ދޯންޏަކަށް އެރި މީހަކަށް ވައްކަމުގެ ތުހުމަތުކޮށް، އޭނާ ބަރަހަނާކޮށް ބޮޑެތި އަނިޔާތަކެއް ކުރި މައްސަލައެއް ފެންމަތިވެއްޖެއެވެ.

ފުލުހުން މިއަދު ވިދާޅުވީ މިދިޔަ ބުރާސްފަތި ދުވަހުގެރޭ 7:30 ހާއިރު ހުޅުމާލެ ކަންނެލި ޖެޓީގައި އޮތް ދޯންޏަކަށް މީހަކު އެރި ކަމަށް ބުނެ އެމީހާ އަށް އަނިޔާ ކުރި މައްސަލައެއް ފުލުހުން ތަހުގީގު ކުރަމުން އަންނަ ކަމަށެވެ.

އެކަމަކު، އެކަމާ ގުޅޭ އިތުރު ތަފްސީލެއް ފުލުހުން ނުދެއެވެ.

މީސް މީޑިއާގައި އާންމުންގެ މީހަކު އާންމު ކުރި ވީޑިއޯއެއްގައި ވަނީ ޒުވާނާގެ އަތް ފައި ބަނދެ، ދޯނީގެ ތައްޓު މައްޗަށް ވައްޓާލައި ފަސް ވަރަކަށް މީހުން ވެގެން އަނިޔާ ކުރާ ތަނެވެ. އޭރު އޭނާ އޮތީ ބަރަހަނާ ހާލުގައެވެ. ބެލެވޭ ގޮތުގައި އެ ޒުވާނާ ބަރަހަނާ ކުރީ ދޯނީގައި ތިބި ބައެކެވެ.

ދޯނީގައި ތިބި ބައެއް މީހުން އޭނާގެ ގައިގައި ކޮޅުފައިން ތެޅި އިރު، އަނެއް ބަޔަކު އޭނާގެ ގައިގައި ތެޅީ ދަގަނޑު ބުރި ފަދަ ތަކެތިންނެވެ. އެ ޒުވާނާ އަށް ބޮޑެތި އަނިޔާތަކެއް ދިން މި ވީޑިއޯގައި ފެންނަ ގޮތުން އޭނާގެ ހަށިގަނޑުގެ ބައެއް ތަންތަނުގައި އަނިޔާގެ ނިޝާންތައް ހުއްޓެވެ.

ކަންނެލި މަސްވެރިކަން ކުރާ ދޯންޏެއްގެ ތެރޭގައި މިކަން ހިނގި އިރު، އޭނާ ވަށައިގެން ތިބި މީހުން ވަގަށް ނެގި ތަކެއްޗާ ބެހޭ ގޮތުން ސުވާލު ކުރިއެވެ. ވީޑިއޯގައި އިވޭ ގޮތުގައި ދޯނިން ތިން ފޯނާއި 5،000ރ. ވަގަށް ނަގާފައިވެއެވެ. އެކަމަކު އެ މީހާ ދިިޔައީ ވައްކަން ނުކުރާ ކަމަށް ބުނަމުންނެވެ.

އެކަމަކު، ދޯނީގައި ތިބި ބަޔަކު "ކޮބާހޭ ތިން ފޯނު، ކޮބާ 5،000ރ." ބުނާ އަޑު ވީޑިއޯ އިން ފެނެއެވެ. އަދި ވަކި ހިސާބަކުން ވެއްޓިފައި އޮތް ޒުވާނާ ދަމާފައި ގެންދާ ތަން ވެސް ފެނެއެވެ.

އެ މީހާ އަށް ކުރި އަނިޔާތަކާ އެކު އާންމުން ވަނީ ވަރަށް ބޮޑަށް ހިތްހަމަ ނުޖެހުން ފާޅުކޮށްފައެވެ. ބައެއް މީހުން ބުނީ ކިތަންމެ ބޮޑު ވައްކަމެއް ކުރި ކަމުގައި ވިޔަސް، އަނިޔާ ކުރަން ހެޔޮ ނުވާނެ ކަމަށެވެ. އަނިޔާ ނުކޮށް ފުލުހުންނާ އެމީހާ ހަވާލު ނުކުރި ނަމަ، މާ ރަނގަޅުވީސް ކަމަށް ބުންޏެވެ.

މި ވީޑިއޯ ބެލި ގިނަ ބަޔަކު ކުށްވެރި ކުރީ ދޯނީގައި ތިބި މީހުންނެވެ. ބައެއް މީހުން ސިފަ ކުރި ގޮތުގައި ޒުވާނާ އަށް ދިނީ ރަހުމު ކުޑަ އަނިޔާތަކެެކެވެ.

ކިޔުންތެރިންގެ ހިޔާލު

40 ކޮމެންޓް

 1. ކައްޕި

  އެސޮރުމެން ނަށް ވާނީ ހިމާޔަތް ދޭން..ބަލަގަ އެހެން އެވަނީ ރައްޔިތުން ފުލުހުން އަދި ކޯޓްތަކަށް އިތުބާރު ނުކުރާތީ ..ބަރާބަރަށް އަދަބުދެވޭނެނަމަ ތި އުޞޫލުން ތިކަންކަން ނުހިނގާނެ..ވަރަށް ސަލާމް ތިކަުން އެނގެނީ މުވައްސަސާތައް ފެއިލް ވެފަ ހުރި މިންވަރު

  40
  2
 2. ޥަގު

  ދެން ދައުލަތުން އޭނައަށް އިއްޒަތް އަރުވާ...

  40
  4
 3. މާމިގިލީ މީހާ

  ތިމީހުން ހިފާ ހައްޔަރު ކުރާންޖެހޭ.

  34
  10
 4. މޮޔަގޮލާ

  އެއްވެސް ޙާލެއްގައި އަނިޔާ ކޮށްގެންނުވާނެ. ދެރައީ ވަގުންނަށް ދޭން ޤުރުއާނުގައި އަންގަވާފައިއޮތް އަދަބު މިޤައުމުގައި ނުދޭތީ. ވަގުކަލޭގެ އެއްދޮރުން ވައްދާފަ އަނެއް ދޮރުން ނެރެ ދޫކޮށްލިޔަސް ވަލިއްޔުލް އަމްރު އެހުންނަވަނީ ހިނިފުޅުވަޑުވަން.

  55
  1
  • ޚެކެ

   ކީރިތި ކުރަން

   4
   1
 5. Anonymous

  ގައުމުގެ ހާލަތު ވަރަށް ސާފު ދިވެހިންގެ ކުރިމަގު ގެ މިސްރާބު ވަރަށް ސާފު އެކަންކަން ބޮޑެތި ކަންތަކަށް ނުވެ ދެން ބޮޑު ކަމަކީ ކޮބައިބާ ޝުޝާންތު އަމިއްލަ އަށް މަރުވިީމަ ދިވެހިން ހަމްދަރުދީ އުފެދި ހިތް ކުދިކުދިވާ އިރު ދިވެއްސަކަށް އެހާލު ޖެހެންދިމާ ވާ ސަބުބު ވިސްނާލިންތަ ހަމްދަރުދީ ވާނަންތަ ކަސައުޓީ ޒިންދަގީ ބޮޑުތަނުން ކަޑަ

  16
  2
 6. ......

  މައްސަލަ އަކީ ދޯނި....

  20
  1
  • އަޙްމަދު

   ކުރީގެސަރުކާރު

 7. ކިޔުންތެރިއެއް

  އެބުނާހެން އަނިޔާކޮށްގެންނުވާނު. ވައްކަންކުރީމަ ޕޮލިހައްގެންގޮސް ކުށުގެ ރެކޯޑު ފުރާލާފައި ދޫކޮށްލުން އޮއްނާނީ ، ނޫނީ އަތުންފައިން މަސައްކަތެއްނުކޮށް ކާލާގެން ނިދާލަން ދުވަސްކޮޅަކަށް ގޮޅީގައިމަޑުކޮށްލުން އެއީވެސްގޮތެއް . ކޮށްމެގޮތެއް ވިއަސް ގެެއްލޭ އެއްޗިސްގެ ވެރިމީހާއަށްވާނީ ވަގު ، ކުއްވެރިވާނީ ވަގެކޭ ބުނިމީހާ.

  17
  1
 8. ޓައްޕު

  އެ ދަނޑި ބުރި ހިފައި ގެން ތަޅާ މީހުންގެ އަޚްލާގާ ދޭތެރޭ ވިސްނާލާ އެއެއްޗަކުން ނުކުންނާނީ އެއެއްޗެއްގައި ހުރި ދިޔައެއް މީ ވަރަށް ވާހަކަ

  26
  1
 9. Anonymous

  އެ މީހާ އަށް ކުރި އަނިޔާތަކާ އެކު އާންމުން ވަނީ ވަރަށް ބޮޑަށް ހިތްހަމަ ނުޖެހުން ފާޅުކޮށްފައެވެ. ބައެއް މީހުން ބުނީ ކިތަންމެ ބޮޑު ވައްކަމެއް ކުރި ކަމުގައި ވިޔަސް، އަނިޔާ ކުރަން ހެޔޮ ނުވާނެ ކަމަށެވެ. އަނިޔާ ނުކޮށް ފުލުހުންނާ އެމީހާ ހަވާލު ނުކުރި ނަމަ، މާ ރަނގަޅުވީސް ކަމަށް ބުންޏެވެ. ކިޔާލަބަ

  9
  1
 10. Anonymous

  ވައްކަން ކުރުން ގޯސް އިންސާނިއްޔަތު ކަމެއްނެތް ވަލު ޖަނަވާރުން އުޅޭ ހެން އުޅުންވެސް ގޯސް އެމީހުންނަށް އެތަރުބިއްޔަތުދީ ގުންޑާއިންނަށް ހެދި ބަޔަ ކުވެސް ބޮޑުތަނުންގޯސް އަދުލު އިންސާފުeސް ގޯސް

  18
 11. ابنة الحكمة

  ޖުޑީޝަރީ ކާމިޔާބުނަމަ، ތި ކަހަލަ މަންޒަރެއް ނުފެންނާނެ، ވައްކަމާއި މަސްތުވާތަކެތީގެ މައްސަލަތައް ކޯޓުތަކުގައި އެދެވޭ ގޮތުގައި ނުބެލޭތީ ރައްޔިތުން ކޮންމެ ފަހަރަކު ރަތަށްއަރާފައި

  15
 12. ދޮންތަކުރު

  މައްސަލަ ބަލަން ޖެހޭ. ސިޔާސީ މީހުންނާއި ސިވިލްސާވިސްއާއި އެހެނިހެން އޮފީސްތަކުގަ އުޅޭ އަރާމު ވަޒީފާތަ ކުގަ ބޮޑު މުސާރަ ނަގައިގެން އުޅޭމީހުންނަށް 5000ރ އެއްޗަކަށް ނުވިޔަސް ދުވާލު ހަތަރުދަމު ކަނޑުމަތީގަ ދޭހާ އަތްވެއްގަ ވެހޭހާ ވާރެއެއްގަ އުޅެގެން ލިބޭލާރި ކޮޅު ވަގައް ނެގީމަ ރުޅި އަންނާނެ. ވަރަށް ސާފު އަހަރުމެންގެ ދޯނިން ވައްކަންކޮއް ފަޅާއަރާދުވަހު ތިއައްވުރެ ބޮޑު ވަރު ކޮއްލާންން. ޕާޓޭންނޭ މަސްވެރުންނާ ކުޅެން ނަހަދާށެވެ. އެންމެ ހަފްތާއަކަށް މަސްވެރިން ސްޓްރަކިކެއް ޖައްސާލިޔަސް މުޅި ގައުމަށް ބޮޑު ލޮޅުމެއް އަންނާނެކަން ވިސްނަންވާނެއެވެ.

  15
  1
 13. ޢަފްލާ

  ވައްކަންބކުރާ މީހުންގެ އަތްކަނޑަން އޮންނަނީވެސް ސާބިތުވުމުން

  19
 14. ދޯނި

  ތިގޮލާ މަދަންނަން ކ ކުރިވަރު ކުޑަ އަދިވެސް.

  7
  7
 15. ކަޅޭ

  ސަރުކާރު ހިންގޭލެއް ރަނގަޅުވީމަ ވާގޮތް

  16
  2
 16. ސުވާލު!

  އެއްވެސް ސިފައެއްގަ ބަލައިނުގަނެވޭނެ ދަށުދަރަޖައިގެ ނާތަހުޒީބީ އަމަލެއް، ފަހަރު ގައި ގެންގުޅޭ ފޯނު ސުމާޓު ވީމަ ވެސް ތިކަހަލަކަންކަން ވެދާނެ...

  10
  1
  • އަޙްމަދު

   ތެދެއްސްމާޓްކޮށްޕީސްހޯދޭތީވާގޮތް

 17. ޢަންނި

  ރަންގަޅައް ތިހެދީ..

  11
  10
  • ޓޮހެން

   ތިހެން ނުބުނޭ

 18. ގަން

  އެ ކުރިކަމަކީ ގޯސްކަމެއް.. އެކަމަކު މިފެންނަނީ ރާއްޖޭގައި ޢަދުލު އިންސާފު ނެތް މިންވަރު.. އަދުލު އިންސާފު ލިބޭނެ ނަމަ ކަމާ ބެހޭފަރާތްތަކަށް ހަވާލު ކުރާނެ ގިނަ މީހުން.. އެކަމަކު އެންމެނަށްވެސް އެބަފެނޭ ކަން ހިނގާ ގޮތް..އެންމެން މިތިބެނީ ސިހިސިހި..ވަގުންގެ ސަބަބުން..ހަމަޖެހިގެން ދިރިއުޅެވެން ނެތް ވަގުންގެ ސަބަބުން..

  10
 19. ވާގޮނުސްކޮ

  ޙެޔޮނުވާނެ.. ސަޖިދާގަ އޮއްވާ ދަމާގެންގޮސް ދޯންޏައް އަރު ވާ ބަރަހަނާކޮށް އަނިޔާ ކުރާކަށް. ތިކަމުގަ ބައިވެރިވާނީ އެއުޅޭ އެއުޅޭ އެއްކަށިހަރުކަށި މީހުންހެން ވަރަށްހީވޭ

  11
  3
 20. ރައްޔިތު

  ހުރިހާ ރައްޔިތުން އެކީއެކަށް ގޮވާލަބަލަ ކެރެންޔާ އިސްލާމީ ޝަރީޢަތް މިތާ ފެށުމަށް....ކިހިނެއްވެފަ ތިތިބެނީ...

  20
 21. ކަންނެލި

  މީހެއްގެ ދޯންޏަށް ހުއްދަ ނެތި އަރާކަށް ނުޖެހޭނެ

  16
  2
  • ޓޮތް

   ނުހައްގު އަނިޔާއެއް ދެވިދާނެކަމަށް ބިރުވެތިވޭ

 22. ނާނި

  ކޮބާ އިސްލާމީ ރިވެތި އަހްލާޤް؟ އެމީހުންނަށް ހެޔޮ ވިސްނުން ދެއްވާށި 😔

  13
 23. އެކްޓަރ

  ދޯނީގެ ފަޅުވެރިންގެ ޒިންމާ ކޮބާތޯ. ދޯނި ފަޅުތެރޭ ޖެޓީގައި އޮންނަ ނަމަ 24 ގަޑިއިރު ޑިއުޓީ ވޮޗަރ އަކު ހުންނަންޖެހޭ. ވައްކަންކުރީމަ ފުލުހުންނަށް މަށްސަލަ ހުށަހަޅާ އޮންނަ އުސޫލުން އެކަންކުރަންވީ. ކަންނެލި ދޯނިތަކުގައި މަސައްކަތްކުރާ ގިނަ މީހުންނަކީ އަޚުލާގު ރަގަޅުބަޔެއް..

 24. ކަޓީ ޗާއެވާލާ

  އިންޑިޔާގެ ސަގާފަތް....

  14
 25. މީ

  ދެން އެވަރަށް އަނިޔާކުރި އިރު މައްސަލަ ހައްލުވިތަ؟ ވަގަށް ނެގި އެއްޗެހި ލިބުނުތަ؟
  އެގޮތަށް އަނިޔާ ނުކޮށް ވެސް މައްސަލަ ހައްލު ކުރެވުނީސް ދޯ.

  9
  3
 26. ކުދުވާނޑި މުހުންމާ

  ވައްކަންކުރާމީހާ ހިފާހައްޔަރުކޮށް އާންމުން އޭނާއަށް އަދަބު ދިނުމަކީ އެއީރަނގަޅުގޮތެއްނޫން. ހަގީގަތަކީ ކަންކަން މިހިސާބަށް މިދަނީ އަދުލު އިންސާފުގާއިމްނުވެ ހުކުމް ތަންފީޒުނުވާތީ. ފެންނަ މަންޒަރުތަކަށް ބަލާއިރު ރާއްޖޭގައި ވައްކަމުގެ މައްސަލަތަކުގައި ފުލުހުންނާއި ޕީޖީ އާއި ފަނޑިޔާރުން އާންމުގޮތެއްގައި ދެތިން އުސޫލަކަށް ކަންކަން އެބަކުރާހެންހީވޭ.
  މިސާލަކަށް، މީހަކު ގެއަކުން ވައްކަން ކޮށްގެން ފުލުހަށް ރިޕޯޓްކޮށްގެން ފުލުހުންއައިސް އޭނާ ހިފާ ހައްޔަރުކޮށްގެން ފުލުހުންގެ އިދާރާއަށް ގެންދޭ، ދެތިންދުވަސްފަހުން ހަމަ އެމީހާ މުޖުތަމައުތެރޭގައި ވައްކަންކުރަމުން އެބަދުވޭ، މިހިސާބުން ވަގު އެހުންނަނީ މިނިވަންވެފައި، ހީވާގޮތުން ފުލުހުން އޭނާއަށް ނަސޭހަތްތެރިވެފައި ދޫކޮށްލަނީ.
  ދެވަނަ ގޮތަކަށް، ވައްކަންކުރާމީހާ ހިފާހައްޔަރުކޮށް ތަހުގީގުކޮށް ދައުވާކުރަން ޕީޖީ އޮފީހަށް މައްސަލަފޮނުވަނީ. އެމައްސަލަ އެއޮފީހުގައި ތިން ހަތަރުމަސްވާއިރު އެއްކަލަ ވަގުކަލޭގެ މިހުންނަނީ މުޖުތަމައުތެރޭގައި މިނިވަންކޮށް އުޅެން ދޫކުރެވިފައި، އެހުންނަ ހުރުމުގައި އޭނާގެ ފަރާތުން އެތަކެއް ބަޔަކަށް ދުއްތުރާ އެބަލިބޭ.
  ތިންވަނަ ގޮތަކަށް، އެތަކެއް ދުވަހެއް ފަހުން އެއްކަލަ މައްސަލަ ޕީޖީ އޮފީހުން ޝަރީއަތަށް ފޮނުވީމައި ފަނޑިޔާރު މަނިކުފާނު އެބަބުނޭ ތަހުގީގު ފުރިހަމަ ނުވެޔޭ، އަނެކައްޗެކޭ ކިޔައިގެން ވަގުކަލޭގެ މިނިވަން އެބަވޭ. ބައެއްފަހަރު ސިޔާސީ ގޮތުން ބާރުގަދަމީހާ ގެ ބާރުގައި ގިނަމީހުން މިސަލާމަތްވަނީ.
  ރާއްޖޭގެ ރަށްރަށުގައި އާންމުން މިއުޅެނީ ވަގުންނާއި މަސްތުވާތަކެތި ބޭނުންކުރާ މީހުންގެ ނުހޮރުއްޕާނާހެދި އުޅެން އުނދަގޫވެފައި، ރަށްރަށުގެ ކައުންސިލާއި އެރަށެއްގައި ތިބޭ ފުލުހުންނަށްވެސް ހަމަ ރަނގަޅަށް މިކަންކަން ހިނގާކަން އެނގޭ. އެހެން ނަމަވެސް މިކަމެއް ހުއްޓުވާނޭގޮތެއްނެތް.
  ދެން މިހާލަތަށްދިޔައިމާ އާންމު މީހާ އަމިއްލައަށް ޝަރީއަތްކޮށް ހުކުމްކުރާހިސާބަށްވެސްދާނެ.
  އަދުލު އިންސާފު ފެއިލްވީމައި ދެންފެންނާނީ މިކަހަލަ މަންޒަރު.

  10
 27. އޭނަ

  އަބަދުވެސް ވިސްނުމާ ބުއްދި އިސްކުރަންޖެހޭނެ. އަނިޔާކުރުން އެއްގޮތަކަށްވެސް ރަނގަޅެއްނޫން. ވައްކަންކުރިނަމަ އޭނައެކުރީ ވަރަށްގޯސްކަމެއް. އަދި އެހެނޭކިޔާފަ އޭނަގެ ހަށިގަނޑަށް އަނިޔާކުރުމީ މާގޯސްކަމެއް، ކޮންމެނަފުސަކީވެސް ޙުރުމަތްތެރި ނަފުސެއް. ދެފަރާތަށްވެސް ހެޔޮވިސްނުން ދެއްވާށި.

  7
  1
 28. ޔަހުޔާ

  މިޒަމާނުގައި ނުވާނެ މީހަ ކާއި ޖެހިގަނެގެން ތެޅޭ ކަށް ވަން ކަން ކޮއްފި ކަމަށް ބުނެ ދޮގު ހަދައިގެން ވެސް ހަސަދަވެރިކ ކަން ފިލުވާ ލަފާނެ

  6
  1
 29. ދެރަ

  ﷲ އަޅަމެން ހާދަ ގޯހޭ! ﷲ އެ އަނިޔާވެރިން ނިކަމެތި ކޮށްލާ!

  ﷲ އެންމެ ލޯބިވަނީ ކަމެއްގެ އެންމެ ނިކަމެތި މީހާދެކެ

  ޢައުރަ ބެލުން ހުއްދަވީ ކޮންއިރަކު!

  ޝައިތާނީ އަމަލެއް ތިއީ!!!!!

 30. ބުއްޅަބޭ

  ރައްޔިތުންގެ މައްސަލަ ރައްޔިތުން ހައްލުކުރަނީ.

 31. ފައްޔާޒު

  ސަރުކާރުން އޭނާ ބޮލުގަ އެއެޅުވި އެއްޗެހީގެ ބަދަލު އެސޮރައް ދޭންޖެހޭ.

 32. އަޙްމަދު

  ތެދެއްސްމާޓްކޮށްޕީސްހޯދޭތީވާގޮތް

 33. Anonymous

  ދައުލަތުގެ ހަޒާނާ ބަނޑު އަޅާލި މީހާ ގޭގަ އަރާމުގަ ނިދާ މެޝިނުގަ ނިދަނީ.

 34. ދަރަނި ދަންތުރަ

  ރޯޔަލް ރޭޕު ކޭސް ހިނގިކަމެއްބާ ؟ ތިޔަމީހުން އެމީހަގައިގަ ތެޅިކަމަށްވާނެބާ ؟

 35. އިބޫ ސާހިދު

  ތިޔަ ފެއްނަނީ ސައީސް ސޯލިހުގެ ހިކުމަތްތެރިކަން ދޮންބިލެއް އަހުމަދު ވިދާޅުވީ ، މިގައުމުގެ ދުވަސް ހިގައްޖެ މައުމޫނާ ގާސިމް ދުންކަރާސް ވިއްދައިގެން ވެސް ކޯޅޭސަން ދަމަހައްޓާ ސާބަސް