ހއ.ބާރަށުގައި ފާހާނާ ސާފުކުރާ ފުޅިއެއް ބޮއެގެން ހާލުދެރެވި ޒުވާނަކު މަރުވެއްޖެއެވެ.
އޮންލައިން ނޫހެއް ކަމަށްވާ "ފެށުން" ގައި ބުނެފައިވާ ގޮތުގައި ފާހާނާ ސާފުކުރަން ބޭނުންވާ ފުޅިއެއް ބުއިމުން ހާލު ދެރަވެ ހޮސްޕިޓަލްގައި އެޑްމިޓް ކޮށްގެން ފަރުވާ ދެނިކޮށް މަރުވެފައި ވަނީ އުމުރުން 22 އަހަރުގެ ފިރިހެނެކެވެ.
އޭނާ މަރުވެފައި ވަނީ ހދ.ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލްގައި ފަރުވާ ދެމުން ދަނިކޮށް ރޭ ފަތިހުއެވެ.
އިތުބާރު ހުރި ފަރާތަކުން "ވަގުތަށް" މައުލޫމާތު ދިން ގޮތުގައި ބާރަށު ޒުވާނަކު ފާހަނާ ސާފު ކުރަން ބޭނުން ކުރާ ސާފު ފުޅިއެއް ކަމަށް ބެލެވޭ އެއްޗެއް ބޮއެގެން ބާރަށު ސިއްޙީ މަރުކަޒަށް ގެންދިޔައީ އިއްޔެ ހަވީރުއެވެ.
އެފަދަ ކަމެއް ހިނގައިގެން އުޅޭކަން އެނގުނީ އަސުރު ނަމާދު ވަގުތުއެވެ. އޭނާ ސިއްހީ މަރުކަޒަށް ގެންދިޔަ އިރު ވެސް ސާފު ފުޅި ބުއިމުގެ ސަބަބުން އޮތީ ހާލުދެރަވެފައެވެ. "ލޭ ވެސް ހުރި ގޭތެރެއިން ނެރުނު އިރުވެސް. ގޭތެރޭގެ މަންޒަރަށް ބަލާލުމުންނާއި އާއިލާގެ ވާހަކައިން އެނގުނު ސާފު ބުއިކަން. ފިރިހެނެއް އެއީ. އުުމުރުން 18 އަހަރު ފުރިފައި ހުރި ބޮޑު. ސިއްހީ މަރުކަޒަށް ގެންގޮސް އެތަނުން ދޭނެ ފަރުވާއެއް ނެތިގެން 04:40 ހާއިރު އޭނާ ފޮނުވާލީ ކުޅުުދުއްފުށްޓަށް އިތުރު ފަރުވާ ދޭން." މައުލޫމާތު ދިން މީހާ ބުންޏެވެ.
ދިރާސާތަކުން ދައްކާ ގޮތުގައި އަމިއްލަ އަށް މަރުވުމުގެ ހާދިސާތައް ގިނައިން ހިނގަނީ ނަފްސާނީ މައްސަލަތައް ކުރިމަތިވެގެންނެވެ. ދަން ޖެހުން ފަދަ ކަމެއް ކުރަން ހިތައް އަރާނަމަ ނުވަތަ ނަފްސާނީ އުނދަގުލެއް ވާނަމަ ލަސްނުކޮށް އެކަން އެހެން މީހަކާއި ހިއްސާކޮށް ނަފްސާނީ އެހީތެރިކަން ހޯދަން ވާނެއެވެ.
ހިލޭ ކައުންސިލިން ދޭ ތަންތަނުގެ ތެރޭގައި ދަމަނަވެށި ނަންބަރު:3318901 ސޮސައިޓީ ފޮ ހެލްތް ސައިންސަސް (ޝީ) ނަންބަރު:3318804 ،7976325 ޔޫތް އެންޑް ސްޕޯޓްސް ސެންޓަރު ނަންބަރު: 3313755 ،3323860 ޖުވެނައިލް ޖަސްޓިސް ޔުނިޓް ނަންބަރު: 3306691 ހިމެނެއެވެ.
އަމިއްލަ އަށް މަރުވުމަކީ އިސްލާމްދީނުގައި ވެސް ވަރަށް ބޮޑަށް ޙަރާމް ކުރައްވާފައިވާ ކަމެކެވެ.
ރަސޫލުﷲ -ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘް ކުރެއްވިއެވެ. (لَا ضَرَرَ وَلَا ضِرَارَ) މާނައަކީ: "ގެއްލުން ދިނުމެއްވެސް، އަދި ގެއްލުން ލިބިގަތުމެއްވެސް ނުވެއެވެ."
އަމިއްލައަށް މަރުވުމަކީ އިސްލާމްދީނުގައި ވަރަށް ބޮޑަށް ހަރާމް ކުރައްވައިފައިވާ ބޮޑު ފާފައެއް. އަމިއްލައަށް މަރުވާ މީހުން ގިޔާމަތާއި ޖެހެންދެން އެކަން ކުރުން މަތީ ދެމިހުރޭ. އެކަމަކު ވިސްނާލަންވީ ކަމަކީ ތިމާއަށް އަމިއްލައަށް މަރުވާ މީހުން ހުއްޓުވެވޭނީ ކޮންކަމެއް ކޮށްގެންތޯ؟ ރާއްޖޭގައި މާލޭ ފިޔަވާ ނެތް ނަފްސާނީ ބަލީގެ ފަރުވާކުރާ ތަނެއްވެސް. ރާއްޖޭގެ ގިނަ މީހުންނަށް ނަފްސާނީ ބައްޔެއް ކަމަށް ވިސްނިފައި އޮންނަނީ ޑިޕްރެޝަން އެކަނި. އަދި ޑިޕްރެސްވާ މީހުންނަށް ވަރަށް ފަސޭހައިން ބުނެލެވޭ "ޑިޕްރެސް ނުވާށޭ." ނޫނީ "ދީނަށް އުޅުނީމާ ޑިޕްރެޝަން ރަނގަޅުވާނެއޭ". މިހެން ވަންޏާ "ކެންސަރު އަމިއްޔައަށް ނުޖެހުނީމާ" ކެންސަރުވެސް ނުޖެހޭނެ. ދީނަށް އުޅުނީމާވެސް ކެންސަރެއް ނުޖެހޭނެ. ބޯގަމާރުންނަށް ނޭނގޭ ނަފްސާނީ ބައްޔަކީ އެހެން ބަލިތަކޭ އެއްފަދައިން ޖެހޭ ބަލިތަކެއް ކަން. ނަފްސާނީ ބަލިތަކުގައި އެތައް ބައްޔެއް ވާކަން. ރާއްޖޭގެ ހުރިހާ ރައްޔިތުންވީ ނަފްސާނީ ބައްޔާ މެދު ހޭލުން ތެރިވާން. ހޭލުން ތެރި ނުވުމުގެ ސަބަބުން މިއަރައިގަނެވެނީ އަމިއްލައަށް މަރުވާ މީހުންނާއި ނަފްސާނީ ބަލިތައް ޖެހިފައިވާ މީހުންގެ ހައްގަށް ކަން އެނގެން އެބަޖެހޭ. ޤިޔާމަތް ދުވަހަކީ އެކަމުގެ އިންސާފު ލިބޭނެ ދުވަސް ކަން ދަނެ މާތްﷲ އަށް ބިރުވެތިވާން އެބަޖެހޭ.
މި ސަރުކާރު އައިފަހުން ޒުވާނުނަށް ކުރަނީ އަނިޔާ.. އެނާރޖީ ދަޅު އަގުބޮޑުކޮށް ސްޓިކާ ޖަހާ ޒުވާނުން ފެލަނީ.. ނުވިތާކަށް އޮންލައިން ވިޔަފާރިތައްވެސް ބަގުރޫޓް ކޮށްފި ކާޑުތައް ބުލޮކްކޮށް ޖެއްސުން ކޮށްގެން. ޒުވާނުން ހާލުގަ އުޅޭއިރު މި ސަރުކާރުން ބަލަނީ ޒުވާނުން ފެލާލެވޭތޯ. ނިކަމެތި ޒުވާނުން ގޮތް ހުސްވެގެން އަމިއްލައަށްވެސް މަރުވަނީ. ގައުމެއް ނެތް ދަރިންނޭ
ސުބުހާނައްﷲ..
ކަލެއަށް ހަމަ ރަނގަޅު ގެރި މޯދީ ކިޔަން
ޒުވާނުނަށް ޖެހެނީ ހުސް ގެރި ސަރުކާރުގެ ބަލާވެރިކަން
ކީ އްވެގެން މަރުވެ އްޖެ އޭ ތި ލިޔުނީ ކަލޭމެން ތީ މުޅިން ވެސް ނިޔާވާ ވާހަކަ ލިޔާ ބަޔެއ އްނު.
ތި ނަންބަރުތަކަށް ހިލޭ ގުޅޭނެނަމަ
ވަރަށް ދެރަ.
އީމާންތެރިކަން ބަލި ކަށި ވީމަ ވާ ގޮތް. މައިންބަފައިން ދަރިންނަށް ވީހާވެސް ރަގަޅަށް ދީނުގެ ކަންކަން އޮޅުން ފިލުވައިދޭންވީ
ހއ.ބާރަށަކީ ހާދަ ރީރަށެކޭ. މިއަދާ ހަމައައްވެސް އެހެރަފެންނަ ހުރިހާ ގަސްތަކެއް ކަނޑާ ހުސްނުކޮއްލަ ހުރީތީ ހައިރާންވޭ.
ނަފުސާނީ ބަލިތަކާމެދު ހޭލުންތެރިކޮށް ފަރުވާކުރާނެ ގޮތްތަކަށް އާޓިކަލް ލިޔުން އެދެން. ލައިކް އެންޒައިޓީ ޑިސްއޯޑާ، ޑިޕްރެޝަން، އެގޯރާޕޯބިއާ ފަދަ ފޯބިއާތަށް
ތިސޮރު ތީ ފިރިހެން ވެރިންނަހުރި ހުތުރެއްނު
ކަލޭ ހީކުރީ ފިރިހެނަކަށްވީމަ ޑިޕްރެސް ނުނާެކަމަށްތަ؟ތިކަހަލަ ފިރިހެނުން މި ރާއްޖޭގަ ތިބީމަ މީހުންނަށް މެންޓަލް އިލްނެސްގެ ވާހަކަ ދައްކާ އެކްސްޕާޓުންނާ ހަމައަށް އެކަންތައް ގެދިޔުމަށް ފަސްޖެހެނީ. ވަރަށް މޮޑާރން ވެލާފަ އުޅޭނެ.
ގިނަފަހަރު ފޯނު ނުނަގާނެ
މަސްފުވާ އެތިކޮޅު ނުލިބެގެން އެންމެފަހުން ލައްފިލުަވާ ....ސާބަސް ގައުމުގެ ޒުވަނުނަށް ނޫނީ އެސޮރު ބިޓު ކެޓީ ތޯއްޗެއް.. ދެރަކމެއް އެވރުނ ވެސް އެއްްޗެއް ވިސްނާކަށް ބޔކު ނޫޅޭ