މާލޭގެ ދެ ސަރަހައްދެއްގައި ސްޓްރީޓް ލައިބްރަރީ ގާއިމްކުރުމަށް މިނިސްޓްރީ އޮފް އާޓްސް، ކަލްޗަ އެންޑް ހެރިޓޭޖް އިން ހާމަކޮށްފިއެވެ.

ޕީއެސްއެމް ނިއުސްގެެ "ރާއްޖެމިިއަދު" ޕްރޮގްރާމްގައި ވާހަކަ ދައްކަވަމުން ހެރިޓޭޖް މިނިސްޓްރީގެެ ޑެޕިއުޓީ މިނިިސްޓަރު އަހުމަދު މުހުސިން ވިދާޅުވީ ސްޓްރީޓް ލައިބްރަރީ މާލޭގެެ ދެ ތަނެއްގައި ގާއިމްކުރުމަށް ސިޓީ ކައުންސިލާއެކު މިހާރު އެއްބަސްވުމެއްގައި ސޮއިކުރުމަށް ތައްޔާރުވަމުން އަންނަ ކަމަށެވެ.

މުހުސިން ވިދާޅުވީ ސްޓްރީޓް ލައިބްރެރީގެ ދެ ތަނެއް ގާއިމް ކުރުމަށް ނިންމައި އެތަނުގެ މަސައްކަތް މިހާރު ގާތްގަނޑަކަށް ނިމިފައިވާ ކަމަށެވެ.

"އެހެންމަ ސިޓީ ކައުންސިލާއި އެއްކޮށް އަޅުގަނޑުމެން އެމްއޯޔޫއެއްގައި ސޮއި ކުރާނަން ބަހައްޓާނެ ތަނެއް އެބޭފުޅުން އަޅުގަނޑުމެެންނަށް ދެއްވާނެ" މުހުސިން ވިދާޅުވިއެވެ.

މުހުސިން ވިދާޅުވީ މި ލައިބްރެރީ ގާއިމްކުރުމަށް އަދި ވިސްނުން ހުރީ ގިނައިން ކުޑަކުދިން އެއްވެ އުޅޭ ސަރަހައްދެއްގައި ކަމަށެެވެ. އެގޮތުން ޕާކުތައް އަދި ހެރިޓޭޖް މިނިސްޓްރީގެ ދޮރުމަތީގައި ހުުންނަ މައިޒާން ފަދަ ތަންތަނުގައި ލައިބްރެރީތައް ގާއިމްކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށް މުހުސިން ވިދާޅުވިއެެވެ.

އަދި ސިޓީ ކައުންސިލާއެކު މި އެއްބަސްވުމުގައި ސޮއިކުރެވުނުހާ އަވަހަކަށް މިި ހިދުމަތް ފެށިގެން ދާނެ ކަމަށް މުހުސިން ވިދާޅުވިއެވެ.

"ސްޓްރީޓް ލައިބްރެރީ އަކީ އަޅުގަނޑުމެން އެެތަނުގައި ގާއިމްކޮށް މި ދެނީ ފޮތް ހަރެއް. ރައްޔިތުންނާއި ބެލެނިވެެރިން އަދި ކުދިންވެސް އެބޭފުޅުންގެ ޒިންމާ ނަގަން ޖެހޭނީ. ޒިންމާ ނަގަން ޖެހޭނެއޭ އަޅުގަނޑު މި ދަންނަވަނީ އަޅުގަނޑުމެން ފޮތް ލާފައި ފަށައި މިދެެނީ. އަޅުގަނޑުމެންގެ ވަސީލަތް ހުރި ގޮތަކުން ފޮތްތައް ބަލާކަށް މީހަކު ނުބެހެއްޓޭނެ ތާއަބަދަކު. އެހެން އަމިއްލަ ޒިންމާއަކީ އެތަނުން ފޮތް ނަގައިގެން ކިޔާ ނިންމާފަ ފޮތް ހަރަށް ފޮތް ލުން" މުހުސިން ވިދާޅުވިއެވެ.

މުހުސިން ވަނީ އަންނަ މަސް ފެށޭ އިރު، މި ލައިބްރެރީ ގާއިމް ކުރާނެ ކަމަށް ވިދާޅުވެފައެވެ.

 

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. އަބްދޫ

    ކޮންމެވެސް މޮޅު ވާހަކައެއް.ކޮންމެވެސް ކަމެއް ކުރަންއުޅޭވާހަކަ.ކޮށްނިންމާފަ ނުދެއްކޭ.މިހާރު ހުރި ލައިބްރަރީން ފުދޭ.ބޭކާރު އަނގަތަޅާނެ ކަމެއް ނެތް.