ރާއްޖޭގެ މަތީ ފަންތީގެ ރިސޯޓެއް ކަމަށްވާ ސޮނެވާ ޖާނީ ގިނަ އަދަދެއްގެ ވަޒީފާއަށް މީހުން ހޯދުމަށް އިއުލާންކޮށްފިއެވެ.

ސޮނޭވާ ޖާނީ ރިސޯޓުން ބުނީ އެ ރިސޯޓުން 85 މުވައްޒަފުން ނެގުމަށް ބޭނުންވާ ކަމަށާއި، މި ވަޒީފާތަކަށް މީހުން ނެގުމުގައި ދިވެހިންނަށް އިސްކަން ދޭނެ ކަމަށެވެ.

ސޮނޭވާ ޖާނީ އިން ހުޅުވާލައިފައިވާ ވަޒީފާތަކުގެ ތެރޭގައި ހިމެނެނީ:

 • ހައުސް ކީޕިން: 18 މުވައްޒަފުން
 • ބަޓްލަރުން: 16 މުވައްޒަފުން
 • ވޯޓާ ސްޕޯޓްސް: 2 މުވައްޒަފުން
 • ބޯޓް ކުރޫއިން: 6 މުވައްޒަފުން
 • ރިޒަވޭޝަން އެޖެންޓުން: 1 މުވައްޒަފަކު
 • ގިފްޓް ޝޮޕް އެސިސްޓެންޓު: 2 މުވައްޒަފުން
 • އެއާޕޯޓް ހޯސްޓު: 2 މުވައްޒަފެއް
 • ޑެސްޓިނޭޝަން މެޖޭޖަރ: 3 މުވައްޒަފުން
 • އެފްއެންބީ: 3 މުުވައްޒަފުން
 • އިންޖީނިއަރިން: 10 މުވައްޒަފުން
 • ކިޗަން ޓީމް: 14 މުވައްޒަފެއް
 • އެސިސްޓެންޓު އެފްއެންބީ މެނޭޖަރ: 1 މުވައްޒަފެއް

މިކަމާއި ގުޅިގެން ސޮނެވާ ގްރޫޕްގެ ވެރިއާ ސޯނޫ ސިވްދާތު ވިދާޅުވީ، މި ވަޒީފާތަކަށް މީހުން ހޯދުމަށް ހުޅުވާލެވުމަކީ ލިބޭ އުފަލެއް ކަމަށާއި، ކުރިއަށް އޮތް ދަތި ދުވަސްކޮޅު ވެސް އެ ރިސޯޓަށް 100 އެއްހާ މުވައްޒަފުން ނަގާ ކަމަށެވެ.

އަދި އެކުންފުނިން މުވައްޒަފުންނަށް ވަޒީފާގެ ރައްކާތެރިކަން ލިބޭނެ ކަމަށާއި އަދި މިހާރު އެ ކުންފުނިން އަމާޒު ހިފާފައި ވަނީ މަސައްކަތް ކުރާ އަންހެން މުވައްޒަފުން 30 އިންސައްތައަށް އިތުރުކުރުން ކަމަށް ސޮނެވާ ގްރޫޕުން ވަނީ ބުނެފައެވެ.

ސޮނެވާ ޖާނީގައި މިހާރު ވެސް މަސައްކަތް ކުރާ މުވައްޒަފުންގެ 25 އިންސައްތަ އަކީ އަންހެނުން ކަމަށް އެކުންފުނިން ވަނީ ހާމަކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

 1. އެމަންޖެ

  ބޭނުން.

 2. ސެނަނަޔަކަ

  ތީ ސޯނޫ މަތި އޮމާން ކުރަން ދައްކާ ވާހަކައެއް ތިހެން ކިޔާފަ ހުސް ބިދޭސީންނަށް ވަޒީފާ ދޭނީ