ޔޫރަޕްގެ ސްޕޭސް އެޖެންސީގެ ސެޓެލައިޓަކުން ރާއްޖޭގެ އާ ފޮޓޯއެއް އާއްމުކޮށްފިއެވެ.
މި އަހަރުގެ މާޗު މަހު ނަގާފައިވާ އެ ފޮޓޯއިން ރާއްޖޭގެ 1،200 ރަށް ވަރަށް ކުޑަކޮށް ފެންނައިރު އަތޮޅުތައް އެތުރިފައި ހުރި ގޮތް ވަރަށް ސާފުކޮށް ފެނެއެވެ. އިންޑިއާ ކަނޑުގެ ސަރަހައްދު ފެންނަ އެ ފޮޓޯ ނެގި ސެޓެލައިޓްގެ ފޮޓޯތައް ވެސް އާންމުކޮށްފައިވެއެވެ.
މި އެއިރިއަލް އިމޭޖަކީ ސެޓެލައިޓް ކޮޕާނިސަސް ސިންޓިނަލް-3 މިޝަން އިން ނަގާފައިވާ ފޮޓޯއެކެވެ.
އެ ސެޓެލައިޓް ފޮޓޯއިން ރާއްޖޭގެ ފަރުތައް އުފެދިފައިވާ އޮނިގަނޑު ވެސް ވަރަށް ސާފުކޮށް ފެނެއެވެ. އެ ފޮޓޯގަނޑުގެ އެންމެ ތިރިން ދެކުނުގެ ތިން އަތޮޅު ފެންނައިރު ހުވަދު އަތޮޅާއި ލ. އަތޮޅާ ދެމެދުގެ ކަނޑު ސަރަހައްދު މަތިން ވިލާތައް ފެނެއެވެ.
ޔޫރަޕްގެ ސްޕޭސް އެޖެންސީއިން ބުނި ގޮތުގައި ބިޔަ މާ ކަނޑެއް ހިމެނޭ ދުރު ދުރުގައި އަތޮޅުތައް އެތުރި ދިގުމިނެއް އޮންނަ ރާއްޖެ މަތިން ވިލާ މަދު ސެޓެލައިޓް ފޮޓޯއެއް ނެގުމަކީ ފާހަގަކޮށްލެވޭ ވަރުގެ ކާމިޔާބީއެއް ކަމަށެވެ. ސަބަބަކީ އަތޮޅުތަކާއި ރަށްތައް އެތުރިފައި އޮންނަ ދިގު މިނުން އާންމު ގޮތެއްގައި ވިލާ ނެތި ފޮޓޯ ނުނެގޭނެތީއެވެ.
ވަރަށް އުފާވެއްޖެ
ކޮން ސެޓެލައިޓެއް ދެން އެ ފެންނަނީ ، ހަނދަށް އެންމެ ފުރަތަމަ އިންސާނަކު ސިޑިއަކުން ފައިބަނިކޮށް ވެސް ހަމަ ތިގޮތަށް ނެގި ފޮޓޯ އަކާއި ވީޑިއޯ އެއް ވެސް އެބަ ދައުރުވޭތާ ދެއްތޯ
މާޝާﷲ... މިކާއިނާތު ހެއްދެވި ފަރާތުގެ ކުޅަދުންވަންތަކަމާ...
ހިތާމަޔަކީ ކަނޑެއްފަޅެއް ފަރެއް ހަލެއް މިހާރުސަލާމަތުން ވިއްކާނުލާ އެބައޮއްބާއޭ އެކިއެކިފައިސާގެ ދަހިވެތިކަމުގައި ގަވާއިދްއާއި ގާނޫނުހަދައިގެން 99 އަހަރައް ބޭރުގެ ފަރާތަކައް ކުއްޔައްދީހުސް
އެހާ ދުރުން ނަގާ ފޮޓޯއެއްގަ ތިހާ ސާފުކޮށް ރަށްތަކާއި ފަޅުތަށް ފެންނާކަށް ނުހުންނާނެ.
ދެވަނަ ފޮޓޯއަކީ އަސްލެއް ނޫން!