މާދަމާ ބާއްވާ ރައްޔިތުން މަޖިލީހުގެ ހާއްސަ ޖަލްސާއަށް ގޮނޑި ގެއްލުނު ކަމަށް އިލެކްޝަން ކޮމިޝަނުން ނިންމި 12 މެންބަރުންނަށް ވެސް ދައުވަތު އަރުވައިފިއެވެ.

ސުޕްރީމް ކޯޓުން މިމަހު އެއްވަނަ ދުވަހު ނެރުނު އަމުރުގައި ވަނީ އިލެކްޝަން ކޮމިޝަނުން ގޮނޑި ގެއްލުން ކަމަށް ނިންމާފައިވާ މެންބަރުންގެ ގޮނޑިއެއް ނުގެއްލޭ ކަމަށް ކަނޑައަޅާފައެވެ.

އެ އަމުރާއި އެއްގޮތަށް ރައްޔިތުންގެ މަޖިލީހުންވެސް ވަނީ ގޮނޑި ގެއްލުން މެންބަރުންނަށް މަޖިލީހުގެ ޖަލްސާތަކުގައި ބައިވެރިވެވޭނެ ކަމަށް ނިންމައިފައެވެ. އެގޮތުން ކުރީގެ ރައްޔިތުން މަޖިލީހުގެ އަމީން އާންމު އަހުމަދު މުހައްމަދު ވިދާޅުވެފައިވަނީ، ސުޕްރީމް ކޯޓުގެ ހުކުމް ވަރަށް ސާފު ކަމަށާއި އޭގައިވާ ގޮތަށް އަމަލު ކުރާނެ ކަމަށެވެ.

ރައްޔިތުން މަޖިލީހުގެ ތުލުސްދޫ ދާއިރާގެ މެންބަރު މުހައްމަދު ވަހީދު ވިދާޅުވީ މާދަމާގެ ޖަލްސާގައި ބައިވެރިވުމަށް މިއަދު މެންދުރު މަޖިލީހުން މެސެޖް ކޮށްފައިވާ ކަމަށާއި ބަންދުގައި ތިބި މެންބަރުން މަޖިލީހުގެ ޖަލްސާގައި ބައިވެރި ކުރުމަށް މަޖިލީހުގައި އެދޭނެ ކަމަށެވެ.

ގޮނޑި ނުގެއްލޭ ކަމަށް ސްޕްރީމް ކޯޓުން ކަނޑައެޅި 12 މެންބަރުންނަކީ، ދަނގެތީ ދާއިރާގެ މެންބަރު އިލްހާމް އަހްމަދާއި ތިނަދޫ އުތުރު ދާއިރާގެ މެންބަރު އަބްދުﷲ އަހްމަދާއި ،މައްޗަންގޮޅީ ދެކުނު ދާއިރާގެ މެމްބަރު އަބްދުﷲ ސިނާނާއި ، ވިލިނގިލި ދާއިރާގެ މެންބަރު ސައުދު ހުސައިން އާއި ތުލުސްދޫ ދާއިރާގެ މެންބަރު މުހައްމަދު ވަހީދު އިބްރާހީމްއައި މަޑުއްވަރީ ދާއިރާގެ މެންބަރު މުހައްމަދު އަމީތުގެ އިތުރުން ދިއްދޫ ދާއިރާގެ މެންބަރު އަބްދުއްލަތީފް މުހައްމަދާއި ތިނަދޫ އުތުރު ދާއިރާގެ މެމްބަރު ސައުދުﷲ ހިލްމީ އާއި ހަނިމާދޫ ދާއިރާގެ މެންބަރު ހުސެއިން ޝަހުދީ އަދި އިހަވަންދޫ ދާއިރާގެ މެންބަރު މުހައްމަދު އަބްދުﷲ (މުހަންމާ) އާއި އަދި ފުވައްމުލަކު އުތުރު ދާއިރާގެ މެމްބަރު އަލީ ޝާހު އާއި ތިމަރަފުށީ ދާއިރާގެ މުހައްމަދު މުސްތަފާއެވެ.

 

 

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. އަބިދާ

    ގޮނޑިގެއްލުނު 12 މީހުންނަށް!!!!؟؟؟ ގޮނޑި ފެނޭތޯ ހޯދަންތަ

  2. ޝުކުރީ

    ގޮނޑިގެއްލުނު 12 މީހުންނަށް!!!!؟؟؟ ގޮނޑި ފެނޭތޯ ހޯދަންތަ