ކޮވިޑް-19 ޖެހިގެން ކަނޑިންމަ ރިސޯޓުން މުވައްޒަފަކު ނިޔާވި މައްސަލަ ޑިރެކްޓަރ ޖެނެރަލް އޮފް ޕަބްލިކް ހެލްތު މައިމޫނާ އަބޫބަކުރު މިރޭ ފުލުހުންނަށް ހުށަހަޅައިފިއެވެ.

މިހާރު ކުރިއަށްދާ ނޫސްވެރިންގެ ބައްދަލުވުމެއްގައި އެޗްއީއޯސީގެ ތަރުޖަމާން ޑޮކްޓަރ ނަޒްލާ މުސްތަފާ ވިދާޅުވީ އެޗްއީއޯސީގެ ޓީމެއް ކަނޑިންމަ ރިސޯޓަށް ގޮސް މުވައްޒަފަކު ނިޔާވި ހާދިސާ އާއި އަދި ރިސޯޓްގައި ކޮވިޑް-19 ފެތުރިގެން ދިޔަ ގޮތް ބެލުމަށްފަހު ރިޕޯޓެއް ޑިރެކްޓަރ ޖެނެރަލް އޮފް ޕަބްލިކް ހެލްތަށް ހުށަހެޅި ކަމަށެވެ.

އެރިޕޯޓްގައި ހުރިކަންކަން ބެއްލެވުމަށް ފަހު ޑިރެކްޓަރ ޖެނެރަލް އޮފް ޕަބްލިކް ހެލްތު މައިމޫނާ ވަނީ އެމައްސަލަ މިރޭ ފުލުހުންނަށް ހުށަހަޅާފައި ކަމަށް ޑޮކްޓަރ ނަޒްލާ ވިދާޅުވިއެވެ.

ކަނޑިންމަ ރިސޯޓްގައި މަސައްކަތް ކުރާ މުވައްޒަފެއްގެ ކިބައިން ކޮވިޑް-19 އަލާމާތްތައް ފެނިގެން އެތައް ދުވަހެއް ވީއިރުވެސް އޭނާ އިތުރު ފަރުވާ އަށް ނުފޮނުވުމުން ކަނޑިންމަ ރިސޯޓްގެ މެނޭޖްމަންޓަށް މުވައްޒަފުގެ އާއިލާ އިންނާއި ފަތުރުވެރިކަމުގެ ދާއިރާގައި މަސައްކަތް ކުރާ މުވައްޒަފުންގެ ދިފާއުގައި ވާހަކަދައްކާ ޖަމިއްޔާތަކުން ގެންދަނީ ކުރަމުންނެވެ.

ކަނޑިންމައިގައި ވަޒީފާ އަދާކުރި، ދ. މާއެނބޫދޫ، އާދަމް ނަސީރު ނިޔާވި ކޮވިޑް-19 ގެ އަލާމާތްތައް ފެންނަތާ ދިހަ ވަރަކަށް ދުވަސް ފަހުން ހާލު ސީރިއަސް ވެގެން ކުޑަހުވަދުއަށް ގެންގޮސް ފަރުވާ ދޭން ފެށިފަހުންނެވެ. އޭނާ ކޮވިޑް-19 އަށް ޓެސްޓްކޮށް ނަތީޖާ ލިބުނު އިރު ވަނީ ނިޔާވެފައެވެ.

ކިޔުންތެރިންގެ ހިޔާލު

8 ކޮމެންޓް

 1. ކިންގް

  އާތިފް ކޮބާ؟ފެބްރުއަރީ 1 ގަ ނެރުނު ގައިރު ގާނޫނީ އަ މުރު ނެރުނު ދުވަހު ކަލޭ ރައީސް ޔާ މީނަށް ގޮވި އެއްޗިހި ހަނދާންވޭތަ މިއަދު މުޅި ގައު މު ގޮވަމނީ ކަލޭ ތީ އަނިޔާވެރިއެއް ކަ މަށް.....

 2. ނިކަމެތިމީހާ

  ކަނޑީމަ ބަންދު ކުރަންވީ. އެކަންސިއްރު ކުރީ ހަމަ. މަންޓާ އާ ރިސޯޓަށް ލާރި ނުވަދެފާނެތީ. ދެރަނިކަމެތިިންނާ ދޭތެރޭ ވިސްނާނުލާ.

  11
 3. ކެޔޮޅުހަސަނު

  ތިޔަރިސޯޓާދެކޮޅަށް ގާނޫނީ ފިޔަވަޅު އަޅަންޖެހޭނެ އަދިމީހަކުބަލިވެގެން ސިއްހީފަރުވާނުދީ އޮތްމަށްސަލަ ތަހުގީގުކޮށް ކުށްވެރިވާފަރާތްތަކަށް ހަރުކަށިއަދަބުދޭންޖެހޭނެ ެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެ އަދި ނިޔާވިމުއަށްޒަފަށް މަރުގެދިޔަ ދިނުމަށްގޮވާލަން.

  15
  • ކަނޑިންމަ

   ރިސޯޓްދޭންވީ ފެ މެލީއަށް

 4. ރޫމްބޯއި

  އަދިކިރިޔާ މައްސަލަ ވެއްދީ!!! ކުރެއްދޫ އަށް އެއްވެސް ކަމެއްވިތަ؟ ލާހިކެއްނުން އަމުދުން ޔުނިވަރސަލްގެ ރިސޯޓަކަށް ކަމެއްކުރާކަށް

 5. ުުޔުނިވަރސަލް

  އާ ގުޅުން ހުރި ރިސޯޓެއްނު، ހިއެއް ނުވޭ ފުލުހުންނަށް ހުށައެޅިޔަސް މާކަށް ބޮޑު ކަމެއް ވާނެ ހެނެއް

 6. ނާޅި

  މަރުވި ހުރިހާ މީހުންގެ ތަހުޤީޤު ކުރަންވީ ނުންތޯ ހަމައެކަނި އެންމެ މައްސަލައެއްތޯ ބަލަނީ ތިޔައީ ފައިސާ ތަކެއް ބަޔަކު ހޯދަން ކުރާކަމެއް !

 7. ލަކޫ

  ރިސޯޓުން ލާރި ކޮޅެއް ހޯދަންތޯ؟ ކިތަށް މީހުންތޯ މިހާތަނަށް މަރުވީ ނުބައްލަވަނީ ކީއްވެތޯ ވަކި މައްސަލައެއްގައި ތިހާވަރުން އުޅެނީ ހަމަ ފައިސާ ހޯދަން ބަލި މީހާ ނިޔާވީ ސަރުކާރުގެ ހޮސްޕިޓަލެއްގައި އެޑް މިޓް ކޮށްފައި ވަނިކޮށް، ކަޑިންމަ ރިސޯޓްގެ އެއްވެސް އިހުމާލެއް އޮއްކަމުގައި ނުބެލެވޭ !