އައްޑޫ ސިޓީ ހިތަދޫގައި ހުންނަ ހިއުމަން ރައިޓްސް ކޮމިޝަން (އެޗްއާރުސީއެމް) ގެ އޮފީހުން ވައްކަން ކޮށްފިއެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލަކު ވިދާޅުވީ ހިތަދޫގައި ހުންނަ އެ އޮފީހުން ވައްކަން ކުރި މައްސަލަ މިއަދު ހެނދުނު ރިޕޯޓްކޮށްފައިވާ ކަމަށެވެ.
"މިހާތަނަށް ބެލި ބެލުމުން ބައެއް ޑޮކިއުމަންޓްތަކާއި ދެ ލެޕްޓޮޕް އަދި ޑީވީއާރު ވަގަށް ނަގާފައިވާ ކަން ވަނީ އެނގިފައި،" އެ ތަނުން ވަގަށް ނަގާފައިވާ ތަކެތީގެ ތަފްސީލް ދެއްވަމުން ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވިއެވެ.
ފުލުހުން ދަނީ މައްސަލަ އިތުރަށް ތަހުގީގު ކުރަމުންނެވެ.
މި މައްސަލާގައި މިހާތަނަށް އެއްވެސް މީހަކު ހައްޔަރު ކޮށްފައި ނުވާ ކަމަށް ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވިއެވެ.
ނަގަާބިލް ސަރުކާރެތް އައިމާ މިހުންގެވަޒިފަތަށްގެއްލި މިހުންގެ އަމަތި ދަތިވެ ބަޑަޖެހުނީމަ ވަންކަންގިނަވަނެ
ފްލެޓް އޭރިޔާގައި ޖަންކްޝަންތައް ފުރި މުޅި މަގުމަތީ ނަޖިސް ވާނުވާ ބެލިއިރު ރޭގައި ޕަންޕް ސްޓޭޝަންގެ ކަރަންޓް ވަޔަރުތައް ވަގަށް ނަގާފައި ކޮބާހޭ ޕޮލިސް ކީއްބާ މިކުރަނީ އަހަރެމެން ކައުންސިލް އޮފީހަށް މިދާކަށް ދުވަހު އެއްކޮށްފަ މިއުޅެނީ ކޮމިއުނިޓީ ޕޮލިހޭ ކިޔާފައި މޮޅު އަގަ ތެޅި ތިމާމެންނަށް ނުވާވަރުން ކަންކަން ނުކުޜޭ މާރާމާރީ ވައްކަން ހަކުރު މިހެން ގޮސް ހުރިހާ ކަމެއް ޕޮލިސް ސްޓޭޝަންގެ ހާލު ވަޒަން ކޮއްލާ އަބަދު ފްލެޓް ކައިރީ މާރާމާރީ ދުއްޕާނެއް މީ ދެން