޭނާއާއި ބައްދަލުވެފައިވާ ކަމަށް އެނގިފައިވާ ކަމަށް ޒަޔާން ޕީއެސްއެމްއަށް ވިދާޅުވިއެވެ.

ކުޑަކުރަތުން ކޮވިޑް-19 އަށް ފައްސިވި މީހުންގެ އަދަދު ވަނީ 63 އަށް އަރާފައެވެ.

ކިޔުންތެރިންގެ ހިޔާލު

8 ކޮމެންޓް

 1. ޤ

  ފަހުން ނުބުނާތި އޮޅިގެއް ނޭ

  10
 2. މަސްވެރިޔާ

  މާކުރަތުދޯ ތިބުނާރަށަށް ކިޔަނީ

  1
  9
  • ޏ

   ބުރޯ އެއޮތީ ބުނެފައި ކުޑަކުޑަތޯ..... ބޯ ހަލާކު 😒

 3. ބޮެޑު ކަމެއް

  ހޫން ދެން އެމީހާ ބޭޒާރުކޮށް އަބުރު ކަތިލާ

 4. މުހައްމަދު

  ކުޑަކުރަތަކީ އުނގޫފާރާ މާކުރަތާދޭތެރޭގައި އޮންނަރަށެއް

  1
  1
  • ރާއްޖެތެރެ

   މާކުރަތާ ރަސްމާދުއާ ދެމެދު ކޮއްކޯ

 5. އަމީންފޭކް

  ރާއްޖޭގަ ވަރަށް ފޭކް ޕޮޒިޓިވް ގިނަކަމަށް ލަފާކުރެވޭ. ކިޓްތައް ފޭކީތަ. މީހާގައިން އެއްވެސް އަލާމާތެއް ނެތަސް ޕޮޒިޓިވް

 6. އަންނި

  އެތަބާރުލުން ނުދޭތި އެއްވެސް ބޭފުޅެއް.

  2
  4