މިއަދު އިރުއޮއްސި 18:00 އާއި ހަމައަށް ފާއިތުވި 24 ގަޑިއިރުގެ ތެރޭގައި ރާއްޖެ އިން އިތުރު 24 މީހަކު ކޮވިޑް-19 އަށް ފައްސިވެއްޖެއެވެ.

މިއަދު ކޮވިޑް-19 އަށް ފައްސިވި މީހުންގެ ތެރެއިން މާލޭ ސަރަހައްދުން ފައްސިވެފައި ވަނީ 22 މީހުންނެވެ. މާލެ ފިޔަވައި އެހެން ރަށްތަކުން މިއަދު ފައްސިވީ ދެމީހުންނެވެ.

މިއަދު ކޮވިޑް-19 އަށް ފައްސިވި މީހުންގެ ތެރޭގައި ހިމެނެނީ 20 ދިވެހިންނާއި ހަތަރު ބިދޭސީންނެވެ. މިއަދު ފައްސިވި މީހުންނާއި އެކު ރާއްޖެ އިން ފައްސިވި މީހުންގެ ޖުމްލަ އަދަދު ވަނީ 11591 އަށް އަރާފައެވެ.

ރާއްޖެ އިން ކޮވިޑް-19 އަށް ފައްސިވާ މީހުންގެ އަދަދު މަދުވަމުން އައި ނަމަވެސް ފާއިތުވި ތިން ދުވަހުގެ ތަފާސް ހިސާބަށް ބަލާއިރު ހޮސްޕިޓަލްގައި އެޑްމިޓް ކޮށްގެން ފަރުވާ ދޭން ޖެހޭ މީހުންގެ އަދަދު އަންނަނީ އިތުރު ވަމުންނެވެ.

މިހާރު ރާއްޖޭގައި ކޮވިޑް-19 އަށް ފައްސިވެފައި ތިބި މީހުންގެ ތެރެއިން 52 މީހަކު ހޮސްޕިޓަލްގައި އެޑްމިޓްކޮށް އަންނަނީ ފަރުވާ ދެމުންނެވެ. ރޭ އާއްމު ކުރި ތަފާސް ހިސާބުތަކަށް ބަލާއިރު އިއްޔެ އިރުއޮއްސުމާއި ހަމައަށް އެޑްމިޓް ކޮށްގެން ފަރުވާ ދެމުން ގެންދިޔައީ 47 މީހުންނަށެވެ. ހޯމަ ދުވަހާއި އާދީއްތަ ދުވަހު ވެސް އެޑްމިޓް ކޮށްގެން ފަރުވާ ދެމުން އައީ 37 މީހުންނަށެވެ.

ރާއްޖެ އިން ކޮވިޑް-19 ޖެހުނު މީހުންގެ ތެރެއިން 33 މީހަކު މިއަދު ވަނީ ބަލިން ރަނގަޅު ވެފައެވެ.

ކިޔުންތެރިންގެ ހިޔާލު

6 ކޮމެންޓް

  1. UH

    like so much

  2. ޕަނީނޯ

    ވަކި މީހަކަށް ވީމަ ކަރަންޓީނެއްވެސް ނޯވެ. މިއަދުވެސް ކުޑަކުޑަ ކުއްޖެއް އޭނަގެ އިސްތިގުބާލުގަ ބަހައްޓާފަ ހުރި ކަންނޭގެ. އެގައުމުގަ ދުވާލަކު ލައްކައިން ފައްސިވަނީ. މި އެޗްޕީއޭއިންވެސް ނިކަމެތި ރައްޔިތުމީހާ ނޮޅާލެވޭތޯ ބަލާނީ...

  3. ޕާކިން ސްޓިކާ

    އެޗްޕީއޭގެ މަގްސަދަކީ ޖޫރިމަނާކޮށް ރައްޔިތު މީހާ ފެލުން ކަން ވަރަށް ސާފުކޮށް އެނގިއްޖެ. ނިކަމެތިން އެކަނި ކަރަންޓީނުވާން ޖެހޭނީވެސް

  4. އިސްތިއުފާ

    ޑރ ނަޒްލާ އިސްތިއުފާ

  5. ގެރިލޯބި

    މި ސަރުކާރުގެ ބަލާވެރިކަން ހުސް. ބަލި ކޮންޓްރޯލް ކުރަން އުޅޭ ބައެއްނޫން. ޖޫރިމަނާކޮށް ރައްޔިތުން ފެލަން އުޅެނީ އަބަދު

    4
    1
  6. މަގޭ ޚިޔާލު

    މާލެއިން ރަށްރަށަށް ދާމީހުން ކަރަންޓީނު ކުރަނީ ހައިރިސްކް އޭ ކިޔާފަ. އެކަމަކު ޓޫރިޒަމް ޕްރޮމޯޓްކުރަނީ މިއީ ސޭފް ތަނެކޭ ކިޔާފަ.. ދެކޮޅު ދިމާނުވޭ..