އާންމުންނަށް އެންމެ ބޮޑަށް އަސަރު ކުރާ ކުށްތައްް ބަލައި އެފަދަ ކަންކަން ހުއްޓުވުމަށް ފުލުހުން އަންނަނީ ހާއްސަ ސަމާލުކަމެއް ދީގެން މަސައްކަތް ކުރަމުން ކަމަށް ކޮމިޝަނަ އޮފް ޕޮލިސް މުހައްމަދު ހަމީދު ވިދާޅުވެއްޖެއެވެ.

ސަރުކާރަށް ދެ އަހަރު ފުރުމާ ދިމާކޮށް ޕީއެސްއެމް ނިއުސް އިން ގެނެސްދޭ "ސަރުކާރަށް ދެ އަހަރު" ޕްރޮގްރާމްގައި ހަމީދު ވިިދާޅުވީ ފުލުހުން "ވިލިއުމް އެންޑް ހައި އިމްޕެކްޓު" ކުށްތައް ހުއްޓުވުމަށް ބޮޑު މަސައްކަތްތަކެއް ކުރަމުން ކަމަށެވެ.

އެގޮތުން ފާއިތުވި ދެ އަހަރުގެ ތެރޭގައި ވަކި ދާއިރާތަކަކަށް ބޮޑު ސަމާލުކަމެއް ދީގެން ފުލުހުން މަސައްކަތް ކުރަމުން އަންނަކަން ފާހަގަކުރައްވާ ހަމީދު ވިދާޅުވީ އެފަދަ ކުށްތަކުގެ ތެރޭގައި ހިމެނޭ މަސްތުވާތަކެތީގެ މައްސަލަ ހައްލު ކުރުމަށް ވެސް ގިނަ ކަންކަމެއް މިހާތަނަށް ކުރެވިފައިވާ ކަމަށެވެ.

މަސްތުވާތަކެތީގެ މައްސަލައަކީ 40 ވަރަކަށް އަހަރު ވަންދެއް "މޫލައި ހަރުލާފައި"ވާ މައްސަލައެއް ކަން ފާހަގަ ކުރައްވާ ހަމީދު ވިދާޅުވީ، މި މައްސަލައިގެ އަސަރު ރާއްޖޭގެ ކޮންމެ ގޭބިސީއަކަށްވެސް ކޮށްފައިވެއޭ ދެންނެވިޔަސް ދޮގަކަށް ނުވާނެ ކަމަށެވެ.

"މި މައްސަލައަށް ރަނގަޅު ޖުމްލަ ހައްލެއް ގެނައުމަށް އަޅުގަނޑުމެން މި ދަނީ މަސައްކަތް ކުރަމުން. ސަޕްލައި ރިޑެކްޝަން ނުވަތަ އެތެރެކުރުން ހުއްޓުވުމަށް މަސައްކަތް ކުރަމުން އަންނަ އިރު މިފަދަ ކުށްތަކަށް އަރައިގަންނަމުން އަންނަ ފަރާތްތައް ހޯދައި ތަހުގީގުގެ ކުރިމައްޗަށް ގެންނަ އެންމެ މުހިންމު މުއައްސަސާއަކަށް ފުލުހުންގެ މުއައްސަސާ ވީ އިރުގައި 2019 ވަނަ އަހަރުން ފެށިގެން 31 އޮކްޓޯބަރު 2020 އާއި ހަމަޔަށް ގާތްގަނޑަކަށް ފުލުހުން އިސްވެ 221 އޮޕަރޭޝަނެއް ހިންގިއްޖެ" ހަމީދު ވިދާޅުވިއެވެ.

ހަމީދު ވިދާޅުވީ މި ހުރިހާ އޮޕަރޭޝަނެއް ވެސް ކުރިއަށް ގެންދެވިފައިވަނީ ވަރަށް ކާމިޔާބުކަމާއެކު ކަމަށެވެ. ސީޕީ ހަމީދު ވިދާޅުވީ އެ މުއްދަތުގެ ތެރޭގައި ފުލުހުން ވަނީ ނުރައްކާތެރި އަދި ބާރުގަދަ ބާވަތްތަކުގެ 691 ކިލޯގްރާމްގެ މަސްތުވާތަކެތި އަތުލައިިގެންފައި ކަމަށެވެ.

ހަމީދު ވިދާޅުވީ އެ މަސްތުވާތަކެތި އަތުލައިގަންނަ ހިސާބުން ހުއްޓައި ނުލާ ކަމަށާއި އެ މައްސަލަތައް ޕްރޮސެކިއުޓާ ޖެނެރަލް އާއި ހަމައަށް ގެންދެވެންދެއް ކުރަން ޖެހޭ ހުރިހާ މަސައްކަތެއް ކޮށްފައިވާނެ ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު

7 ކޮމެންޓް

 1. ފުރައްސާރަނުކުރޭ

  މިރާއްޖޭގައި އާންމުންނަށް އެންމެ ބޮޑަށް އަސަރުކުރާނެ ކުށަކީ އިސްލާމްދީނާއި ރަޞޫލާ (ޞޢވ) އަށް ފުރަށްސާރަ ކުރުންކަން ކަލެއަކަށް ނޭނގޭތަ

  14
  1
 2. ލުޓޭރުންގެ ސަރުކާރު

  އެހެންވެ މިހާ ރު އެއްވެސް ރައްޔިތަކަށް އަސަ ރެ ނުކު ރޭ ގެސްޓްހައުސްތަކަށް ފުލުހުންކަމަށްހެދިގެން ވަދެ ފޭ ރުނަސް...އައްޑޫގަ ޒުވާނެއްގެ ގުނަވަންތަ ވިކިކޮށް ކޮށާލިއި ރުވެސް.... ރަސްފަނާދިމާލުން ޒުވާނެ މަ ރުވެފައޮއްވާ ނެގިއި ރު ހަށިގަޑުގެ ގުނަވަންތަކެ ބު ރިކޮށް ލޯ ކޮނެފައޮތަސް..ލ އަތޮޅުން ގެއްލުނު ޒުވާން އަންހެންކުއްޖާގެ މަ ރާމެދު އެތަކެސުވާލުއުފެދި ވީނުވީއެއްނޭގި މިހާދުވަސްވީއި ރުވެސް.. ރައްޔިތުންނަ މިހާ ރު އަސަ ރެނުކު ރޭ މިވެ ރިކަންގެންނަންއުޅުނު ހަތަ ރު ލީޑަ ރުންނާ އެމީހުންނާ ގުޅިގެން އެސަ ރުކާ ރު ބަދަލުކު ރަން އުޅުނު ޙާއިނުން ސަލާމަތްވެ މަގާމުތަކުގަ ތިބީތީ.. ރައްޔިތުންނަ އަސަ ރުކު ރީ ގާސިމާ މައުމޫނާ ނަޝީދާ އިމު ރާނާ ނާޒިމުއާ ފާ ރިސްއާ އަބުދުﷲ ރިޔާޒު ޖަލުގައޮތީމަ... މޑޕ ނޫން ބަޔަކު ވެ ރިކަމުގަ ތިބެއްޖެނަމަ އަސަ ރުކު ރާނެ..

 3. ޝާހް، ރ.ވާދޫ

  ބޮޑު ވައްކަމެއް ކޮށްނިންމާލީމަ، އަނެއްކާ މޮޅުވާހަކައެއް ފަޅާލީ. ތިކަހަލަ މުރާތްކޭ ކިޔާއަޑު އަހާކަށް ނޫނޭ ރައްޔިތުން ބޭނުންވަނީކީ. ކަން އެބަހުއްޓުވޭތަ؟ ނުވަންޏާ އިސްތިއުފާދީފަ ގޮސް ގޭގަތިބެބަލަ. މާދަމާވެސް ހަމަ މިކަން ރިލީޓްވާއިރަށް ހަމަ ތިވާހަކަ ކަލޭ ބުނާނެ. ނިމިދިޔަ ސަރުކާރުތަކުގަ އެކަން ނުހުއްޓުވި އޮތީ އެސަރުކާރުތައް ފެއިލްވީމަ ދެން މިހާރު އެކަންނުހުއްޓުވިގެން މިއުޅޭއިރު މިސަރުކާރު ފެއިލްއެއްނުވޭ؟ މުސީބާތެއްނުމީ ދެން.

 4. އައްޑޫ މީހާ

  އައްޑޫ ރައްޔިތުން ތިބީ ވަގުންގެ ބިރުވެރިކަމެއްގެ ތެރޭގައި އެކަމަކުވެސް ރައްޔިތުންގެ މަޖިލީހުގެ ރައީސް އާއި އެޗްއާރު ސީއެމް އޮތީ ވަގުންގެ ދިފާއުގައި ނިކުމެފައި ފުލުހުންގެ މަސްޢޫލިއްޔަތު އަދާކުރެވޭނެ ގޮތެއްނެތް ދެން ކޮން ކަމެއް ކުރެވޭނީ؟ އިހައްދުވަހު ފޭދޫގައި އުޅޭ ވަގަކު ފުލުހުންގެ ބެލުމުގެދަށަށް ގެންދިޔާމަވެސް ފުލުހުން ގޯސްވެފައި އޮތީ އޭނަގެ ބޭބެ އާއި ދައްތަވެސް އުޅެނީ ޕޮލިސްގައި އަދި ފުލުހުންގެ މަތީ މަގާމެއްގައިވެސް އޭނަގެ ދެބެންގެ ދެދަރި ޝެރޯން ކިޔާ މިހަކު އުޅޭ ކަމަށްވަނީ އެކަމަކު އެމީހުންވެސް އާެނަ ކުރާ ވައްކަން ހުއްޓުވާކަށް ނުއުޅޭ ހަމީދުވެސް ކެރެންޏާ މިސަރުކާރުގައި ދަންނަވައިގެން ގާނޫނުތަކަށް އިސްލާހެއް ގެނެސްދޭން ވީނުންތަ އަވައްޓެރި ފުލުހުންނޭ ކިޔާފައި އަހަރުމެން ކައިރިޔަށް ހަމީދުމެން މެޑަލް ޖަހަން ފުލުހުން ފޮނުވައިގެން ދޮގުހެއްދުމުގެ ބޭނުމެއްނެތް މިސަރުކާރަށް ނުވަންޏާ ދެން އަހަރުމެން އަމިއްލައަށް މައްސަލަތައް ނިންމާނީ

  9
  1
 5. މުހައްމަދު އަންޖުމް

  ކޮންދޮގެއްހަދާކަށް ރައްޔިތުންގެ ޚަޒާނާއިން ބޮޑުމުސާރަ ކައިގެން ހަމައެކަނި ކުރާހާކަމަކީ ރައްޔިތުންއޮބި އަޅައިގެން ޖޫރިމަނާކުރުމާއި ވަގުންތަކާ މަގުފޭރޭމީހުންނާ ކިޑްނެޕަރުން މަގުތަކަށްދޫކޮށްގެން ރައްޔިތުން ފެލުމާއި އިންޑިއާގެ ގެރިތަކާ ކަލާންގެތަށް ރުއްސަން ރައްޔިތުން ފިއްތައިގެން ވަގުސަރު ކާރުހިންގަން މަސައްކަތްކުރުން ދެންކުރާކަމަކީ އިދިކޮޅަށް އެއްޗެކޭ ބުނާއިރަށް ހަރުކަށްޓާއި މަޑކަށްޓަށް ހަދައިގެން ރައްޔިތުން ބިރުގެންނެވުން

  8
  1
 6. ޤާދިރު

  ލާދީނީ އެމް.ޑީ.އެން ހަމީދަށް ކުރެވޭނެ ކަމެއް ނޯއްނާނެ.

  11
 7. ރަށުމިހަ

  ރަށްރަށަށް މަތިން ސިފައިންނާ ޕޮލިހުން ނިރުބަވެރިންނޭ ކިޔައިގެން އަޅަނީ ކަ