ގިނަ އަދަދެއްގެ މަސްތުވާތަކެއްޗާއިއެކު އިއްޔެު މާލެ އިން މީހަކު ހައްޔަރު ކޮށްފިއެވެ.

ފުލުހުން މިއަދު ވިދާޅުވީ އިއްޔެގެ މެންދުރު ފަހު 13:00 ހާއިރު ޕޮލިސް އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާ ގުޅިގެން ހިންގި އޮޕްރޭޝަންއެއްގައި މާލޭގައި ހުންނަ ޕޯސްޓް ބިލްޑިން ކުރިމަތިން ހިފެހެއްޓި މީހަކު ބަލައި ފާސްކުރި ކުރުމުން ގިނަ އަދަދެއްގެ މަސްތުވާތަކެތި ހުރި ރަބަރުގަނޑު ތަކެއް ފެނިފައިވާ ކަމަށެވެ.

މި މައްސަލައާ ގުޅިގެން ދިވެހި ފިރިހެނަކު ވަނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައި ކަމަށް ފުލުހުން ވިދާޅުވިއެވެ. މިމައްސަލައިގައި ހައްޔަރު ކޮށްފައި ވަނީ އުމުރުން 35 އަހަރުގެ ދިވެހި ފިރިހެނެއް ކަމަށް ވެސް ފުލުހުން ވިދާޅުވިއެވެ.

އޭނާގެ އަތުން ފެނިފައި ވަނީ ބޮޑު ދެ ރަބަރުގަނޑުގައި ހުރި މަސްތވާތަކެތި ކަމަށް ވެސް ފުލުހުން ވިދާޅުވިއެވެ. ނަމަވެސް އެތަކެތީގެ ބަރުދަނަކީ ކިހައިވަރެއް ކަމެއް ފުލުހުން އަދި ހާމައެއް ނުކުރެއެވެ.

މި މައްސަލަ މިހާރު ދަނީ ޑްރަގް އެންފޯސްމަންޓް ޑިޕާޓްމަންޓުން ތަހިުގީގު ކުރަމުން ކަމަށް ފުލުހުން ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ެިއިންޑިއާ އައުޓް

    ލާދީނީ ވެ ރިންގެ ވެ ރިކަމެއްގައި މަސްތުވާ އެއްޗެއްސައް ވު ރެ ގިނައެއެއްޗެއް ނޯނާނެ ވިއްކާނެ އަތުލާނެ އަނެއްކާ އެހެބަޔަކަށް އެއަތުލާފަ ވިއްކާލާނެ ހައްޔަ ރުކޮށްފަ ދޫކޮށްލާނެ ތިވިޔަފާ ރިޔަކީ ރައްޔިތުން ދަންނަ ދަސްކޮށްފައޮތްވިޔަފާ ރިއެއް ވެ ރިކަމެއް ފެއިލްވެ ނިމިގެންދާއި ރު ރައްޔިތުން އަނގަޔާ އަތާދިމާނުވެ ރޭގަނޑާ ދުވާލު ދޭހާއަވީގައި ވެހޭހާ ވާ ރެއްގައި މަސްވެ ރިންގެ ޢާއިލާތަކަށް ބަނޑުފު ރާނެގޮތެއްނެތި ބާނާމަހަށް ހަމައަ ގު ނުލިބި މަސްނުކި ރި ޖީބުހުސްވެ އިސްލާމް ދީނަށް މަލާމާތްކޮށް ހައްދުންނެއްޓިފައޮތް ސަ ރުކާ ރެއްގައި އާދަޔާއި ޙިލާފަށް މަސްތުވާތަކެތި ގިނަވެ އޭގެ ވިއްކާވިޔަފާ ރި ރިކޯޑު އަދަދަކަށް އިތު ރުވުމުން ދިއުމީ ހަފާޅުގައި ކަނޑައެޅިގެން އެގިތިބެ އިސްލާމްދީ ނައްތާލުމަށްޓަކައި ލާދީނީ މީހުން އަޑީގައިތިބެގެން ކު ރާވިޔަފާ ރިޔެއްކަން ހަމަ ކަށަވަ ރު މާތްﷲ އިސްލާމްދީނުގެ އަދުއްވުން ބަލިކަށިކޮށް ނިކަމެތިގޮތަކަށް ބަލިކު ރަށްވާފާނދޭވެ.